Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަންސާސް ފަސްވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
October 3, 2021 3 Mins Read
0 Comments

ތިންދުވަސް ފާއިތުވެގެން ދިޔައިރުވެސް އައްކިޔުންނަކަށް ލެޔާލްގެ އުދަނގުލުން ސަލާމަތެއް ނުވެވުނެވެ.ކޮންމެ ރެއަކުވެސް އޭނާގެ މީހަކަށްވުމަށް އައްކިޔުންގެ ކިބައިން އާާދޭސްކުރުމާއި ފަހުން ކަންތައްވާނެ ގޮތަކާއި ދޭތެރޭގައި ވިސްނުމަށް އައްކިޔުންނަށް ަެލެޔާލް ނަސޭހަތްދެއެވެ.ލެޔާލްގެ އެބުނުންތަކަށް އައްކިޔުން މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.ނަމަވެސް ހަޤީޤަތް އެނގޭ ދުވަހަކުން ނައިޝާ އައްކިޔުން ދޫކޮށްލަފާނެ ކަމަށްޓަކައި އޭނާ ނުތަނަަވަސްވެއެވެ.

ނައިޝާއަށް ހަޤީޤަތް ކިޔައިދޭން އައްކިޔުން ކިތަންމެހާވެސް ބޭނުންވެއެވެ.ނަމަވެސް ނައިޝާ އޭނާއާއި ދޭތެރޭގައި ނަފުރަތު އުފެދި އޭނާ ދޫކޮށްލަފާނެ ކަމުގެ ބިރަށް އައްކިޔުން ނައިޝާއަށް ހަޤީޤަތް ކިޔައިދޭން ފަސްޖެހެވެނީއެވެ.

ކޮންމެރެއަކު ލެޔާލްގެ ގޮވެލިފަތި އަޑުއަހަންޖެހުމުގެ ސަބަބުންނާއެކު ފަހުންކަންތައްވާނެ ގޮތަކާމެދު ވިސްނާ އައްކިޔުން ފަސްޖެހެންފެށިއެެވެ.

*******

ނައިޝާއާއި ބައްދަލުކުރުމުގެ ކުރިން އައްކިޔުން ބީޗަށްވަދެ ގަސްގިނަ ހަމަހިމޭން ހިސާބުގައި ހުރި ޖޯލީގައި ޖައްސާލިއެވެ.އަދި ވަރަށް ބޮޑަށް ވިސްނާލިއެވެ.ނައިޝާއަށް ހަޤީޤަތް ކިޔައިދޭނެ ގޮތަކާއިމެދުގައެވެ.ވިސްނަން އިން އައްކިޔުން ސިއްސައިގެން ދިޔައީ ފިރިހެނަކު ކަރުކެހެލި އަޑަށެވެ.އައްކިޔުން ފަހަތް ބަލައިލި ވަގުތު މެދުއުމުރުގެ ފިރިހެނަކު ޖޯލި ކައިރީގައި ހުއްޓެވެ. “ބައްޕާ!” އެމީހާ ފެނުމުން ޖޯލިން ތެދުވެ އައްކިޔުން ބައްޕާއޭ ކިޔައި ބައްދާލިއެވެ.އެމީހާވެސް ދަރިފުޅާއޭ ކިޔައި އައްކިޔުން ގައިގައި ލޯބިން ބައްދާލިއެވެ.

އެއްވެސް މީހެއްގެ ހިލަމެއްނެތް އެތާނގައި އައްކިޔުންނާ އޭނާގެ ބައްޕަ އިށީނެވެ. “ދަރިފުޅު ހާާދަ ފިކުރު ބޮޑުވެފަ…ކިހިނެއްވެފަ؟ ނައިޝާ ކަމެއްކުރީތަ؟” އައްކިޔުންގެ ބޮލުގައި ފިރުމާލަމުން އޯގާތެރިކަމާއެކު އޭނާގެ ބައްޕަ ބުނެލިއެވެ. “ނޫން ނައިޝާ ކަމެއްކުރީކީ ނޫން….އެކަމަކު ބައްޕާ!… އައްކިޔުންނަށް ހީވަނީ ހައްތަހާވެސް ނައިޝާއަށް ނާއިންސާފުވެރި ވެވޭހެން…ނައިޝާއަކަށް ހަޤީޤަތެއް ނޭނގެ އަދިވެސް…އަނެއްކޮޅުން ލެޔާލްގެ އުދަނގޫ އެހާ ބޮޑު…އޭނަ ނައިޝާއަށް ހަޤީޤަތްވެސް ކިޔައިދީފާނެ އައްކިޔުންނަށް ކިޔައިނުދެވިގެން އުޅެނިކޮށް” ކުޑަ ކުއްޖެއްހެން އައްކިޔުން އޭނާގެ ބައްފަގެ ކައިރީގައި އިނދެގެން، ހިތުގެ އުދާސްތައް ބަންޑުންކޮށްލިއެވެ.

އައްކިޔުންގެ ވާހަކަ އަޑުއަހަންއިން އޭނާގެ ބައްޕަ ފުން ނޭވާއެއް ދޫކޮށްލިއެވެ. “ތީ ބައްޕަ ބުނި ވާހަކަ…ކަމެއްކުރުމުގެ ކުރިން ފަހަށް ވިސްނަންވާނެ…ލެޔާލް ކީއްވެ ދަރިފުޅަށް އުދަނގޫކުރަންވީ؟” އައްކިޔުންގެ ބައްޕަ އަހާލިއެވެ.ލެޔާލް އައްކިޔުންނާ ގުޅެން ބޭނުންވާ ވާހަކަ އައްކިޔުން އޭނާގެ ބައްޕައަށް ކިޔައިދިނެވެ.

“ދަރިފުޅަށް ނައިޝާ ކަމުގޮސްގެން ބައްޕަ ކައިރީގައި އެވާހަކަ ފުރަތަމަ ދެއްކި ރޭވެސް ބައްޕަ ބުނިންދޯ ތިކަން ނުކުރަން…އަދިވެސް ބައްޕަ މި ބުނަނީ ދަރިފުޅަށް ނައިޝާއާ ދުރުނުވެވޭ ވަރުވުމުގެ ކުރިއަށް ތިކަން ހުއްޓާލަން…ތީ ބައްޕަ އެއްވެސް ޤަބޫލުކަމެއްނޫން… އެކަމަކު ދަރިފުޅުވެސް މިހާރު ތީ ބޮޑުކުއްޖަކަށްވެފަ، ދަރިފުޅަށްވެސް ކަންތައްތައް ވިސްނޭނެތީ ބައްޕަ ހައްތަހާވެސް އެއްޗެކޭ ނުބުނަން މިހުންނަނީ” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.

“ބައްޕަގެވެސް ވާހަކަ މިހާރު ތިހުރީ ލެޔާލްގެ ވާހަކަ ހުންނަ ގޮތަށް” ޖޯލިން ތެދުވަމުން ހިތްހަމަ ނުޖެހިހުރެ އައްކިޔުން ބުނެލިއެވެ.

“ނައިޝާ އާއި ދޭތެރޭ ދެކޭގޮތަކަށް ދެން އިތުރު އެއްވެސް އަންހެނަކާ ދިމާލަކަށް އައްކިޔުންނަކަށް ނުބެލެވޭނެ” އައްކިޔުން ބުނެލިއެވެ.

“ތީ ދަރިފުޅު އަދި އަލަށް ކުއްޖަކާ ރައްޓެހިވީމަ ހީވާގޮތެއް…ދަރިފުޅަކަށް ވެސް ނައިޝާއަކަށް އިތުބާރެއް ނުކުރެވެއެއްނު…އެހެންވީމައެއްނު ހަގީގަތް ކިޔައިދިނީމަ ނައިޝާ ދަރިފުޅު ދޫކޮށްލަފާނެ ކަމުގެ ބިރު ހީވަނީ ތި…އެއީ ބައްޕަ މިބުނާ ވާހަކައަކީ އިންސާނުންނަށް އިތުބާރެއް ނުކުރެވޭނެ” އައްކިޔުން ޖޯލީގައި ބައިންދަމުން އޯގާތެރި ކަމާއެކު އޭނާގެ ބައްޕަ ބުނެލިއެވެ.

“އިތުބާރު ނުކުރެވެނީކީ ނޫން” ފުން ނޭވާއެއް ދޫކޮށްލަމުން އައްކިޔުން ބުނެލިއެވެ. “އަޅެ ދަރިފުޅު ބުނެބަލަ ދަރިފުޅަށް ކިހާ ޔަގީންކަމެއް އެބަ އޮތް ހަގީގަތް ކިޔައިދިނުމުން ނައިޝާ ދަރިފުޅު ދޫނުކުރާނެ ކަމަށް؟” އައްކިޔުންގެ ބައްޕަ ސުވާލުކޮށްލުމުން އެއަށް ޖަވާބުނުދީ އައްކިޔުން އިސްދަށަށް ޖަހާލިއެވެ.

“އެއްޗެކޭ ނުބުނެވުނެއްނު…އެއީ ބައް…” އައްކިޔުންގެ ބައްޕަ ބުނަން އުޅުނެވެ.

“އެކަމަކު ބައްޕަ ތީ އިންސާނަކަށް ނުވިއަސް އައްކިޔުން މީ އިންސާނެއްނު” އައްކިޔުންގެ ބައްޕަގެ ވާހަކަ ކުރިމަރާލަމުން އޭނާ ބުނެލި އެވެ.

“ރަނގަޅޭ…ތީ އަހަރެންގެ ދަރިއަކަށް ވިއަސް ދަރިފުޅު ތީ ދަރިފުޅުގެ މަންމަ ކަހަލަ އިންސާނެއް” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.

“ދެން އެހެންވީމަ ނައިޝާ އައްކިޔުންނާ ވަކިވާންވީ ސަބަބަކީ ކޮބާ؟” އައްކިޔުން އޭނާގެ ބައްޕަ ގާތު އަހާލިއެވެ.

“ތީ ޖިންނިއެއްގެ ދަރިއަކަށް ވާތީ… ދަރިފުޅުގެ މަންމަ ދަރިފުޅު ވަރަށް ތުއްތުއިރު ދަރިފުޅު އެއްލާލީ ދަރިފުޅު ތީ ޖިންނިއަކަށް ވެގެންތަ؟….ނޫން…ދަރިފުޅު ތީ މި ބައްޕަގެ ދަރިއަކަށް ވާތީ… ދަރިފުޅު ތީ އިންސާނަކަށް ވިއަސް ތީ ޖިންނިއެއްގެ ދަރިއަކަށްވާތީ…ހަމަ އެގޮތް ވާނެ ނައިޝާއަށްވެސް… އިންސާނުންނަށް ބައްޕައަކަށް އެއްގޮތަކަށްވެސް އިތުބާރެއް ނުކުރެވޭނެ” އައްކިޔުންގެ ބައްޕަގެ އަޑުގައި ވަނީ ހިތާމައާއި ނަފްރަތެވެ.

“އައްކިޔުން ތުއްތު އިރުއްސުރެ އައްކިޔުން ބަލަަައި ބޮޑުކުރީ ބައްޕަ އެކަނިމާއެކަނި ވަރަށް ހާލުގަ ކަން އިނގޭތީ އައްކިޔުން ބައްޕަ ދެކެ އިންތިހާއަށް ލޯބިވޭ…އެހެންވިއަސް އައްކިޔުން ނޭދެން ބައްޕަ ނައިޝާއަށް ހިތްބުރަ ކުރާކަށް…އައްކިޔުންގެ މަންމަހެނެއް ނައިޝާއެއް ނުވާނެ…އެންމެން އެއްގޮތެއް ނުވާނެ” އައްކިޔުންގެ ލޮލަށް ޖަމާވި ކަރުނަ ފުހެލަމުން އޭނާގެ ބައްޕައަށް ބުނެލިއެވެ.

“އާނ…ބައްޕަ ދަރިފުޅު ބަލާބޮޑުކޮށްފަ ތިހުރީ ވަރަށް ބޮޑެތި ތަކުލީފުތަކެއް އުފުލާފަ..ބައްޕަގެ ދެލޮލުގެ ކޮއި ފަދައިން ލޯބިވާ ބައްޕަގެ ހުރި ހަމައެކަނި ދަރިއަކީ ތީ…ވީއިރު ދަރިފުޅަށް ގެއްލުމެއް ވާނެ ފަދަ ކަމެއް ވާކަށް ބައްޕައެއް ނޭދެން…ދަރިފުޅަށް ބައްޕަ އިތުބާރު ކުރިއަސް ނައިޝާއަށް ބައްޕައަކަށް އިތުބާރެއް ނުކުރެވޭނެ” އައްކިޔުންގެ ބައްޕަ ބުނެލިއެވެ

******

އައްކިޔުން އޭނާގެ ބައްޕައާ ވާހަކަ ދައްކަން އިންދާ ނައިޝާ ގުޅިއެވެ.ލޯ ފުހެލާ ހަމައަކަށް އެޅިލުމަށްފަހު އައްކިޔުން އެކޯލަށް ޖަވާބު ދިނެވެ.

“ގަނޑި ކިޔާފަ އަދިވެސް ނާދޭވޭދޯ؟” ފޯނު ނެގުމާއެކު ސަމާސާ ގޮތަކަށް ނައިޝާ ބުނެލިއެވެ.

“ނޫނޭ މިދަނީ…ތިގެއާ މިކައިރި ވަނީ މިހާރު” ފޯނު ބާއްވަމުން އައްކިޔުން ބުނެލިއެވެ. ފޯނު ބޭއްްވުމާއެކު ނައިޝާއާއި ބައްދަލު ކުރަން ދާން އައްކިޔުން ޖޯލިން ތެދުވިއެވެ.

“ބައްޕަ ބުނި ބަސް ހަނދާން ކުރައްޗޭ” ބީޗުން ނިކުންނަން ހިނގައިގަތް އައްކިޔުންނަށް އޭނާގެ ބައްޕަ ބުނެލިއެވެ.

******

ނައިޝާގެ ގެއާ ހަމައަށް އައްކިޔުންނަށް ފޯރުނު ވަގުތު، ނަލަ ހެދިލައިގެން ގޭދޮރުމައްޗަަށް ނިކުމެ ނައިޝާ ހުއްޓެވެ.އައްކިޔުން ފެނުމާއެކު ނައިޝާ ހިނިތުންވެލިއެވެ.އޭނާވެސް ނައިޝާއަށް ހިނިތުންވެލިއެވެ. އައްކިޔުން ނައިޝާ އާއި އަރާ ހަމަވުމުން، ދެމީހުން އެކުގައި ބީޗާ ދިމާއަށް ހިނގައިގަތެވެ.

******

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

އަބަދުވެސް ހިތުގައި (10)

Next

އަންހެނުންގެ ކެތްތެރިކަން

Next
October 3, 2021

އަންހެނުންގެ ކެތްތެރިކަން

Previews
October 3, 2021

އަބަދުވެސް ހިތުގައި (10)



All Right Reserved!