އެކިގޮތްގޮތަށް ވަރަށް ވިސްނުމަށްފަހު އައްކިޔުންނާ ރައްޓެހިވާން ނައިޝާ ނިންމިއެވެ.
*********
“ވަރަށް އުފާވެއްޖެ ހަފްތާއެއް ފަހުން ވިއަސް “އާނ”ބަސް ބުނީތީ” ވަރަށްބޮޑަށް އުފާވެފާ ހުރެ އައްކިޔުން ބުނެލިއެވެ.
އައްކިޔުންނާ ނައިޝާ އާދައިގެމަތިން ބީޗުގެ ދޮންވެލިިގަނޑު މަތީގައި އިށީނެވެ.މިރޭ ނައިޝާ ވެސް ވަރަށް ހިތްހަމަ ޖެހިލައިގެން އިނެވެ.ދެމީހުން އެކި އެކި ވާހަކަ ދައްކަމުން ދިޔައެެވެ.ކިތަންމެ ގިނައިން ވާހަކަ ދެއްކި ކަމުގައި ވިޔަސް ނައިޝާ އޭނާގެ މާޒީގައި ކަންތައް ވެފައިވާ ގޮތް އައްކިޔުންނަށް ކިޔައިދޭން ފަސްޖެހެއެވެ.
“ނައި ކީއްވެ އަބަދު ގޭގަ އިންނަނީ؟..ނައިގެ މައިންބަފައިން ލަންކާގަ އުޅޭވާހަކައާ ފެމިލީ މާލޭގަ އުޅޭވާހަކަ ނައި ބުނެފަވާތީ އައްކިޔުން އަހާލާ ހިތްވޭ ނައި ކީއްވެތޯ ހުޅުމާލޭގަ އުޅެނީ؟” އައްކިޔުން ހިތްހެޔޮ ކަމާއި އެކު އަހާލިއެވެ.
“ނައި އަށް މާލޭގެ ހަލަބޮލި މާހައުލު ކަމުނުދަނީ….ލަންކާވެސް ކަމުނުދަނީ…. ބޭރަށްވެސް ހަމަ ދެން ނިކުންނަ ހިތް ނުވަނީ” ހަގީގަތް ކިޔައިދޭން ފަސްޖެހުނު ނައިޝާ ބުނެލިއެވެ.
******
އައްކިޔުންނާ ވާހަކަ ދައްކަމުން ދިޔަ ނައިޝާގެ ލޮލުގައި އަޅައިގަތީ އެމީހުނާ މާދުރުނޫން ހިސާބެއްގައި، ޒާތަކަށް ބަލަން ހުރި އަންހެންކުއްޖަކަށެވެ.
ކަޅުކުލައިގެ އަތްދިގު ހޫޑީ ޓީޝާޓެއްގެ އިތުރުން ކަޅު ޖީންސެއް ލައިގެން ހުރި، ގައިގެ ކުލަ އަލި އެ ހިމަތޮޅި އަންހެންކުއްޖާ ހީވަނީ ބަލާބެލުމަށް ނައިޝާގެ އުމުރުގެ މީހެއްހެނެވެ.އޭނާގެ ފޫކޮޅާ ހަމައަށް އަރާ ކަޅު ފަންބުޅި އިސްތަށިގަޑު ނިއުޅުވާލާފައިވާ އިރު، އޭނާ ވަނީ ވަރަށް ގަދައަށް މޭކަޕް ކޮށްފައެވެ. ލޮލުގެ ވަށައިގެން ކަޅު އަނދުން ހާކާފައިވާއިރު ތުންފަތުގައި ވެސް ވަނީ ގަދަ ރަތްކުލައެއް ޖައްސާފަ އެވެ.
އައްކިޔުންނާ ވާހަކަ ދައްކަން އިން ނައިޝާ އެއަންހެންކުއްޖާ އަށް މާބޮޑު ސަމާލުކަމެއް ނުދިނީ އެއީ އައްކިޔުން ރީތިވެގެން އޭނާއާއި ދިމާއަށް ބަލާ އަންހެން ކުއްޖެއް ކަމަށް ހީކޮށެވެ.
******
ޖެހިގެން އައި ރޭވެސް ނައިޝާ އައްކިޔުންނާ ބައްދަލުކުރި އެވެ.ހަމަ އެ ބީޗުން އެދޮންވެލި ބިންމަތީގައެވެ.އެހެންރޭރެއާ ޚިލާފަށް މީހުންތައް ގިނަ ރެއަކަށް މިރޭވިއެވެ.އެކި އުމުރުފުރައިގެ މީހުންތައް ބީޗުގެ އެކިކޮޅުކޮޅަށް ހިނގާބިނގާވެ އުޅެއެވެ.
ޖެހެމުން ދިޔަ ފިނި ވައިރޯޅީގެ ސަބަބުން ނައިޝާ ފިނިވާ ގޮތްވެގެން އައްކިޔުންނާ ތަންކޮޅެއް ކައިރިއަށް އޭނާ ޖެހުނެވެ.އެކި ވާހަކަ ދައްކަމުން ދިޔަ ނައިޝާ މަޑުމަޑުން އައްކިޔުންގެ ކޮނޑުގައި ބޯއަޅާލީ ޖެހެމުން ދިޔަ ފިނި ވައިރޯޅީގެ ސަބަބުން ނިދީގެ އަސަރު ކޮށްގެނެެވެ.ނަމަވެސް އެދެމީހުން ދައްކަމުން ދިޔަ ވާހަކަ ކުރިއަށް ގެންދިޔައެވެ.
ނައިޝާ އައްކިޔުންގެ ކޮނޑުގައި ބޯއަޅާލުމުން އައްކިޔުންވެސް ލޯބިން ނައިޝާ ގަޔާ ކައިރިކޮށްލައިގެން އިނެވެ.ހަތަރުވަރަކަށް މިނެޓް ވަންދެން އައްކިޔުންގެ ކޮނޑުގައި ބޯއަޅާލައިގެން އިން ނައިޝާ މަޑުމަޑުން ބޯތެދުކޮށް ހަމަޖެހިލިއެވެ.
********..
އެކި ވާހަކާގައި ޖެހިފައިވާ ނައިޝާއަށް މިރޭވެސް އެއްލިކަޅިއަކުން އެއްކަލަ އަންހެންކުއްޖާ ފެނުނެވެ.ހަމަރޭވެސް ފެނުނު ގަސް ކައިރިން އައްކިޔުންނާ ދިމާއަށް ބަލަހައްޓައިގެންނެވެ.
ނައިޝާ އެއަންހެންކުއްޖާ އަށް ބަލައިލި އެވެ.އޭނާ މިރޭވެސް ލައިގެން ހުރީ ރޭގައިވެސް ލައިގެން ހުރި ދަށަށް ޖަހައިފައިވާ ކަޅު ހޫޑީ ޓީޝާޓާއި ހައި ވެއިސްޓު ކަޅު ޖީންސެވެ.ގަދަޔަށް މޭކަޕް ކޮށްފައިވާ އެޒުވާން އަންހެންކުއްޖާގެ ދިގު އިސްތަށިގަނޑު މިރޭ ވަނީ ކުރިމައްޗަށް ދެފަޅިކޮށް ލާފައެވެ.
ރެއާ ޚިލާފަށް މިރޭ އޭނާގެ ބެލުން ހުރީ ވަރަށް ތަފާތުކޮށެވެ.ހީވަނީ ކަމަކާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ ހެނެެވެ. “އެތާ ގަސްކައިރީގަ އެހުރީ ދަންނަ ކުއްޖެއްތަ؟…އޭނަ ހާދަވަރަކަށް އައްކި އަށް އެބަ ބަލައޭ…ވަރަށް ހިތްހަމަނުޖެހިފައި ހުރި ވައްތަރަކަށް ހެން ހީވަނީ ބަލަނީވެސް” އައްކިޔުންނާ ކައިރި ވެލުމަށްފަހު ނައިޝާ މަޑުމަޑުން ބުނެލިއެވެ.
ނައިޝާގެ ބަހަށް ގަސްކައިރިއަށް ބަލައިލި އައްކިޔުން ސިހުނުތަން ނައިޝާއަށް ފެނުނެވެ.”ކިހިނެއްވީ؟…އެއީ ދަންނަ މީހެއްތަ؟” އެއަންހެންކުއްޖާ ފެނި އައްކިޔުން މާ ފާޑަކަށް އިނުމުން ނައިޝާ އަހާލިއެވެ. “ނޫން…ހިނގާ ދެން ގެއަށް ވަރަށް ފިންޏެއްނު…އަނެއްކާ މީހުންތައް ވެސް ވަރަށް ގިނަވެއްޖެ” ވެލިގަނޑުމަތިން ތެދުވެލަމުން އައްކިޔުން ބުނެލިއެވެ.
ސިކުންތުކޮޅަކަށް ވިސްނާލަން ނައިޝާ އިނުމަށްފަހު އައްކިޔުންނާ އެކު ގެއަށްދާން ތެދުވިއެވެ.އައްކިޔުން އުޅުނު ގޮތުން ނައިޝާއަށް އޭނާ ކަމެއް ސިއްރުކުރާހެން ހީވިއެވެ.ނަމަވެސް ގޯސްކޮށް ވިސްނަން ނައިޝާ ބޭނުން ނުވުމުން އެކަން މާބޮޑުކަމަކަށް އޭނާ ނުހަދައެވެ.އެއީ އޭނާއަށް ހީވިގޮތެއް ކަމަށް ނައިޝާ ނިންމިއެވެ.
ގެއަށްވަދެ ފެންވަރާ އެއްޗެހި ބަދަލުކޮށްލައިގެން އެނދަށް އަރަން އުޅުނު ނައިޝާއަށް އައްކިޔުން ގުޅިއެވެ.މިރޭވެސް ދެމީހުން ލޯބިން ފޯނުން މާފޮޅުވަން އޮތެވެ.
ދުވަސްތައް ލޯތްބާއި އުފަލާއެކު ނައިޝާ އާއި އައްކިޔުން ހޭދަ ކުރަމުން ގެންދިޔައެވެ.ސައިފާ ޚިލާފަށް އައްކިޔުން ނައިޝާއަށް ވަގުތުދީ ހަދައެވެ.އޮފީހުގައި އުޅޭއިރުވެސް ހުސްވަގުތެއް ލިބިއްޖެނަމަ އައްކިޔުން ނައިޝާއަށް ގުޅައެވެ.ނައިޝާވެސް އައްކިޔުންނަށް ގުޅައެވެ.ގިނަރޭރޭ ދެމީހުންވެސް ނިދަނީ އެކަކު އަނެކަކަށް ގުޅައިގެން އޮވެގެނެވެ.
“އެއްޗެއް އަހާލަންތަ؟”އާދައިގެ މަތިން އައްކިޔުންގެ ކޯލުގައި ނިދަންއަރާ އޮވެ ނައިޝާ އަހާލިއެވެ. “އަހާބަ” އައްކިޔުން އޭނާގެ ރީތި ފިރިހެންވަންތަ އަޑުން ބުނެލިއެވެ. “އެކަމަކު ސުވާލު އެހުމުގެ ކުރިން އެއްޗެއް ބުނެލާހިތްވޭ” ނައިޝާ ބުނެލިއެވެ. “ބުނެބަ” އައްކިޔުން ނައިޝާއަށް ބުނެލިއެވެ.
“އައްކި އަޑު އަދި ވަކިން ލޯބި ތިހެން ނިދި އައިސްފައި އޮންނައިރު” ލަދުރަކި ގޮތަކަށް ނައިޝާ ބުނެލިއެވެ. “އެހެންތަ؟ ހާދަ މޮޅޭދޯ…ނިދި އައިސްފަ ހުރިކަންވެސް އެނގިއްޖެ…ނިދި އަޔަސް ނައި އާ ވާހަކަ ދައްކާހިތްވޭ” ނައިޝާ ފޯނު ބާއްވަފާނެތީ އައްކިޔުން ބުނެލިއެވެ.
“ދެން އަހާބަލަ އަހަން އުޅުނު ސުވާލު” އައްކިޔުން ބުނެލިއެވެ. “ނައި ބުނަން އުޅުނީ…އައްކި އާ ނައި އާ ދެމީހުން މިހާރު ލޯބިވެރިންނަށް ވީދޯ… ބަޓް އައްކި ލަވްޔޫ އެއް ނުބުނޭ… އާންމުކޮށް ރައްޓެހިވާ ހިސާބުން ލަވްޔޫ ކިޔާނެ ދޯ މީހުން” ނުކެރި ހުރެފައި ވެސް ނައިޝާގެ ހިތުގައިވާ ސުވާލު އައްކިޔުންނާ ކޮށްލިއެވެ.
“އައްކި ބޭނުމެއްނޫން ދޮގު ހަދާކަށް…ނައި ހިތްހަމަ ޖައްސަންވިޔަސް އައްކި ދޮގެއް ނުހަދާނަން…ބަޔަކު ލަވްޔޫ ކިޔަސް އައްކި ދެކެނީ ލަވްޔޫ އަކީ ވަރަށް ސީރިއަށް ބަހެއްގެ ގޮތުގަ…އައްކި މީހަކާ ަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެަެެރައްޓެހިވިއަސް އަދި މެރީކުރިއަސް ކުރާނީ ވަރަށް ސީރިއަށް އިންޓެންޝަނެއްގަ…މީހުނަށް މިކަހަލަ ކަންކަން ކުޅޭ ކުޅިވަރަކަށް ވިއަސް އައްކި ދެކެނީ މީ ވަރަށް ސީރިއަސް ކަންކަން ގޮތުގަ….ނައިއާ ރައްޓެހިވާން ވެސް އައްކި ބުނީ ފުރަތަމަވެސް އައްކި ނައި އަށް ލައިކް ވެޔޭ ދޯ… އައްކި ނުބުނަމެެއްނު ނައި ދެކެ ލޯބިވެވިއްޖޭ…އައްކި ނައި ދެކެ ލައިކް ވޭ އިންތިހާއަށް ބަޓް ލޯތްބެއް އަދި ނުވޭ…ލޯބި ނުވާއިރު ލޯބިވެޔޭ ބުނުމަކީ ވަރަށް ބޮޑު އޮޅުވާލުމެއް” އައްކިޔުން އޭނާގެ އިހުސާސްތައް ނައިޝާއަށް ކިޔައިދިނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





