Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތްދިހަ ނުވަވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
October 30, 2021 3 Mins Read
0 Comments

އެވަގުތު އެއްވެފައިވާ މީހުންގެތެރެއިން ހަނީފާއްތަ ނައިޝާގެ ދިފާއުގައި ނިކުތެވެ.

“އޭ ބުނަން ނައިޝާ ނޫޅެ ކަލޭ ފިރިމީހާ ހޯދާކަށް….އެމަންޖެ އުޅެނީ ކަލޭގެ ފިރިމީހާއަށް ވުރެ އެތައް ގުނައެއް ރީތި ފިރިހެން ކުއްޖަކާ ގުޅިގެން” ހަނީފާއްތަ ނުރުހިފައި ހުރެ ސުހާއަށް ބުނެލިއެވެ.

ހަނީފާއްތަ އެހެންބުނުމުން ހަނީފާއްތައާ ދިމާލަށް ސުހާ ބަލައިލިލުމަށް ފަހު ލޯއަޅާލި ނަމަވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

ހަނީފާއްތަގެ ބަހަށް އެންމެން ނައިޝާ ގާތު މީހަކާ ރައްޓެހިވެގެންތޯ އުޅެނީ އަހަންފެށިއެވެ.އެމީހުންނަށް އާނ އެކޭ ބުނުމުގެ ގޮތުން ނައިޝާ ބޯ ޖަހާލިއެވެ.

އެއްވެފައިވާ މީހުން ނައިޝާ ދިފާއުކޮށް ވާހަކަދައްކަން ފެށުމުން ސުހާގެ ރުޅިގަނޑު އިހުނަށްވުރެ ގަދަވިއެވެ.

އަރައިގެން ރުޅިއާ އެކު މަޑުމަޑުން ހުރި ނައިޝާއަށް ހަމަލާދޭން ސުހާ ދިޔައީ ފީކުކުޅެއް ދިޔަ އުސޫލުންނެވެ.

ނައިޝާ ގައިގައި ޖަހަން ސުހާ އުފުލާލި އަތުގައި ހިފާ ހުއްޓުވީ އޭނާގެ ފަހަތުގައި ހުރި ސައިފެވެ.

“ކަލޭ ނިމުނީ ނައިޝާ ގައިގަ އިނގިލި ކުރި ޖައްސާލިޔަސް” ސައިފް ރުޅިއައިސްފައި ބުނެލިއެވެ.

“ކަލޭ ހާދަ ވަރެއް ވެފައޭ ދޯ ތިހުރީ މިހިރަ އަންހެން އެއްޗާ ހެދި” ހުތުރުބަހުން ނައިޝާއަށް ސުހާ މުޚާތަބު ކުރުމުން ރަށު މީހުން އޭނާއާ ދިމާލަށް އެއްޗެހި ކިޔަން ފެށިއެވެ.

މީހުންތައް ސުހާއާ ދެކޮޅަށް އަނެއްކާވެސް އެއްޗެހި ކިޔަން ފެށުމުން ސުހާ ގާތަށް އިތުރަށް ރުޅިއައެވެ.

ކުއްލިއަކަށް ސުހާ ނައިޝާގެ ބުރުގަލުގައި ހިފާ ދަމައިގަތުމަށްފަހު އޭނާއަށް ހަމަލާ ދޭން މަސައްކަތް ކުރިއެވެ.ނަމަވެސް ނައިޝާ ކައިރި އެވަގުތު ހުރި މީހާ އޭނާ ސަލާމަތް ކުރުމުން، މާބޮޑުވަރު ތަކެއްނުވެ، ސުހާގެ އަތްދަށުން ނައިޝާ ސަލާމަތް ވިއެވެ.

ސުހާ ނައިޝާއަށް ހަމަލާދިން ކަމުގައިވިޔަސް، ނައިޝާ ސުހާއަށް ހަމަލާދޭކަށް މަސައްކަތެއް ނުކުރެއެވެ.އޭގެ ބަދަލުގައި ނައިޝާ ބެލީ ނެއްޓިފައިވާ ކަރުދަތި ޖަހާ ޝޯލު ރަނގަޅު ކޮށްލެވޭތޯއެވެ.

ނައިޝާއަށް ސުހާ ހަމަލާދިން މަންޒަރު ސައިފަށް ފެނުމުން އޭނާ ކޮންޓްރޯލް އިން ނެއްޓިއެވެ.އެތައްދުވަހެއް ވަންދެން އެތެރެހަށީގަައި އުފެދިފައިވާ ރުޅިގަނޑު ފަޅައިގެން ދިޔަފަދައެވެ.

ސުހާ ގައިގައި ސައިފް ތަޅައިގަތީ އެޔެއް މިޔެއް ބަލައިލުމެއްނެތިއެވެ.ރަށު މީހުން ސުހާއާ ދެކޮޅަށް އެއްޗެހި ކިޔަންފެށުމުންނާއި އެކު ސައިފަށް އިތުރު ހިތްވަރެއް ލިބުނު ފަދައެވެ.

ސުހާ ގައިގައި ސައިފް ތަޅައިގަތުމުން އޭނާ ދުރުކުރެވޭތޯ ސައިފްގެ މަންމައާ ރަށުމީހުން މަސައްކަތް ކުރިއެވެ.ނަމަވެސް ސައިފް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް އިން ނައްޓާފައެވެ.

*******

“ދަރިފުޅާ އޭނަ މަރާނުލާ ދޫކޮށްލާ” ސައިފް ދުރުކުރެވޭތޯ އޭނާގެ މަންމަ މަސައްކަތް ކުރަމުން ބުނެލިއެވެ.

“މިކަހަލަ މީހުން މަރާލިއަސް ފާފަވެރިއެއް ނުވާނެ” ރުޅިވެރި  އަޑަކުން ސައިފް އެހެން ބުނެ ސުހާ ގައިގައި ތަޅަމުން ދިޔައެވެ.

އެވަގުތު ބިންމަތީގައި އޮތް ސުހާ ތަދުވާކަމަށް ބުނެ، ރޮމުން ހަޅޭއްލަވަމުން ދިޔައެެވެ.ސައިފް ދުރުކުރެވޭތޯ އެއްވެފައިވާ މީހުންނާއި ސައިފްގެ މަންމަ މަސައްކަތް ކުރަމުންދިޔައިރު ނައިޝާ ހުރީ ހަދާނެގޮތް ހުސްވެފައެވެ.

“ސައިފް އޭނަ ދޫކޮށްލާ” އެންމެފަހުން އެއްވެފައިވާ މީހުންގެ ތެރެއަށް ވަދެ ސައިފްގެ ކޮނޑުގައި ހިފާލަމުން އޯގާތެރިކަމާއެކު ނައިޝާ ބުނެލިއެވެ.ނައިޝާ އެހެންބުނެލުމާއެކު ސައިފް ސުހާ ގައިގައި ތެޅުން ހުއްޓާލުމަށްފަހު ދުރަށް ޖެހިލިއެވެ.

ބިންމަތީގައި ވެއްޓިފައި އޮތް ސުހާ މަޑުމަޑުން އިށީންދެލިއެވެ.އޭރު އޭނާ ދިޔައީ ލިބުނު އަނިޔާތަކަށް ރޮމުންނެވެ.

ދުވަހަކުވެސް ސުހާ ގައިގައި އިނގިލި ކުރިވެސް ޖައްސާލައިފައި ނުވާ ސައިފް މިއަދު އޭނާ ގައިގައި ތަޅައިގަތުމުން ސައިފް ވަރަށް ރުޅިއައިސްފައި ހުރިކަން ޚުދު ސުހާއަށްވެސް އެނގުނެވެ.

“މީ އަހަންނަށް ޖެހިފަ ހުރި ހަލާކެއް…ލިބުނު ހުރިހާ ރުފިޔާއަކާ ނައިޝާ އަތުން ނުހައްގުން ހޯދި ހުރިހާ ފައިސާތަކެއްވެސް އަހަރެން ހޭދަކުރީ މި ޖާހިލު އަންހެނާއަށް ޚަރަދުކޮށް…..އެކަމް އެވަރު މި ނުލަފާ އަންހެނާ ނުދަނޭ” ރުޅިއައިސް މާނޭވާ ލެވޭ ހާލު އަޑަށް ބާރު ލަމުން ސައިފް ބުނެލިއެވެ.

“ކަލޭމެނަށް އިނގޭތަ މިނުލަފާ އަންހެންމީހާ ކޮށްފައިވާ ކަންތައް” ސުހާއަށް އިނގިލި ދިއްކޮށްލަމުން ސައިފް އެއްވެފައި ތިބި މީހުނަށް ބުނެލިއެވެ. އެވަގުތު ރޯންއިން ސުހާ ކުއްލިއަކަށް ސައިފާ ދިމާލަށް ބަލައިލިއެވެ.

“ލައްކަ ދުވަހު އަހަރެން ކެތްކޮށްފިން އަހަރުމެންނަށް މީނަ ހަދާލި ރަހުމުކުޑަ ގޮތްތަކަށް…ނޯކަރަކަށް ވުރެވެސް ދަށުދަރަޖައިގަ މީނަ އަހަރުމެން ގެންގުޅުނީ” ސައިފް އެހެންބުނެލިއިރު މުޅި މީހާ ރުޅިއައިސްގެން ތުރުތުރު އަޅަނީއެވެ.އޭނާގެ ދެލޯވެސް ވަނީ ރަތްވެ ފެން އައިސްފައެވެ.

“މި ނުލަފާ ގޮތެއްނެތް އަންހެންމީހާ އަކީ އެހެންމީހަކާއެކު ޒިނޭކުރުމަށްފަހު، އަހަރެންގެ ބޮލަށް ދަރި ޖަހާލީ ވަރަށް ގޮތެއްނެތް އަންހެނެއް” އަޑަށް ބާރުލަމުން ސައިފް އެންމެން ކުރިމަތީގައި ބުނެލިއެވެ.ސައިފް އެހެންބުނެލުމާއެކު އެއްވެފައި ތިބިމީހުންނާ އޭނާގެ މަންމަ ހައިރާންވެގެން ދިޔައެެވެ.

“ހައިރާންވެއްޖެދޯ އެންމެން…އަހަންނާ އިނދެގެންހުރެ އެހެންފިރިހެނަކާ އެކު ޒިނޭކޮށްފަ ހުރި މީހެއްމީ….އަދި އެކަންތަކުގަ މަތި އަޅަންވެގެން ލިބުނު ނަހަލާލު ދަރި މަ ބޮލަށް ބިންދާލީ…ތިހިރަ ފިރިހެން ކުއްޖާއަކީ އޭގެ ނަތީޖާ” ގޯތިތެރޭގައި ހުރި ފަސްއަހަރުގެ ޒައިކަށް އިނގިލި ދިއްކޮށްލަމުން ވޭނުން ފުރިފައިވާ އަޑަކުން ސައިފް ބުނެލިއެވެ.

ސައިފް އެހެންބުނުމުން ކަރުނައިން ފުރިފައިވާ ލޮލަކުން ސައިފްގެ މަންމަ ޒައިކާ ދިމާލަށް ބަލައިލި އެވެ. މިއޮށްހުރިހާ ދުވަހު ގެންގުޅުނު ކުއްޖާއަކީ އޭނާގެ އަސްލު މާމަ ދަރިއެއްނޫންކަން މިއަދު އެނގުމުން ހިތަށް އަސަރުކުރާ ހާލުގައެވެ.

“އެހެންވީމަ ރަށުތެރޭގަ ދެކެވުނު ވާހަކައަކީ ތެދެއްދޯ؟…ސައިފާ ސުހާ އެކަހަލަ ވާހަކައެއް ދައްކަނިކޮށް ތިގޭތެރެއިން ބަޔަކަށް އަޑުއިވުނު ވާހަކަތަކެއް އަޑުއެހިން އަހަރެން” މީހުންގެ ތެރޭގައި ހުރި ފިރިހެނަކު ބުނެލިއެވެ.އެންމެންގެ ކުރިމަތީގައި ސައިފް ސުހާ ބޭޒާރުކޮށްލުމުން އޭނާ ލަދުގަތެވެ.އަދި ހަމަ އެހެންމެ ސައިފްދެކެ ނަފްރަތުވެސް ވިއެވެ.

“އަހަންނަށް އިނގޭނެއެއްނު އެއީ އެދުވަސްކޮޅު އަހަންނާ މީނައަކާ އެކަހަލަ ގުޅުމެއް ނުބާއްވަން ވިއްޔަ…އަހަރެން ކައިރިވިޔަކަވެސް މީނަ ނުދޭ…އެހެންހުއްޓާ ކުއްލިއަކަށް ބަނޑުބޮޑުވި ވާހަކަ ބުނީމަ އަހަރެންވެސް ހައިރާންވި…އަހަންނަށް ޝައްކެއްވެގެން އެހީމަ ހަވާލެއްނުވި…ފަހުން މިގެ މީނަގެ ނަންމައްޗަށް ރެޖިސްޓަރީވި ފަހުން އެއްދުވަހު އޭނަގެ އަނގައިން ބޭރުވީ ކުރި ޒުވާބެއްގެ ތެރެއިން….އޭރު އެކުއްޖާއަށް އަހަރެން ސޮއިވެސް ކޮށްފަވަނީ” ސައިފް އެންމެން ކައިރި ބުނެލިއެވެ.

ސައިފްގެ ވާހަކަތައް އަޑުއަހަން ތިބި މީހުން ކާކުގެ ދަރިއެއްތޯ އަހަންފެށިއެވެ. “އޭނަ ނުބުނި މަ އެހީމަވެސް ކާކުގެ ދަރިއެއް ކަމެއް” ސައިފް ބުނެލިއެވެ.އެވަގުތު ހަގަށް ހުރި ޝާނީ އަކީ ސައިފްގެ ދަރިއެއްތޯ މީހުން އަހާލިއެވެ. “އާނ އެއީ އަހަރެންގެ ކުއްޖެއް” ސައިފް އެމީހުންނަށް ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 30

Next

ހީވޭ ކަލާވާހެން-22

Next
November 1, 2021

ހީވޭ ކަލާވާހެން-22

Previews
October 30, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 30



All Right Reserved!