ކޮޓަރިއަށްވަދެ ނައިޝާ ހަނީފާއްތަ މަތިން ވިސްނާލިއެވެ.ހަނީފާއްތައާ ބައްދަލުކުރަން ނައިޝާ އިންތިހާއަށް ބޭނުންވެއެވެ.ނަމަވެސް ސައިފް ގެ ކުރިމައްޗަށް އެރިދާނެތީ ނައިޝާ ރަށުތެރެއަށްދާން ފަސްޖެހެއެވެ. ***************** ރޭގަނޑު ފިހާރައަށް ނައިޝާގެ އިތުރުން ފާއިޒްވެސް ދިޔައެެވެ.އިންޓަވިއުކުރި އެންމެންގެ މައުލޫމާތު އެއްކުރުމަށްފަހު، ބޮޑުމީހާއަށް ފާއިޒް ވައިބަރ ކޮށްލިއެވެ. “ހޮވުނު މީހުންގެ ލިސްޓު ބޮސް ފޮނުވައިފި ހަމަ ދެންމެ….މީގަ ތިބި މީހުންނަށް ގުޅާފަ އަންގާ ހޮވުނުކަމަށާއި މާދަން ހެނދުނު ދިހައެއް ޖަހާއިރު ބައްދަލުވުމަށް ސުކޫލަށް އައުމަށް” ލިސްޓު ނައިޝާއަށް ވައިބަރ ކޮށްލަމުން ފާއިޒް ބުނެލިއެވެ. […]
ފަހަރަކު މީހެއް ނައިޝާ ކައިރިއަށް އިންޓަވިއު ކުރަން އައެެވެ.ގިނަ އަދަދެއްގެ މުވައްޒަފުން ފިހާރައަށް ބޭނުންވާތީ އިންޓަވިއުކުރުމަށް ފުދޭވަރަކަށް ވަގުތު ހޭދަވިއެވެ.އެކި އުމުރުފުރައިގެ ފިރިހެން އަންހެން ދެ ޖިންސުގެ މީހުންގެ އިންޓަވިއު ނެގެމުންދިޔައެވެ. ވިހި މީހުންގެ އިންޓަވިއު ނެގުމަށްފަހު، މިއަދަށް އިންޓަވިއުކުރުން ނައިޝާމެން ނިންމާލިއެވެ. *********** ފާއިޒްގެ އެދުމުގެ މަތިން މެންދުރުކެއުމަށް ރެސްޓޯރެންޓަކަށް މިއަދުވެސް ނައިޝާ ދިޔައެވެ.ގޮނޑީގައި އިށީނދެލުމަށްފަހު ކާތަކެއްޗަށް ފާއިޒާ ނައިޝާ އޯޑަރުދިނެވެ.ކާއެއްޗެއްސަށް އޯޑަރުދީ ނިމުމުން ނައިޝާ މުޅި ތަނަށް ވަށައިގެން ނަޒަރު ހިންގާލިއެވެ.އޭރު އެތާ ތިބި […]
“ފިހާރައިގެ އެއްވެސް މަސައްކަތެއް ނައިޝާމެން ކުރާކަށް ނުޖެހޭނެ..މުދާތަކުގަ އަގުތަކާއި ކޯޑު ނަންބަރުތައްވެސް ހުންނާނީ ޖަހާފަ…ނައިޝާ ހަމައެކަނި ޗެކްކޮށްލަދީ ބާކޯޑު ރީޑްވޭތޯއާއި ކޮމްޕިއުޓަރ ވޯކްވޭތޯ” ބޮޑުމީހާގެ ފޯނު ބޭއްވުމުން، ކޮމްޕިއުޓަރާއި ބާކޯޑު ރީޑަރ މަސައްކަތް ކުރޭތޯ ނައިޝާ ބަލައިލިއެވެ.އެތަކެތި ރަނގަޅަށް މަސައްކަތް ކުރޭތޯ ޔަގީންކުރުމަށްފަހު، ނައިޝާ ކޮމްޕިއުޓަރު ނިވާލިއެވެ.އަދި ބޮޑުމީހާއަށް އެތަކެތި ރަނގަޅުކަމަށް ބުނެ މެސެޖެއް ކޮށްލިއެވެ. މެސެޖް ފޮނުވުމަށްފަހު، ފޯނު މޭޒުމަތީގައި ބާއްވާލައި ފިހާރައިގެ ގޮނޑީގައި ނައިޝާ ލެނގިލައި ހަމަޖެހިލިއެވެ.އެވަގުތު އޭނާގެ ފޯނަށް ކޯލެއް އައެވެ.ވަގުތުން ފޯނު […]
ކާތަކެތި ހިފައިގެން ނައިޝާ ކޮޓަރިއަށް ވަދެ މޭޒުމަތީގައި އެތަކެތި ބެހެއްޓިއެވެ.އަދި އެނދުގެ ހެޑް ބޯޑުމަތީގައި އޮތް ނައިޝާގެ ފޯނު ނެގުމަށްފަހު، ބަލައިލިއެވެ.އައްކިޔުންގެ ކޯލެއް ނެތް އިރު މެސެޖެއްހާ ހިސާބުވެސް ނެތުމުން ނައިޝާއަށް ކުޑަކޮށް އުދަނގޫވާން ފެށިއެވެ.އަދި މިހާތަނަށް އައްކިޔުންގެ ފުށުން އެފަދަަ ޢަަމަލެއް ފެނިފައި ނުވާތީއާއި ފުރަން އުޅުނުވަގުތު ދެރަވެލާފައި ގުޅުމަށް ނައިޝާ ގާާތު އައްކިޔުން ބުނެފައިވާތީ މީ އައްކިޔުންނާ ބީރައްޓެހި ޢަމަލެއްކަމުގެ އިހުސާސް ނައިޝާއަށް ވާންފެށިއެވެ.ވިސްނަން ހުރި ނައިޝާ ފޯނު އެނދުމަތީގައި ބޭއްވުމަށްފަހު, ފާހަނައަށް ފެންވަރަން […]
ނައިޝާގެ ގޭދޮރުން އެތެރެއަށް ވަދެ ސިޑިން މައްޗަށް އައްކިޔުން އެރިއެވެ.ނައިޝާގެ އެޕާޓްމެންޓުގެ ދޮރު ކުރިމައްޗަށް ހުއްޓިލުމަށްފަހު އައްކިޔުން ދޮރުގައި ޓަކި ޖެހިއެވެ. “ޔުދާ…މީ އައްކިޔުންނޭ” ހަތަރުފަހަރަށް ޓަކިޖެހިފަހުންވެސް ޔުދާ ދޮރު ނުހުޅުވުމުން އައްކިޔުން ބުނެލިއެވެ. “ނައި ގެ ޚަބަރެއް ނުވެގެން މިއައީ…ފަހަރެއްގަ ޔުދާއަށް ނައި ޚަބަރުވެދާނެހެން ހީވާތީ…އައްކިޔުންނަށް ޔުދާގެ ނަންބަރު ނޭނގޭތީ އަންނަން މިޖެހުނީވެސް” ބެލް އަޅަމުން ދޮރުމަތީގައި ހުރެ އައްކިޔުން ބުނެލިއެވެ. ދިހަ ފަހަރަށް އައްކިޔުން އެދޮރުގައި ޓަކި ޖެހީ ޔުދާ ރަށުގައި ނެތް ކަން […]
ލޯންޗު ހަލުވި ސްޕީޑުގައި ދަތުރުކުރަމުން ދިޔައެވެ. ސީޓުގައި އިށީނދެލައިގެން އިން ނައިޝާގެ ގާތަށް ފާއިޒު އައިސް މައިލޯ ޕެކެޓަކާއި ބިސްކޯދު އުރައެއްގެ އިތުރުން ކުޑަ ފެންފުޅިއެއްވެސް ދިއްކޮށްލިއެވެ. “ޝުކުރިއްޔާ!” ފާއިޒް ދިއްކޮށްލި ތަކެތީގައި ހިފަމުން ނައިޝާ ބުނެލިއެވެ.ފާއިޒް ދުރަށް ޖެހިލުމުން ނައިޝާ މައިލޯ ޕެކެޓް ކަނޑާލުމަށްފަހު، ތުނބުގައި ޖަހާ އެއިން ކޯވަރެއް ބޯލިއެވެ. “އޮފީހަށް ދެވިއްޖެތަ؟” މައިލޯ ޕެކެޓް ބޯންއިން ނައިޝާ އައްކިޔުންނަށް މެސެޖްކޮށްލިއެވެ. އެވަގުތު ފާއިޒް އަނެއްކާވެސް ނައިޝާ ގާތަށް އައެވެ.ނައިޝާ ކައިރި ކޮންމެވެސް އެއްޗެއް […]
ނައިޝާ އޭނާގެ މާޒީ އައްކިޔުންނަށް ކިޔައިދިން ފަހުން އައްކިޔުންގެ އަޅާލުމާ ލޯބި އިހުނަށްވުރެ އިތުރުވިހެން ނައިޝާއަށް އިހުސާސް ކުރެވުނެވެ. ****** “މީ ކާކު؟” އާދައިގެ މަތިން އައްކިޔުންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ގޮސް ފޯނުން ފޮޓޯގަނޑެއް ދައްކާލުމަށްފަހު، އައްކިޔުން ގާތު ނައިޝާ އަހާލިއެވެ. “ކާކު ތީ؟” ފޮޓޯގައި ވަނީ ކާކުކަން ނޭނގުމުން އައްކިޔުން އަހާލިއެވެ. “މީ ނައިގެ ކުރީގެ ފޮޓޯއެއް…ފަލަ އިރުގެ” ނައިޝާ އެހެންބުުނުން އައްކިޔުން އެފޮޓޯގަނޑަށް ވަރަށް ރަނގަޅަށް ބަލައިލި އެވެ. “އެހެންތަ… ހީވާނީ އެހެންމީހެއްހެން…އެކަމް […]
ލެޔާލާ ދިމާލަށް އެއްޗެހިކިޔުމަށްފަހު ގެއަށްދާން އައްކިޔުން ހިނގައިގަތެވެ. “ޤަބޫލުކުރިޔަސް ނުކުރިޔަސް އަހަރެން އައްކިޔުން ދެކެ ލޯބިވޭ…ކިހާ އިންތިޒާރެއް ކުރެވިއްޖެ ކިހާ އާދޭހެއް ކުރެވިއްޖެ…ނައިޝާއަށް ގެއްލުމެއްވެދާނެތީ އައްކިޔުން ރުޅި އަންނަ ގޮތަށް އަހަރެންވެސް އައްކިއަށް ކަމެއްވެދާނެތީ ދެރަވޭ” ލެޔާލް ބުނެލިއެވެ. އެވަގުތު އައްކިޔުން ހުއްޓިލިއެެވެ. “ލެޔާލްވެސް ރީތިކޮށް އެހެންމީހެއް ހޯދައިގެން އުޅެބަލަ…އަހަރެން އަބަދުވެސް ބުނާހެން އަހަންނަށް ލޯބިނުވޭވޭނެ ކަމާއި ލޯބި ނުދެވޭނެކަން އެނގިހުރެ މީހަކަށް ގެއްލުމެއްދޭން މީހަކާ އެކު ނޫޅެވޭނެ” އައްކިޔުން ލެޔާލަށް ވިސްނައިދިނުމުގެ ރާގަކަށް ބުނެލިއެވެ. “އޯކޭ […]
“ހާދަ ރޮމޭންޓިކޭ…ކުރިއަކުން ހިއެއް ނުކުރަން އައްކި ތިހާ ރޮމޭންޓިކް ކަމަކަށް…ވަރަށް ރީތި ސަޕްރައިޒެއް…ވަރަށް ރޮމޭންޓިކް އެޓްމޮސްފިޔާރ އެއް” އައްކިޔުން ދިން މަލުގައި ހިފާލަމުން އުފަލުން ހުރެ ނައިޝާ ބުނެލިއެވެ. އެވަގުތު އައްކިޔުންނަށް ހިނިތުން ވެވުނެވެ.ފިނިފެންމަލަށް ބަލަހައްޓައިގެން ހުރެ އޭގެ ފިޔަތަކާ ކުޅެމުންދިޔަ ނައިޝާއަށް ލޯބިން ފުރިގެންވާ ނަޒަރަކުން އައްކިޔުން ބަލައިލި އެވެ. ނައިޝާއަށް ބަލަންހުރި އައްކިޔުން ވަރަށް ލޯބިން ނައިޝާއަށް ގޮވާލިއެވެ. “ކީކޭ؟” ފިނިފެންމަލަށް ބަލަހައްޓައިގެން ހިނިތުންވެ ހުރެ ނައިޝާ ބުނެލިއެވެ. “ނައި… އައްކިޔުންނަށް ނައި ދެކެ […]