Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މަދަދުވެރިޔާ (5)

lamhus Level 910 Stories100 Login500 Login100 Stories100 Comments
June 1, 2022 3 Mins Read
0 Comments

“މަންމަ ފޯނަށް ރުފިޔާއެއް އަޅައިދީ…ރޯމަސް ވިއްކާމީހާއަށް ގުޅާނީ” ޚަދީޖާ އޯގާތެރިކަމާއެކު ބުނެލިއެވެ. “ދަރިފުޅާ ކޮންއިރަކުންތަ ދެން ތިއިސްލާހުވަނީ؟….އަބަދު ތިހެންއުޅެވޭތަ؟…މިނޫނަސް ދުވަހެއް އޮތްކަން ހަނދަާންކޮށްބަލަ!….ނިކަން ރަނގަޅުމީހަކަށްވެ ހަރުދަނާވެބަލަ…ތިއުޅުން…” ޚަދީޖާއަށް ބުނެވުނީ އެހިސާބަށެވެ.އާނިމް އޭނާއާ ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލައިލިއެވެ.

“އަނެއްކާވެސް އެއްކަލަވާހަކަ ފެށީދޯ؟…އަބަދު އެކައްޗެއް ނުކިޔަބަލަ…އިރެއްގަ އެހެންއުޅުނަސް މިހާރު ނޫޅެމޭ..ދެން ތިކިޔަނީ ބޯދިގުވާހަކަ..އަހަރެންގެ އިސްތަށިގަނޑު މިހެންހުރެގެން އަހަންނަކަށް އުދަނގުލެއް ނުވޭ…ދެން ކީއްވެތަ މަންމައަށް އުދަނގޫވާންވީ؟” ރުޅިވެރިކަމާއެކު އާނިމް ބުނެލިއެވެ.އާނިމް ގޯސްކޮށް ނޫޅޭކަމަށް ބުނިނަމަވެސް، އަދިވެސް މަސްތުވާތަކެތި އޭނާ ބޭނުންކުރާކަން ޚަދީޖާއަށް އެނގެއެވެ.

“ދަރިފުޅު ތިހެންބުންޏަސް މަންމައަށް އިނގޭ އަދިވެސް ދަރިފުޅު އެކަން ނުހުއްޓާކަން” ޚަދީޖާ ބުނެލިއެވެ.ޚަދީޖާ އެހެންބުނުމުން އާނިމްގެ ރުޅިގަނޑު ކެކުނެވެ.ކާން އިން ބަތްތަށި ބެހެއްޓުމަށްފަހު އިން ތަނުން ތެދުވެ، ކޮޓަރިއަށް ގޮސް ގަޔަށް ލެވުނުހާ ބާރެއްލާފައި ބާރަށް ދޮރުޖެހިއެވެ.އާނިމް ދޮރުޖެހިލެއް ބާރުކަމުން ޚަދީޖާ ދިޔައީ ސިހިގެނެވެ.އެއީ އާނިމްގެ އާދައެވެ.އޭނާގެ އުޅުމާމެދު ޚަދީޖާ އެއްޗެކޭ ބުނާފަހަރަކުނަމަ އާނިމް ވަރަށް ރުޅިއާދެއެވެ.

އާނިމްގެ ކޮޓަރިއާ ދިމާލަށް ދެރަވެފައި ބަލަން ހުރި ޚަދީޖާގެ ހަނދާނަށް އައީ، އާނިމް މަސްތުވާތަކެތި ބޭނުންކުރާކަން އޭނާއަށް ފަޅާއެރި ދުވަހުގެ މަތިންނެވެ.އޭރު އާނިމް އޭނާގެ އާދައިގެމަތިން އުޅުނީ އަބަދުކަހަލަ ގޮތަކަށް ބޭރުގައެވެ.އޭނާ ކައިރި އެހާ ގިނައިން ބޭރުގައި ނޫޅުމަށް އޭރު ޚަދީޖާ ދިޔައީ ތަކުރާރުކޮށް އަންގަމުންނެވެ.ނަމަވެސް އާނިމް ޚަދީޖާއަށް ދިނީ ބީރު ކަންފަތެކެވެ.

*********

އެއްދުވަހަކު ޚަދީޖާ ފިހާރައަށް ދިޔަވަގުތު އާނިމްގެ ކުރީގެ އެކުވެރި ރަހުމަތްތެރިންނާ ދިމާވިއެވެ.އެމީހުންނަށް ޚަދީޖާ ފެނުމުން އޭނާއާ ވާހަކަދައްކަން ހުއްޓުނެވެ.އެެކުދިންނާ ވާހަކަދައްކާލުމަށްފަހު، އެގެއަށް އެކުދިން އައުން ހުއްޓާލީ ކީއްވެގެންތޯ އެމީހުން ކައިރި އެދުވަހު ޚަދީޖާ އެހިއެވެ.ޚަދީޖާގެ އެސުވާލުން އެންމެންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ޚަދީޖާއަށް ފެނުނެވެ.ތިން ކުދިން ތިބިއިރު އެމީހުން އެކަކު އަނެކެކެއްގެ މޫނަށް ބަލައިލީ އެސުވާލަށް ޖަވާބުދޭން ފަސްޖެހިފައި ތިބި ގޮތަކަށެވެ.އެކުދިންގެ އެއަމަލުން އެސުވާލުގެ ޖަވާބު ހޯދަން ޚަދީޖާ ނިކަން ބޭނުންވިއެވެ.އެހެންކަމުން އަނެއްކާވެސް އެސުވާލު އެމީހުންނާ ޚަދީޖާ ކުރިއެވެ.ޚަދީޖާ ތަކުރާކުކޮށް ކިޔަންފެށުމުން އެންމެފަހުން އެކުދިން ހަގީގަތަށް ކިޔައިދޭން ނިންމިއެވެ.

އެދުވަހު އެކުދިން ބުނިގޮތުގައި އާނިމާ އެކުދިން އޮންނަ ގުޅުން އެމީހުން ކަނޑާލީ އާނިމްގެ އުޅުން ވިޔާނުދާކަމުން ކަމަށެވެ.އެމީހުންގެ ރަހުމަތްތެރި އާނިމް، ޖެހުނު ބައެއްގެ ސަަބަބުން މަސްތުވާތަކެތީގެ ވަބާގައި ޖެހުނީކަމަށެވެ.އެކަން ކުރާކަން އެނގުމުން އެމީހުން އާނިމަށް އެކަން ހުއްޓުމަށް ނަސޭހަތް ދިން ކަމަށެވެ.ނަމަވެސް އެކުވެރިން ދިން ނަސޭހަތުގެ އަޑުއެހުމުގެ ބަދަލުގައި އާނިމް ހުށަހެޅީ އޭނާއާއެކު އެމީހުންވެސް މަސްތުވާތަކެތި ބޭނުންކުރަން ކަމަށެވެ.އެހެންކަމުން އާނިމާއެކު އުޅެންވެއްޖެނަމަ އެމީހުންވެސް އެކަމަށް ގެއްލިދާނެތީ އާނިމާ ދުރުވީއެވެ.އާނިމާ ދުރުވުމުގެ ކުރިން އޭނާއަށް ދެއިޚްތިޔާރެއް ދިން ކަމަށްވެސް އެކުދިން ބުންޏެވެ.އެއީ އެމީހުން އެހެންނޫނީ މަސްތުވާތަކެތި އިޚްތިޔާރުކުރުމަށެވެ.އާނިމް އިޚްތިޔާރުކުރީ އޭނާގެ އާ އެކުވެރިންނާ މަސްތުވާތަކެތިކަމަށްވެސް އެމީހުން ޚަދީޖާ ގާތު ބުންޏެވެ.

އެކުދިންގެ އެވާހަކަތައް އަޑުއެހި ޚަދީޖާގެ ފައިދަށުން ބިންގަނޑު ދެމުނު ފަދައެވެ.ދެރައާއި ރުޅި އެއްފަހަރާ އޭނާއަށް އިހުސާސްވިއެވެ.އެހެންނަމަވެސް އޭނާ ކެތްތެރިކަން އިސްކުރިއެވެ.އާނިމްގެ ފަރާތުން ހަގީގަތް ބަލަން އޭނާ ނިންމިއެވެ.އެހެންކަމުން ގެއަށް ދެވުމާއެކު އާނިމަށް އޭނާ ގުޅިއެވެ.ޚަދީޖާއަށް އެތައްފަހަރަކު އާނިމްގެ ފޯނަށް ގުޅުނުއިރުވެސް، އާނިމް ފޯނަށް ޖަވާބެއް ނުދެއެވެ.އެހެންކަމުން ޚަދީޖާ ހާސްވާންފެށިއެވެ.އެހެންނަމަވެސް އާނިމް ހޯދަން ދާނެތަނެއް ޚަދީޖާއަކަށް ނޭނގެއެވެ.އޭނާ ގެންގުޅޭ މިހާރުގެ އެކުވެރިންގެ މައުލޫމާތެއްވެސް ޚަދީޖާއަކަށް ނޭނގެއެވެ.

އާނިމް ގެއަށް އަންނާނެ އިންތިޒާރެއްގައި ޚަދީޖާއަށް ނުނިދިފައި ސިޓިންރޫމުގައި އިންދާ، އެރޭ އާނިމް ގެއަށް އައީ ދަންވަރު ދޭއްވެސް ޖެހި ފަހުންނެވެ.އޭނާ އައިއިރު ހުރީ މަސްތުގެ ހާލަތުގައެެވެ.ރަނގަޅަށް ދެލޯ ހުޅުވާނުލެވޭއިރު ދެފައިގައިވެސް ވަރެެއްނެތެވެ.ވެއްޓެމުން ތަންތަނުގައި އަތް ޖައްސަމުންނެވެ އާނިމް ވަދެގެން އައި ތަން ޚަދީޖާ އިނީ ބަލާށެވެ.ދެލޯ ފަދައިން ލޯބިވި އާނިމް ހުރި ހާލު ފެނީ ޚަދީޖާގެ ހިތަށް ވަރަށް އަސަރުކުރިއެވެ.އޭނާ އެހުރީ ގަދައަށް މަސްތުވެގެންކަން ޚަދީޖާއަށް ވަގުތުން އެނގުނެވެ.އެކަމާ ޚަދީޖާ ރުޅިއައިނަމަވެސް، އާނިމްހުރީ ވާހަކަދެއްކޭ ހާލަތެއްގައި ނޫންކަމުން އޭނާއަށް ހޭވެރިކަން ވަންދެން ޚަދީޖާ މަޑުކުރިއެވެ.

**********

އަނެއްދުވަސް ފެށުމާއެކު، އާނިމްގެ ކޮޓަރިއަށް ވަދެ އެވާހަކަ އާނިމާ ޚަދީޖާ ދެއްކިއެެވެ.އާނިމް ނިދަންއޮތީ އެރޭ ބޭރުން ގެއަށް އައިއިރު ހުރި އަންނައުނުގައެވެ.އާނިމް މަސްތުވާތަކެތި ބޭނުންކުރާކަން އެނގުމުން އޭނާއަށް ޚަދީޖާ ވަރަށް ނަސޭހަތް ދިނެވެ.ރުޅިއައިސްގެން އެއްޗެހިވެސް ގޮވިއެވެ.ދެރަވިވަރުންގޮސް އެދެލޮލުން ކަރުނަވެސް އައެވެ.ޚަދީޖާ ރޯން ފެށުމުން އާނިމަށް ކޮންމެވެސް ވަރެއްގެ އަސަރެއްކުރިއެވެ.އޭނާ އެދުވަހު ޚަދީޖާ ގާތު އެކަން ހުއްޓާނަން ކަމަށް ވައުދުވިއެވެ.އެކަމުގައި ޚަދީޖާގެ އެއްބާރުލުންވެސް އެންމެ ފުރިހަމައަށް ދޭނަން ކަމުގައި ޚަދީޖާވެސް އާނިމަށް ޔަގީންކަން ދިނެވެ.

އެދުވަހަށްފަހު، ދުވަސްކޮޅަކު އާނިމް ގޭގައި މަޑުވެލިއެވެ.ނަމަވެސް އަނެއްކާވެސް އިހުގެ ދިރިއުޅުމަށް އޭނާ ރުޖޫއަވީއެވެ.އެކަމާ ޚަދީޖާ އެއްޗެހިގޮވިއަސް އާނިމަށް އެއީ މާބޮޑުކަމަކަށް ނުވިއެވެ.ފަހަކަށް އައިސް ޚަދީޖާ ބަސްބުނާތީ އާނިމް އަންނަނީ ރުޅިއެވެ.ކުރިއަށްވުރެ އާނިމްގެ ރުޅި އިންތިހާ ދަރަޖައަށް އިތުރުވިއެވެ.ބައެއްފަހަރު ޚަދީޖާއަށް އަތް އިސްކުރަން އުޅޭފަހަރުތައް ވެސް ދެއެވެ.

އާނިމް އިސްލާހުވޭތޯ ޚަދީޖާ އެކިގޮތްގޮތުން މަސައްކަތްކުރިއެވެ.ކައިރީގައި ބައިންދައިގެންވެސް ނަސޭހަތްދެވުނު އަދަދެއް ޚުދު ޚަދީޖާއަކަށްވެސް ނޭނގެއެވެ.ޚަދީޖާ އެވާހަަކަތައް ދައްކާތީ އާނިމް ފަހަކަށް އައިސް އޭނާ ވާހަކަދައްކަން ފަށާއިރަށް ބަލަނީ އެތަނުން ދެވޭތޯއެވެ.ނޫނީ ކޮންމެވެސް އެހެން ވާހަކައެއް ދައްކައިގެން މައުޟޫއު ބަދަލުކުރެވޭތޯއެވެ.

ކަށީގައި ހިފާފައިވާ ކަމެއް ކުއްލިއަކަށް ހުއްޓުމަކީ އުދަނގޫކަމެއް ކަން ޚުދު ޚަދީޖާވެސް ގަބޫލުކުރެއެެވެ.އެހެންނަމަވެސް އެކަން ހުއްޓޭނީ އާނިމްވެސް އެކަން ހުއްޓަމް ބޭނުންވާނަމައެވެ.ގަދަކަމަކުން ޚަދީޖާއަށްވެސް ކުރެވޭނެކަމެއް ނެތެވެ.އެކިގޮތްގޮތުން މަސައްކަތް ކުރިނަމަވެސް، އެދެވޭ ނަތީޖާއެއް ނުލިބުމުން ޚަދީޖާ އެކަން ފުލުހަށް ރިޕޯޓުކުރަން ނިންމިއެވެ.ހިތަށް ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނަސް މެއެވެ.

އާނިމް ފުލުހަށް ގެންދިޔަ ރެއަކީ ޚަދީޖާއަށް އެންމެ އަސަރުކުރި އެއްރެއެވެ.އޭނާ ރިޕޯޓުކުރުމުން ފުލުހުން އެގެއަށް އައިސް އާނިމްގެ އަތުގައި ބިޑި އަޅުވައިގެން ގެންދިޔަ މަންޒަރު ޚަދީޖާ އަބަދުވެސް ހަނދާން ހުރެއެވެ.ފުލުހުން އާނިމް ހައްޔަރުކުރިނަމަވެސް، ގޮޅީގައި ބޭއްވުމަށްފަހު ދެތިން ހަފްތާފަހުން އާނިމް ދޫކޮށްލީއެވެ.އާނިމް ދޫކޮށްލުމުން ގެއަށް އައިސް ޚަދީޖާއަށް ވަރަށް އެއްޗެހި ކިއެވެ.ޚަދީޖާ ނޫނީ އެކަމަށް ދެކޮޅުހަދާ އޭނާގެ ދަންނަ އެކަކުވެސް ނުހުންނާނެކަމަށް ޚަދީޖާއާ ދިމާލަށް އާނިމް ބުންޏެވެ.އަދި އޭނާގެ ކަންކަމާ ނުބެހުމަށްވެސް އާނިމް ބުންޏެވެ.

އާނިމް ކިތަންމެ ރުޅިއަޔަސް، އޭނާ މަސްތުވާތަކެތި ބޭނުންކުރާކަން އެނގޭ ފަހަރަކުނަމަ ޚަދީޖާ އެކަން ފުލުހަށް ރިފޯޓުކުރެއެވެ.އެގޮތަށް ހަދައިގެން ވިއަސް އާނިމް އިސްލާހުވާން ޚަދީޖާ ބޭނުންވެއެވެ.އެހެންނަމަވެސް އާނިމް ބަންދުކުރިއަސް އެންމެ ގިނަވަގެންވެސް މަހެއް ނުވަނީސް ދޫކޮށްލައެވެ.ނަތީޖާއަކަށްވެގެންދިޔައީ އާނިމް ޚަދީޖާދެކެ އިންތިހާއަށް ރުޅިއަންނަން ފެށުމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ތަކުރާރެއް ނުވާނެއެވެ.

Next

ތީ އޭ ހަނދަކީ 7

Next
June 1, 2022

ތީ އޭ ހަނދަކީ 7

Previews
May 31, 2022

ތަކުރާރެއް ނުވާނެއެވެ.



All Right Reserved!