މަޑު ހިނގުމުގައި ހިނގާލައިފައި ދިޔަ ފަރީޝާ އޭނާގެ އާދައިގެމަތިން ކުޑަކުދިން ކުޅޭ ޕާކަކަށް ވަނެވެ.އެއީ އޭނާގެ އާާދައެވެ.ކޮންމެ ހަވީރެއްގައި ކަހަލަގޮތަކަށް އޭނާ އެތަނަށް ދެއެވެ. ޕާކުތެރޭގައި ހުރި އަށްޓެއްގައި އިށީންދެލުމަށްފަހު މަޖާނަަގަމުންދިޔަ ކުޑަކުދިންނާ ދިމާލަށް ފަރީޝާ ބަލައިލިއެވެ.އެކި އުމުރުފުރައިގެ ކުދިން ދުވެ ސަކަރާތްޖަހަމުންދިޔަ އުފާވެރި އެމަންޒަރު ބަލަން ފަރީޝާ އިނީ ހިނިތުންވުމަކާއި އެކުގައެވެ.ނަމަވެސް އިސާހިތަކު އެހިނިތުންވުން ކެނޑި އޭނާގެ ދެލޯ ކަރުނައިން ފުރާލިއެވެ.
ފަރީޝާގެ ދެލޮލަށް ކަރުނަ ޖަމާވުމާއެކު އޭނާއަށް ފެންނަމުންދިޔަ މަންޒަރު ދިޔައީ ނުސާފުވަމުންނެވެ.އެއާއެކު މަޑުމަޑުން ފަރީޝާާ އޭނާގެ ހަޔާތުގެ ކަނޑަށް ފީނައިގަތެވެ.
***********
ފަރީޝާއަކީ ރާއްޖެތެރޭ ރަށަކަަށް އުފަން ޒުވާނެކެވެ.އޭނާ ވަރަށް ތުއްތުއިރު އޭނާގެ އުފަން މަންމަވަނީ މިދުނިޔެއާ އަލްވަދާޢު ކިޔާފައެވެ.އާއިލާގައި ފަރީޝާ އާއި އޭނާގެ ބައްޕަ ފިޔަވައި އިތުރުމީހަކު ނެތުމާއެކު ފަރީޝާގެ ކަންކަން ކޮށްދެމުންދިޔައީ އޭނާގެ ބައްޕަ އެކަނިމާއެކަންޏެވެ.ނަމަވެސް އާމްދަނީ ހޯދަމުން ދަރިއަކު އެކަނި ބެލުމަކީ ބުރަބޮޑުކަމެެއް ކަމުން، ފަރީޝާގެ ކަންކަން ކޮށްދިނުމަށް އޭނާގެ ބައްޕަ ދޮންމަންމައަކު ހޯދިއެވެ.ފަރީޝާގެ ބައްޕަ ދޮންމަންމައާ ކައިވެނިކޮށްގެން ގެއަށް ގެނައިއިރު ފަރީޝާގެ އުމުރުންވާނީ އެންމެ ނުވަ އަހަރެވެ.
ދޮންމަންމަ ގެއަށްއައި ފުރަތަމަ ދުވަހުވެސް އޭނާގެ ނުބައިކަމާ ކުރިމަތިލާން ފަރީޝާއަށް ޖެހުނެވެ.ރުހުމުގެ ނަޒަރުން ފަރީޝާއަށް ބަލައިނުލާއިރު، ދުވަހަކުވެސް އަމިއްލައަށް ކަންތައްކުރަން ނުޖެހޭ ފަރީޝާއަށް ޖެހުނީ ހުރިހާކަމެއްވެސް އަމިއްލައަށް ކުރާށެވެ.އޭނާއަށް ކުރަން އެނގުނު ގޮތަކަށެވެ.
ދޮންމަންމަ ކިހިނެއްތޯ ފަރީޝާގެ ބައްޕަ ދޭތެރެއަކުން އޭނައާ ސުވާލުކުރެއެވެ.ނަމަވެސް އެއިން ކޮންމެފަހަރު ދޮންމަންމަ ރަނގަޅޭ ބުނެ ހަގީގަތް ފަރީޝާ ފޮރުވާލަނީ، ދޮންމަންމަ އޭނާއަށް ބިރުދައްކާފައިވާތީއެވެ.އަނެއްކޮޅުން ބައްޕަގެ ކުރިމަތީގައި އޭނާއަށް ދޮންމަންމަގެ ލޯތްބާއި އަޅާލުން ލިބޭތީއާއެކު، ދޮންމަންމަގެ ނުބައިކަން ބައްޕައަށް ގަބޫލުނުކުރެވިދާނެތީއެވެެ.ނަމަވެސް ބައްޕަ ކުރިމަތީގައި ދަރިފުޅޭ ކިޔާ ލޯބިން ގޮވާލާ ގޮވާލުމުގައްޔާ ލޯބިން ފިރުމާ ފިރުމުންތަކުގެ ފަހަތުގައި ފޮރުވިފައިވާ ދޮންމަންމަގެ ކެހިވެރިކަން އެނގޭނީ ޚުދު ފަރީޝާއަށެވެ.
އުމުރާ އެކަށީގެންނުވާ ވަރަށް ފަރީޝާ ލައްވާ އޭނާގެ ދޮންމަންމަ މަސައްކަތް ކުރުވައެވެ.ދޮންމަންމަގެ އަޅެއްފަދައިން ބުނިޙާ ކަމެއް ކޮށްގެން ފަރީޝާ އުޅެމުންދިޔައެވެ.ކުރިން ބައްޕަ ކުރިމަތީގައި އެންމެ މަސައްކަތެއްވެސް ފަރީޝާ ލައްވާ އޭނާގެ ދޮންމަންމަ ނުކުރުވައެވެ.ނަމަވެސް ފަހަކަށް އައިސް އޭނާގެ ބައްޕަގެ ކުރިމަތީގައިވެސް ފަރީޝާ ލައްވާ ދޮންމަންމަ މަސައްކަތް ކުރުވައެވެ.
ފަރީޝާ ލައްވާ އޭނާގެ ދޮންމަންމަ މަސައްކަތްކުރުވާތަން ބައްޕައަށް ފެނުމުން އެކަމާ ބައްޕަ ހިތްހަމަވެސް ނުޖެހުނެވެ.ނަމަވެސް ދޮންމަންމަގެ ހިޔަޅުކަން މާގަދައެވެ.ދޮންމަންމަ ބުނާގޮތުންނަމަ ފަރީޝާ ލައްވާ މަސައްކަތްކުރުވަނީ އޭނާދެެކެ ދޮންމަންމަ ލޯބިވާތީއެވެ.މާދަމާވެސް އެކަނި ދިރިއުޅެން ޖެހިއްޖެނަމަ ފަރީޝާއަށް އުދަނގުލަކާނުލާ އަދި މީހެއްގެ އެހީއާ ނުލާވެސް ދިރިއުޅެން އެނގޭނީ ފަރީޝާއަށް މަސައްކަތް ކުރަން ދަސްވެގެންކަމެވެ.އޭނާ ފަރީޝާ ދެކެ އުފަންދަރިއެއް ފަދައިން ލޯބިވާކަމަށްބުނެ ބައްޕަގެ ކުރިމަތީގައި މަކަރުވެރި ކަރުނަ ބާލުވައެވެ.
ދޮންމަންމަގެ މޮޅު އެކްޓާއި މޮޅެތި ބަސްތައް ފަރީޝާގެ ބައްޕައަށް ގަބޫލުކުރެވުނެވެ.ނަތީޖާއަކަށް ވެގެންދިޔައީ ފަރީޝާ މަސައްކަތް ކުރިކަމުގައިވިޔަސް ބައްޕަ އެކަމާ އަޅާނުލުމެވެ.ބައްޕަ ހުންނަ ވަގުތުތަކުގައި ދޮންމަންމަ ގޭތެރޭގެ މަސައްކަތުގައި ފަރީޝާއާ އެއްވަރަށް ބައިވެރިވެއެވެ.ނަމަވެސް ބައްޕަ ގޭގައި ނުހުންނަ ވަގުތުތަކުގައި ގޭގެ ހުރިހާ ކަމެއް ފަރީޝާ ކުރާއިރުވެސް އޭނާއަށް ދޮންމަންމަގެ އެހީއެއް ނުލިބެއެވެ.
ހަތަރުދަމު ބުރަކޮށް އުޅުމުގެ ސަބަބުން ފަރީޝާ ހުންނަނީ މުޅިން ވަރުބަލިވެފައެވެ.އެހެންނަމަވެސް އެވަރުބަލިކަން ބައްޕައަށް ނުދެއްކުމަށް ބުނެ ފަރީޝާގެ ދޮންމަންމަ އޭނާއަށް ބިރުދައްކައެވެ.ދޮންމަންމަ ދެކެވާ ޖެހިލުމެއްގެ ބޮޑުކަމުން ދޮންމަންމަ ބުނިގޮތަށް ވަރުބަލިވިޔަސް އެކަން ފަރީޝާ އޭނާގެ ބައްޕަ ކުރިމަތީގައި ނުދައްކާ ސިއްރުކޮށްލައެވެ.
**********
ދުވަސްތައް ހިނގަމުންގޮސް ފަރީޝާގެ ދޮންމަންމަ ބަލިވެއިންކަމުގެ ޚަބަރު ފަރީޝާއަށް ލިބުނެވެ.އެއްބަފާ ކޮއްކޮއަކު ލިބެންއުޅޭތީ ފަރީޝާ ވަރަށް އުފާވިއެވެ.ހަމައެފަދައިން އިތުރު ދަރިއެއް ލިބެންއުޅޭތީ ފަރީޝާގެ ބައްޕަވެސް އުފާވިއެވެ.ދަރިއަކު ލިބެންއުޅޭތީ ދޮންމަންމަ ބަދަލުވެ، އޭނާގެ ފަރާތުން ފަރީޝާއަށް އަޅާލުމާއި އޯގާތެރިކަން ލިބޭނެކަމަށް ފަރީޝާއަށް ހީކުރެވުނެވެ.ނަމަވެސް ކަންތައްތައްވީ އޭނާ ހީކުރި ގޮތަކަށް ނޫނެވ.ެ
ދަރިއަކު ލިބެންއުޅޭތީ އިތުރު ރުފިޔާ ހޯދުމަށް ބައްޕަ ރަށާކައިރި ރަށަކަށް މަސައްކަތު ދާންޖެހުނެވެ.އެހެންކަމުން ބައްޕަ ލޮލަށް ނުފެނި ހަފްތާއެއްވެސް ފަރީޝާއަށް ހުންނަން ޖެހިދާނެއެވެ.ނަތީޖާއަކަށްވެގެންދިޔައީ ފަރީޝާއަށް ގޮތް ހަދާލުމުގެ ފުރުސަތު ދޮންމަންމައަށް ފަހިވެގެން ދިއުމެވެ.ކުރިން ފަރީޝާއާ ދިމާލަށް އަމުރުކޮށް އެއްޗެހިކީ ނަމަވެސް ފަހުން އަނިޔާވެސް ކުރަންފެށިއެވެ.ދޮންމަންމަ ހިތްނޭދޭ ގޮތަކަށް ކިރިޔާވެސް ކަމެއްކުރެވިއްޖެއްނަމަ ފަރީޝާ ގައިގައި ދަނޑިބުރިންނާ އިލޮށިފަތިން ތަޅާ އަލިފާންވެސް ޖައްސައެވެ.ނަތީޖާއަކަށް ވެގެންދިޔައީ ދޮންމަންމަދެކެ ފަރީޝާ ބިރުގަންނަން ފެށުމެވެ.
ބައްޕަ ރަށަށް އަންނަ ފަހަރަކު ފަރީޝާ ގައިގައި ފިހިފައި ހުންނަ ތަންތަން ފެނިއްޖެނަމަ އެކަމާ ސުވާލުކުރެއެވެ.ފަރީޝާ އެއްޗެކޭ ބުނުމުގެ ކުރިއަށް ދޮންމަންމަ އެއަށް ޖަވާބުދެއެވެ.ދޮންމަންމަގެ ޖަވާބަކަށްވީ އެއީ ފަރީޝާ ބަދިގެ ތެރޭގައި ކައްކަން އުޅޭވަގުތު ހޫނުފެން އެޅިގެން ނޫނީ ހޫނުތެޔޮ ބުރައިގެން ފިިހިފައި ވަނީކަމަށެވެ.ދަސްކުރާއިރު އެކަހަލަ ކަންކަން ދިމާވާނެކަމަށާއި އޭނާވެސް އަލަށް ބަދިގެއަށް ވަތްއިރު އެކަހަލަ އެތައްކަމަކާ ދިމާވިކަމަށެވެ.މިފަހަރުވެސް އެހެންފަހަރުތަކެކޭ އެއްފަދައިން ބައްޕަ ދޮންމަންމަގެ ވާހަކަ ގަބޫލުކުރިއެވެ.އެހެންކަމުން ފިހިފައިވާ ތަންތަނުގައި ޖަހަން ބޭސްފުޅިއެއް ގަނެދިނުން ފިޔަވައި މާބޮޑުކަމެއް ބައްޕަ އެކަމާ ދޭތެރޭގައި ނުކުރެއެވެ.ބައްޕައަށް ފަރީޝާ ގައިގައި ފިިހިފައި ހުންނަތަންތަން ފެނުނު ފަހުން ހަށިގަނޑު ބޮޑަށް ނިވާވާފަދަ އަންނައުނުލުމަށް އޭނާގެ ދޮންމަންމަ ފަރީޝާއަށް އަމުރުކުރިއެވެ.ދޮންމަންމަގެ އަމުރާ އެއްގޮތަށް ކިތަންމެ ހޫނުވިޔަސް ފަރީޝާ ހެދުންއެޅީ އެގޮތަށެވެ.
ދުވަސްތައް ހިނގަމުންގޮސް ފަރީޝާގެ ދޮންމަންމަ ވިހެއެވެ.ކުޑަކުޑަ އަންހެން ކޮއްކޮ ދެކިލުމަށް ފަރީޝާ ހުރީ ނުހަނު ކެތްމަދުވެފައެވެ.ނަމަވެސް އެކުއްޖާ ގައިގައި ފަރީޝާ އަތްލިޔަކަ ދޮންމަންމަ ނުދެއެވެ.ކޮއްކޮ އުރާލުމަށް އޭނާގެ ބައްޕަ ފަރީޝާ ގާތު ބުނިކަމުގައިވިޔަސް ކުއްޖާއާ މިވަގުތު ނުބެހުމަށާއި އޭނާ ނިދީ ވަރަށް ހާލުންކަމަށްބުނެ ކޮންމެވެސް ބަހަނާތަކެއް ދައްކައިގެން ފަރީޝާ އެކުއްޖާ އުރިޔަކަ ނުދެއެވެ.ކުއްޖާ އޮންނަ އެނދާ ފަރިޝާ ގާތްވިޔަސް ދޮންމަންމަ އެކަމާ ނުރުހެއެވެ.
އާއިލާގެ އެންމެ ކުޑަ މެންބަރަށް ހާއްސަ ސަމާލުކަމެއް ލިބޭފަދައިން، ފަރީޝާގެ ކޮއްކޮ ލިބުނުފަހުން ދޮންމަންމައާ ބައްޕަަ ގިނަވަގުތު ހޭދަކުރަނީ ކޮއްކޮއާއެކުގައެވެ.ނަތީޖާއަކަށްވެގެންދިޔައީ ފަރީޝާ ބާކީވުމެވެ.އެމީހުންގެ އެެއަމަލުން ފަރީޝާ ދެރަވެ ކޮންމެރެއަކު ރޮއެވެ.އޭނާގެ މަރުވެފައިވާ މަންމައަށް ގޮވާ ހިތުގެ އުދާސްތައް އަމިއްލައަަށް ކޮޓަރިތެރޭގައި އޮވެ ބޭރުކޮށްލައެވެ.ބައްޕަމެން އޭނާ ކިތަންމެ ބާކީ ކުރިކަމުގައިވިޔަސް އޭނާގެ ހިތުގައި އެމީހުންނާ ދޭތެރޭ ކުޑަނަމަވެސް ހިތްބުރަކަމެއް ނެތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.






woww nice ❤️❤️❤️
thanks dear ??
Woooow mi story vrh vrh reethi vaane hen heeve
Mi part vvvvvvvvv reethi
Alhey vrh vrh happy vehjje lamhus ge vaahaka eh again kiyaalan libuni ma
I mean lamhus ge new vaahaka eh kiyaalan libuni ma
Mi vaahaka vx ehkoh liyaane kamah
I mean kaamiyaabu kama eku ninma laane kameh unmeedh kuran
Just you are the one of the best writer in esfiya
Waiting for the next part
Vrh vrh avahah dhen in part kiyaalan lipeyne kamah unmeedhu kuran ???
v happy vehje me too hudhakko ge comment eh anehkkaa ves libuneema..yes dear i will upload as soon as possible and thank you ??
Woow this is so nice just like last one ❤️ cant wait to read this story ❤️
v happy vehje me too hudhakko ge comment eh anehkkaa ves libuneema..yes dear i will upload as soon as possible and thank you ??
thanks dear aishath shafaa ??