Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (3)

lamhus Level 910 Stories100 Login500 Login100 Stories100 Comments
January 20, 2022 3 Mins Read
6 Comments

ގޮނޑުދޮށާ ހަމައަށް ދެވުމާއެކު ގަސްބުނޑެއްގައި ފަރީޝާ އިށީނެވެ.އަދި ހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މޫދާ ދިމާލަށް ބަލަހައްޓައިގެން އިނެވެ.ގުދުރަތީ ރީތި މަންޒަރުން، ފަރީޝާ އޭނާގެ ހިތާއި ސިކުނޑިއަށް ހަމަޖެހުން ހޯދައިދެމުން ދިޔައެވެ.ގޭތެރޭގެ ހޫނު މާހައުލުގައި އުޅެ އަބަދު ދަލުން ފޯވެފައި ހުންނަ ފަރީޝާގެ ގައިގައި ފިނިފިނި ރޯޅި އައިސް ބީހިލުމުން، ތާއަބަދަށްވެސް އެތާ އިނދެވޭނެ ނަމައޭ އޭނާގެ ހިތަށްއެރިއެވެ.

ވަގުތަކީ ހެނދުނުގެ ވަގުތުކަމުން އެއްވެސް މީހެއްގެ ހިލަމެއް އެތަނަކު ނުވެއެވެ.އެހެންކަމުން އެހަމަހިމޭން ކަމުން ދުރަށް ދާކަށް ފަރީޝާ އެއްގޮތަކަށްވެސް ބޭނުމެއްނުވިއެވެ.ފަރީޝާ އެގޮތުގައި އިންދާ މީހެއްގެ ފިޔަވަޅުގެ އަޑު އޭނާގެ ގާތުން އިވެންފެށިއެވެ.މޫދާ ދިމާލަށް ބަލަހައްޓައިގެން އިންް ފަރީޝާ އެއަޑަށް ބަަަލައިލިއެވެ.އެވަގުތު އޭނާއަށް ފެނުނީ އިސްކޮޅުން ދިގު ޒުވާން ފިރިހެނެކެވެ.ބަލާބެލުމަށް އޭނާ ހަޑިއެއް ނޫނެވެ.

ފަރީޝާ ބަަލައިލުމާއެކު އެޒުވާނާ އޭނާއަށް ހިނިތުންވެލުމެއް ހަދިޔާކޮށްލިއެވެ.އެމީހާ ހީލުމާއެކު ފަރީޝާއަށްވެސްް ހިނިތުންވެލެވުނެވެ.ބައްޕަ ފިޔަވައި އިތުރުމީހަކު އޭނާއާ ދިމާލަށް އެހާ ހިތްހެޔޮކަމާއެކު ހީލި ފުރަތަމަ ފަހަރުކަމުން، އެހިނިތުމުން ފަރީޝާގެ ހިތަށް ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ލިބުނެވެ.

ޒުވާނާއަށް ބަލަން ކަޅިޖަހާނުލާ އިން ފަރީޝާއަށް ހޭވެރިކަންވީ ކުއްލިއަކަށް ރުކުން ވެއްޓުުނު ކުރުނބަލެއްގެ އަޑަށެވެ.އެއަޑަށް ސިހިގެންދިޔަ ފަރީޝާއަށްް ފުންމައިގެން ތެދުވެވުނެވެ.އަދި އަވަސްއަވަހަށް ކައިރީގައި ހުރި ޒުވާނާ ކައިރި ގަނޑިން ކިހާއިރެއްތޯ އަހާލެވުނެެވެ.

“ހަގަނޑި ތިރީސްފަހެއް” ފޯނަށް ބަލައިލުމަށްފަހު އޭނާ ބުނެލިއެވެ. އެއާއެކު ފަރީޝާގެ މޫނުމައްޗަށް ނުތަނަވަސްކަމުގެ ކުލަވަރު އެރިއެވެ.

“އަޅެ ނޫން” އެހެންބުނެ ފަޔަށް ލެވުނުހާ ބާރެއްލުމަށްފަހު ގެޔާ ދިމާލަށް ދާން ފަރީޝާ ދުއްވައިގަތެވެ.ފަރީޝާގެ އެއަމަަލުން ޒުވާނާ ވަރަށް ހައިރާންވިއެވެ.އަދި ފަރީޝާގެ ފަހަތުން އެޒުވާނާވެސް ލެވުނުވަރެއް ފަޔަށް ލުމަށްފަހު ހިނގައިގަތެވެ.

ފަރީޝާ އަތުގައި ފޯނެއްް ނެތުމުން ވަގުތުދިޔަ ގޮތްވެސް އޭނާއަކަށް ރެއަކާނުލިއެވެ.އާންމުކޮށް ކޮއްކޮމެން ސުކޫލަށް ލުމަށްފަހު ދިހަމިނެޓުން ގެއަށްދެވޭއިރު، މިއަދު ތިރީސް ފަސްމިނެޓް ގޮނޑުދޮށުގައި ހޭދަކުރެވި ލަސްވުމުން ދޮންމަންމަ ހުންނާނީ އޭނާދެކެ ވަރަށް ރުޅިއައިސްފައިކަން ފަރީޝާއަށް އެނގެއެވެ.

*****

ގެއާ ހަމައަށް ފޯރުމާއެކު މާނެވާލެވިލެވި ހުރި ފަރީޝާ ހަމަޖެހިލަން މަސައްކަތްކުރިއެވެ.ދޮންމަންމަގެ ފަރާތުން މިއަދު ލިބޭނެ އަނިޔާއަކާ ދޭތެރޭގައި ވިސްނި ވަރަކަށް އޭނާ ފަސްޖެހެންފެށިއެވެ.ގެއަށް ވަންނާކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ.ނަަމަވެސް އޭނާ ދާނެ އިތުރު ތަނެއް އެނޫނީ ނެތުމުން ހިތާ ދެކޮޅަށްވިޔަސް ވަނެވެ.

ތެޅިތެޅި އޮތް ހިތާއެކު ވަތް ފަރީޝާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދޮންމަންމަ ކޮޓަރީގައި ނިދާފައި އޮތްތަން ފެނުމުންނެވެ.

*******

ބުރުގާ ބޭލުމަށްފަހު ބަދިގެއަށްވަދެ ހެނދުނުގެ ނާސްތާ ތައްޔާރުކުރަން ފަރީޝާ އުޅުނެވެ.ވަރަށް އަތްމަތި އަވަސްކޮށްލައިގެން ސައިހެދުމަށްފަހު ސައިބޯން ފަރިޝާ އިށީނެވެ.އެއީ އޭނާއަށް ހަަމަޖެހިލައިގެން ކައިބޮއެ ހެދެނީ ދޮންމަންމަ ނިދާފައި އޮންނަ ވަގުތުތަކުގައި ކަމަށްވާތީއެވެ.

*********

މުޅިދުވަސް ފަރީޝާ ނިންމާލީ އޭނާގެ އާދައިގެމަތިން ދޮންމަންމަމެނަށް ގުލާނުކޮށްދިނުމުގައެވެ.

ފެންވަރައިގެން އެނދުގައި ފަރީޝާ ޖައްސާލިއެވެ.ވެފައިވާ ވަރުބަލިން ޖައްސާލިތަނާ އޭނާޢަށް ނިދިޖެހޭ ގޮތްވިއެވެ.ލޯ މެރިމެރި އޮތް ފަރީޝާއަށް ކުއްލިއަކަށް ލޯހުޅުވާލެވުނީ މިއަދު ފެނުނު ޒުވާނާ ސިފަވުމުންނެވެ.އޭނާގެ އެޖާދުވީ ހިނިތުންވުންފެނި ހީވީ ހަމަ އަސްލަށްވެސް އޭނާ ފަރީޝާއަށް ބަލަންހުރިހެނެވެ.

އެންމެދުވަހަކު ފެނުނު ގޮތްނޭނގޭ ޒުވާނެއްގެ ހަނދާން އާވެ އޭނާގެ ސޫރަ ސިފަވުމުން ފަރީޝާ ހައިރާންވިއެވެ.ވަގުތުކޮޅަކު އެޒުވާނާގެ ޚިޔާލުގައި އޮވެލުމަށްފަހު، ލޯތްބަކީ އޭނާއަށް އޮތްކަމެއް ނޫނޭ ފަރީޝާގެ ހިތަށްއަރާ ނިދަން ލޯމަރާލިއެވެ.

********

ހެނދުނު އާދައިގެ މަތިން ކޮއްކޮމެން ގޮވައިގެން ސުކޫލަށްދާން ފަރީޝާ ގެއިން ނިކުތެވެެ.ވަކި ހިސާބަކަށް އޭނާއަށް ދެވުނުތަނާ މީހަކު “އެކްސްކިޔުޒް” އޭ ކިޔާ ގޮވާލި އަޑަށް ފަރީޝާއަށް ބަލައިލެވުނެވެ.އެވަގުތު ގެއެއްގެ ފާރުކައިރި ލެނގިލައިގެން ހުރީ އިއްޔެ އޭނާއާ ދިމާވި ޒުވާނާއެވެ.މިއަދުވެސް އޭނާ ހުރީ އިއްޔެވެސް ހުރިފަދައިން ހިނިތުންވެލައިގެންނެވެ.ފަރީޝާއަށް އެޒުވާނާ ގޮވާލުމާއެކު އޭނާއަށް ބަލައިލެވުނީ ކައިރީގައި ހުރި ދިހަ އަހަރުގެ ލައިބާ އަށާއި އަށްއަހަރުގެ ލުޔޫނާ އަށެވެ.

ފިރިހެނަކު ފަރީޝާއަށް ގޮވި ވާހަކަ އެދެކުދިން އެމީހުންގެ މަންމަ ގާތު ބުނާނެކަން ފަރީޝާއަށް ގައިމެވެެ.އެއީ ކުރިންފަހަރަކު ފަރީޝާއާ އެއްކުލާހަކު ކިޔެވި ފިރިހެންކުއްޖަކު އޭނާ މަގުމަތިން ފެނިގެން ގޮވާލި ވާހަކަ އެދެކުދިން ދޮންމަންމަ ގާތު ބުނުމުންނެވެ.އެދުވަހު ދޮންމަންމަ ފަރީޝާ ގައިގައި ތަޅާލިއެވެ.އެއްވެސް މީހަކާ ވާހަކަނުދެއްކުމަށާއި އަދި ހާއްސަކޮށް ފިރިހެނުންނާ ވާހަކަނުދެއްކުމަށް ދޮންމަންމަ އޭނާއަށް އަމުރުުކުރިއެވެ.ދެން އެފަދަ މަންޒަރެއް އޭނާއަށް ފެނިއްޖެނަމަ ނޫނީ އިވިއްޖެނަމަ ފަރީޝާއަށް ލިބޭނެ އަދަބު ބޮޑުވާނެކަމަށްބުނެ އިންޒާރުދިނެވެ.

އެހެންކަމުން ފަރީޝާ އަވަސްއަވަހަށް ދެކުދިންގެ އަތުގައި ހިފައިގެން ފަޔަށްލެވުނު ބާރެއްލުމަށްފަހު ސުކޫލާ ދިމާލަށް ހިނގައިގަތެވެ.ފަރީޝާ ބާރަށް ހިނގައިގަތުމުން ފާރުގައި ލެނގިލައިގެން ހުރި ޒުވާނާ ފާރާ ދުރަށް ޖެހިލުމަށްފަހު ފަރީޝާ ދާމަންޒަރު ބަލަން ހުއްޓެވެ.

********

ކޮއްކޮމެން ސުކޫލަށްލުމަށްފަހު ފަރީޝާ ގެއާ ދިމާލަށް ހިނގައިގަތެވެ.ހިނގަމުންދިޔަ ފަރީޝާއަށް ޒުވާނާ ފެނުނެވެ. ކުރިންވެސް ހުރި ފާރުކައިރިގައެވެ.އޭނާ ފެނުމާއެކު ފަރީޝާގެ ހިނގުން ބާރުކޮށްލިއެވެ.

“އެކްސްކިއުޒް”ފަރީޝާ އެޒުވާނާއާ އަރާ ހަމަވުމުން ކަޅިޖަހާނުލާ އޭނާއާ ދިމާލަށް ބަލަން ހުރި އެޒުވާނާ ގޮވާލިއެވެ.އޭނާ ގޮވާލި ނަމަވެސް އޭނާއާ ދިމާލަށް ބެލުމެއްނެތި ފަރީޝާ ހިނގަމުންދިޔައެވެ.އެވަގުތު އެޒުވާނާ އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“އަޅެ ޕްލީޒް މަޑުކޮށްބަލަ!” ފަރީޝާގެ އަތުގައި ހިފާ ހުއްޓުވަމުން ޒުވާނާ ބުނެލިއެވެ. އޭނާ އަތުގައި ހިފުމުން ވަގުތުން ފަރީޝާ މަގާ ދިމާލަށް ބަލައިލުމަށްފަހު އޭނާގެ އަތް ފޮޅުވާލިއެެވެ.

ގަނެފައިވާ ބިރުން އޭނާއަށް ހީވަނީ ދޮންމަންމަ އެތަނަށް ކޮންމެ ވަގުތަކުވެސް އަތުވެދާނެހެންނެވެ.ނަމަވެސް އެވަގުތު އެއްވެސް މީހަކު އެމަގުގައި ފެންނާކަށް ނެތެވެ.

“ކިހިނެއްވެގެންތަ ތިއުޅެނީ؟” ރުޅިވެރިކަމާއެކު ފަރީޝާ އެމީހާއަށް ބުނެލިއެވެ.ފަރީޝާ އެހާ ރުޅިއައުމުން އެޒުވާނާ މާފަށް އެދުނެވެ.

“މަޑުކޮށްބަ ކޮންނަމެއްތަ ކިޔަނީ؟ކީއްވެތަ އިއްޔެ ކުއްލިއަކަށް ދުއްވައިގަތީ؟” ޒުވާނާގެ ބޮލުތެރޭގައިވާ ފަހަރަކު ސުވާލެއް ފަރީޝާއާ ކޮށްލިއެވެ.

ނަމަވެސް އޭނާގެ ސުވާލުތަކަށް ފަރީޝާގެ ފުށުން ޖަވާބެއް ނުލިބުމުން ޒުވާނާ ފަރީޝާއާ އެއްވަރަށް ހިނގައިގަތެވެ.

“ތަނަކުން މީހަކު ފެންނައިރަށް ބެހެންޖެހޭތަ؟…އަހަރެން ފަހަތުން އަންނާނެ ކަމެއްނެތް… ތިގޮތަށް ކަންތައްކުރީމަ އަހަންނަށޭ ހުރިހާ އަނިޔާއެއް ލިބޭނީ” ރުޅިވެރިކަމާއެކު ފަރީޝާ އެހެންބުނެލިއިރު، އެއަޑުގައި ކޮންމެވެސް ވަރަކަށް ހިތާމަވެރިކަމެއްވެސް ވެއެވެ.

ފަރީޝާގެ އެޖުމުލައިން ޒުވާނާގެ ހިނގުން ހުއްޓާލިއެވެ.”ކީއްވެ އަނިޔާ ވާންވީ؟” ޒުވާނާ އަހާލީ ފަރީޝާ ބުނި އެތި ފަހުމު ނުވުމުންނެވެ.މިފަަހަރުވެސް ފަރީޝާ އޭނާއަށް ޖަވާބެއް ނުދިނެވެ.އެހެންކަމުން ހިތުތެރޭގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ހޯދަން އޭނާ ފަރީޝާ ހުއްޓުވިއެވެ.

“ކީއްވެތަ އަނިޔާވާންވީ؟” ފަރީޝާ ދާން އުޅެންފެށުމުން ހުއްޓުވުމަށްފަހު އަނެއްކާވެސް އެޒުވާނާ އަހާލިއެވެ.އެވަގުތު ފަރީޝާގެ ދެލޮލުން އިޚްތިޔާރަކާނުލާ ކަރުނަތައް ފައިބާގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހިނިތުންވެލާށޭ ކަލާ 5

Next

އުދާސް

Next
January 20, 2022

އުދާސް

Previews
January 20, 2022

ހިނިތުންވެލާށޭ ކަލާ 5

6 Comments!

  1. widhaadhaa ismail says:
    January 20, 2022 at 3:34 pm

    woww❤️❤️

    1. lamhus says:
      January 22, 2022 at 11:51 am

      ??

  2. GUITAR LOVER says:
    January 20, 2022 at 3:45 pm

    nice story. keep it up. hope next part will be long ?❤️?

    1. lamhus says:
      January 22, 2022 at 11:52 am

      thanks dear?? yes i will

  3. Hûdhãkkø says:
    January 20, 2022 at 4:25 pm

    Alhey mi part nimuni tha
    Vrh hurt vehjje mi part eoh kiya hithun huhta nimunima ???
    BTW mi part VX vrh reethi Hama obinex to the max ???
    Waiting for the next part
    Vrh avahah next part kiyaalan libeyne kamah unmeedhu kuran

    1. lamhus says:
      January 22, 2022 at 11:53 am

      thanks dear?? yes i will upload as soon as possible

Comments are closed.

Next Episodeހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (4)←


All Right Reserved!