“ނައި އަދި އެއްފަހަރު ޝުކުރިއްޔާ…އަހަރެންގެ ހަޔާތުގަ އަހަންނަށް ދިމާވި އެންމެ ރަނގަޅު މީހަކީތީ…އެހެންނަމަވެސް ނައިޝާގެ އަގު ވަޒަންކުރަން އަހަންނަށް ނޭނގުނީ” އިސްދަށަށް ޖަހާލަމުން ސައިފް ދެރަވެލާފައި ބުނެލިއެވެ. “ޝުކުރު އަަދާކުރާނެ ކަމެއްނެތް…ހީކޮށްލާ ރަހުމަތްތެރިއަކު ދިން ކެއުމެކޭ އެއީ…ދެން ތި ދައްކަނީ މާކުރީގެ ވާހަކަތަކެއް…އަސްލު ތެދުތެދަށް ބުނާކަމުގަ ވާނަމަ އިއްޔެއާ ހަމައަށް އަހަރެން ނިންމައިގެން ހުރީ ސައިފާ ދުވަހަކުވެސް އަނގައިން ނުބުނާތާ ބަލައިވެސް ނުލާން….އެކަމް ސައިފްމެން އުޅޭ ނިކަމެތި ހާލު އެނގުމުން އަހަރެން ބޭނުމެއްނޫން އެއްވެސް ރުޅިވެރިކަމެއް ބާއްވާކަށް….ކޮންމެގޮތެއްވިޔަސް […]
މެންދުރު ބާރަޖެހުމުން ފިހާރަ ބަންދުކޮށްލުމަށްފަހު، ގެސްޓްހައުސްއާ ދިމާލަށް ނައިޝާ ހިނގައިގަތެވެ. ގެސްޓްހައުސްގެ ދޮރުމައްޗަށް ނައިޝާއަށް އެރެވުނު ވަގުތު ސައިފް ފެނުނެވެ.ހަމަ މިއަދު ހެނދުނުވެސް ހުރިތާ ގަސްގަނޑެއް ކައިރީގައި ސައިފް ނައިޝާއަށް ބަލަން ހުއްޓެވެ.ސައިފް ފެނުމުންވެސް މާބޮޑަށް އަޅާނުލާ ނައިޝާ ގެސްޓްހައުސްއަށް ވަންނަން އުޅުނެވެ.އެވަގުތު ސައިފް ނައިޝާއަށް މަޑުމަޑުން ގޮވާލިއެވެ “ކިހިނެއްވީ؟” ފަސް އެނބުރިލުމަށްފަހު ނައިޝާ އަހާލިއެވެ. އެވަގުތު ދެފަރާތަށް ބަލައިލުމަށްފަހު ނައިޝާއާ ގާތަށް ސަައިފް އައެވެ. “މިއަދު މެންދުރުކެއުމަކަށް ސައިފާއެކު ރެސްޓޯރެންޓަކަށް އެރިދާނެތަ؟…ނައި ފުރުމުގެ ކުރިއަށް ކެއުމެއްދޭން […]
ސައިފްގެ ވާހަކަތައް އަޑުއަހަންހުރި ނައިޝާ ވަރަށް ރަނގަޅަށް ސައިފާ ދިމާލަށް ބަލައިލިއެވެ.ކުރިންވެސް ހިކިކޮށް ހުންނަ ސައިފް މިހާރުވަނީ ވަކިން ބޮޑަށް ހިކިފައެވެ.އެމޫނުމަތި ވަނީ މިލާފައެވެ.އޭނާއަށް ބަލައިފި މީހަކަށް ނަމަ ފެންނާނީ މާޔޫސްކަމާއި ހިތްދަތިކަމެވެ.މިއަދުވެސް ސައިފް ލައިގެން ހުރި ޖިންސު ސޯޓު ފެނި، ކުރިން ސައިފް ސޯޓުލާން ލަދުގަންނަ ކަމަށްބުނި ހަނދާން ނައިޝާ އާވިއެވެ.މިހާރު ނައިޝާގެ ކުރިމަތިން ފެންނަން އެހުރީ ކުރިން ގަދަބަދަވިކަން ދެއްކި ސައިފެއް ނޫނެވެ.އެއާ ޚިލާފަށް މަޑުމައިތިރި އާދައިގެ އިންސާނެކެވެ. ނައިޝާއާ ވާހަކަ ދައްކަމުން ދިޔަ […]
އިތުރު ފަސްދުވަހަށް އެރަށުގައި މަޑުކުރަންޖެހުމުން ނައިޝާގެ މޫޑު މުޅިން ސަކަރާތްވިއެވެ.ކުރިއަށްވުރެ ބޮޑަށް އޭނާ މިހާރު އެރަށުން ފުރަން ހުރީ ބޭނުންވެފައެވެ.އެނދުގައި ހަމަޖެހިލުމަށްފަހު އައްކިޔުންގެ ނަންބަރަށް ނައިޝާ އާދައިގެމަތިން އަނެއްކާވެސް ގުޅާލިއެވެ.ނަމަވެސް އައްކިޔުންނަށް ގުޅޭތޯ އޭނާ ހޭދަކުރި ބައިގަނޑިއިރު ދިޔައީ އައްކިޔުންނަށް ނުގުޅި ބޭކާރުވެގެންނެވެ. ********** ހެނދުނު ނުވައެއް ޖެހުމުން ނައިޝާ ފިހާރަދޮށަށް ދާން އާދައިގެމަތިން ތައްޔާރުވެލިއެވެ.މިހާރު ކޮޓަރިން ބޭރަކަށްވެސް ނިކުންނަ ހިތެއް ނައިޝާއެއް ނުވެއެެވެ.ސައިފަށް ނައިޝާ ފެނުނީމައެވެ.މަޑު ހިނގުމެއްގައި ނައިޝާ ހިނގާލައިފައި ދިޔައެވެ.ފިހާރަ ހުޅުވުމުގެ ބައިގަނޑިއިރު ކުރިއަށް […]
“ރަނގަޅިއްޔާ ކިތަންމެހާވެސް ރަނގަޅު……ދެން ކޮންއިރަކު ތިދެކުދިން ކައިވެނި ކުރަނީ؟” ހަނީފާއްތަ އަހާލިއެެވެ. “އަދި ނޭނގެ….އެކަމް ކައިވެނިވެސް ކުރާނަން….. މިހެން އަބަދަކު އުމުރު ބޭކާރެއް ނުކުރެވޭނެއެއްނު” ނައިޝާ ބުނެލިއެވެ. “އާނ ދައްތަގެ އެދުމަކީވެސް ތީ އެހާ ރަނގަޅު ކުއްޖެއް ލިބިއްޖެއްޔާ ފަސްކުރާނެ ކަމެއްނެތް” ހަނީފާއްތަ ބުނެލިއެވެ. ******* ހަނީފާއްތަ އާއި ނައިޝާ ގޭގެ ސިޓިންރޫމު ސޯފާގައި ވާާހަކަ ދައްކާލަން ތިއްބެވެ.އެވަގުތު އެގޭ ދޮރުގައި ޓަކި ޖަހާލުމަށްފަހު ވަދެގެން އައީ އެރަށު އަންހެނެކެވެ. “ވަދެވޭތަ އަނެއްކާ؟” ތަޅުނުލާ ހުރި އެދޮރުން […]
“އާނ އެއީ ހަމަ އެސުހާ” ޖަވާބުގައި ހަނީފާއްތަ ބުނެލިއެވެ. އަދިވެސް ނައިޝާއަށް ހުރީ ގަބޫލުކުރަން ދަތިވެފައެވެ. ނައިޝާ ކަކުލާ ހަމައަށް އަރާ ހެދުން ބުރި ލާތީ ވައްތަރީ މުސްކުޅި ދައިތައަކާއޭ ކިޔާ މަލާމާތް ކުރި ސުހާ، މިއަދު އެއިނީ ހަމަ އެކަހަލަ ކަކުލާ ހަމައަށް އަރާ ހެދުމަކާއި ހަރުވާޅެއް ލައިގެންނެވެ. “އަދިވެސް ސައިފް އުޅެނީ ސުހާ އާ އިނދެގެންތަ؟” ފަލަ މީހުންދެކެ ސައިފް ނަފްރަތު ކުރާ ވާހަކަ ނައިޝާ ކައިރި ބުނެފައިވާތީ ނައިޝާއަށް އަހާލެވުނެވެ. “އާނ…އެމީހުން ކުރިން […]
“އެހެންތަ އާދެބަލަ މިތާ އިށީނދެލަން….މިހާ ދުވަސްކޮށްފަ ފެނުނީމަ ވާހަކަ ދައްކާލާ އެއްޗެއް ކާާލާ ހަދާލަންވާނެ” ހަނީފާއްތަ އެހެންބުނެ، ކައުންޓަރު ކައިރީގައި ހުރި ގޮނޑިއެއްގައި ނައިޝާ ބޭންދުމަށްފަހު ފިހާރަ ފުރިޖުން ބޯ ޕެކެޓަކާއި ލުއި ކާނާ ކޮޅެއް ނަގާފައި ދިނެވެ. “މިކާލާ” ނައިޝާއަށް ހަނީފާއްތަ ބުނެލިއެވެ. ހަނީފާއްތަ އެހެންބުނުމުން ބޯ ޕެކެޓް ކަނޑާލުމަށްފަހު ނައިޝާ ބޯލިއެވެ. “ހަނީފާއްތަގެ ފޯނު ލިބިދާނެތަ މީހަކަށް ގުޅޭތޯ ބަލާލަން” ނައިޝާ އެހެންބުނުމުން ހަނީފާއްތަ އޭނާގެ ފޯނު ނައިޝާއަށް ދިނެވެ. ފޯނުގައި ހިފުމަށްފަހު އައްކިޔުންގެ […]
އެންމެނަށް ގުޑްލަކް ކިޔާލުމަށްފަހު، ފިހާރައިން ނިކުންނަން ނައިޝާ ދޮރުގެ އަތްގަނޑުގައި ހިފާލި ވަގުތު ފާއިޒް އެތަނަށް ވަނެވެ. “ހުސް އަންހެން ކުދިންދޯ ތިބީ” މުޅިތަނަށް ނަޒަރު ހިންގާލުމަށްފަހު ފާއިޒް ނައިޝާއަށް ބުނެލިއެވެ. ފާއިޒަށް އާނއެކޭ ބުނުމުގެ ގޮތުން ނައިޝާ ބޯޖަހާލިއެވެ “އާ ޝިޕްމެންޓު އައީމަ ފިރިހެންކުދިން އަންނާނެ މުދާތައް ހިފައިގެން…ހަރުތަކުގަ މުދާތައް ޖަހާ ކަަންތައް ކުރަން…. އަންހެންކުދިންނަށް އެކަންކަމެއް ނުކުރެވޭނެއެއްނު” ފާއިޒް ބުނެލިއެވެ. “އާނ…..އެކަމް ހަރުތަކު ކައިރި ތިބި ކުދިންނަށް ނައި ކިޔާދީފަ އިންނާނީ ކަސްޓަމަރުން ދިޔާމަ […]
ހަވީރު ފަހެއްޖެހި ވަގުތު ފިހާރަ ހުޅުވައިގެން ނައިޝާ އެންމެންގެ އިންތިޒާރުގައި ހުއްޓެވެ.މަޑުމަޑުން މީހުންތައް އައިސް ހަމަވުމުން، އެމީހުންނަށް ސިސްޓަމާ ކުޅޭގޮތް ކިޔައިދިނުމުގައި ނައިޝާ އުޅުނެވެ.އައްކިޔުންގެ ޚަބަރެއް ނުވާތީ ނައިޝާ އަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ.އެހެންނަމަވެސް މަސައްކަތުގެ މާހައުލުގައި އޭނާ އެކަންތަކެއް ނުދައްކައެވެ.އޭނާއަށް ބަލައިފި މީހަކުނަމަ އޭނާ އެހުރީ މަޔޫސްވެފައޭ ނުުބުނާނެއެވެ.މީހުންގެ ތެރޭގައި ހުންނަ ވަގުތު އެމޫނުމަތިން ހިނިތުންވުމެއް ނުކެނޑެއެވެ.ނަމަވެސް އެންމެ ސިކުންތަކަށްވެސް އޭނާއަށް އައްކިޔުންގެ ޚިޔާލަކާ ދުރަކަށް ނުދެވެއެވެ. ވަޒީފާގެ މާހައުލުގައި އަވަދިނެތި ނައިޝާ އުޅެމުންދާއިރު، އައްކިޔުންގެ […]