Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަންސާސް ތިންވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
September 29, 2021 3 Mins Read
0 Comments

“އައްކިގެ މައިންބަފައިން ކޮބާ؟…މިހާ ގިނައިން ވާހަކަދައްކާ އިރުވެސް ނައި އަކަށް އަހާނުލެވޭ ދޯ އައްކިގެ މައިންބަފައިންނާ ވަކިން އުޅެނީ ކީއްވެތޯ؟” ނައިޝާ އަހާލިއެވެ.

ނައިޝާގެ އެސުވާލުން އައްކިޔުންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ މީހާ ހާސްވިއެވެ. “އައްކިގެ މަންމަ ވީ މަންމަގެ ރަށުގަ… އައްކިގެ ބައްޕަވީ މިތާ ކައިރި ރަށެއްގަ” މަޑުމަޑުން އައްކިޔުން ބުނެލިއެވެ.

“މަންމަ އާ ބައްޕައާ އައްކި ވަރަށް ކުޑައިރު ވަނީ ވަކިވެފަ” ކުޑައިރުކޮޅަކު ހިމޭނުން އިނދެފައި އައްކިޔުން އެހެންބުނެލިއިރު އޭނާގެ އަޑުގައި ވަނީ ހިތާމައެވެ.

“އޯ…އެހެންތަ؟…ވަރަށް ބޮޑަށް ސޮރީ…ނައި އަކަށް ނޭނގެ އައްކިގެ މައިންބަފައިން ވަކިވެފަ ވާކަމެއް” ނައިޝާ ދެރަވެލާފައި އެހެން ބުނުމުން ދެން އެވާހަކަ ނުދެއްކުމަށް އައްކިޔުން އެދުނެވެ.

*****

ކައި ނިމިގެން ސޯފާގައި އައްކިޔުންނާ ނައިޝާ ވާހަކަ ދައްކާލަން އިށީނެވެ.ކުޑަވަގުތުކޮޅަކު ވާހަކަ ދައްކާލުމަށްފަހު އައްކިޔުން ގެއަށް ދާން އެޕާޓްމެންޓުގެ ދޮރުން ނިކުތް ވަގުތު ޔުދާ ވަޒީފާ ނިންމާލުމަށްފަހު ގެއަށް ވަންނަނީއެވެ.

ސިޑިން ފައިބަން އުޅުނު އައްކިޔުންނަށް ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު އެޕާޓްމެންޓުގެ ދޮރާ ދިމާއަށް ދިޔަ ޔުދާއަށް ދޮރުމަތީގައި ހުރި ނައިޝާ އާއި ދިމާވިއެވެ.

“ހެންޑްސަމް ބޯއީ އައިއްސަ ދޯ އެދިޔައީ؟” ސަކަ ގޮތަކަށް ޔުދާ ނައިޝާއަށް ބުނެލިއެވެ. ޔުދާ އެހެންްބުނުމުން ނައިޝާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވި ނަމަވެސް އޭނާ މާޔޫސްވެފައިވާ ކަން ޔުދާއަށް ފަހުމުވިއެވެ.

“ކިހިނެއްވީ އަނެއްކާ؟” ހޭންޑްބޭގް ބާލައި މޭޒުމަތީގައި ބޭއްވުމަށް ފަހު ނައިޝާ ކައިރި ސޯފާގައި އިށީނދެލަމުން ޔުދާ އަހާލިއެވެ.

“ޔޫ…ނައި އަށް މިރޭ އައްކި ދެރަވާ ކަހަލަ ސުވާލެއް ކުރެވިއްޖެ” ނައިޝާ ދެރަވެލާފައި ކަންވީގޮތް ޔުދާއަށް ކިޔައިދިނެވެ.

“އެއީ ނައި ގަސްތުގަ ކުރި ކަމެެއް ނޫނެއްނު؟…ނައި އަކަށް ނޭނގެއެއްނު އައްކިޔުންގެ މައިންބަފައިން ވަކިވެފަ ވާކަމެއް އެހެންވީމަ ދެރަނުވޭ” ނައިޝާގެ އަތުގައި ހިފާލުމަށްފަހު އޯގާތެރި ކަމާއެކު ޔުދާ ބުނެލިއެވެ.

“އިނގެޔޭ..ނައިވެސް ގަސްތުގަ އެކަހަލަ އެއްޗެއް ނާހަނެއެއްނު އެނގޭނަމަ… އެކަމް ވެސް އައްކި ވަރަށް ދެރަވެއްޖެ ކަން އޭނާގެ މޫނުމަތިން ނައި އަށް އެނގުން އެހެންވެ ނައި ވަރަށް ދެރަވޭ” ނައިޝާ ބުނެލިއެވެ.

“ކީއްވެ އެދެމީހުން ވަކިވީ؟” ޔުދާ އަހާލިއެވެ. “ނޭނގެ…ނައި އަކަށް ނުކެރުނު އިތުރަށް އަހާކަށް ޕްލަސް އައްކި ވެސް ބުނި އެވާހަކަ ނުދައްކާށޯ އޭނަ ވަރަށް ދެރަވީމަ އެއީ” ނައިޝާ ބުނެލިއެވެ.

******

ނައިޝާ އާއި ވާހަކަ ދެއްކުމަށްފަހު އައްކިޔުން އޭނާގެ ގެއާ ދިމާއަށް މަޑު ހިނގުމެއްގައި ހިނގާލައިފައި ދިޔައެވެ. “އައްކީ” މަޑު ހިނގުމެއްގައި ހިނގާފައި ދިޔަ އައްކިޔުން ހުއްޓުނީ އޭނާގެ ނަމުން މީހަކު ގޮވާލުމުންނެވެ.

ވަގުތަކީ ވަރަށް ހަމަހިމޭން ވަގުތެއް ކަމުން އަނދިރި އެމަގުގައި އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ފަސް އެނބުރި ބަލާލުމަށްފަހު އެއްވެސް މީހަކު ފެންނަން ނެތުމުން އައްކިޔުން ހިނގައި ގަންނަން އުޅެނިކޮށް އަނެއްކާ ވެސް އަންހެނަކު އޭނާއަށް ގޮވާލި އެވެ.

އައްކިޔުން ފަސް އެނބުރި ބަލައިލި ވަގުތު ކާނި ގަހެއް ކައިރީގައި ހުއްޓިލައިގެން ހުރީ ނައިޝާއަށް ފެނުނު އަންހެން ކުއްޖާއެވެ.

މިރޭ އޭނާ ލައިގެން ހުރީ މެދުން ފަޅާލެވިފައިވާ ކަކުލާ ހަމައަށް އަރާ ކަޅުކުލައިގެ ޖަރީ ހެދުމެކެވެ. އެހެދުމުގައި ބޮލުގައި އަޅާގޮތަށް ހޫޑެއް އިންނަ އިރު އޭނާ ހުރީ އެހޫޑް ބޮލުގައި އަޅައިގެނެވެ.

ފޫކޮޅާ ހަމައަށް އަރާ އޭނާގެ ފަންބުޅި އިސްތަށިގަނޑު ދެފަރާތަށް ނިއުޅުވާލެވިފައިވާ އިރު ކަރުގައި ވަނީ ކަޅު ވާގަނޑެއް ފަދަ ފަށެއް އަޅާ ވަރަށް ގަދައަށް މޭކަޕްކޮށް ނަލަހެދިފައެވެ.

ފަސް އެނބުރި ބަލައިލި އައްކިޔުންނަށް އެއަންހެންކުއްޖާ ފެނުމުން އޭނާގެ ހިނގުން ކުރިއަށް ވުރެ ބާރު ކޮށްލިއެވެ. “އައްކި މަޑުކޮށްބަލަ” އައްކިޔުންގެ ހިނގުން އަވަސް ކޮށްލުމުން އޭނާގެ ފަހަތުން ދިޔަ އެއަންހެންކުއްޖާ އެހެންްބުނުމުން އައްކިޔުން ހުރިތަނަަށް ހުއްޓުނެވެ.

“މިކޮޅު ބަލާލަބަ ޕްލީސް” އާދޭހުގެ ރާގަކަށް އެއަންހެންކުއްޖާ އެހެންްބުނުމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ފަސްއެނބުރި އޭނާ އާއި ދިމާއަށް އައްކިޔުން ބަލައިލި އެވެ.

“ކިހިނެއްވީ؟” އައްކިޔުންގެ ރާގުން އޭނާ ހިތްހަމަ ނުޖެހިފައިވާކަން ދޭހަވެއެވެ. “އައްކި ކީއްވެތަ ތިހެންތި ހަދަނީ؟..އަހަރެން ފެންނަ އިރަށް ދުރަށް ތިދަނީ؟” އަންހެންކުއްޖާ ބުނެލިއެވެ.

“ތީ ކިހާ ހަޑި ގޮތެއް ލެޔާލް…ތީ އަންހެންކުދިން އުޅެންވާނެ ގޮތްތަ؟” އައްކިޔުން އެހެންބުނެ ހިނގައި ގަންނަން އުޅުނެވެ. “ތި ގެންގުޅޭ ނައިޝާ އަށް ވުރެ އެންމެ ތަންކޮޅެއް އަހަރެންވެސް ހުތުރެއް ނުވާނެ… ދެން ކީއްވެ އަހަރެން އައްކި އަށް ކަޅި އަޅައިގެން ހުއްޓާ ނައިޝާއާ ރައްޓެހިވީ؟…ެަެަެަެަެަެަެަެަެަެަެަެަެަެަެަެަަެަެަެަެަެަެަެަެަެަެަެަެަެަެަެަެއަހަރެން ރައްޓެހިވާން އެހީމަވެސް ރައްޓެހި ނުވީ؟” އަންހެން ކުއްޖާ އައްކިޔުންނަށް ހިތްހަމަ ނުޖެހިހުރެ ބުނެލިއެވެ.

“އަހަރެން ބޭނުން ނުވަނީ…ލޯބި ނުވެވޭނެ ކަން އެނގިހުރެ އަހަރެން ބޭނުމެއްނޫން މީހަކަށް ދެރައެއް ދޭކަށް” އައްކިޔުން ބުނެލިއެވެ.

“އެކުގަ އުޅެން ފެށީމަ ލޯބި ވެވޭނެ..އަހަރެން ލޯބި ދޭނަން…އަހަންނާ އައްކި އަކީ ކުޑައިރުއްސުރެ ދަންނަ ދެމީހުން…ނައިޝާ އެއީ އެހަށް ދުވަހަކު އައްކި އަށް ފެނުނު މީހެއް…އޭނާއަށް ވުރެ މާރަނގަޅަށް އައްކިގެ ހަގީގަތާއި ގޮތް އަހަންނަށް އެނގޭ…އެހެންވީމަ އޭނައަށް ވުރެ މާ ރަނގަޅަށް އަހަންނަށް އައްކި އަށް ލޯބި ދެވޭނެ”

“ލެޔާލް އަށް އެނގޭ އައްކި ރުޅިއައިސްފައި ތިހުރީ ލެޔާލް ނައިޝާއަށް ފެންނާތީކަން… އެކަމަކުވެސް އަހަންނަށް ކެތްނުވަނީ ތިދެމީހުން އެކުގަ ފެނި އެހާ ލޯބިން އުޅޭތަން ފެނުނީމަ…އަހަރެން އައްކިއަށް ހިތުލައިގެން އެންމެ ކުރީއްސުރެ ހުއްޓާ އޭނާއާ އައްކި ރައްޓެހިވީމަ ރުޅިއާދެވޭ..އަހަރެން ކިހާ މަސައްކަތެއްތަ މިކުރަނީ ތި އެޓެންޝަން ހޯދަން…މިހާވަރަށް މޭކަޕްވެސް މިކުރަނީ އައްކި ބަލާތޯ!” ލެޔާލް ބުނެލިއެވެ.

“ނައިޝާ އާ ލެޔާލްއާ ވަރަށް ތަފާތު..އޭނަ އަކީ އާދައިގެ ދިރިއުޅުމަށް ލޯބިކުރާ ޒުވާނެއް..ކަން ދެއްކުމުގެ ސިފައެއް އޭނާގެ ނުހުރޭ..އެކަމް ލެޔާލް ތީ ވަރަށް ދެއްކުންތެރިއެއް…އަހަރެން ލެޔާލާ ވާހަކަ ދެއްކުން ހުއްޓާލީވެސް އެހެންވެ…އަހަރެން ރީތި ވާހަކަ ަެަަަެަެަަަެަެަަަެަެަަަެެަެަަަެަަަެަެަަަެަެަަަެަެަަަެެަެައެންމެން ކައިރި ކިޔާ ދެއްކުން ބޮޑުވީމާ…މޭކަޕްގެ ވާހަކަ ދައްކާއިރު އަހަންނަށް އެއްވެސް ރީއްޗެއް ނޫން ތިހާ ގަދައަށް މޭކަޕް ކުރީމަ…ނައިޝާ ގޮތަށް ގުދުރަތީ ރީތިކަމަށް އިސްކަންދޭ މީހުން އަހަންނަށް ކަމުދަނީ…އެރީތި މަޑު ފިޔާތޮށި ތުންފަތާ އަޅާބަލާއިރު ތި ރަތްގަދަ ތުންފަތް ރީއްޗެއްނޫން” އައްކިޔުން ބުނެލިއެވެ.

 

 

މ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހިތުގެ ޝަކުވާ… 27

Next

ހީވޭ ގާތުގާއި ވާހެން ކަލާ 2

Next
September 29, 2021

ހީވޭ ގާތުގާއި ވާހެން ކަލާ 2

Previews
September 28, 2021

ހިތުގެ ޝަކުވާ… 27



All Right Reserved!