Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަންސާސް ހަތަރުވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
October 1, 2021 3 Mins Read
2 Comments

“ހާދަ ތައުރީފެކޭ ދޯ ތިކުރަނީ މަދު ދުވަސްކޮޅެއްގެ ތެރޭގަ ފެނުނު މީހަކަށް” ލެޔާލް ގެ ރުޅިގަނޑު އިހުނަށްވުރެ ގަދަވިއެވެ.

ލެޔާލްގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ އައްކިޔުން ހިނގައިގަތެވެ. “އަހަރެން ބޭނުންނަމަ ނައިޝާއަށް މިހާރުވެސް ގޮތް ހަދާލަފާނަން…މާދަމާ އައްކިގެ ހަޤީޤަތް އެ ނައިޝާއަށް އެނގުނީމަ އޭނާވެސް އައްކިގެ މަންމަ ގޮތަށް އައްކި ދޫކޮށްފަ ދާނެ…” ހިނގާފައި ދިޔަ އައްކިޔުންނަށް، ރުޅިވެރިކަން މަތީ ހުރެ އެއްނޭވާއިން ލެޔާލް ބުނެލިއެވެ.

އެވަގުތު އައްކިޔުން ހުއްޓުން އެރިއެވެ.ރުޅި އުތުރި އެރި އައްކިޔުންނަށް އޭނާގެ އަތް މުއްކަވާ ބާރު ކޮށްލެވުނު ވަރުން އެއަތުގައި ތުރުތުރު ލުމެއް އުފެދުނެވެ.ކުޑައިރުކޮޅަކު އެގޮތުގައި ހުރެލުމަށްފަހު ފަހަތަށް އެނބުރި ލެޔާލާ ދިމާއަށް އައްކިޔުން ބާރު ހިނގުމުގައި ހިނގައިގަތެވެ.

“ހަނދާން ކުރާތި ނައިޝާއަށް ކަލޭގެ ފަރާތުން އެންމެ ގޯނާއެއް ލިބުނަސް ނިމުނީ…ނައިޝާ އަށް ކަލޭ ފެނިގެން ވެސް ނުވާނެ އޭނަ ހުންނަ ތަންތަނުގަ ކަލޭގެ ހިޔަނިވެސް އެޅިގެން ނުވާނެ” އައްކިޔުން ރުޅިއައިސްފައި ހުރެ ޝަހާދަތް އިނގިލި ދިއްކޮށްލަމުން ލެޔާލަށް އިންޒާރު ދިނެވެ.

ލެޔާލަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އޭނާއަށް ފަސްދީ އެނބުރި ގެއާ ދިމާއަށް ބާރު ހިނގުމުގައި، އައްކިޔުން ހިނގައިގަތެވެ. އައްކިޔުން ދާ މަންޒަރު ބަލަން ލެޔާލް ހިތްހަމަނުޖެހިފައި ހުއްޓެވެ.

*******

ހާސްކަން މަތީގައި ގެއަށް ވަތް އައްކިޔުން ފުރިޖުން ފިނި ފެންފުޅިއެއް ނެގުމަށްފަހު އެއްނޭވާއިން ބޯލިއެވެ. ފެން ބޯލުމަށްފަހު ސޯފާގައި އިށީނދެ އޭނާގެ ނިތްކުރީގައި އަމިއްލަ އަތުން ފިރުމަން ފެށިއެވެ.

“މާދަމާ އައްކިގެ ހަޤީޤަތް އެ ނައިޝާއަށް އެނގުނީމަ އޭނާވެސް އައްކިގެ މަންމަ ގޮތަށް އައްކި ދޫކޮށްލާފަ ދާނެ” ލެޔާލް ބުނި ޖުމުލަ އައްކިޔުން ހަނދާންވުމުން ނިތްކުރީގައި އަތް އަޅާ ބާރުކޮށްލެވުނެވެ. ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި

*****

ހާސްވެފައި އިން އައްކިޔުން ސޯފާގައި ލެނގިލުމަށްފަހު ސީލިންނާ ދިމާއަށް ބަލައިލިއެވެ. “ހާދަ ބޮޑު ފިކުރެއްގަ” ސޯފާގައި އިން އައްކިޔުން ފެނިގެން, ގެއަށް ވަތް ޒަލަފް ބުނެލިއެވެ. “ނޫނޭ ..ފިކުރެއްގައެއް ނޫން ހަމަ އިނީ” ޒަލަފް އައުމުން ކޮޓަރިއަށް ވަންނަން ހިނގައިގަންނަމުން އައްކިޔުން ބުނެލިއެވެ.

ކޮޓަރިއަށް ވަތް އައްކިޔުންގެ ފޯނަށް މެސެޖެއް އައެވެ.ޖިންސުގެ ޖީބުތެރެއިން ފޯނުނަގާ ބަލައިލި އިރު މެސެޖު ކުރީ ނައިޝާއެވެ. ކިހިނެއް؟…އޯކޭތަ؟… ނައި ވަރަށް ދެރަވެއްޖެ މިރޭ އައްކިއާ އެސުވާލު ކުރެވުނީމަ…ގުޅަން ނުކުރެފަ މިހުރީވެސް” ނައިޝާގެ މެސެޖުގައި ވެއެވެ.

މެސެޖް ކިޔާލުމަށްފަހު އައްކިޔުންނަށް ލޯބިން ހިނިތުންވެވުނެވެ. އަދި ނައިޝާގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. “ހަލޯ… ކުޑަކޮށް ހިނގާލާފަ ދެންމެ ހަމަ ގެއަށް  މިއާދެވުނީ…މެސެޖު ފެނިގެން މިގުޅީ…ދެރަނުވޭ އެ އޯކޭވާނެ.. އެހެންނޫނަސް ނައި އަކަށް ނޭނގެއެއްނު އައްކިގެ މައިންބަފައިން ވަކިވެފަ ވާކަމެއް…އައްކިވެސް އޯކޭއޭ” އައްކިޔުން ލޯބިން ފުރިގެންވާ ރާގަކަށް ނައިޝާއަށް ބުނެލިއެވެ.

ދެމީހުން އެކަކު އަނެކަކާ ފޯނުން ވާހަކަ ދައްކާލިއެވެ.ހާސްވެ ކަންބޮޑުވެފައިވާ އައްކިޔުން ނައިޝާ އާއި ވާހަކަ ދައްކާލުމުން ހަމައަކަށް އެޅުނެވެ.މިރޭވެސް ދެމީހުން ފޯނުން ގުޅައިގެން އޮވެ ނިދިއެވެ.

******

ނައިޝާ އާއި އައްކިޔުން އާދައިގެމަތިން ބީޗުން ބައްދަލުކުރި އެވެ.ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކާލަން ތިބެފައި ނައިޝާ ގެއަށް ވަނުމުން އައްކިޔުންވެސް އޭނާގެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.

އައްކިޔުން ހިނގާފައި ދަނިކޮށް މިރޭވެސް ލެޔާލް އައްކިޔުންނަަށް ގޮވިއެވެ.މިރޭވެސް އޭނާ އައްކިޔުން ގާތު އާދޭސްކުރީ ނައިޝާ ދޫކޮށްލުމަށް ފަހު އޭނާގެ މީހަކަށް ވުމަށެވެ.

“ދެތިން ދުވަހަކު ފެނިލި މީހެއްދެކެ ތިހާ ލޯބިވާކަށް ނުވާނެ” ލެޔާލްގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ އައްކިޔުން މިރޭވެސް ހިނގައިގަތުމުން ލެޔާލް ބުނެލިއެވެ.

“އަހަރެން ދޮގެއް ނުހަދާނަން.. އަހަރެން އަދި ނައިޝާ ދެކެ ލޯތްބެއް ނުވޭ…އެކަމަކު ވަރަށް ބޮޑަށް ގަޔާވޭ” ހުއްޓިލުމަށްފަހު، އައްކިޔުން ލެޔާލަށް ރައްދު ދިނެވެ.

“އެހެންވީމަ ވަގުތު ފާއިތު ނުވަނީސް އޭނާ ދޫކޮށްލުމަށް ފަހު އަހަރެންގެ މީހަކަށްވޭ…އަހަންނަކީ އައްކިޔުންގެ ހަގީގަތް އެނގި އައްކި އާއެކު އުޅެން ބޭނުންވާ މީހެއް…ހަގީގަތް އެނގިހުރެ އަހަރެން އައްކިގެ މީހަކަށް ވިޔަސް ހަގީގަތް އެނގޭ ދުވަހަކުން ނައިޝާ އައްކި ދޫކޮށްލާނެކަން ޔަގީން” ލެޔާލް ބުނެލިއެވެ.

“ލޯބި ނުވެވޭނެ ކަން އެނގިހުރެ އަހަރެން ބޭނުމެއްނޫން މީހަކާއެކު އުޅޭކަށް…އަހަރެން ދިރިއުޅުން ދެކެނީ ވަރަށް ސީރިއަށް ކަމެއްގެ ގޮތުގަ..ރުޅިވެ ރައްޓެހިވުމުގެ ބަދަލުގަ އަހަރެން ބޭނުންވަނީ އުޅޭ މީހަކާ އެކު މުޅިއުމުރަށް ދިރިއުޅެން” އައްކިޔުން ބުނެލިއެވެ.

“އުޅެންފެށީމަ ލޯބިވެސް ވެވޭނެ…ތިއުޅެނީއެއްނު ލޯބި ނުވާއިރު ނައިޝާއާ އެކުވެސް… އަހަރެންނާ އެކުވެސް އުޅެވޭނެއެއްނު އެގޮތަށް ހަމަ…އަހަރެން މުޅިއުމުރަށް އައްކިއާ އެކު އުޅެން ތައްޔާރު” ލެޔާލް ބުނެލިއެވެ.

“އަހަންނަކަށް ލެޔާލާ އެކު ނޫޅެވޭނެ..ނައިޝާ އާއި ދިމާއަށް ބެލި ނަޒަރަކުން ދެން އެއްވެސް އަންހެނަކާ ދިމާއަށް އަހަންނަކަށް ނުބެލެވޭނެ..ނަައިޝާ އަކީ އަހަރެންގެ ހަޔާތުގަ ދިމާވި އެންމެރީތި އެންމެރަނގަޅު އެންމެ ތަފާތު މީހާ… ހިތްހެޔޮކަމާ އޯގާތެރިކަމާ މިހެންގޮސް ހުރިހާ ރަނގަޅުސިފައެއް ވެސް އޭނާގެ އެބަހުރި” އައްކިޔުން އެހެންބުނެލި ވަގުތު އޭނާއަށް ބޭއިޚްތިޔާރުގައި ނަމަވެސް ހިނިތުންވެވުނެވެ.

ނައިޝާއަށް އައްކިޔުން ތައުރީފު ކުރުމުން ލެޔާލްގެ އެތެރެ ހަށީގައި ހުޅުހިފި ފަދައެވެ. “ތި ތައުރީފު ކުރާމީހާ މާދަން އައްކި ދޫކޮށްލާފަ ދާނެ ބަލައްޗޭ” ރުޅިއައިސްފައި ހުރެ ލެޔާލް ބުނެލިއެވެ.

“ހަގީގަތް އެނގުމަށްފަހު ނައި އަހަރެން ދޫކޮށްލިޔަސް އޭނާ އާއި ދޭތެރޭގައި އެންމެ ރުޅިވެރިކަމެއްވެސް ބުރަ ހިތެއްވެސް އަހަރެން ނުބާއްވާނަން ދެރަވިޔަަސް”އިސްދަށަށް ޖަހާލަމުން އައްކިޔުން އެހެންބުނެލިއިރު އޭނާގެ އަޑުގައި ވަނީ ހިތާމައެވެ.

“އެހެންވީމަ ވާން ނެތްކަމެއް ކުރަން ނޫޅެ ލެޔާލްވެސް އެހެންމީހެއް ހޯދާ” ލެޔާލަށް ފުރަގަސް ދިނުމަށް ފަހު ހިނގައިގަންނަމުން އައްކިޔުން ބުނެލިއެވެ.

އައްކިޔުން ހިނގައިގަތުމުން ގަސް ކައިރި ހުރި ލެޔާލް އައްކިޔުން ދާ މަންޒަރު ބަލަން ހުރެ ރުޅިން އަތް މުއްކަވާލާ ބާރުކޮށްލިއެވެ.

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ވާނަން އުމުރަށް( 2)

Next

އަޅުގަނޑުގެ ކިޔުންތެރިންނަށް

Next
October 1, 2021

އަޅުގަނޑުގެ ކިޔުންތެރިންނަށް

Previews
October 1, 2021

ވާނަން އުމުރަށް( 2)

2 Comments!

  1. Ayeshath Amaana says:
    October 2, 2021 at 3:02 pm

    aslu varah rythi mi story ….
    just love it
    waiting for the next amazing part
    lysm
    tc
    hope u upload soon

    1. lamhus says:
      October 3, 2021 at 1:23 pm

      thanks dear

Comments are closed.

Next Episodeދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަންސާސް ފަސްވަނަ ބައި)←


All Right Reserved!