Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ(ސާޅީސް ނުވަވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
September 20, 2021 3 Mins Read
0 Comments

އެޒުވާނާއަށް ހިނިތުންވެލައިގެން ހުރި ނައިޝާއަށް ހޭވެރިކަންވީ ކާރެއްގެ ބަރުގޮނުގެ އަޑަށެވެ.ސިއްސައިގެން ގޮސް ނައިޝާ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.

*********

ގެއަށްވަދެ ފެންވަރައިގެން ދުވަންލީ އެއްޗެހި ދޮވެ ހިއްކަން އެޅުވުމަށްފަހު ނައިޝާ ސޯފާގައި އިށީންދެލިއެވެ.މިއަދުވީ ކަންތަކާ ދޭތެރޭގައި ނައިޝާ ވިސްނާލިއެވެ.އިތުރަށް މީހަކު ދެކެ ލޯބިވާން ނުވަތަ ގަޔާވާންވެސް ނައިޝާ ފަސްޖެހެއެވެ.އޭނާއަަށް އަނެއްކާވެސް ލަނޑެއް ލިބިދާނެތީއެވެ.އެހެންކަމުން ރީތި އެޒުވާނާގެ ޚިޔާލު މުޅިން ފުހެލަން ނައިޝާ ނިންމިއެވެ.އެފަދަ ރީތި ޒުވާނަކަށް ކިތަންމެ އަންހެނުންނެއްވެސް ވާނެކަމާއި އެމީހުންގެ ރީތިކަމަށްޓަކައި ކިބުރުވެރި ވާނެކަން ނައިޝާ އޭނާގެ ހިތަށް ވިސްނާދިނެވެ.

**********

ތިންދުވަސް ހޭދަވެގެންދިޔައީ ނައިޝާ އެއްގޮތަކަށްވެސް ބޭރަށް ނިކުތުމެއް ނެތިއެވެ.އޭނާ ކަސްރަތު ކުރަނީވެސް ގޭގައި ދުވާ މެޝިނަށް އަރައިގެންނެވެ.ނަމަވެސް އެއްގޮތަކަށްވެސް ބޭރަށް ނުދާތީ ނައިޝާ ފޫހިވާން ފެށިއެވެ.އެހެންކަމުން ހަތަރު ދުވަސް ފަހުން, އެއްރޭ ނައިޝާ ބީޗަށް ނިކުމެލަން ނިންމިއެވެ.

*********

މަޑު ހިނގުމެއްގައި ގޮސް އާންމުކޮށް ނައިޝާ އިންނަ ޖޯލީގައި އިށީންދެލިއެވެ.ވަގުތަކީ ހަމަހިމޭން ވަގުތެކެވެ.އެކި ފިކުރުތަކުގައި މޫދަށް ބަލަން އިން ނައިޝާއަށް މީހުންތައް ބީޗަށް ގިނަވާ ކަމެއްވެސް ރެއަކާ ނުލައެވެ.ނައިޝާއަކީ މީހުންގިނަ ތަންތަނަށް އެއްގޮތަކަށް ވެސް ދާހިތްްވާ މީހެއްނޫނެވެ.

އެކި ފިކުރުތަކުގައި އިން ނައިޝާއަށް އެއްލި ކަޅިއަކުން ގަހެއްގެ ކައިރީގައި ރީތި ޒުވާނާ ހުއްޓިލައިގެން އޭނާއަށް ބަލަން ހުއްޓާ ފެނުނެވެ.ނައިޝާ އޭނާއާއި ދިމާލަށް ބަލައިލި ވަގުތު އޭނާ އާދައިގެމަތިން ނައިޝާއަށް ހިނިތުންވެލިއެވެ.ނަައިޝާއަށް މިފަހަރުވެސް ހިނިތުން ވެލެވުނެވެ.

ވަގުތުކޮޅަކަށް ނައިޝާ އެޒުވާނާއަށް ބަލަން ގެއްލިފައި އިދެވުނެވެ.އެޒުވާނާއަށް ލިބިފައިވާ ރީތިކަން ގަލަމަކުންވެސް ބަޔާން ނުކޮށް ދެވޭނެއެވެ.އެހާވެސް ރީއްވެޗެ.އެހާވެސް ފުރިހަމައެވެ.މިރޭ އޭނާ ލައިގެން ހުރި އަތްދިގު ކަޅު ގަމީހާއި ކަޅު ޖިންސުގެ އަދިރިކަން, ހުދު ސުނޯގަނޑެއް ފަދަ ދޮންހަންގަނޑާއި ވަރަށް ގުޅެއެވެ.

ފިރިހެންވަންތަ ހިނގުމެއްގައި ހިނގާލައިފައި އެޒުވާނާ އައިސް ނައިޝާ ކައިރި އެއްޖޯލި ދޫކޮށް އިށީނެވެ.މިރޭވެސް އޭނާ ނައިޝާ ކައިރިން އަޅާފައި އައި ވަގުތު ގަދަ ސެންޓެއްގެ ވަހެއް ނައިޝާއަށް ދުވިއެވެ.

“ހާދަ އެކަނިވެފަ” ޖޯލީގައި އިން އެޒުވާނާ ވަގުތުކޮޅަކު އިނުމަށްފަހު ފިރިހެންވަންތަ ރީތި އަޑަކުން ބުނެލިއެވެ.އެޒުވާނާ ވާހަކަ ދެއްކީ ނައިޝާއަށް ކަން އެނގިހުރެވެސް އެއްޗެކޭ ނުބުނެ ނައިޝާ މޫދަށް ބަލަންއިނެވެ.އޭރު އޭނާގެ ހިތް މަތަނުވެ އެތެރެ ހަށީގައި ތެޅިފޮޅެނީއެވެ.

“އަނެއްކާ އުދަނގޫ ކުރަވެނީތަ މީ؟…އެހެންވެއްޖިއްޔާ ވަރަށް ބޮޑަށް ސޮރީ” ނައިޝާ އަނގައިން ނުބުނުމުން ޖޯލިން ތެދުވަމުން އެޒުވާނާ ބުނެލިއެވެ.

އެވަގުތު ނައިޝާ އެޒުވާނާއަށް ބަލައިލި އެވެ. “އަހަންނަށްތަ ތި ވާހަކަ ދައްކަނީ؟” އެޒުވާނާ ދާން އުޅެން ފެށުމުން އޭނާ ދިޔަނުދޭން ނައިޝާ އަވަހަށް ބުނެލިއެވެ.ނަައިޝާއަށް އާނއެކޭ ބުނުމުގެ ގޮތުން ހިނިތުންވެލުމަށްފަހު އެޒުވާނާ ބޯޖަހާލިއެވެ.އަދި އޭނާ އިން ޖޯލީގައި އަނެއްކާވެސް އިށީނެވެ.

“މީ އައްކިޔުން ތީ ކޮންކުއްޖެއް؟” ސަލާމްކުރަން އަތްދިއްކޮށްލަމުން ނައިޝާއަށް އައްކިޔުން ބުނެލިއެވެ.އެވަގުތު ނައިޝާއަށް،  ދުވާ ޓުރެކުން ސައިފާ އެންމެ ފުރަތަަމަ ދިމާވީ ދުވަސް ލޯމައްޗަށް ސިފަވެގެން ދިޔައެވެ.އެދުވަހު ސައިފްވެސް ނައިޝާއަށް ތަޢާރަފްވީ ހަމައެގޮތަށެވެ.

ޖޯލީގައި އިން ނައިޝާ ކުއްލިއަކަށް ތެދުވެ ގެއާ ދިމާއަށް ދުއްވައިގަތެވެ.ސަލާމް ކުރަން ދިއްކުރި އަތް ތިރިކޮށްލުމަށްފަހު ނައިޝާ ގެއަށް ދުވެފައި ދާމަންޒަރު ބަލަން ވީގޮތެއް ނޭނގިފައި އައްކިޔުން ހުއްޓެވެ.

ވަރަށް ގިނަވަގުތު އައްކިޔުން ނައިޝާގެ އިންތިޒާރުގައި ހުރީ ނައިޝާ ބެލްކަންޏަށް ނަމަވެސް ނިކުމެދާނެ ކަމުގެ އުންމީދުގަ އެވެ.ނަމަވެސް ނައިޝާ ނުނިކުތުމުން އައްކިޔުން މާޔޫސްކަން މަތީގައި ހުރެ އެތަނުން ދިޔައެވެ.

********

ކޮޓަރިއަށް ވަތް ނައިޝާ އަޅައިގެން ހުރި ބުރުގާ ބޭލުމަށް ފަހު، ޑުރެސިން ޓޭބަލް މަތީގައި ދެއަތް ވިއްދާލައިގެން ހުރެ ފުން ނޭވާތަކެއް ދޫކޮށްލިއެވެ.ނައިޝާއަށް ދެންމެ ހީވީ އޭނާގެ މާޒީ ތަކުރާރުވި ހެންނެވެ.

ޑުރެސިން ޓޭބަލް ކުރިމަތީގައި ހުރި ނައިޝާ ލޯގަނޑުން އޭނާގެ ސޫރައަށް ބަލައިލި އެވެ. ޔުދާ ބުނި ބަސްތައް އޭނާ ހާނދާންވިއެވެ.މިހާރު ނައިޝާ ފެނިއްޖެ މީހަކުނަމަ އެއީ ކުރީގެ ނައިޝާއެކޭ ނުބުނާނެއެވެ.ކުރިން އޭނާއަށް އެހެން ދިމާވީ ފަލަވުމުގެ ސަބަބުންކަން ނައިޝާއަށް ވިސްނުނެވެ.ނަމަވެސް މިހާރު ނައިޝާއަކީ ފަލަމީހެއްނޫނެވެ.

*********

ލޯގަނޑަށް ބަލަން ހުރި ނައިޝާ ކުއްލިއަކަށް ބުރުގާ އަޅާލުމަށްފަހު ބެލްކަންޏަށް ނުކުމެލީ އައްކިޔުން ހުރިތޯ ބަލާލުމަށެވެ.ނަމަވެސް އައްކިޔުން ފެންނާކަށް ނެތެވެ.ނައިޝާއަށް މިރޭ ކަންތައް ކުރެވުނު ގޮތާއިމެދު އޭނާ ވަރަށް ބޮޑަށް ދެރަވިއެވެ.

ޔުދާ ބުނި ބަސްތައް ނައިޝާއަށް ގަބޫލުކުރެވެން ފެށިއެވެ.އަބަދަކު އެއްގޮތެއް ނުވާނެކަން އޭނާއަށް ހީވާންފެށިއެވެ. ކުރިން ނައިޝާ ބާކީވެ ގެއްލުން ލިބުނީ ސިފަ ހުތުރުވެ ފަލަވީމަ ކަމަށާއި މިހާރު ނައިޝާ އަކީ ސިފަހަޑި ފަލަމީހެކޭ އެއްވެސް މީހަކު ނުބުނާނެކަން އޭނާގެ ހިތަށް ވިސްނައިދިނެވެ.ލޯބިވާ މީހެއްނަމަ ސިފަ ކޮންމެ ގޮތަކަށް ހުއްޓަސް ލޯބިދޭނެކަންވެސް އޭނާގެ ހިތަށް އަރަން ފެށިއެވެ.

********

މިރޭވެސް ނައިޝާ ބީޗަށް ނިކުމެލީ އައްކިޔުން ފެނޭތޯއެވެ.ވަރަށްއިރު އައްކިޔުންގެ އިންތިޒާރުގައި ނައިޝާއަށް އިނދެވުނެވެ.ނަމަވެސް އައްކިޔުންގެ ހިލަމެއް ނުވިއެވެ.

މިރޭ އައްކިޔުންނާ ބައްދަލުނުވުމުން މާޔޫސްކަން މަތީގައި ހުރެ ނައިޝާ އޭނާގެ ގެއަށް ވަނީ އެރީތި ޒުވާނާގެ ޚިޔާލުގައި ހުރެގެންނެވެ.އެރީތި އަޑާއި އެ މީރުވަސް ނައިޝާގެ ސިކުނޑީގައި އަބަދުމެ ހަރުލާފައި ހުރެއެވެ.އެއާދަޔާ ޚިލާފް ރީތިކަމާ އެއްވަރަށް އޭނާގެ ނަން ވެސްވީ އާދަޔާޚިލާފް ނަމަކަށެވެ.އެނަމަކީ ނައިޝާ ދުވަހަކުވެސް އަޑު އަހާފައި ނުވާ ނަމެކެވެ.

*********

ޖެހިގެން އައި ރޭވެސް ނައިޝާ ބީޗަށް ނިކުތީ އައްކިޔުންނާ ދިމާވާނެ ކަމުގެ ކޮންމެވެސް ވަރެއްގެ އުންމީދަކާ އެކުގައެވެ.ބަންދު ރެއަކަށްވުމުން މީހުން ގިނަވެ ބީޗު ވަނީ ހަލަ ބޮލިވެފައެވެ.ބާބަކިޔު ހަދާ މީހުންނާއި ރޭގަނޑުގެ ފިންޏަށް ބުރުޖަހަން ނިކުމެ އުޅޭ މީހުންތަކުން މުޅިމާހައުލުވަނީ ހަލަބޮލ ވެފައެވެ.

މީހުން ގިނަވުމުން ނައިޝާއަށް ކޮންމެވެސް ވަރަަކަށް އުދަނގޫ ވެސް ވިއެވެ.ނަމަވެސް އައްކިޔުންނާ ދިމާކުރަން އޭނާ ހުރީ އިންތިހާއަށް ބޭނުންވެފައެވެ.ނައިޝާ އާންމުކޮށް އިންނަ ޖޯލި މިރޭ ފުރިފައިވުމުން މީހުން ތަންކޮޅެއް މަދު ހިސާބެއް ކައިރިއަށް ނައިޝާ ދިޔައެވެ.

ހުދު ދޮންވެލިިގަނޑު މަތީގައި ނައިޝާ ޖައްސާލިއެވެ.ވެލިގަނޑު މަތީގައި އިދެ ދޭތެރެއަކުން ނައިޝާ އައްކިޔުން ފެނޭތޯ ހޯދަލައެވެ.

އިރުގަނޑަކަށްފަހު ނައިޝާއަށް އައްކިޔުންގެ ގައިން ދުވާ މީރު ސެންޓް ވަސް އޭނާގެ ނޭފަތުގައި ޖެހުމުން ވަސް އަންނަ ދިމާލަށް ނައިޝާއަށް  ކުއްލިއަކަށް ބަލައިލެވުނެވެ.އޭރު ނައިޝާއާ ކުޑަ ތަންކޮޅެއް ދުރުގައި އައްކިޔުން ބަލަން ހުއްޓެވެ.އޭނާ ހުރިގޮތުން ނައިޝާ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަކައިރިއަށް އަންނަން ނުކުރެފައިވާހެން ނައިޝާއަށް ހީވިއެވެ.އެހެންކަމުން ނައިޝާ އައްކިޔުންނަށް ހިނިތުން ވެލިއެވެ.

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ވެމްޕަޔާ 7

Next

ހިތުގައިވާ އުދާސް

Next
September 20, 2021

ހިތުގައިވާ އުދާސް

Previews
September 20, 2021

ވެމްޕަޔާ 7



All Right Reserved!