Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްޑިހަ ވަނަބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
November 2, 2021 3 Mins Read
0 Comments

ސައިފް އެންމެންގެ ކުރިމަތީގައި ސުހާ ފަޟީހަތް ކޮށްލުމުން އޭނާ ލަދުގަތެވެ.ސައިފްގެ ވާާހަކަތައް އަޑުއަހަން ތިބިމީހުން ސުހާއާ ދިމާލަށް ވަރަށް ހަޅޭއްލަވާ އެއްޗެހި ގޮވިއެވެ.ސުހާ ކަހަލަ މީހުން ރަށުގައި ބައިތިއްބާކަށް ނުވާނެކަމަށްވެސް އެއްބަޔަކު ބުނަމުންދިޔައެވެ.

މީހުންގެ ނަފްރަތު ސުހާއަށް ލިބުމުން އޭނާގެ ގާތަށް ރުޅިއައެވެ. “ކަލޭ ތީ މާ ތާހިރު މީހެއްނޫން ވާހަކަ ދައްކާކަށް…އަހަންނާ އިނދެގެންހުރެ ނައިޝާ ކައިރިއަކަށް ކުރިން ކަލޭ ނުވަންނަންތަ؟…ގައިމު ކަލޭގެ އަނގައިން މަ ކައިރި ރޮއެފަ ބުނީ ތިމަންނައަށް އެކަންކުރެވިއްޖޭ” ބިންމަތިން ތެދުވަމުން ރުޅިއައިސްފައި ހުރެ، ސުހާ ސައިފަށް ބުނެލިއެވެ.އެވަގުތު އެތާހުރި ނައިޝާ ލަދުންގޮސް އިސް ތިރިކޮށްލިއެވެ.

“އަހަރެން ކުރީ ރަނގަޅުކަމެއްނޫން….އެހެންނަމަވެސް އަހަރެން ވަނީކީ ހިލޭ މީހެއްކައިރިއަކަށް ނޫން އަހަރެންގެ ހަލާލް އަނބިމީހާ ކައިރިއަށް” ރުޅިއައިސްފައި ހުރެ ސައިފް ބުނެލިއެވެ. އެވަގުތު އެތާތިބި މީހުން ސައިފްގެ ކޮޅަށްއެރިއެވެ.

“ސައިފް ނައިޝާއަށް ކިތަންމެ އިހާނެތިކޮށް ކަންތައް ކުރިޔަސް…ނައިޝާއަކީ އޭރު ސައިފްގެ އަނބިމީހާއޭ ސުހާ” އެތަނުން މީހަކު ސުޙާއަށް ބުނެލިއެވެ.

***********

އެކަތި ދޫނުކޮށް ސައިފާ ޖަދަލުކުރަމުންދިޔަ ސުހާގެ ކޯތާފަތްމަތީގައި ވަރަށް ބާރަށް ސުހާގެ ބައްޕަ އައިސް ޖެހިއެވެ. “ލަދެއް ނުގަނޭތަ ކޮށްފައިވާ ހުތުރުކަންތަކަށްފަހުވެސް ޖަދަލުކުރާކަށް…ކަލޭ ގައިގަ ތަޅައޭ ބުނެގެން އަހަންނާ ކަލޭގެ މަންމައާ ދުވެފަ މިއައީ…އެކަމަކު މިތަނަށް އައުމުން އަހަރެމެން މުޅިން ލަދުގަނެއްޖެ…ތީ އަހަރެންގެ ދަރިއެކޭ ބުނަންވެސް ލަދުގަނޭ…އެންމެން ކުރިމަތީގަ އަހަރުމެންގެ އަގުވެއްޓިއްޖެ” ސުޙާގެ ބައްޕަ ރުޅިއައިސްފައި ބުނެލިއެވެ.

އެއްޗެހި ކިޔަން ހުރި ސުޙާގެ އަޑުއެއްކޮށް މަޑުވިއެވެ.އޭނާގެ ބައްޕަ ޖެހުމުން ސުޙާއަށް ދެރަވެގެން ރޮވުނެވެ.ރޮމުންދިޔަ ސުޙާގެ މޫނަށް ބަލައިލުމަށްފަހު، ގޯތިތެރޭގައި ދެރަވެފައި ހުރި ޒައިކަށް ސުހާގެ ބައްޕަ ބަލައިލީ ކަރުނައިން ފުރިގެންވާ ލޮލަކުންނެވެ.

އެވަގުތު ފަސް އަހަރުގެ ޒައިކް ދުވެފައި ސައިފް ކައިރިއަށް އައިސް އޭނާގެ ފައިގައި ބައްދާލިއެވެ. “ބައްޕާ! ކީއްވެތަ ކާފައާ ބައްޕައާ ދެކުދިން މަންމައާ ތޮޅެނީ؟” ކުޑަކުޑަ މައުސޫމު ޒައިކުގެ ސިކުނޑިއަށް ތަނުގައި ހިނގާ ކަންތައް ނުވިސްނުމުން އަހާލިއެވެ. “ބައްޕާ” އޭ ކިޔާފައި ޒައިކް ގޮވާލާ ކޮންމެފަހަރަކު ސައިފްގެ ހިތަށް ތޫނު ހަންޖަރެއް ހަރާލާފަދައެވެ.ސައިފްގެ ދެލޮލުން ކަރުނަ ބަންޑުންވެގެންދިޔައީ ހިފެހެއްޓުމެއްނެތިއެވެ.

“ދަރިފުޅު ދޭ އެތެރެއަށް” ޒައިކް ކައިރި އުޑުފައިން އިށީނދެލުމަށްފަހު، އެކުއްޖާގެ ދެކޮނޑުގައި ހިފާލަމުން ސައިފް އޯގާތެރިކަމާއެކު ބުނެލިއެވެ.އެވަގުތު ސައިފްގެ ލޯފުހެލަދިނުމަށްފަހު އޭނާގެ ގައިގައި ޒައިކް ވަރަށް ލޯބިން ބައްދާލިއެވެ.

“ބައްޕާ މަންމަ ގައިގަ ނުތަޅައްޗޭ….ބައްޕަވެސް ނުރޮއްޗޭ…..ޒައިކް މަންމަވެސް ބައްޕަވެސް ދެކުދިންދެކެވެސް ވަރަށް ލޯބިވޭ” ޒައިކް ލޯބިން ބުނެލިއެެވެ.އެތުއްތު ކުއްޖާގެ ލަފްޒުތަކުން ސައިފްގެ އިތުރުން ނައިޝާވެސް ރޮއްވާލިއެވެ.ސައިފް ޒައިކް ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ.

*********

“މަންމާ ވަދޭ އެތެރެއަށް ޒައިކާ ޝާނީއާ ދެކުދިން ގޮވައިގެން” ލޯ ފުހެލަމުން ކައިރީގައި ހުރި އޭނާގެ މަންމައަށް ސައިފް ބުނެލިއެވެ.ސައިފްގެ ބަހަށް ޝާނީގެ އަތުގައި މައިދައިތަ ހިފާލުމަށްފަހު، ޒައިކުގެ އަތުގައި ހިފަން މައިދައިތަ އަތް ދިއްކޮށްލިއެވެ.ޒައިކަށް ބަލައިލި މައިދައިތަގެ ދެލޮލުން ކަރުނަތައް ފޭބިއެވެ. “މާމާ ނުރޮއެ…ބައްޕަ ދެން މަންމަ ގަަޔަކު ނުތަޅާނެ……ހިނގާ އެތެރެއަށް” މައިދައިތަގެ އަތުގައި ހިފާލަމުން ލޯބިން ޒައިކް ބުނެލިއެވެ.

*********

ޒައިކާ ޝާނީ ގޮވައިގެން މައިދައިތަ އެތެރެއަށް ވަނުމުން ސައިފް ސުހާއާ ދިމާލަށް އެނބުރުނެވެ.”އަހަރެން ލައްކަ ދުވަހު ހުރެފިން…އެހެންވީމަ މިއަދު އަހަރެން މިސުވާލުގެ ޖަވާބު ހޯދަންބޭނުން…ބުނޭ ޒައިކްގެ ބައްޕައަކީ ކާކު؟” ހިތްހަމަ ނުޖެހިހުރެ ސައިފް ބުނެލިއެވެ.ސައިފްގެ އެބަހަށް ސުހާ ކުއްލިއަކަށް އޭނާއާ ދިމާލަށް ބަލައިލިއެވެ.

“ތެދެއް އެއީ ކާކު؟” ސައިފާ އެއްބައިވެލަމުން ސުޙާގެ ބައްޕަވެސް އަހާލިއެވެ.އެވަގުތު ލަދުން ސުޙާ އިސްދަށަށް ޖަހާލިއެވެ.އަދި މަޑުމަޑުން ކަރުނަތައް އޭނާގެ ލޮލުން ފައިބަމުންދިޔައެވެ. “މިހާރުދެން އަނގައިން ނުބުނެ ހުންނާނެކަމެއް ނެތް” އިތުރަށް ސައިފް ބުނެލިއެވެ.ހަދާނެ ގޮތް ހުސްވެފައިވާ ސުޙާ ސައިފަށާ އޭނާގެ ބައްޕަގެ އިތުރުން އެއްވެފައިވާ އެންމެނަށް ކަރުނައިގެ ލޮލަކުން ބަލައިލިއެވެ.

އެއްވެފައިވާ މީހުންނަށް ބަލައިލި ސުހާގެ ދެލޯ ބޮޑުވެގެންދިޔައެވެ.އަދި ވަގުތުން އިސްދަށަށް ޖަހާލިއެެވެ. “ކިހިނެއްވީ؟…އެމީހަކު މިތާ ހުރީތަ؟” ސުޙާއަށްވީ ގޮތްފެނި ސައިފް އަހާލިއެވެ.އެވަގުތު އިސްދަށަށް ޖަހާލައިގެން ހުރި ސުހާ އާނއެކޭ ބުުނުމުގެ ގޮތުން ބޯޖަހާލިއެވެ.

ސުޙާ ބޯޖަހާލުމުން އެއްވެފައިވާ މީހުންތައް ފަހަރަކު މީހަކަށް ބަލަންފެށިއެވެ.ފާރު ކައިރީގައި ހުރި ނައިޝާވެސް އެންމެނަށް ބަލައިލިއެވެ.އެވަގުތު ހަނީފާއްތަ ނައިޝާ ކައިރިއަށް އައެވެ.

“އެއީ ސައިފް މާލެ ދިޔަތާ ދެހަފްތާ ފަހުން….އަހަރެން ޒައިކްގެ ބައްޕަގެ މަޅިއަށް ހެއްލި އޭނައާ ރައްޓެހިވެވުނީ” އިސްދަށަށް ޖަހައިލައިގެން ހުރެ ސުހާ ކިޔައިދޭން ފެށިއެވެ.

“އޭރު އަހަންނަށް ނުވިސްނުނީ….އޭނައާ އެކު އުޅެންނުވާނެ ގޮތްގޮތަށްވެސް އަހަންނަށް އުޅެވުނީ….އަހަރެންދެކެ ސައިފް ވަރަށް ލޯބިވާކަން އެނގޭތީ ސައިފް ދޫކޮށްލާކަށް ނުކެރުނު…އެހެންވެ އަހަރެން ޒައިކްގެ ބައްޕައާ އެކު ބޭއްވިގުޅުން ސިއްރުކުރީ….އަހަންނަށްޓަކާ އެހެން މީހެއްގެ ދިރިއުޅުން ހަލާކުކޮށް، އަހަރެން ބޭނުންވާހާ އެއްޗެކާ ކަމެއް ސައިފް ކޮށްދެމުންދިޔާމަ ދޫކޮށްލަން ބޭނުންނުވީ….އަނެއްކޮޅުން ޒައިކްގެ ބައްޕަ އަހަރެން ގެންގުޅުނީ އުފަލާ އަރާމު ހާސިލްކުރަންކަމެއް އޭރު އަހަންނަށް ނޭނގުނީ….އޭނަގެ އަސްލު އަހަންނަށް އެނގުނީ ޒައިކަށް ބަނޑުބޮޑުވެ އެވާހަކަ އޭނަ ކައިރި ބުނި ހިސާބުން…އޭނަ ކުއްޖާއަށް ހަވާލުނުވިތާ އަހަންނާ ގުޅުންވެސް ކަނޑާލި…އެހެންވެ އަހަރެން ބޯހާސްވީ….. އެކަން ފޮރުވަން އަހަރެން ހުރީ ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް……ކުއްޖާ އެބޯޓްކުރަން ބޭސްވެސް އަހަރެން ކެއިން އެކަމް އެބޯޓެއް ނުވި….އެހިސާބުން އަހަރެންގެ ސިކުނޑި އެއްކޮށް ސުމަކަށްދިޔަ….ދެން އަހަރެން ބެލީ ސައިފްގެ ބޮލަށް މިކަން ޖެހެވޭތޯ…ސައިފްގެ ބޮލުތެރެއަށް އެރި މިގެ އަހަރެންގެ ނަން މައްޗަށް ރެޖިސްޓްރީ ކުރުވީވެސް ސައިފްމެން ގޮތްހުސްކުރުވައިގެން ވިޔަސް އަހަރެން ބޭނުންވާ ކަން ކުރުވަން” ރޮމުން ސުހާ ކިޔައިދިނެވެ.

ސުހާ ހުރިހާ ވާހަކައެއް ކިޔައިދިންއިރު ސައިފް ވަރަށް ކެތްކޮށްލައިގެން ހުއްޓެވެ.އޭނާ ވަނީ ރުޅިއައިސްގެންގޮސް އަތް މުށްކަވާލެވިފައެވެ. “އެއީ ކާކުހޭ؟” ސައިފް ބާރަށް އަހާލިއެވެ.އެވަގުތު އަނގަމަތީގައި އަތްއަޅާ ސުޙާ ރޯންފެށިއެވެ. “ސައިފް އަހަންނަށް މަޢާފްކުރޭ” ސުޙާ ރޮމުން ބުނެލިއެވެ.ސުހާ މަޢާފަށް އެދުމުން ސައިފް މޫނު އަނެއްފަރާތަށް އަނބުރާލިއެވެ.

“އެއީ ކާކުތަ؟” ސުހާގެ ބައްޕަވެސް އަހާލިއެވެ. “އެއީ….އެއީ” ސުހާ އޭނާގެ ބައްޕައާ ދިމާލަށް ބަލައިލުމަށްފަހު ބުނަންއުޅުނެވެ. “އެއީ؟” ކެތްތެރިކަން ކުޑަވެފައިވާ ސައިފް އަހާލިއެވެ. “އެއީ…ހާނިމް” މަޑުމަޑުން ސުޙާ އެހެންބުނެލިއިރު އޭނާއަށް ވަރަށް ބޮޑަށް ރޮވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

އުމުރަށް އެކުގައި 2

Next

ވާ ލޯބި އެނގޭނަމަ – 12

Next
November 2, 2021

ވާ ލޯބި އެނގޭނަމަ – 12

Previews
November 2, 2021

އުމުރަށް އެކުގައި 2



All Right Reserved!