ސިޓިންރޫމަށް ވަދެ ނައިޝާ އެތަން ސާފުކޮށްލަން އުޅުނެވެ.މާބޮޑަަށް ހަޑިވެފައި ނުވުމުން އެތަން ސާފުކުރާކަށް ނައިޝާ އަކަށް މާ ގިނަ ވަގުތުތަކެއް ހޭދަކުރާކަށް ނުޖެހުނެވެ.ސިޓިންރޫމުތެރެ ފޮޅާލުމަށްފަހު ކުނި ނަގަން ނައިޝާ ހުއްޓާ ހަނީފާއްތަ ސިޓިންރޫމަށް ވަނެވެ. “އަޅޭ ތިބަހައްޓާ ކަނބުލޯ” ސިޓިންރޫމަށް ވަދެގެން އައި ހަނީފާއްތަ ނައިޝާއަށް ބުނެލިއެވެ. “މީދެން މާ ބޮޑުކަމެއް ނޫނެއްނު…ދެން މިހެން ހުރުމުގެ ބަދަލުގަ ކަމެއް ކޮށްލީމި” ކުނިތައް ޑަސްބިނަށް އެޅުމަށް ފަހު ނައިޝާ ބުނެލިއެވެ. “ހިނގާ ސައިބޯން ސައި ހެދިފަ ހުރީ” ހަނީފާއްތަ […]
“އަންނާނަން ފޯނު ހިފައިގެން ލޯންޗުގެ ކައްޕިއަަށް ގުޅާލަން” ކޮޓަރިއާ ދިމާއަށް ދަމުން ހަނީފާއްތަ ބުނެލިއެވެ. ފޯނު ހިފައިގެން އައިސް ކައްޕިއަަށް ހަނީފާއްތަ ގުޅާލިއެވެ.ތިންފަހަރު ގުޅިފަހުން އެކޮޅުން ފޯނު ނެގި އެވެ. ” އިބުރާހިމާ މީ ހަނީފާއްތައޭ ކޮންއިރު އެންމެ އަވަހަށް ލޯންޗު ފުރަނީ މާލެ ދާން؟”ހަނީފާއްތަ އަހާލިއެވެ. “މާދަން ހެނދުނު 7 ޖަހާއިރު ދޯ…ދައްތައަށް އެއްޓިކެޓު ލިބިދާނެތަ ވަރަށް ބޮޑު ކަމެެއް ދިމާވެގެން” ހަނީފާއްތަ ކައްޕިއަަށް ބުންޏެވެ. “ބަލާފަ އެބަ ގުޅަމޯ” ފޯނު ބޭއްވުމުން ހަނީފާއްތަ ނައިޝާއަށް […]
ނައިޝާ އެހެންބުނުމުން ސައިފް ކައިރިއަށް ރުޅި އައެވެ.”މާ ގިނަ އަނގަ ނުތަޅާ” ނައިޝާ އެނދަށް ކޮއްޕާލަމުން ސައިފް ބުނެލިއެވެ. އެނދުން ތެދުވަން ނައިޝާ މަސައްކަތް ކޮށްލިއެވެ.ނަމަވެސް އެކަމެއް ނައިޝާއަށް ކާމިޔާބު ވާގޮތެއް ނުވިއެވެ….. ނައިޝާ ސައިފަށް ރޮއެ އާދޭސް ކުރިއެވެ.ނަމަވެސް ސައިފް ނައިޝާއަށް ދިނީ ބީރު ކަންފަތެކެވެ. “ދެން ހަދަންވާ ގޮތެއް އިނގޭނީ ނައިޝާއަށް…ބޭނުންނުވަންޏާ މަރާލާ ނޫނީ ހިޔާއަށްދީ” ކޮޓަރިން ނިކުންނަމުން ސައިފް ނައިޝާ އަށް ބުނެލި އެވެ. ވަގުތުކޮޅަކަށް ނައިޝާއަށް ހުއްޓުން އަރާފައި އޮވެވުނެވެ.އެގޮތުގައި ހަތަރު […]
ރޭގަނޑު 7 ޖެހުމުން ސުހާ ފުރުވާލުމަށް ފަހު ސައިފް ގެއަށް ވަތްއިރު މައިދައިތަ އާއި ނައިޝާ ކާގޭގައި ރޭގަނޑަށް ކާން ތައްޔާރު ކުރަން ެުެުެުެުެުެުެުެެުެުެުެުެުެުެެުެުެުެުެުެުެުއުޅުނެވެ. “ދީބަ ފެން ތަށްޓައް” ސައިފް ކާގެއަށް ބޯދިއްކޮށްލުމަށްފަހު ބުނެލިއެވެ. ސައިފަށް ފުރަގަސް ޖަހައިގެން ހުރި ނައިޝާއަށް ސައިފްގެ އަޑު އިވުމުން ސިހިގެން ދިޔައެެވެ.” ކޯޗެއްތަ ތިބަލަނީ… ފެންފޮދެއް އަޅާފަ ދީބަލަ ސައިފަށް” ސައިފް ފެނުމުން ހުއްޓުން އަރާފަ ހުރި ނައިޝާއަށް މައިދައިތަ ބުނެލި އެވެ. ތަށްޓަކަށް ފެން އެޅުމަށްފަހު ނައިޝާ ސައިފަށް […]
ޖެހިގެން އޮތް ދުވަހުވެސް ނައިޝާގެ އާދައިގެމަތިން ދުވަސް ފެށުނެވެ.”ނައިޝާ ނައިޝާ” މައިދައިތަ ދޮރުގައި ތަޅައިގަތެވެ. ނިދާފައި އޮތް ނައިޝާ އެނދުން ތެދުވެ ދޮރު ހުޅުވާލިއެވެ. “ދޭބަލަ ސުހާ އެބަ ގޮވާ” މައިދައިތަ އެހެންްބުނުމުން ފާހާނާއަށް ވަދެ ފެންވަރައިގެން ނައިޝާ ނިކުތެވެ. “އަދިވެސް ނުދަންތަ ތި ދޭބަލަ” ނައިޝާގެ ކޮޓަރިއަށް ބޯދިއްކޮށްލުމަށްފަހު ފެންވަރައިގެން އިސްތަށިގަނޑު ހިއްކަން ހުރި ނައިޝާއަށް މައިދައިތަ ބުނެލިއެވެ. މައިދައިތަ ދިއުމުން އިސްތަށިގަނޑު އައްސާނުލާ ބުރުގާ އެޅުމަށްފަހު ނައިޝާ ސައިފްގެ ކޮޓަރިއަށް ހިނގައިގަތެވެ.ކޮޓަރިއަށް ނައިޝާ ވަތްއިރު […]
” އޭ އަދި މަޑުކޮށްބަލަ!” ކޮޓަރިން ނިކުންނަން ތަޅުގައި ހިފި ނައިޝާއަށް ސުހާ ބުނެލިއެވެ.އެވަގުތު ނައިޝާ މަޑުކޮށްލިއެވެ. “އަހަރުމެން މިރޭ ބޭރަށްދާ ގަނޑީގަ މިކޮޓަރިތެރެ އާ ފާހަނަ ސާފުކޮށް ބެޑްޝީޓުވެސް ބަދަލުކުރާތި” ދޮރު ކައިރި ހުރި ނައިޝާއަށް ސުހާ އަމުރު ކޮށްލިއެވެ. އެވަގުތު ފެންވަރައި ނިމި ތުވާލިކޮޅު އަނދެލައިގެން ސައިފް ފާހަނައިން ނިކުތެވެ. ސައިފް ފެނުމުން ނައިޝާގެ ހިތް އަވަސްވެ އަވަހަށް އެކޮޓަރިން ނިކުތެވެ. ނައިޝާ އެގެއިން ކާކަށް ބޭނުމެއް ނުވިއެވެ.ނަމަވެސް ބަނޑުހައި ވެފައިވާތީ އާއި ކާއެއްޗެއް […]
ސައިފްގެ ރަށަށް ނައިޝާ އައީ މިކަންތައް ތަޖުރިބާ ކުރާކަށް ނޫނެވެ.ސައިފާ އެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލެވޭނެ ކަމުގެ އުންމީދުގައެވެ.ކަރު ހިއްކައިގަނެފައިވާ ނައިޝާ އަތާ ފައިގައި ބަދެފައިވާ ވާގަނޑު މޮހެން ވަރަށް މަސައްކަތް ކުރި އެވެ.ނަމަވެސް ތެޅިތެޅި ވަރުބަލިވިއިރު ވެސް ނައިޝާއަކަށް ވާގަނޑު މޮހެވޭ ގޮތެއް ނުވިއެވެ. ނައިޝާ ގައިގާ ސައިފް ރޭގައި ތެޅުމުގެ ސަބަބުންނާއި ގިނައިރު ބިންމަތީގައި އޮތުމުގެ ސަބަބުން ނައިޝާގެ މުޅި ގައިގަ ރިއްސަން ފެށިއެވެ.މުޅި މީހާގެ ބޮލަށް ބަރުވެ ބޮލަށް ވެސް ތަދުވާން […]
މައިދައިތަ އެހެންބުނުމުން ސައިފް ރުޅިއައިސްފައި ހުރެ ދޮރު ހުޅުވިއެވެ.ދޮރު ހުޅުވުމާއެކު ރޮމުން ނައިޝާ ބޭރަށް ދުއްވައިގަންނަން އުޅުނެވެ.ނަމަވެސް ސައިފް އެއަށް ވުރެ ކުރިއަށް ނައިޝާގެ އަތުގައި ހިފައި ގުދަން ތެރެއަށް ވެއްދިއެވެ.ސައިފް ގެ ފަހަތުން ސަނާއާއި ސުހާގެ އިތުރުން މައިދައިތަވެސް ގުދަނަށް ވަނެވެ. “އަދިވެސް ރުފިޔާ ޓުރާންސްފާ ނުކުރާނަންތަ؟” ރުޅިގަދަވެފައި ހުރި ސައިފް އަޑަށް ބާރު ލަމުން ބުނެލިއެވެ. “އާނ.އާނ…ނުކުރާނަން…ނުކުރާނަން” ސައިފަށް ވުރެ ބާރަށް ނައިޝާ ބުނެލިއެވެ. ހިތާމައާ ނަފްރަތާއި ރުޅިއާއި ހުރިހާ ހިއްސެއް ނައިޝާގެ ހޭލިފަދައެވެ.ނައިޝާ […]
ރޭގަނޑު ނުވައެއް ޖެހިއިރު އެންމެން ކާމޭޒުދޮށަށް ކާން ޖަމާވިއެވެ. އެންމެން ކައި ނިމިގެން ދިއުމުން ބަނޑުހައި ވެފައިވާ ނައިޝާ ކާގެއަށް ވަދެ ވަރަށް ކުޑަކޮށް ކާލިއެވެ. ކައިނިމި ސައިފާ ސުހާގެ އިތުރުން މައިދައިތަވެސް ގޯތިތެރޭގައި ހުރި ޖޯލީގައި ޖައްސާލިއިރު ސަނާ ކައިގެން ކޮޓަރިއަށް ވަނެވެ. “މީނަ ކޮންއިރަކު ދަނީ؟” ނައިޝާ ކައި ނިމި މޭޒުމަތި ސާފުކޮށް ނިމުމަށްފަހު ކޮޓަރިއަށް ވަންނަަން ދިޔަ ގަނޑީގައި ސުހާ ސައިފަށް އަހާލިއެވެ. ނައިޝާ ކޮޓަރިއަށް ވަދެ ދޮރު ތަޅުލައި ބުރުގާ ބޭލުމަށް […]