Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަންސާސް ވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
September 22, 2021 3 Mins Read
0 Comments

ނައިޝާ ހިނިތުންވެލުމާއެކު އައްކިޔުން ނައިޝާ ކައިރިއަށް މަޑު ހިނގުމެއްގައި ހިނގާފައި އައެވެ. “އިށީންދެލަންތަ؟” ނައިޝާ ކައިރިއަށް އައިސް އައްކިޔުން އަހާލިއެވެ.އައްކިޔުންނަށް އާނ އެކޭ ބުނުމުގެ ގޮތުން ނައިޝާ ހިނިތުންވެ ހުރެ ބޯ ޖަހާލުމުން އައްކިޔުން ނައިޝާ ކައިރީގައި އިށީންނެވެ.”ކޮންނަމެއް ކިޔަނީ؟” އައްކިޔުން އަހާލިއެވެ.ނައިޝާ އައްކިޔުންނަށް އޭނާގެ ނަން ބުނެދިނެވެ.

ދެމީހުން ބީޗުގެ ދޮންވެލިގަނޑު މަތީގައި ތިބެ އެކަކު އަނެކަކާ ވާހަކަދައްކާލިއެވެ.އެދެމީހުންގެ މޫނުމަތިން ހިނިތުންވުން އެންމެ ސިކުންތަކަށް ވެސް ނުކެނޑެއެވެ.

ނައިޝާއަށް އައްކިޔުން ކިޔައިދިން ގޮތުގައި އޭނާ އަކީ އޮފީހުގެ އެޑްމިނިސްޓްރޭޝަން ބައިގައި ވަޒީފާ އަދާކުރާ މީހެކެވެ.އޭނާ ދިރިއުޅެނީ އޮފީހު މީހަކާއި ހިއްސާވެގެން ހުޅުމާލޭގެ ދެކޮޓަރީގެ އެޕާޓްމަންޓެއްގައެވެ.

އައްކިޔުންނާ ވާހަކަ ދައްކާލުމަށްފަހު ނައިޝާ އެނބުރި ގެއަށްވަނީ ވަރަށް ހިތްހަމަ ޖެހިލައިގެންނެވެ.ނައިޝާ ގެއަށް ވަންނަންދެން އައްކިޔުން ބަލަން ހުރުމަށްފަހު ހިނިތުންވެ ހުރެ އޭނާވެސް ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.

******

އެރެއަށްފަހު ނައިޝާއާއި އައްކިޔުން ރަހުމަތްތެރިވެ އެގުޅުން ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން ދިޔައެވެ.ބީޗަކީ އެމީހުންގެ ބައްދަލުވުމުގެ މަންޒިލަކަށް ވިއެވެ.

ަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެނައިޝާއާއި އައްކިޔުންގެ ރަހުމަތްތެރި ކަމުގެ ގުޅުމަށް ހަތަރުމަސް ފާއިތުވިނަމަވެސް އެދެެމީހުންގެ އެެގުޅުމަށް ކުޑަނަމަވެސް ހީނަރުކަމެއް ނާދެއެވެ.

*******

އައްކިޔުންގެ ވާހަކަ ނައިޝާ އޭނާގެ މަންމައާ ހިއްސާކުރިއެވެ.އައްކިޔުންނަކީ ވަރަށް ހިތްހެޔޮ ވަރަށް ރަނގަޅު މީހެއް ކަމުގައި ނައިޝާ އޭނާގެ މަންމައަށް ބުނެދިނެވެ.

ނައިޝާ ހީކުރީ އައްކިޔުންނަކީ ރީތި މީހަކަށްވެފައި، ބޮޑާކަމާއި ކިބުރުވެރި ކަން އޭނާގެ ގައިގައި ހުންނާނެ ކަމަށެވެ.ނަމަވެސް އައްކިޔުންނާ އެކު އުޅެން ފެށުމުން އޭނާގެ ގޮތް ނައިޝާއަށް ދަސްވާން ފެށިއެވެ.އައްކިޔުންނަކީ ވެސް ނައިޝާ ފަދައިން އާދައިގެ ދިރިއުޅުމަށް ލޯބިކުރާ މީހެއްކަން އޭނާގެ ބަހާއި ޢަމަލުން ނައިޝާއަށް ދޭހަވިއެވެ.

***********

“ވާވް…ހާދަހާ ރީއްޗޭ” ނައިޝާ އާއި އައްކިޔުން އާދައިގެމަތިން ބީޗުތެރޭގައި ހިނގާލަނިކޮށް އެމީހުން ކައިރިން ލާފައި ދިޔަ އަންހެނަކު އައްކިޔުންނާ ދިމާއަށް ހައިރާންވެ ހުރެ ބުނެލި އެވެ.ބަދަލުގައި ހިނިތުން ނުވާތާ އައްކިޔުން އެމީހާއާ ދިމާލަށް ބަލާވެސް ނުލައެވެ.އައްކިޔުންނާ ދިމާއަށް އަންހެން ކުދިން މާވަރަކަށް ބަލާތީ ނައިޝާއަށް އުދަނގޫ އިހުސާސެއް ކުރެވެން ފެށިއެވެ.

“ވަރަށް އުފާވޭތަ މީހުންގެ ފަރާތުން ތަޢުރީފު ލިބޭތީ؟” ވެލިގަނޑުގެ މަތީގައި އިށީނަމުން ނައިޝާ އަހާލިއެވެ. “ނޫން…ނުވޭ… ބޭނުމެއްނޫން އެއްގޮތަކަށް ވެސް” އައްކިޔުން އާދައިގެ ރާގަކަށް ނައިޝާއަށް ބުނެލިއެވެ.ދެމީހުން އެކުގައި އިށީނދެ އެކި މައުލޫތަކަށް ވާހަކަ ދައްކަމުން ދިޔައެެވެ.

******

އެދެމީހުންގެ ގުޅުމަށް ދުވަސްވަމުން ދިޔަވަރަކަށް ނައިޝާއަށް އައްކިޔުން ޚާއްސަ ވަމުންދިޔައެވެ.ދެމީހުންގެ ރަހުމަތްތެރި ކަމުގެ ގުޅުމަށް ބަރާބަރު ހަމަސް ފުރުނު ފަހުން، އައްކިޔުން ނައިޝާދެކެ ގަޔާވާކަމުގައި ބުނެ ރައްޓެހިވާން އެހިއެވެ.

އެވަގުތު ނައިޝާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ.އައްކިޔުން ފަދަ ރީތި ޒުވާނަކު ނައިޝާ ކިބައިން ރައްޓެހިވާން އެހުމުން އޭނާ ވަރަށް އުފާވިއެވެ.ނަމަވެސް ކޮންމެވެސް ވަރަަކަށް ނައިޝާ ނުތަނަވަސް ވެސް ވިއެވެ.ފަހުން ވާނެ ގޮތެއް ނޭނގޭތީ އެވެ.ކުޑަވަގުތުކޮޅަކަށް ހިމޭނުން އިނދެފައި، ވިސްނާލާފައި ޖަވާބެއް ދޭނެކަމަށް ނައިޝާ އައްކިޔުން ގާތު ބުނެލިއެވެ.

އާދައިގެމަތިން އައްކިޔުންނާ ބައްދަލުކޮށް ނިމި ރޭގަނޑު 10.30 ވީތަނާ ނައިޝާ ގެއަށް ވަނެވެ. “ހޮއެހޮއެ…މިރޭވެސް ހެންޑްސަމް ބޯއީ އާއެކު ގޮސްލާފަތަ ތިއައީ؟” ސިޓިންރޫމް ސޯފާގައި ފޯނާކުޅެން އިން ޔުދާ ނައިޝާ ވަތްތަން ފެނިގެން އޭނާއަށް ދިމާ ކޮށްލިއެވެ.

ހިނިތުންވެފައިވާ ނައިޝާ ޔުދާ ކައިރި ސޯފާގައި އިށީންދެލަމުން ޔުދާގެ އަތުގައި ވަރަށް ބާރަށް ހިފާލިއެވެ. “ހާދަ ފިންޏޭ އަތް” ނައިޝާގެ އަތުގެ ފިނިކަން އިހުސާސް ވުމުން ޔުދާ ބުނެލިއެވެ. “އައްކިޔުން ރައްޓެހިވާން އަހައިފި” ނައިޝާ އުފަލުން ހުރެ ބުނެލި އެވެ.

“ދެން ނައި ކީކޭ ބުނީ؟” ފޯނު ސޯފާގައި ބޭއްވުމަށް ފަހު ނައިޝާގެ ވާހަކައަށް ސަމާލުކަންދެމުން ޔުދާ އަހާލިއެވެ.

“ވިސްނާފަ ޖަވާބެއް ދޭނަމޭ ބުނީ” ނައިޝާ ރައްދުގައި ބުނެލިއެވެ. “އެކަމަކު ނައި ވަރަށް ޖެހިލުންވޭ….ފަހުންވާނެ ގޮތެއް ނޭނގޭތީ” މޫނުމަތިން ހިނިތުންވުން ކެނޑި ސީރިއަސް ވެލުމަށްފަހު ނައިޝާ ބުނެލިއެވެ.

“ނައި ކަންބޮޑުނުވެބަލަ!…އަބަދަކު އެއްގޮތެއް ނުވާނެ…އައްކިޔުންގެ ރަނގަޅުވާހަކަ ނައި ވަރަށް ގިނައިން ޔުދާ ކައިރި ބުނަމެއްނު…ނައި އަސްލުވެސް ވަރަށް ނަސީބު ރަނގަޅު އެހާ ރީތި ޒުވާނަކު ރައްޓެހިވާން އެހީމަ…ޔުދާ މީ ނައި ނަމަ ވަގުތުން އެއްބަސްވީމުސް” ޔުދާ ބުނެލިއެވެ.

“އާނ…އައްކިޔުން އަދި ރަނގަޅު ގޯހެއްނޫން…އެކަމަކުވެސް ނައި ޖެހިލުންވަނީ..ސައިފްވެސް ކުރީކޮޅު ވަރަށް ރަނގަޅު..ފަހުން އޭނަ ބަދަލުވެ ގޯސްވީ” އިސް ދަށަށް ޖަހާލަމުން ނައިޝާ މަޑުމަޑުން ބުނެލި އެވެ.

“އަބަދު އެއްވާހަކައެއް ނައި ކައިރި ޔުދާއަށް ބުނަން މިޖެހެނީ… ތިދައްކަނީ ފަސް އަހަރު ކުރީގަ ހިނގި ވާހަކައެއް… އަނެއްކާ ބަލާބަ މީގެ ފަސްއަހަރު ކުރިން ފަލަކޮށް ހުރި ކުއްޖާތަ މިހާރު ނައި ތީ؟…އެކަކުވެސް ޤަބޫލެއް ނުކުރާނެ ނައިގެ ކުރީގެ ފޮޓޯ ދައްކާފަ އެއީ ނައި އޭ ބުންޏަސް…ބަލާބަ ނައި މިހާރު ހިކިފަ ރީތިކަން…ޔުދާއަށް ޔަޤީން ތިކިޔާ ސައިފަށް ވެސް މިހާރު ނައި ފެނުނަސް ފާހަގަ ކުރާކަށް ނޭނގޭނެކަން…އެހެންވީމަ ކީއްވެ ޖެހިލުން ވާންވީ؟” ނައިޝާގެ މޫނުގައި ހިފާ އިސް އުފުލުވާލަމުން ޔުދާ ބުނެލިއެވެ.

“އެކަމަކުވެސް ހަމަ ޖެހިލުންވަނީ..” ނައިޝާ ހާސްވެހުރެ ބުނެލިއެވެ. “ނައި ތީ ހަޑިކުއްޖެއްނޫން… އައްކިޔުންނާ އަޅާ ބަލާއިރު ނައިވެސް ތީ ހަމަ އައްކިޔުންފަދަ ރީތި މީހެއް… އަނެއްކާ ބޭރުފުށުން އެކަންޏެއް ނޫން ހުރިހާ ގޮތަކުންވެސް ނައި ރީތީ…ޠާހިރު ހިތެއް، ގެވެހި، މުރާލި، އަނެއްކާ އެހާ ސާފުތާހިރު، ދެން މިހެންގޮސް ރީތި ހުރިހާ ސިފައެއް ނައިގެ ގައިގަ އެބަހުރި…އެހެންވީމަ ކީއްވެ ޖެހިލުން ވާންވީ؟”ޔުދާ ނައިޝާއަށް ވަރަށް ނަސޭހަތް ދިނެވެ.

ޔުދާގެ ނަސޭހަތް އަޑުއެހުމަށް ފަހު ނައިޝާ އެނާގެ ކޮޓަރިއަށް ވަނީ ވަރަށް ބޮޑުތަނުން ހަމައަކަށް އެޅިލައިގެންނެވެ.

********

ހެނދުނު ފިހާރައަށް އޮންލައިން ވުމުގެ ކުރިއަށް ނައިޝާ އޭނާގެ މަންމައަށް ގުޅާލިއެވެ.އެކި ވާހަކަތައް ދައްކަމުންގޮސް އައްކިޔުން ރައްޓެހިވާން އެހި ވާހަކަ ނައިޝާ އޭނާގެ މަންމައާ ހިއްސާކުރިއެވެ. “މަންމަމެން ދަރިންގެ ތިކަހަލަ ކަންކަމަކާ ނުބެހޭނަން…އެކުއްޖަކު އިންނާނެ މީހަކާ އަދި ރައްޓެހިވާނެ މީހެއްވެސް އިނގޭނީ ހަމަ އެކުއްޖަކަށް… ދަރިފުޅު ހިތްހަމަޖެހެންޏާ ދަރިފުޅަށް ރަނގަޅިއްޔާ ނިމުނީ…މަންމަމެންވެސް ވަރަށް އުފާވާނެ ދަރިފުޅު ތިގޮތަށް އުމުރު ބޭކާރު ކޮށްލުމަށްވުރެ ހަޔާތެއް ފަށައިގެން އާއިލާއެއް ބިނާ ކުރިއްޔާ…އެކަމަކުވެސް މަންމަ ބުނެލާނީ ނައި ތީ ދެފަހަރު އެއް އަނދަވަޅަކަށް ވެއްޓިގަތުމަށްވުރެ މާ ވިސްނޭ ކުއްޖެކޭ” ނައިޝާގެ މަންމަ ބުންޏެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ވާ ލޯބި އެނގޭނަމަ – 2

Next

ވެމްޕަޔާ 8

Next
September 22, 2021

ވެމްޕަޔާ 8

Previews
September 21, 2021

ވާ ލޯބި އެނގޭނަމަ – 2



All Right Reserved!