Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (4)

lamhus Level 910 Stories100 Login500 Login100 Stories100 Comments
January 22, 2022 3 Mins Read
0 Comments

ކުއްލިއަކަށް ފަރީޝާ ރޯންފެށުމުން ޒުވާނާ ވަރަށް ހައިރާންވިއެވެ.ފަރީޝާގެ ހަރަކާތްތަކުން އޭނާ ކަމަކާ ވަރަށް ޖެހިލުންވެފައިވާކަން ޒުވާނާއަށް އިހުސާސްކުރެވުނެވެ. “ކޮންމެވެސް ކަމެއްވެގެން އުޅޭހެން ހާދަ ހީވެޔޭ…މީ ރަހުމަތްތެރިއެއްކަމަށް ހީކޮށް ވެގެންއުޅޭގޮތް ކިޔާދީފާނަންތަ؟” ޒުވާނާ އެދުނެވެ.ނަމަވެސް ފަރީޝާ އުޅެމުންދާ ހިތްދަތި ދިރިއުޅުމުގެ ވާހަކަތައް އެގޮތްނޭނގޭ ޒުވާނާއަށް ކިޔައިދޭން ފަރީޝާ ޖެހިލުންވިއެވެ.

“ކުރިން ބުނިހެން ވެގެންއުޅޭގޮތް އަހަންނާ ހިއްސާކުރެވޭނެ..އަހަރެންދެކެ ޖެހިލުންވާކަށް ނުޖެހޭނެ…އަހަންނަށް އިތުބާރުކުރެވޭނެ” ޒުވާނާ ބުނެލިއެވެ. “ވެގެންއުޅޭގޮތް ކިޔާދޭން ތިކުއްޖާއަށް އަހަންނަކަށް މަޖުބޫރެއް ނުކުރެވޭނެ” ފަރީޝާ އަނގައިން ނުބުނެ ޒުވާނާއަށް ބަލަންހުރުމުން އޭނާ ބުނެލިއެވެ.

ޒުވާނާގެ އެބަސްތަކާ ދޭތެރޭ ފަރީޝާ ވިސްނާލިއެވެ.އެޒުވާނާ އެހާވަރަށް އާދޭސްކުރާތީއާއި ފަރީޝާގެ ހިތުތެރޭގައީވާ ހުރިހާއެއްޗެއް މީހަކަށް ކިޔައިދީގެން ބޭރުކޮށްލަން ނުހަނު ބޭނުންވެފަވާތީއާއެކު އެވާހަކަތައްް ޒުވާނާއާއި ހިއްސާކުރަން އޭނާ ނިންމިއެވެ.

“ކިޔައިދީފާނަން” އެހެންބުނެ ފަރީޝާ ހިނގައިގަތެވެ.އޭނާގެ ފަހަތުން ޒުވާނާވެސް ހިނގައިގަތެވެ.ހިނގަމުންދިޔަ ފަރީޝާ ހުއްޓިލީ މީހުން އާންމުކޮށް ގޮސް ނޫޅޭ ގަސްބޯ ހިސާބަކަށް ދެވުމުންނެވެ.

“މިތަނަށް މިއައީ ކީއްކުރަން؟” ޒުވާނާ އަހާލިއެެވެ. “މީހަކަށް ފެނިދާނެތީ..ހަމަޖެހިލައިގެން ބިރެއްނެތި ވާހަކަދައްކާލުމަށް” ފަރީޝާ ބުނެލިއެވެ. “އެހެންދޯ..ބައި ދަ ވޭ މީ ވިޔާމް” ސަލާމްކުރަން އަތް ދިއްކޮށްލަމުން ވިޔާމް ބުނެލިއެވެ. “ފަރީޝާ” ވިޔާމްގެ އަތުގައި ހިފާ ސަލާމްކޮށްލަމުން ފަރީޝާ ބުނެލިއެވެ.

“ދެން ކިޔައިދީބަ ތިވެގެންއުޅޭ ގޮތެއް” ވިޔާމް އެދުނެެވެ.އެވަގުތު ފުން ނޭވާއެއް ފަރީޝާ ދޫކޮށްލިއެވެ.އަދި އޭނާ އުޅެމުންދާ ހިތްދަތި ހަޔާތުގެ ވާހަކަތައް ވިޔާމަށް ކިޔައިދޭން ފެށިއެވެ.ފަރީޝާގެ ހަޔާތުގައި ކަންތައްތައް ދިމާވިގޮތާ ވަމުންދާގޮތް އަލިފުން ޔާއަށް ވިޔާމަށް ކިޔައިދިނެވެ.ފަރީޝާގެ އެހިތްދަތި ހަޔާތުގެ ވާހަކަތައް ކަނުލާ އަޑުއަހަން ވިޔާމް ހުއްޓެވެ.

“އަސްލުތަ؟..ހާދަ ގޯހޭދޯ ދޮންމަންމަ..މަންމަ މަރުވެފަވާ ކުއްޖަކަށް ތިހެންހަދާކަށް ހެޔޮނުވާނެ” ވިޔާމް ބުނެލިއެވެ. ވިޔާމްގެ އެބަސްތަކުން ފަރީޝާގެ ތެމިފައިވާ ދެލޮލުން އަނެއްކާވެސް ކަރުނަތައް ފައިބައިގަތެވެ.

“ދެން ބައްޕައަކަށްވެސް ރަށުމީހަކަށްވެސް އެއްވެސްމީހަކަށް ނާންގަންތަ ތިކަމެއް؟” ވިޔާމް އަހާލިއެވެ. “ބައްޕަ ފަރާތުން އެހީއެއް ނުލިބޭނެ އެއީ ބައްޕަ ހުންނަނީ ދޮންމަންމެ ދަށުވެފަ..ރަށު މީހުންނަށް އަންގައިގެން އެންމެންގެ ސަމާލުކަން އަހަރެމެންނަށް ހުއްޓޭކަށް ފަރީޝާ ބޭނުމެއް ނުވޭ…ރަށުމީހުން ގަބޫލެއްވެސް ނުކުރާނެހެން ހީވަނީ އެހާ މޮޅަށް ދޮންމަންމަ އެމީހުންނަށް އާޓު ދައްކާފަވަނީ” ފަރީޝާ ބުނެލީ ނުހަނު ދެރަވެލާފައެވެ.

“އެކަމަކު ފަރީ ތިހެން ނުބުނެ ހުރުމުން ތިދެވެނީ ދޮންމަންމައަށް އޭނަ ބޭނުންގޮތެއް ހެދުމުގެ ފުރުސަތު” ވިޔާމް ނަސޭހަތްތެރިވިއެވެ. “ފަރީގެ ފޯނު ނަންބަރު ލިބިދާނެތަ؟” ވިޔާމް ބުނެލިއެވެ.

“ފަރީޝާ އަތަކު ފޯނެއް ނޯންނާނެ..ބައްޕަ ފޯނެއް ގަނެދެން އުޅެންފެށީމަ ދޮންމަންމަ އެކަމާ ދެކޮޅުހެދީ…ދޮންމަންމަ ބުނީ އަށާރަ އަހަަރުވިޔަސް ފަރީޝާއަކީ އަދި ކުޑަކުއްޖެއްކަމަށް..ފޯނު ދިނީމަ އުޅުން ގޯސްވާނެކަމަށް..އެހެންވެ ބައްޕަ ފޯނު ގަނެނުދިނީ” ފަރީޝާ ބުނެލިއެވެ. “އެކަމަކު ބޮޑުވަރުދޯ އެއީ..އެއްްވެސް މިނިވަންކަމެއްވެސް ނެތެއްނު” ވިޔާމް ބުނެލީ ހިތްހަމަނުޖެހި ހުރެއެވެ.

“ވިޔާމް އަތުގައި އޮންނާނެ އިތުރުފޯނެއް އޭތި ދޭނަން ފަރީއަށް..އޭރަށް ވިޔާމަށް ފަރީގެ ހާލުބެލޭނެ” ވިޔާމް ބުނެލިއެވެ.ވިޔާމް އެހެންބުނުމުން އެކަމާ ފަރީޝާ ދެކޮޅުހެދިއެވެ.

“ނޫން އޭރަށް ދޮންމަންމައަށް ފޯނު ފެނިއްޖެނަމަ ފަރީޝާގެ ދުވަސް ދުއްވާލާނެ” ފަރީޝާ ބިރުންހުރެ ބުނެލިއެވެ. “ތިހެން ފަރީ އުޅޭހާ ހިނދަކު ފަރީއަށް ސަލާމަތެއް ނޯންނާނެ..ފަރީވެސް ބޭނުންވެއެއްނު އެއަނިޔާތަކުން ސަލާމަތްވާން..ބޭނުމެއްނުވޭތަ؟”ވިޔާމް ބުނެލިއެވެ.

“ބޭނުންވޭ އެކަމަކު..”

“ހާނ ތިވީނު….ދޮންމަންމައަށް ފޯނުފެނިދާނެތީ ފަރީ ތިހާ ޖެހިލުންވަންޏާ އޭނައަށް ނުފެންނަ ތަނަކަށް ފޯނުލައިގެން ގެންގުޅޭނީ” ވިޔާމް ބުނެލިއެވެ.ވިޔާމް އާދޭސްކުރަން ފެށުމުން ފޯނުގައި ހިފަން ފަރީޝާ އެެއްބަސް ވިއެވެ.

“ނައި ކޮއްކޮމެން ބަލާ ނިކުންނަ ވަގުތު ވިޔާމް ފޯނުދޭނަން..ދެން ދޭ ގެއަށް…އެހެންނޫނީ ލަސްވީމަ ދޮންމަންމަ އަނިޔާކޮށްފާނެ” ވިޔާމް އެހެންބުނުމުން ފަރީޝާ ގެއަށްދާން ހިނގައިގަތެވެ.

************

ކޮއްކޮމެން ސުކޫލުން ނިމޭވަގުތު ޖެހުމުން އެމީހުން ބަލާދާން ފަރީޝާ ގެއިން ނިކުތެވެ.އެވަގުތު ތަންކޮޅެއް ދުުރުގައި ވިޔާމް ހުރިތަން ފެނުނެވެ.އެހެންނަމަވެސް ގޭމަގު ވުމުން ވިޔާމް ނުފެންނަކަމަށް ހަދާ ކުރިއަށް ފަރީޝާ ހިނގައިގަތެވެ.އެހެންކަމުން ވިޔާމްވެސް ފަރީޝާ ދަންނަކަމަށް ނަހަދާ ހިނގައިގަތެވެ.ގެއާ ދުރަށް އާދެވުމުން ފަރީޝާ ހުއްޓިލިއެވެ.އެވަގުތު ވިޔާމް އޭނާގެ އަތަށް ފޯނެއް ލައިދިނެވެ.ފަރީޝާ އަލަށްވެސް ފޯނެއް ގެންގުޅެފާ ނުވާތީއާއެކު އެއާ ކުޅޭގޮތް ވިޔާމް ކިޔައިދިނެވެ.ފޯނާ ކުޅޭގޮތް ދަސްވުމުން ފޯނު ޖީބަށްލުމަށްފަހު ސުކޫލުދޮށާއި ދިމާލަށް ފަރީޝާ ހިނގައިގަތެވެ.

*********

ކޮއްކޮމެން ގޮވައިގެން ގެއަށްވަތް ފަރީޝާހުރީ ބިރުން ވިރިވިރިއެވެ.ވިޔާމް އޭނާއަށް ގޮވިވާހަކަ ކޮއްކޮމެން ދޮންމަންމަ ގާތު ނުބުނޭތޯ އޭނާ ހިތާހިތުން ދުޢާކުރިއެވެ.މެންދުރުވެ ހަވީރުވިއެވެ.ނަމަވެސް ދޮންމަންމަ ފަރީޝާއާ ދިމާލަށް އެއްޗެކޭ ނުބުނާތީ ކޮއްކޮމެން އެވާހަކަ ދޮންމަންމަ ގާތު ނުބުނާކަމަށް ފަރީޝާ ނިންމިއެވެ.

އާދައިގެމަތިން މަސައްކަތްތައް ނިންމާލުމަށްފަހު ރޭގަނޑު ބާރަޖެހުމުން ފަރީޝާ ނިދަން ކޮޓަރިއަށް ވަނެވެ.މިއަދު ވިޔާމާ ވާހަކަތައް ހިއްސާކޮށްލެވުމުން، ވަރަށް ބޮޑު ބަރެއް އޭނާގެ ބޮލުން ނަގާ އެއްލާލެވުނު ކަހަލަ އިހުސާސެއް ފަރީޝާއަށް ކުރެވުނެވެ.އެނދުގައި އޮށޯވެލައިގެން ފަރީޝާ އޮއްވާ ފޯނު ވައިބްރޭޓްވިއެވެ.ފޯނު ނަގާ ބަަލައިލިއިރު ގުޅަނީ ވިޔާމްކަން އެނގުމުން އެކޯލަށް ފަރީޝާ ޖަވާބުދިނެވެެ.

“ހަލޯ ފަރީ…ވިޔާމް ވަރަށް ގުޅިން މިއަދު” އެކޮޅުން ބުނެލިއެވެ. “އަދި ކިރިޔާ ފޯނު ބަލައިލެވުނީ..މިގަނޑީގަ ފަރީޝާއަށް ފޯނުން ވާހަކަދެއްކޭނީ..އެހެންގަނޑިތަކުގަ ވަރަށް ބިޒީކޮށް އުޅޭތީ”ފަރީޝާ ވާހަކަދެއްކީ ވަރަށް ސިއްރުންނެވެ.

ގޭގައި ހުރި އެންމެ އާދައިގެ ބާކޮޓަރީގައި ފަރީޝާ ނިދާއިރު ފެންވަރު ރަނގަޅަށް ހަދައިފައިވާ ދެކޮޓަރީގެ ތެރެއިން އެއްކޮޓަރީގައި ބައްޕައާ ދޮންމަންމަ ނިދާއިރު، އަނެއް ކޮޓަރީގައި ނިދަނީ ކޮއްކޮމެންނެވެ. “ފަރީ ނިދަނީ ވަކިން ކޮޓަރިއެއްގައެއްނު..އެކަމަކުވެސް ހާދަހާ މަޑުންނޭ ތިވާހަކަދައްކަނީ…ދެން އޯކޭ މިވަރުވެސް ވާކަން” ވިޔާމް އެހެންބުނުމުން ދޮންމަންމައަށް އިވިދާނެހެން ހީވާތީ ޖެހިލުންވަނީކަމަށް ފަރީޝާ ބުނެލިއެވެ.

“ފަރީ ތިހާ ފެންވަރުދަށް ކޮޓަރިއެއްގަ ނިދާއިރު ބައްޕަ ހަމައެކައްޗެކޭވެސް ނުބުނޭތަ؟”ވިޔާމް އަހާލިއެވެ. “ދޮންމަންމަ ނުރުހޭތީ ނުބުނާނެ” ފަރީޝާ ބުނެލީ އަސަރާއެކުއެވެ. “މިއަދު ފަރީގެ ލައިފްސްޓޯރީ އަޑުއަހަންޖެހުމުން ވިޔާމް ރަނގަޅަށް އިންޓްރޯވެސް ނުކުރެވުނުދޯ…ވިޔާމް އަކީ މިރަށް ކައިރީގައި ދިރިއުޅޭ މީހެއް…މިރަށަށް އައިސްގެން މިއުޅެނީ ޗުއްޓީއެއް ހޭދަކޮށްލަންވެގެން…ވިޔާމްގެ ފެމެލީގަ ހުންނާނީ މަންމައާ ބައްޕަގެ އިތުރުން ބޮޑު ދައްތައެއް…ވިޔާމް މީ ފެމެލީގެ އެންމެ ކުޑަ…އެންޑް އައި އެމް ޓުވެންޓީ ފައިވް އިޔާރސް އޯލްޑް” ވިޔާމް ތަޢާރަފް ވެލިއެވެ. “އެހެންތަ؟…މީހުންނާ ވާހަކަނުދައްކާތީ ފަރީޝާއަކަށް ނޭނގޭނެ ރަށުމީހުން ފެނުނަސް..އެހެންވެ ވިޔާމްވެސް ތީ މިރަށުމީހެއްކަމަށް ހީކުރެވުނީ” ފަރީޝާ ބުނެލިއެވެ.

ދެމީހުންވެސް ވާހަކަދައްކަން އޮތުމަށްފަހު ފޯނު ބޭއްވިއެވެ.ވިޔާމާ ވާހަކަދައްކާލެވުމުން ފަރީޝާ ވަރަށް ހިތްހަމަޖެހުނެވެ.މަންމަ ފިޔަވައި އޭނާއާ ދޭތެރޭ އެހާ ވިސްނާ އިތުރުމީހަކު ހުރިކަމުގެ އިހުސާސް ފަރީޝާގެ ހަޔާތުގައިވެސް ކުރެވުނުމީ ފުރަތަމަ ފަހަރެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ލޯބީގެ ހިނދުކޮޅު 12

Next

އެ ހުވަފެން – 2

Next
January 23, 2022

އެ ހުވަފެން – 2

Previews
January 22, 2022

ލޯބީގެ ހިނދުކޮޅު 12



All Right Reserved!