Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (5)

lamhus Level 910 Stories100 Login500 Login100 Stories100 Comments
January 23, 2022 3 Mins Read
2 Comments

އެދުވަހަށްފަހު ކޮންމެރެއަކުވެސް ނިދުމުގެކުރިން ފަރީޝާއާއި ވިޔާމް ގެންދިޔައީ ފޯނުން ގުޅާ ވާހަކަދައްކަމުންނެވެ.ގުޅާ ކޮންމެފަހަރަކު ފަރީޝާގެ ހާލަތު ބަލާ ދުވަސްދިޔައީ ކިހިނެއްތޯ ވިޔާމް އަހައެވެ.ވިޔާމްގެ އަޅާލުން ފަރީޝާއަށް ލިބެންފެށުމުން އޭނާ ހިތްހަމަޖެހެންފެށިއެވެ.ކުރިން ފަރީޝާ ނުތަނަވަސްވެފައިވިޔަސް، މިހާރު އޭނާއާ ދޭތެރޭ ވިސްނާ އަދި އޭނާ ހިމާޔަތްކޮށްދޭނެ މީހަކު ހުރިކަން އެނގޭތީ އުފާވިއެވެ.

**********

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ފަރީޝާގެ ހިތުގައި ވިޔާމަށް ހާއްސަ ސަމާލުކަމެއް ދެވެންފެށިއެވެ.ވިޔާމްވެސް ފަރީޝާ އާއި ގަޔާވިއެވެ.ފަރީޝާގެ ރަށަށް އޭނާ އައިސްގެން އުޅޭ ޗުއްޓީދަތުރުގެ މުއްދަތުވެސް އިތުރުކުރިއެވެ.މަޑުމަޑުން ދެމީހުންނަށްވެސް އެކަކު އަނެކަކަށް ގަޔާވެވެން ފެށިއެވެ.އެހެންކަމުން ވިޔާމް ފަރީޝާއަށް ލޯބި ހުށަހެޅިއެވެ.ވިޔާމްގެ ލޯތްބަށް ވަގުތުން ފަރީޝާ ގަބޫލުވިއެވެ.އެއީ އޭނާދެކެ ލޯބިވާ އޭނާއަށް އަޅާލާ ރަނގަޅުމީހަކަށް ވިޔާމް ވުމުންނެވެ.

**********

ދެމީހުުން ދިޔައީ ބަރާބަރަށް ގުޅުން ކުރިއަށް ގެންދިޔައެވެ.ފަރީޝާ ގެއިންބޭރަށް ނިކުންނަ ކޮންމެފަހަރަކު ވިޔާމާ ބައްދަލުކުރެއެވެ.ކިތަންމެ ކުޑަ ވަގުތުކޮޅެއް ލިބުނުކަމުގައިވިޔސް އޭނާގެ މޫނު ފެނިލުމަށް ނަމަވެސް ބައްދަލުކުރެއެވެ.ދެމީހުން އެކަކުއަނެކަކާ ބައްދަލުކޮށް އެދެމީހުންގެ ގުޅުން ކުރިއަށް ދިޔަނަމަވެސް އެކަން ރަށުމީހަކަށްވެސް އަދި ފަރީޝާގެ ދޮންމަންމަައާ ބައްޕައަކަށްވެސް ނޭނގޭނެއެވެ.އެއީ އެމީހުން ބައްދަލުކުރަނީ މީހުން ގޮސް ނޫޅޭ ފަޅު ސަރަހައްދުތަކުން ސިއްރުން ކަމުގައި ވާތީއެވެ.

ވިޔާމާ ގުޅުނުފަހުން ފަރީޝާގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ.އެކަން އޭނާގެ ދޮންމަންމައަށް ފާހަގަވިއެވެ.ކުރިން ދޮންމަންމަ ހަޅޭއްލެވުމުން ބިރުގަތަސް މިހާރު ދޮންމަންމަ ކިތަންމެ ބާރަށް ހަޅޭއްލެވިޔަސް ފަރީޝާއަށް އެއީ މާބޮޑުކަމަކަށް ނުވެއެވެ.އެހެންނަމަވެސް ދޮންމަންމައާ ޖަދަލުކޮށް ޒުވާބުކޮށް ފަރީޝާ ނަހަދައެވެ.ދޮންމަންމަ ބުނާހާ ކަންތައްވެސް ފަރީޝާ ކުރެއެވެ.ނަމަވެސް ކުރިން މާޔޫސްވެފަ ހުންނަ ފަރީޝާގެ މޫނުމަތި މިހާރު ހުންނަނީ އުފާވެފައެވެ.ބަދިގެތެރޭގައި އުޅޭއިރުވެސް ޚިޔާލަކަށް ގެއްލިހުރެ އަމިއްލައަށް ފަރީޝާ ހިނިތުންވާތަން އެތައްފަހަރަކު ދޮންމަންމައަށް ފެނިއްޖެއެވެ.ފަރީޝާގެ ހިނިތުންވުމާއި އޭނާ ހިތްހަމަޖެހިފައި ހުންނަ ސަބަބު ހޯދަން ދޮންމަންމަ ބޭނުންވިއެވެ.އެއީ ފަރީޝާއަށް އުފަލެއް ލިބުމަށް ދޮންމަންމަ ނޭދޭތީއެވ.ެެ

**********

ގޭތެރޭގެ މަސައްކަތް ނިންމާލުމަށްފަހު މެންދުރަށް ކައްކަން އެއްޗެހި ގަންނަންް ފިހާރަދޮށަށް ދާން ފަރީޝާ އުޅުނެވެ.ގެއިން ފަރީޝާ ނިކުތީ ބައްދަލުވުމަށް ވިޔާމަށް ގުޅާފައެވެ.ހަލުވި ހިނގުމުގައި ފަރީޝާ ފިހާރައާ ދިމާލަށް މިސްރާބުޖެހުމުން ދޮންމަންމަވެސް އޭނާގެ ފަހަތުންކަހަލަ ގޮތަކަށް ފާރަލާން ދިޔައެވެ.ފަރީޝާގެ އުޅުމަށް އައި ބަދަލާހުރެ އޭނާ ދަނީ ކޮންތަންތާކަށްތޯއާ ކުރަނީ ކީއްތޯ ބެލުމުގެ ނިޔަތުގައެވެ.ހަލުވި ހިނގުމުގައި ހިނގާލައިފައިގޮސް ފަރީޝާ ވަނީ ފިހާރައަށެވެ.އެމަންޒަރުބަލަން ދުރުގައި އޭނާގެ ދޮންމަންމަ ހުއްޓެވެ.ފަރީޝާ ފިހާރައަށް ވަތްތަން ފެނުމުން ދޮންމަންމަގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.އެހެންނަމަވެސް ފަރީޝާ ގެއަށްދާ މަންޒަރުވެސް ބަލަން ބޭނުންވުމުން އޭނާ ނިކުންނަންދެން ދޮންމަންމަ ފާރައަށް ހުއްޓެވެ.

ފިހާރައަށް ވަތް ފަރީޝާއަށް ފިހާރަތެރޭގައި ވިޔާމްހުއްޓާ ފެނުނެވެ.އެހެންކަމުން އެއްޗެހިތައް އަތުރައިފާވާ ހަރާ ދިމާލަށް އޭނާ ދިޔައެވެ. “ހާދަ އަވަހަކަށް އައިސްސައޭ” ފަރީޝާ އަހާލިއެވެ. “އިނގޭނެއެއްނު ފަރީ ބުނެފިއްޔާ ހުންނާނީ ފަރީއަށްވުރެ ކުރިން އައިސްފަކަން” ވިޔާމް ބުނެލިއެވެ.ދެމީހުން ހަރުގައި ހުރި އެއްޗެހިތަކަށް ބަލާކަމަށް ހަދާފައި ވާހަކަދެއްކިއިރު، އެދެމީހުން އެކަކު އަނެކަކާ ވާހަކަދައްކާ ކަމެއް ފިހާރައިގެ ސޭޓަކަށްވެސް ނޭނގޭނެއެވެ.

ގަންނަން ބޭނުންވާ ސާމާނުތައް ނެގުމަަށްފަހު ފައިސާދައްކަން ފަރީޝާ ކައުންޓަރާ ދިމާލަށް ދިޔައެވެ.އެވަގުތު ވިޔާމް އެފިހާރައިން ނިކުތެވެ.ވިޔާމް ފިހާރައިން ނިކުތްތަން، ފިހާރައާ ދިމާލަށް ބަލަންހުރި ދޮންމަންމައަށް ފެނުނެވެ.ވިޔާމް ފެނުމާއެކު އޭނާއާ ދިމާލަށް ވަރަށް ރަނގަޅަށް ދޮންމަންމަ ބަލައިލިއެވެ.އަދި އޭނާއަކީ ރަށުމީހެއްނޫންކަން ދޮންމަންމައަށް އެނގުނެެވެ.ވިޔާމަށް ބަލަންހުރި ދޮންމަންމައަށް ފަރީޝާ ނިކުތްތަން ފެނުނެވެ.އަދި ގެ ހުންނަފަޅި ނޫން އަނެއް ފަޅިއާ ދިމާލަށް އޭނާ ހިނގައިގަތެވެެ.ފަރީޝާ ހިނގައިގަތުމުން އޭނާގެ ފަހަތުން ކަހަލަގޮތަކަށް ވިޔާމްވެސް ހިނގައިގަތެވެ.ދެމީހުންގެ ދެމެދުގައި ދުރުމިން ހުރުމާއެކު އެދެމީހުންނަކީ އެކުގައިދާ ބައެއްކަން ފެންނަ މީހަކަށް ނޭނގޭނެއެވެ.

ފަރީޝާ އެހެންދިމާލަކަށް ހިނގައިގަތުމުން ދޮންމަންމަގެ ބޮލުގައި ނުބައި ރިހުމެއް ރިހިލިއެވެ.އެހެންނަަމަވެސް އިތުރަށް ޔަގީންކުރުމުގެ ނިޔަތުގައި ފަރީޝާމެން ފަހަތުން އޭނާވެސް ހިނގައިގަތެވެ.ހިނގަަމުންދިޔަ ފަރީޝާ ދޭތެރެއަކުން މަގުގެ ދެފަރާތަށާއި ފަހަތަށް އެނބުރިލާ ބަލާލައެވެ.ވިޔާމްގެ އަމަލުވެސް ހުރީ ހަމައެހެންނެވެ.ފަރީޝާމެން ބަލާލާ ކޮންމެފަހަރަކު ގެއެއްގެ ތެރެއަށް ވަދެ ނޫނީ ގަހެއްގެ ބިއްދޮށަށްވަދެ ދޮޮންމަންމަ ފިލައެވެ.އެހެންކަމުން އެމީހުންގެ ފަހަތުން ދޮންމަންމަ ފާރަލަމުން އަންނަކަމެއް ވިޔާމަކަށްވެސް ފަރީޝާއަކަށްވެސް ރެއަކާނުލައެވެ.

******

ހިނގަމުންދިޔަ ފަރީޝާމެން ހުއްޓުނީ އެމީހުން އާންމުކޮށް ބައްދަލުކުރާ މަންޒިލަށް އާދެވުމުންނެވެ.އެއީ ގަސްބޯ ފަޅު ހިސާބެއްކަމުން އެދެމީހުން އެތަނަށް އައީ ކީއްކުރަން ބާވައޭ އެމީހުންގެ ފަހަތުން އައި ދޮންމަންމަގެ ހިތަށްއެރިއެވެ.

“ފަރީ މީކޯއްޗެއް؟” ފަރީޝާގެ އަތުގައިވާ ކޮތަޅުތެރޭގައި އޮތް ހުދު ކަރުދާސްކޮޅު ފެނިގެން ވިޔާމް އަހާލިއެވެ. “އޯ ކޮތަޅުތެރޭގަ ދޯ މިއޮތީ…ގެއްލިއްޖެއްޔާ ވަރަށް ސަކަރާތްވާނެ…ފަރިޝާ އަބަދުވެސް މީތި ލަނީ ޖީބަށް..މީ ވިޔަފާރިކުރި ބިލް” ފަރީޝާ ބުނެލިއެވެ. “ބިލޭ؟” ވިޔާމަށް އަހާލެވުނެވެ. “އާނ..ދޮންމަންމަ ބުނެފަ އޮންނަނީ ވިޔަފާރިކޮށް ނިންމާފަ ބިލުކޮޅު ގެންނައްޗޭ..އޭރަށް އަރާވަރު ޔަގީންވާނީ” ފަރީޝާ ބުނެލިއެވެ.ފަރީޝާ އެހެންބުނުމުން ވިޔާމް ދެފަރާތަށް ބޯހޫރާލިއެވ.ެ “ޕިސް ޕިސް ބޮޑުވަރުދޯ އެކަމް..އޭނައަށް އެހާ ޝައްކުވަންޏާ އަމިއްލައަށް އައިމަވީނު ވިޔަފާރިކުރަން” ވިޔާމް ބުނެލީ ހިތްހަމަނުޖެހި ހުރެއެވެ.

ފަރީޝާއާ ވިޔާމް ވާހަކަދައްކަން ތިބި މަންޒަރުބަލަން ދޮންމަންމަ ހުއްޓެވެ.އެދެމީހުން ފަޅުތަނަކަށް އައިސް ވާހަކަދައްކަން ތިބޭނީ އެދެމީހުންގެ ދެމެދުގައި ހާއްސަ ގުޅުމެއް އޮންނާތީކަން އޭނާއަށް އެނގުނެވެ.އެހެންކަމުން ފަރީޝާމެންނަށް ބަލަންހުރި ދޮންމަންމަ ރުޅިއައިސްގެން އަތް މުށްކަވާލިއެވެ.އަދި އެދެމީހުން ދައްކާވާހަކަ އިވޭތޯ މަސައްކަތްކޮށްލިއެވެ.ނަމަވެސް ދުރުގައި ހުރުމުގެ ސަބަބުންނާއި އެދެމީހުން ވާހަކަދައްކާލެއް މަޑުކަމުން އެމީހުން ކިޔަނީ ކީކޭކަމެއް ދޮންމަންމައަށް ސާފުވާގޮތެއް ނުވިއެވެ.

ފުރުސަތުގެ ބޭނުންހިފާ ފަރީޝާގެ ބައްޕައަށް އެމަންޒަރު ދެއްކުމަށް ވީޑިއޯކުރަން ދޮންމަންމަ ގަސްތުކުރިއެވެ.އެވަގުތު ފޯނުހިފައިގެން އާދެވުނުކަން އެއީ ނަސީބޭ ފަރީޝާގެ ދޮންމަންމަގެ ހިތަށްއެރިއެވެ.އަދި ފޯނު ނެގުމަށްފަހު، ފަރީޝާއާ ވިޔާމް ވާހަކަދައްކަން ތިބޭ މަންޒަރު ވީޑިއޯކުރަން ފެށިއެވެ.

“ފަރީ…ވިޔާމްގެ ޗުއްޓީވެސް ހަމަވާތީއާއެކު ފުރަންޖެހޭ އެބަ…އެހެންނަމަވެސް ފަރީއާ ނުލާއުޅެން ވަރަށް އުދަނގޫވާނެ..އެހެންވީމަ ވިޔާމް ގަސްތުކުރަނީ ވިޔާމްގެ މީހަކަށް ފަރީ ހަދަން…ވިޔާމްގެ ރަށަށް ފަރީ ގެންގޮސް ފަރީއާ މެރީކުރަން..މިހާރު މިހެން ބައްދަލުކޮށް ގުޅުން ބާއްވާތާ މަހެއްވީ..އަނެއްކާ ވިޔާމްގެ މަންމަމެން ވަރަށް ރަަނގަޅުވާނެ..ފަރީ ދެރަވާނެ ފަދަކަމެއް އެމީހުންވެސް އަދި ވިޔާމްވެސް ނުކުރާނެ ކަމުގެ ޔަގީންކަންވެސް ދެން” ފަރީޝާގެ އަތުގައި ހިފާލުމަށްފަހު އާދޭހުގެ ރާގަކަށް ވިޔާމް ބުނެލިއެވެ.

ވިޔާމާ ކައިވެނިކޮށްގެން ވިޔަސް އެއަނިޔާވެރިކަމުން ސަލާމަތްވާން ފަރީޝާ ވަރަށް ބޭނުންވެއެވެ.ދެމީހުންގެ އުމުރުގައި ވަރަށް ބޮޑު ތަފާތެއް ހުރިނަމަވެސް އަދި އެކައިވެންޏަށް ފަރީޝާގެ ދޮންމަންމަ ގަބޫލުނުވާނެކަން އެނގިހުރެ އެކަން ވަރިހަމަ ކަމަށް ހަދާ ވިޔާމްގެެ އެހުށަހެޅުން ފަރީޝާ ގަބޫލުކުރިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

އެ ހުވަފެން – 2

Next

ކަލާއާއި އެކުގައި މި ހިތް ނަށާނޭ {ޓްރެއިލާ}

Next
January 23, 2022

ކަލާއާއި އެކުގައި މި ހިތް ނަށާނޭ {ޓްރެއިލާ}

Previews
January 23, 2022

އެ ހުވަފެން – 2

2 Comments!

  1. Hûdhãkkø says:
    January 23, 2022 at 2:45 pm

    Mi part VX vrh reethi
    fareesha viyaam aai marry kurani dhw finally
    Ekam her step mother
    Hithah arani fareesha aai viyaam ah Kureveyne baaey
    Waiting for the next part
    Can’t wait vrh avahah up kohdhehchey next part plxxxxxxxx

    1. lamhus says:
      January 25, 2022 at 9:09 am

      thanks dear??will upload soon tc

Comments are closed.

Next Episodeހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (6)←


All Right Reserved!