އަވަސްއަވަސް ކޮށްލައިގެން ގެއިން ނިކުތް އައްކިޔުންގެ ހިތް ތެޅެމުން ދިޔައީ ވީ ކީއްކަމެއް ނޭނގޭތީއެވެ. “އަނެއްކާ ލެޔާލް ކަމެއްކުރީބާ؟” ނައިޝާގެ ގެއަށް ވަދެ ސިޑިން އަރަމުން ދިޔަ އައްކިޔުންގެ ހިތަށް އެރިއެވެ.އޭރުވެސް އޭނާގެ ހިތް ގަދައަށް ތެޅެމުން ދިޔައެެވެ. ނައިޝާގެ އެޕާޓްމެންޓުގެ ދޮރުމަތީގައި ހުއްޓިލުމަށްފަހު، އައްކިޔުން ދެތިންފަހަރަކު ދޮރުގައި ޓަކި ޖަހާލިއެވެ.ނަމަވެސް ނައިޝާގެ ހިލަމެއްނުވިއެވެ.ދޮރުގައި އިން ބެލްވެސް ތިންވަރަކަށް ފަހަރު އަޅާލުމުންވެސް ނައިޝާގެ ޚަބަރެއް ނުވުމުން ހާސްކަން އިތުރުވި އައްކިޔުން، ޖިންސުގެ ޖީބުތެރޭގައި އޮތް އޭނާގެ ފޯނު ނަގައި […]
ބީޗުގެ ދޮންވެލިިގަނޑު މަތީގައި ދެމީހުން ޖައްސާލިއެވެ.މިރޭ އައްކިޔުން އިނީ ވަރަށް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަހަމަހިމޭން ކޮށެވެ.އެހެންރޭރެއާ ޚިލާފަށް މިރޭ އައްކިޔުން މާ ވާހަކައެއް ނުދައްކައެވެ. އޭނާގެ ބޮލުތެރޭގައި އެނބުރެނީ ނައިޝާއަށް ހަޤީޤަތް ކިޔައިދޭނެ ގޮތެކެވެ. އައްކިޔުންގެ ހަޤީޤަތް ނައިޝާއަށް ކިޔައިނުދީ ދާ ކޮންމެ ހިނދުކޮޅެއް އޭނާ ދެކެނީ އެއީ ނައިޝާއަށް ދެވޭ އަނިޔާއެއްގެ ގޮތުގައެވެ.ހަޤީޤަތް ކިޔައިދޭން އައްކިޔުން އިންތިހާއަށް ބޭނުންވެއެވެ.ނަމަވެސް އޭނާ ފަސްޖެހެވެނީއެވެ. މިރޭ ދެތިންފަހަރަކު އެވާހަކަ ބުނަން އޭނާ ނައިޝާއަށް ގޮވިއެވެ.ނަމަވެސް ބުނަން އުޅޭ އެތި ނުއެއްބުނެވެއެވެ.އެވާހަކަ ބުނަން […]
ތިންދުވަސް ފާއިތުވެގެން ދިޔައިރުވެސް އައްކިޔުންނަކަށް ލެޔާލްގެ އުދަނގުލުން ސަލާމަތެއް ނުވެވުނެވެ.ކޮންމެ ރެއަކުވެސް އޭނާގެ މީހަކަށްވުމަށް އައްކިޔުންގެ ކިބައިން އާާދޭސްކުރުމާއި ފަހުން ކަންތައްވާނެ ގޮތަކާއި ދޭތެރޭގައި ވިސްނުމަށް އައްކިޔުންނަށް ަެލެޔާލް ނަސޭހަތްދެއެވެ.ލެޔާލްގެ އެބުނުންތަކަށް އައްކިޔުން މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.ނަމަވެސް ހަޤީޤަތް އެނގޭ ދުވަހަކުން ނައިޝާ އައްކިޔުން ދޫކޮށްލަފާނެ ކަމަށްޓަކައި އޭނާ ނުތަނަަވަސްވެއެވެ. ނައިޝާއަށް ހަޤީޤަތް ކިޔައިދޭން އައްކިޔުން ކިތަންމެހާވެސް ބޭނުންވެއެވެ.ނަމަވެސް ނައިޝާ އޭނާއާއި ދޭތެރޭގައި ނަފުރަތު އުފެދި އޭނާ ދޫކޮށްލަފާނެ ކަމުގެ ބިރަށް އައްކިޔުން ނައިޝާއަށް ހަޤީޤަތް ކިޔައިދޭން […]
“ހާދަ ތައުރީފެކޭ ދޯ ތިކުރަނީ މަދު ދުވަސްކޮޅެއްގެ ތެރޭގަ ފެނުނު މީހަކަށް” ލެޔާލް ގެ ރުޅިގަނޑު އިހުނަށްވުރެ ގަދަވިއެވެ. ލެޔާލްގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ އައްކިޔުން ހިނގައިގަތެވެ. “އަހަރެން ބޭނުންނަމަ ނައިޝާއަށް މިހާރުވެސް ގޮތް ހަދާލަފާނަން…މާދަމާ އައްކިގެ ހަޤީޤަތް އެ ނައިޝާއަށް އެނގުނީމަ އޭނާވެސް އައްކިގެ މަންމަ ގޮތަށް އައްކި ދޫކޮށްފަ ދާނެ…” ހިނގާފައި ދިޔަ އައްކިޔުންނަށް، ރުޅިވެރިކަން މަތީ ހުރެ އެއްނޭވާއިން ލެޔާލް ބުނެލިއެވެ. އެވަގުތު އައްކިޔުން ހުއްޓުން އެރިއެވެ.ރުޅި އުތުރި އެރި އައްކިޔުންނަށް […]
“އައްކިގެ މައިންބަފައިން ކޮބާ؟…މިހާ ގިނައިން ވާހަކަދައްކާ އިރުވެސް ނައި އަކަށް އަހާނުލެވޭ ދޯ އައްކިގެ މައިންބަފައިންނާ ވަކިން އުޅެނީ ކީއްވެތޯ؟” ނައިޝާ އަހާލިއެވެ. ނައިޝާގެ އެސުވާލުން އައްކިޔުންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ މީހާ ހާސްވިއެވެ. “އައްކިގެ މަންމަ ވީ މަންމަގެ ރަށުގަ… އައްކިގެ ބައްޕަވީ މިތާ ކައިރި ރަށެއްގަ” މަޑުމަޑުން އައްކިޔުން ބުނެލިއެވެ. “މަންމަ އާ ބައްޕައާ އައްކި ވަރަށް ކުޑައިރު ވަނީ ވަކިވެފަ” ކުޑައިރުކޮޅަކު ހިމޭނުން އިނދެފައި އައްކިޔުން އެހެންބުނެލިއިރު އޭނާގެ އަޑުގައި ވަނީ ހިތާމައެވެ. […]
އައްކިޔުންގެ ވާހަކަތައް އަޑުއަހަން ފޯނުގައި އޮތް ނައިޝާގެ ތުންފަތްމައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވިއެވެ. “އައްކި އަބަދުވެސް ތިގޮތަށް ނައި އަށް ތެދުވެރި ވައްޗޭ” ހިތްހަމަޖެހިފައިވާ ނައިޝާ ބުނެލިއެވެ. “އިންޝާﷲ…. އައްކިޔުންގެ ހިތަކުނެތް ދޮގު ހަދާ ބޭވަފާތެރި ވާކަށް..އެކަން ކުރާކަށް ބޭނުމެއްވެސް ނޫން” ނައިޝާއަށް ޖަވާބުގައި އައްކިޔުން ބުނެލިއެވެ. ********** ފޯނުގައި އޮތް ނައިޝާއަށް ނިދޭގޮތް ވިއެވެ.ނަމަވެސް އޭނާ ފޯނު ބާއްވާކަށް ގަސްތެއް ނުކުރެއެވެ.އައްކިޔުންގެ އަޑުގައިވެސް ނިދީގެ އަސަރު ގަދަވާން ފެށިއެވެ.މަޑުމަޑުން ދެމީހުންނަށް ކޯލުގައި އޮއްވާ ނިދުނެވެ. ******* […]
އެކިގޮތްގޮތަށް ވަރަށް ވިސްނުމަށްފަހު އައްކިޔުންނާ ރައްޓެހިވާން ނައިޝާ ނިންމިއެވެ. ********* “ވަރަށް އުފާވެއްޖެ ހަފްތާއެއް ފަހުން ވިއަސް “އާނ”ބަސް ބުނީތީ” ވަރަށްބޮޑަށް އުފާވެފާ ހުރެ އައްކިޔުން ބުނެލިއެވެ. އައްކިޔުންނާ ނައިޝާ އާދައިގެމަތިން ބީޗުގެ ދޮންވެލިިގަނޑު މަތީގައި އިށީނެވެ.މިރޭ ނައިޝާ ވެސް ވަރަށް ހިތްހަމަ ޖެހިލައިގެން އިނެވެ.ދެމީހުން އެކި އެކި ވާހަކަ ދައްކަމުން ދިޔައެެވެ.ކިތަންމެ ގިނައިން ވާހަކަ ދެއްކި ކަމުގައި ވިޔަސް ނައިޝާ އޭނާގެ މާޒީގައި ކަންތައް ވެފައިވާ ގޮތް އައްކިޔުންނަށް ކިޔައިދޭން ފަސްޖެހެއެވެ. “ނައި ކީއްވެ އަބަދު […]
ނައިޝާ ހިނިތުންވެލުމާއެކު އައްކިޔުން ނައިޝާ ކައިރިއަށް މަޑު ހިނގުމެއްގައި ހިނގާފައި އައެވެ. “އިށީންދެލަންތަ؟” ނައިޝާ ކައިރިއަށް އައިސް އައްކިޔުން އަހާލިއެވެ.އައްކިޔުންނަށް އާނ އެކޭ ބުނުމުގެ ގޮތުން ނައިޝާ ހިނިތުންވެ ހުރެ ބޯ ޖަހާލުމުން އައްކިޔުން ނައިޝާ ކައިރީގައި އިށީންނެވެ.”ކޮންނަމެއް ކިޔަނީ؟” އައްކިޔުން އަހާލިއެވެ.ނައިޝާ އައްކިޔުންނަށް އޭނާގެ ނަން ބުނެދިނެވެ. ދެމީހުން ބީޗުގެ ދޮންވެލިގަނޑު މަތީގައި ތިބެ އެކަކު އަނެކަކާ ވާހަކަދައްކާލިއެވެ.އެދެމީހުންގެ މޫނުމަތިން ހިނިތުންވުން އެންމެ ސިކުންތަކަށް ވެސް ނުކެނޑެއެވެ. ނައިޝާއަށް އައްކިޔުން ކިޔައިދިން ގޮތުގައި އޭނާ އަކީ […]
އެޒުވާނާއަށް ހިނިތުންވެލައިގެން ހުރި ނައިޝާއަށް ހޭވެރިކަންވީ ކާރެއްގެ ބަރުގޮނުގެ އަޑަށެވެ.ސިއްސައިގެން ގޮސް ނައިޝާ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ********* ގެއަށްވަދެ ފެންވަރައިގެން ދުވަންލީ އެއްޗެހި ދޮވެ ހިއްކަން އެޅުވުމަށްފަހު ނައިޝާ ސޯފާގައި އިށީންދެލިއެވެ.މިއަދުވީ ކަންތަކާ ދޭތެރޭގައި ނައިޝާ ވިސްނާލިއެވެ.އިތުރަށް މީހަކު ދެކެ ލޯބިވާން ނުވަތަ ގަޔާވާންވެސް ނައިޝާ ފަސްޖެހެއެވެ.އޭނާއަަށް އަނެއްކާވެސް ލަނޑެއް ލިބިދާނެތީއެވެ.އެހެންކަމުން ރީތި އެޒުވާނާގެ ޚިޔާލު މުޅިން ފުހެލަން ނައިޝާ ނިންމިއެވެ.އެފަދަ ރީތި ޒުވާނަކަށް ކިތަންމެ އަންހެނުންނެއްވެސް ވާނެކަމާއި އެމީހުންގެ ރީތިކަމަށްޓަކައި ކިބުރުވެރި ވާނެކަން […]