އައްކިޔުންގެ ވާހަކަތައް އަޑުއަހަން ފޯނުގައި އޮތް ނައިޝާގެ ތުންފަތްމައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވިއެވެ. “އައްކި އަބަދުވެސް ތިގޮތަށް ނައި އަށް ތެދުވެރި ވައްޗޭ” ހިތްހަމަޖެހިފައިވާ ނައިޝާ ބުނެލިއެވެ.
“އިންޝާﷲ…. އައްކިޔުންގެ ހިތަކުނެތް ދޮގު ހަދާ ބޭވަފާތެރި ވާކަށް..އެކަން ކުރާކަށް ބޭނުމެއްވެސް ނޫން” ނައިޝާއަށް ޖަވާބުގައި އައްކިޔުން ބުނެލިއެވެ.
**********
ފޯނުގައި އޮތް ނައިޝާއަށް ނިދޭގޮތް ވިއެވެ.ނަމަވެސް އޭނާ ފޯނު ބާއްވާކަށް ގަސްތެއް ނުކުރެއެވެ.އައްކިޔުންގެ އަޑުގައިވެސް ނިދީގެ އަސަރު ގަދަވާން ފެށިއެވެ.މަޑުމަޑުން ދެމީހުންނަށް ކޯލުގައި އޮއްވާ ނިދުނެވެ.
*******
“އައްކީ” ނިދިފައި އޮތް ނައިޝާއަށް ކުއްލިއަކަށް ހޭލެވުމުން ގުޅައިގެން އޮތް އައްކިޔުންނަށް މަޑުމަޑުން ގޮވާލިއެވެ. ނައިޝާ ގޮވާލުމާއެކު އައްކިޔުން ނިދިއަޑަކުން މަޑުމަޑުން ހޫމް ލައްވާލި އެވެ.
“ސޮރީ ނައި އަށް ނިދުނީ ފޯނުގަ އޮއްވާ” ކަންފަތުގައި ޖަހާފައިވާ ވަޔާރ ލެސް އިޔާރ ބަޑް ރަނގަޅު ކޮށްލަމުން ނައިޝާ ބުނެލިއެވެ. “އެ އޯކޭ ވާނެ…ނައި އަށް ދެތިން ފަހަރަކު ގޮވާލީމަ ޚަބަރެއް ނުވުމުން ނިދީކަން އެނގުނު އައްކިޔުންނަށް…އެހެންވެ އައްކިޔުންވެސް ފޯނު ނުކަނޑާ ނިދީ..ނިދިފަ އޮއްވާ ނައި ގޮވީމަ މި ހޭލެވުނީ” އައްކިޔުން ބުނެލިއެވެ.
“އޯކޭ މިހާރު މެންދަމު 3.30ވީ މާދަން ހެނދުނު އޮފީހަށްވެސް ދާންޖެހޭނެނު..ސޯ ހިނގާދޯ ނިދަން ގުޑްނައިޓް ސްވީޓްޑްރީމްސް” ނައިޝާ ބުނެލިއެވެ. “އޯކޭ… ގުޑްނައިޓް ސްވީޓްޑްރީމްސް” ފޯނު ބާއްވަމުން އައްކިޔުންވެސް ބުނެލިއެވެ.
******
ހެނދުނު އާދައިގެމަތިން ނައިޝާގެ ދުވަސްފެށުނެވެ.ކަސްރަތަށް ގޮސް އައިސް ހެނދުނުގެ ނާސްތާ ކުރަން އިންދާ އައްކިޔުންގެ ކޯލެއް ނައިޝާއަށް އައެވެ.
“ހަލޯ…ނައި…ބިޒީތަ؟…ބިޒީ ނޫނިއްޔާ ތިރިއަށް ފައިބާ ލެވިދާނެތަ؟….އައްކިޔުން އެބަދަން ރައްޓެއްސަކާ އެކު ތިގޭ ދޮރުމައްޗަށް… އައްކިޔުން ބުނީމެއްނު އޮފީހު މީހަކާ ހިއްސާވެގެނޭ ތަނެއް ކުއްޔަށް ނަގައިގެން މިއުޅެނީ…އޭނާއާއެކު މިދަނީ…އައްކިޔުން ކުއްޖަކާ ރައްޓެހިވި ވާހަކަ ބުނީމަ އޭނަ ގަބޫލެއް ނުކުރި…ނައި ތަޢާރަފް ކޮށްދޭށޭ ވަރަށް ކިޔާވަރުން އޭނާއަށް ފެނިލަބަލާށޭ ބުނެލަންވެގެން” ނައިޝާ ފޯނު ނެގުމާއެކު އައްކިޔުން ބުނެލިއެވެ.
އައްކިޔުންނަށް އާނ އެކޭ ބުނެ ފޯނު ބޭއްވުމަށްފަހު ނައިޝާ ބުރުގާ އަޅާލައިގެން ތިރިއަށް ފޭބިއެވެ.އެވަގުތު ނައިޝާ ދިރިއުޅޭ ގެއާ ދިމާއަށް މަޑުހިނގުމެއްގައި އައްކިޔުންނާ އޭނާގެ ރަހުމަތްތެރިއާ ހިނގާފައި އަންނަތަން ނައިޝާއަށް ފެނުނެވެ.
އައްކިޔުން ފެނުމާއެކު ނައިޝާއަށް އޭނާއާއި ދިމާއަށް ކަޅިޖަހާނުލާ ބަލަން ހުރެވުނެވެ.މިއަދު އޭނާ ލައިގެން ހުރި ހުދު ގަމީހާއި ކަޅު ފަޓްލޫނުގައި ޓައީ އަޅާ ބެގީ ކޮށްލާފައި ވާއިރު އެރީތި ފިރިހެންވަންތަ ހަށިގަނޑަށް ވަރަށް ގުޅެއެވެ.އަރައިގެން ހުރި އޮފީސް ކަޅު ބޫޓާއި އަތުގައި އަޅާފައިވާ އަތުކުރި ގަޑިން ަޭަޭަޭަޭަޭަަޭަޭަޭަޭަޭަަަަޭަޭ އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަހަލަައެވެ.
“މީ ޒަލަފް” ނައިޝާ ކައިރިއަށް އައިސް ހުއްޓިލަމުން އައްކިޔުން ބުނެލިއެވެ.އައްކިޔުން ވާހަކަ ދެއްކުމާއި އެކު އާޝޯހުވެފައި ހުރި ނައިޝާ ސިއްސައިގެން ދިޔައެވެ. “އާނ…އެހެންތަ މީ ނައި… ނައިޝާ” ސިއްސައިގެން ގޮސް ނައިޝާ އަވަސްއަވަހަށް ބުނެލިއެވެ.
“އައްކި ރިލޭޝަންއަކަށް ދިޔަވާހަކަ ބުނީމަ ޒަލަފް އަކަށް ގަބޫލެއް ވެސް ނުކުރެވުނެ…އެހެންވެ ޔަގީންކުރަން މިއާދެވުނީ” ޒަލަފް ނައިޝާއަށް ހިނިތުންވެލަމުން ބުނެލި އެވެ.
“އެހެންތަ؟…ނައި މީ އައްކިޔުންގެ ގާރލް ފުރެންޑޭ އަސްލުވެސް”ހިނިތުންވެ ހުރެ ރަކިވެލައިފާ ނައިޝާ ބުނެލިއެވެ. “ގަބޫލެއް ނުކުރެވޭނެނު…އައްކިއާ އެކު އުޅޭތާ މިހާރު ވެދާނެ ސިކްސް ސެވަން އަހަރު… އެކަމަކު ދުވަހަކުވެސް އަންހެން ކުއްޖެއްގެ ކަމެއްގެ އަޑެއް ނީވެ… އޮފީހުގަ އުޅޭ އަންހެން ކުދިންވެސް ހުންނަނީ އައްކި އާ ހެދި މޮޔަވެފަ..މަލާ އޭތި މީތި ފޮނުވާ، ފޯނު ނަންބަރު ހޯދައިގެން ވަރަށް ގިނަ އަންހެންކުދިން އައްކި އަށް ގުޅަންވެސް ގުޅި… އެކަމަކު ވެސް އައްކި އެއްވެސް ކުއްޖަކާ ވާހަކައެއް ނުދައްކާ އެހެންވީމަ ސަޕްރައިޒް ވާނެ ދޯ…އަސްލު ތިކުއްޖާ ވަރަށް ނަސީބު ގަދަ އިނގޭ” ސަލާމް ކުރަން އަތްދިއްކޮށްލަމުން ޒަލަފް ނައިޝާއަށް ބުނެލިއެވެ.
ޒަލަފާއި އައްކިޔުންނާ ވާހަކަ ދައްކާލުމަށްފަހު ނައިޝާ ހިނިތުންވެ ހުރެ ގެއަށް ވަނެވެ.ގެއަށްވަދެ އޭނާ ފިހާރައަށް އޮންލައިން ވެލިއެވެ.
*****
ރޭގަނޑު އަށެއް ޖެހުމުން އާދައިގެމަތިން ނައިޝާއާއި ބައްދަލު ކުރަން އައްކިޔުން ގުޅިއެވެ. “މިރޭ ގެއަށް އަންނަންވީނު…ވިއްސާރަ ވައްތަރަކަށް ކަންނޭނގެ އުޑުމަތި އޮތީ” ނައިޝާ އައްކިޔުންނަށް ގެއަށް ވަނުމަށް އެދުމުން އައްކިޔުން ނައިޝާގެ އެޕާޓްމެންޓަަށް ވަނެވެ.
ގޭތެރެއަށް ވަދެގެން އައި އައްކިޔުންނަށް ސޯފާގައި އިށީނުމަށް ނައިޝާ އެދުނެވެ. “ނައި އެކަނިތަ ތިއުޅެނީ؟” އައްކިޔުން ސޯފާގައި އިށީނަމުން އަހާލިއެވެ. “އާނ ޔުދާވީ ފިހާރައަށް ގޮއްސަ…އޭނަ އަންނާނީ ދިހައެއް ޖެހީމަ ފިހާރަ ބަންދުކޮށްފަ” ނައިޝާ ބުނެލިއެވެ.
“އައްކި ކައިފިންތަ؟….ހިނގާ ނޫޑްލްސް ކާން” ނައިޝާ އައްކިޔުން ކައިރި އަހާލިއެވެ. “އަދި ނުކަން…އޯކޭ ކެވިދާނެ…އެކަމަކު މާ ބައިވަރެއް ނުކެވޭނެ އިނގޭ” އައްކިޔުން އެހެން ބުނުމުން ނައިޝާ ނޫޑްލްސް ކައްކަން އުޅުނެވެ.
ތަރުކާރީ އާއި ނޫޑުލީސް ކައްކަން ބޭނުންވާ އެހެން ސާމާނުތައް ނެގުމަށްފަހު ނައިޝާ ފިޔާކޮށަން އުޅުނު ވަގުތު އައްކިޔުންވެސް ނައިޝާ ކައިރިއަށް އައެވެ.ވަޅިލާ ތަނުން ވަޅިއެއް ނަގައިގެން ނައިޝާއަށް ތަރުކާރީތައް ކޮށައިދޭން އައްކިޔުން އުޅުނެވެ.
“ތި ބަހައްޓާ ނައި ކޮށާފާނަމޭ” އައްކިޔުން ތަރުކާރީ ކޮށަންހުރިތަން ފެނިގެން ނައިޝާ ބުނެލިއެވެ. “މީދެން މާ ބޮޑުކަމެއް ނޫނެއްނު…ނައި އަށް ފަސޭހަވާނެނު” އައްކިޔުން ބުނެލިއެވެ. “ތި ބަހައްޓާ އިނގިލި ކެނޑިދާނެ…އައްކިއަކަށް ނޭނގޭނެ ކަންނޭނގެ ކޮށާކަށްވެސް” ހިނިގަނޑެއް ޖަހާލަމުން ނައިޝާ އައްކިޔުންނާ ދިމާ ކޮށްލިއެވެ.
“އެހެންތަ؟…އިނގޭ ކޮށަން..ކައްކަން ވެސް އިނގޭ…އެހެންނޫނަސް މީ ލަދުގަންނަން ޖެހޭ ކަމެއް ނޫން… ރެސްޓޯރެންޓު ތަކުގަވެސް އެއުޅެނީނު ފިރިހެނުން ހަމަ ކައްކާއަކަށްވެސް” ނައިޝާ އިތުރަށް އެއްޗެކޭ ބުނެފާނެތީ އައްކިޔުން ބުނެލިއެވެ.
ދެމީހުން އެކުގައި ކައްކާ ނިމި މޭޒުމަތި ތައްޔާރު ކޮށް ކާން އިށީނެވެ. “ކޮންތާކުން އައްކި ކައްކަން ދަސްކުރީ؟” ނައިޝާ އަހާލިއެވެ. “ދެން ދުނިޔޭގަ އުޅޭއިރު ކަންކަން ކުރަން ދަސްވާނެ ދޯ؟…ވަރަށް ކުޑައިރު ކައްކަން ދަސްކޮށްފިން” އައްކިޔުން ބުނެލިއެވެ.
“އައްކިގެ މައިންބަފައިން އެބައުޅެއޭ ބުނިންދޯ ނައި ކައިރީގަ… އައްކިގެ މަންމަގެ ރަށުގެ ނަންް ނައި ކައިރީގަ ބުނި އިރު ބައްޕަގެ ރަށެއް ނުބުނަމެެއްނު އެރޭ އެހީމަވެސް” ނައިޝާ ބުނެލިއެވެ. “ބައްޕަގެ ރަށެއް ނޭނގެ އައްކިޔުންނަކަށް” ނައިޝާ އެހެންބުުނުން ސިހިގެން ގޮސް އައްކިޔުން އަވަހަށް ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





