Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްޑިހަ ހަތަރުވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
November 6, 2021 3 Mins Read
0 Comments

ލެޔާލް ދިއުމުން އައްކިޔުން ބީޗުން ނިކުތެވެ.މަޑު ހިނގުމުގައި އައްކިޔުން މިސްރާބު ޖެހީ ނައިޝާގެ ގެއާ ދިމާލަށެވެ.އެގެއާ އަރާހަމަވުމަށްފަހު، ވަރަށް ރަނގަޅަށް އެގެއާ ދިމާލަށް އައްކިޔުން ބަލައިލީ އަލްވަދާއުގެ ނަޒަރަކުންނެވެ.

ނައިޝާގެ ގެއާ ދިމާލަށް މޮޅިވެރި ކަމާއެކު  ބަލައިލުމަށްފަހު، އެގޭ ކުރިމަތީގައިވާ ބީޗަށް އައްކިޔުން ވަނެވެ.އެއީ އޭނައާ ނައިޝާއާ އެންމެގިނައިން ބައްދަލުކުރަން އައިސްތިބޭ ތަނެވެ.

ބީޗަށް ވަދެ ނައިޝާއާ އެކު ތިބި ދޮންވެލިގަނޑު މަތީގައި އައްކިޔުން އިށީނެވެ.އަދި ފަހު ފަހަރަށް އެއުފާވެެރި މާޒީވި ދުވަސްތަކުގެ ހަނދާން އާކޮށްލީ ކަރުނުން ފުރިގެންވާ ހާލުގައެވެ.

************

ނައިޝާގެ ޚިޔާލުގައި އައްކިޔުން އިންދާ އޭނާގެ ފޯނަށް މީހަކު ގުޅިއެވެ. ދެލޮލުން ކަރުނަ ފުހެލާ ނޯއް ދަމާލުމަށްފަހު އެކޯލަށް އައްކިޔުން ޖަވާބުދިނެވެ.

“އައްސަލާމް އަލައިކުމް…..ތިކޮޅުން މިއަދު ގުޅާލިމެއްނޫންތޯ ކުއްޔަށް ހިފަން…މިވަގުތު އާދެވޭނެތޯ އެތަން ބަލާލަން” އެކޮޅުން ގުޅީ އައްކިޔުން ކުއްޔަށް ހިފަންއުޅޭ އެޕާޓްމެންޓުގެ ވެރިޔާއެވެ.އެމީހާއަށް މިދަނީ ކަމުގައި ބުނެ އައްކިޔުން ފޯނު ބޭއްްވިއެވެ.

**********

ފޯނު ބޭއްވުމާއެކު އައްކިޔުން އެގެއަށްދާން މިސްރާބު ޖެހިއެވެ.އައްކިޔުން ބޭނުންވަނީ ނައިޝާގެ ގެއާ ވީހާވެސް ދުރުން ގެއެއްހޯދާށެވެ.އެގެއަށް ގޮސް އެގެބެލުމަށްފަހު އެތަން އައްކިޔުން ނެގީ، އެއީ ނައިޝާގެ ގެއާ ވަރަށް ދުރު ހިސާބެއްގައި ހުރި ގެއަކަށް ވާތީއެވެ.

“އެޑްވާންސާއެކު ހަމަހުގެ ކުލިވެސް ތި ދެއްކީ…އެހެންވީމާ ހަމަސް ފަހުން ކުލި ނަގާނީ ދެން…މިހާރުވެސް ހަމަ ބަދަލުވެވޭނެ” އައްކިޔުން އަތަށް ތަޅުދަނޑިދެމުން ގޭގެ ވެރިޔާ ބުނެލިއެވެ.ވަޒީފާގައި އުޅެމުން އައްކިޔުން އެއްކުރި ރުފިޔާއިން ތަނަށް ހަމަހުގެ ކުއްްްޔާ އެޑްވާންސް ވެސް ދެއްކުމަށް ފަހު، އެއްޗެހިތައް ގެންނަން އެގެއިން ނިކުތެވެ.

**********

އެއްޗެހިތައް ބަލާ އައްކިޔުން ކުރީގެ ގެއަށް ދިޔަވަގުތު ޒަލަފް ގެއަކު ނޫޅެއެވެ.އެއްޗެހިތައް ހިފައިގެން އައްކިޔުން ނުކުތްއިރު ވެސް ޒަލަފް ނާދެއެވެ.އެހެންކަމުން އޭނާ ޒަލަފަށް ގުޅާލިއެވެ. “ހަލޯ ޒަލަފް…އައްކި ބުނީ މިރޭ އައްކި އެހެންގެއަކަށް ޗޭންޖުވެއްޖައީމޭ…މިހާރު އައްކި މިހުރީ އާ ގޭގަ އެވާހަކަ ބުނެލަން މިގުޅާލީ” އައްކިޔުން ބުނެލިއެވެ.

އެވަގުތު ޒަލަފް ކޮންމެވެސް އެއްޗެއް ބުނަންއުޅުނު ނަމަވެސް ކުއްލިއަކަށް ފޯނު ކެނޑުނެވެ. ފޯނު ކެނޑުމާއެކު ދެވަނަފަހަރަށް އައްކިޔުން ގުޅިއެވެ.ނަމަވެސް ޒަލަފްގެ ފޯނުއޮތީ ނިއްވާލާފައެވެ.ފަސް ހަބުރަށް ގުޅަން އުޅެއުޅެވެސް، އެކަން ކާމިޔާބު ނުވުމުން ޒަލަފަށް އައްކިޔުން މެސެޖެއް ކޮށްލިއެވެ.

“ނައި އައްކި ދޫކޮށްލައިފި…އައްކިވެސް ނައި އާ ދުރުވާން މަސައްކަތް މިކުރަނީ….އެހެންވެ ނައިގެ ގެއާ ވީހާވެސް ދުރަށްދާން އައްކި އެހެން ގެއަކަށް ބަދަލު މިވީ….ވަރަށް ބޮޑަށް ސޮރީ ޒަލަފް ކައިރި ނުބުނެ ކުއްލިއަކަށް ޗޭންޖް ވީމަ…އައްކިއަށް އެނގޭ ޒަލަފަށް އެކަނި ކުލި ނުދެއްކޭތީކަން އައްކިއާ ހިއްސާވީ…އެހެންވެ އައްކި ހުންނާނެ ފަސްމަހުގެ ކުލި ދައްކަދީފާ…ޒަލަފް ނުޖެހޭނެ ފަސް މަސް ވަންދެން ކުލި ދައްކާކަށް….ދެން އެ ފަސް މަސްތެރޭ ޝެއާ ވާނެ މީހަކު ހޯދާ…އޮފީހުގަ އުޅޭ އަހުސަން އެބައުޅޭ ތަނެއް ބޭނުންވެގެން….އަދި އެއްފަހަރު ސޮރީ” އައްކިޔުންގެ މެސެޖުގައި ވެއެވެ.

********

ކުއްލިއަކަށް ގެ ބަދަލުވި ވާހަކަ އައްކިޔުން ގުޅާފައި ބުނުމުން ވީ ކީއްކަމެއް ނޭނގޭ ހާލުގައި ޒަލަފް ހައިރާންވެފައި ހުއްޓެވެ.އޭނާއަށް ރަނގަޅަށް ވާހަކަ ނުދެއްކިގެން އުޅެނިކޮށް އައްކިޔުން ފޯނު ކަނޑާލުމުން ޒަލަފް ވަރަށް ހައިރާންވިއެވެ.

ތިން ހަތަރުބުރަށް ޒަލަފް ވެސް އައްކިޔުންނަށް ގުޅިއެވެ.ނަމަވެސް އެފޯނުވެސް އޮތީ ނިވާލާފައެވެ. “އަނެއްކާ އަހަންނަށް އައްކި ހިތްހަމަނުޖެހޭ ކަމެއް ކުރެވުނީބާ؟” ޒަލަފްގެ ހިތަށްއެރިއެވެ.

ކުލި ނުދެއްކޭނެތީ ޒަލަފް ހާސްވާން ފެށިއެވެ.އޭނާ އެތަނުން ނިކުންނަން އެންމެ ފަހުން ނިންމިއެވެ.މަސް ނިމެން ގާތްވެފައި ވާތީއާއެކު ކުލި ހޯދަން ތަނުގެ ވެރިޔާ އޭނާ ކައިރިއަށް އަންނާނެކަން އެނގޭތީއެވެ.

ރަހުމަތްތެރިއަކަށް ގުޅާ ވަގުތީގޮތުން ހުންނާނެ ތަނެއް ހަމަޖެއްސުމަށް ފަހު، ތަނުގެ ވެރިޔާއަށް ޒަަލަފް ގުޅާލިއެވެ.

“އަޅުގަނޑާއެކު ހިއްސާވެގެން އުޅޭ ބޭފުޅާ ކުއްލިއަކަށް އެހެން ގެއަކަށް ބަދަލުވީމާ އަޅުގަނޑަށް އެކަނި ކުލި ނުދެއްކޭނެތީ، ތަން ދޫކޮށްލާ ވާހަކަ ބުނެލަން މިގުޅާލީ” އެކޮޅުން ފޯނު ނެގުމާއެކު ޒަލަފް ބުނެލިއެވެ.

އެވަގުތު އެމީހާ ދިން ޖަވާބުން ޒަލަފް ހައިރާންވިއެވެ. “ފަސް މަހޭތޯ؟…. އައްކިޔުން ފަސް މަހުގެ ކުލި އެއްކޮށް ދެއްކީއޭތޯ؟” ހައިރާންވެ ހުރެ ޒަލަފަށް އަހާލެވުނެވެ.

ޒަލަފްގެ ސުވާލަށް ތަނުގެ ވެރިޔާ އާނ ބަސް ބުނެލިއެވެ.

“އައްކިޔުން އެއްވެސް ވާހަކައެއް ބުނިތޯ؟…އޭނާ ބަދަލުވީ ތަނެއް ނުވަތަ އެކަހަލަ އެއްވެސް އެއްޗެއް” ގޭގެ ސާހިބު ކައިރި ޒަލަފް އަހާލިއެވެ.

“ނޫން އެއްވެސް ވާހަކައެއް ނުދައްކާ…ބުނީ ހަމައެކަނި އެހެންތަނަކަށް އެބޭފުޅާ ޗޭންޖުވާ ވާހަކަ….ދެން ދިނީ ފަސްމަހުގެ ކުލި” އެކޮޅުން ބުނެލިއެވެ.

********

ޒަލަފްގެ ޚަބަރެއްވޭތޯ  ފޯނު އަތަށް ލައިގެން އައްކިޔުން އިނެވެ.ނަމަވެސް އޭނާގެ ޚަބަރެއް ނުވުމުން އަދި އެއްފަހަރު މެސެޖް ފޮނުވުނުތޯ އައްކިޔުން ބަލައިލިއެވެ.އެމެސެޖް ފޮނުވިފައިވާ ތަން އައްކިޔުންނަށް ފެނުމުން ޒަލަފަށްވެސް އެމެސެޖް ލިބޭނެ ކަމުގައި އައްކިޔުން ނިންމިއެވެ.

******

އިރުކޮޅަކު އެނދުގައި އިނުމަށްފަހު އައްކިޔުން އޭނާގެ ފޭސްބުކް އައިޑީއާ ނައިޝާގެ ހުރިހާ ފޮޓޯތަކެއް ފޯނުން ފުހެލިއެވެ. އަދި ސިމް ކާޑުގެ ޚިދުމަތްވެސް ކަނޑާލާ މުޅި ފޯނު އެއްކޮށް  ފޯމެޓް ކޮށްލިއެވެ.

ނައިޝާއާ ދުރަށްދާން ޢަމަލީ ގޮތުން ހުރިހާ މަސައްކަތެއް އޭނާ ކުރިކަމުގައިވިޔަސް އޭނާގެ ހިތުން ނައިޝާ ނެރެ އެއްލައެއް ނުލެވޭނެއެވެ.އެހަނދާން އޭނާއަށް އަބަދުވެސް ވާނެއެވެ.

*******

ދެހަފްތާ ފަހުން ނައިޝާއަށް ހުޅުމާލެއަށް ދެވޭތީ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.ފުރުމުގެ އެއްދުވަސް ކުރިން އޭނާ ވަނީ ފޮށިވެސް ތައްޔާރުކޮށްފައެވެ.

ދެހަފްތާ ފަހުން އައްކިޔުންނާ ބައްދަލުވޭވޭތީ އޭނާ ވަރަށް ބޮޑަށް އުފާވިއެވެ.ކޮޓަރީގައި ވަގުތު ގުނާލަ ގުނާލާ ދެކޮޅަށް ހިނގަ ހިނގާ ނައިޝާ ހުއްޓެވެ.އެވަގުތު ކޮޓަރި ދޮރުގައި މީހަކު ޓަކި ޖެހިއެވެ.

ދޮރު ހުޅުވާލުމާއެކު ނައިޝާ ހައިރާން ވެގެންދިޔައެވެ.ކޮޓަރި ދޮރުމަތީގައި އެހުރީ ސައިފްގެ މަންމައެވެ.

“ދަރިފުޅު މާދަން ހެނދުނު އަށެއް ޖަހާއިރު ފުރާ ޚަބަރު މަންމައަަށް ލިބިފަ އޮތީމަ ކެއުމެއް ދޭން ބަލާ މިއައީ” ސައިފްގެ މަންމަ ބުނެލިއެވެ.

އެވަގުތު ނައިޝާ ފޯނުން ގަނޑި ބަލައިލިއެވެ. އޭރު ރޭގަނޑު އަށެއް ޖެހީއެވެ.ނައިޝާ މިރޭ ކާހިތެއްނުވެއެވެ.އެހެންނަމަވެސް ސައިފްގެ މަންމަ ކާން ބަލާ އައުމުން އެގެއަށް ދާން ނައިޝާ ނިކުތެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ކަލާ ކީއްވެހޭ ވަކިވީ ޔާރާ…. 2

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްޑިހަ ފަސްވަނަ ބައި)

Next
November 6, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްޑިހަ ފަސްވަނަ ބައި)

Previews
November 6, 2021

ކަލާ ކީއްވެހޭ ވަކިވީ ޔާރާ…. 2



All Right Reserved!