Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (8)

lamhus Level 910 Stories100 Login500 Login100 Stories100 Comments
January 27, 2022 3 Mins Read
2 Comments

“ކޮން ވިޔާމެއް ނިޔާމެއް ކިޔާކަށް…އޭނަގެ ނަންވެސް ގަނެގެން ނުވާނެ…ހަމަ މިވަގުތުން މިވަގުތަށްް އެބީރައްޓެހި މީހާ ކަލޭގެ ހިތުން ފުހެ ނެރެލާ” ފައިގައި ހިފަހައްޓައިގެން އޮތް ފަރީޝާ ކޮއްޕާލަމުން އޭނާގެ ބައްޕަ ކޮޓަރިން ނިކުތެވެ.އަދި ފަރީޝާ އާދޭސްކޮށްކޮށް އޮއްވާ ބޭރުން ކޮޓަރި ތަޅުލިއެވެ.

“ހެޔޮނުވާނެ ބައްޕާ!….ވިޔާމް ދެކެ ފަރީޝާއަށް ވަރަށް ބޮޑަށް ލޯބިވެވިއްޖެ…ވިޔާމާ ނުލާ ފަރީޝާއަކަށް ދެން ނޫޅެވޭނެ…ވިޔާމްވެސް ފަރީޝާދެކެ ވަރަށް ލޯބިވޭ..ހެޔޮނުވާނެ ބައްޕާ ވިޔާމް މިހާރު ހުންނާނީ ވަރަށް ކަންބޮޑުވެފަ..އޭނައަށް ގުޅޭގޮތް ހަދައިދީ..ބައްޕާ….ބައްޕާ” ދޮރުގައި ތަޅަމުން އަޑުގެކޮޅަށް ފަރީޝާ ހަޅޭއްލަވަން ފެށިއެވެ.ފަރީޝާގެ އަޑުގަދަވުމުގެ ސަބަބުން އޭނާގެ ބައްޕައަށް ނުހުރެވިގެން ދިޔަގޮތަށްގޮސް ތަޅުހުޅުވާ ވަރަށް ބާރަށް ދޮރު ކޮއްޕާލިއެވެ.

“ބައްޕާ ހެޔޮ…”ފަރީޝާއަށް އެހިސާބަށް ބުނެވުނުތަނާ އޭނާގެ ބައްޕަ އޭނާގެ ކަންފަތްމަތީގައި ޖެހިއެވެ. “ކޮން ހޭބައްޔެއް ވެގެންތަ ތިއުޅެނީ؟….ތަންގަނޑުމީހުން އެއްކޮށް އަހަރެންގެ އަގުވައްޓާލަންތަ ތިމަސައްކަތްކުރަނީ؟….ކަލޭގެ ކޮއްކޮމެން ނިދާފަކަމެއް ނޭނގޭތަ ތިބީކީ…އަޑުގެކޮޅަށް ހުރެގެން ތިހަޅޭއްލަވަނީ..ހާދަހާ ވަރެއް ވެފައޭދޯ ތިހުރީ އެމީހާއާ ހެދި” ފަރީޝާގެ ބައްޕަ ރުޅިއައިސްގެން އެއްނޭވާއިން ބުނެލިއެވެ.

ބައްޕަ ދެވަނަފަހަރަށް އޭނާގެ ކަންފަތްމަތީގައި ޖެހުމުން ފަރީޝާގެ ގާތަށް ރުޅިއައެވެ. “އާނ..ހޭބަލިވެފަ މިހުރީ…ކަލޭމެންނަށް އަހަންނެއް ނުހުއްޓުވޭނެ…އަހަރެން އޭނައާ އިންނާނަން…މިގޭގަ އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް އަހަރެން ބޭނުމެއް ނޫން…ލައްކަދުވަހު އުޅެވިއްޖެއެއްނު ނުލަފާ ދޮންމަންމަގެ އަޅަކަށްވެގެން އަޅުދާސްތުކުރަން” އެރި ރުޅިން ފަރީޝާގެ ހިތުގައިވާ ހުރިހާ އެއްޗެއް އެއްނޭވާއިން ބޭރުކޮށްލިއެވެ.އެވަގުތު ފަރީޝާގެ ބައްޕަ ބަލައިލީ ދޮންމަންމަ ހުރިތޯއެވެ.ނަމަވެސް އޭނާ ހުރީ އެވަގުތު އޭނާގެ ކޮޓަރީގައެވެ

ފަރީޝާ ވާހަކަދެއްކިގޮތުން އޭނާގެ ބައްޕަ ވަގުތުކޮޅަކަށް ބަސްހުއްޓުނެވެ. “ޕިސް ޕިސް ވަރުތަކެއްވެފަ އެބަހުއްޓެއްނު…ކަލޭއަކަށް ނޭނގޭތަ ކަލޭ ކުރިމަތީ މިހުރީ ކަލޭގެ ބައްޕަކަމެއް ތިފާޑަށް މަށާ ތިވާހަކަ ދައްކަނީ” ރުޅިވެރިކަމާއެކު ފަރީޝާގެ ބައްޕަ ބުނެލިއެވެ.

“ބައްޕައަކަށް ވެއްޖިއްޔާ ބައްޕަގެ ޒިންމާނަގާބަލަ…ދަރި ހަލާކުވެގެންދާއިރުވެސް ލޮލަށް ނުފެންނަކަމަށް ހަދައިގެން ނުހުރެ” އަދިވެސް ފަރީޝާގެ ރުޅި ކޮންޓްރޯލެއް ނުވެއެވެ.ރުޅިއާ އެއްވަރަށް އޭނާވަނީ ދެރަވެސް ވެފައެވެ. “ދައްކާ އަހަރެން ދާން” އެހެންބުނެ ކޮޓަރިން ނިކުންނަން ފަރީޝާ އުޅުނެވެ. އެވަގުތު ރުޅި ކޮންޓްރޯލުކުރަން މަސައްކަތްކުރި ފަރީޝާގެ ބައްޕައަށް ކެތެއްނުވިއެވެ.އަރައިގެން ރުޅިން ފަރީޝާ ގައިގައި ތަޅާގަތީ އެޔެއްމިއެއް ބަލާލުމެއްނެތިއެވެ.

*********

ފަރީޝާ ކޮޓަރިއަށްލާ ތަޅުލުމަށްފަހު އޭނާގެ ބައްޕަ، އޭނާގެ ކޮޓަރިއާ ދިމާލަށް ދިޔައެވެ.އަދި ދިޔަގޮތަށްގޮސް ދޮންމަންމަގެ އުނގުގައި ބޯއަޅާލައިގެން އޮވެ ރޯންފެށިއެވެ. “އަހަރެން ދުވަހަކުވެސް ފަރީޝާ ގައިގައި ނުރުހުމުގެ އިނގިލިކުރިވެސް ޖައްސާލާފައެއް ނުވާނެ..އެކަމަކު މިރޭ އަހަންނަށް އެރި ރުޅިން އޭނަ ގައިގައި ވަރަށް ތަޅާލެވިއްޖެ” ރޮމުން ފަރީޝާގެ ބައްޕަ ބުނެލިއެވެ.

“ދެރަނުވޭ..ފަރީޝާއަށް އަދި ވިސްނޭނެ…ފަރީޝާ އަދި ލޯބީގެ ކަންތަކަށް އާވީމަ އެފިރިހެންކުއްޖާއަށް އޭނަގެ ބޮލުތެރެއަށް އެހާ ފަސޭއައިން އެވަދެވުނީ…އަދި ފަރީޝާއަށް ވިސްނޭނެ…ހަކީމް ތިކަމާ ދެރަނުވޭ…އަހަރެމެން މައިންބަފައިންގެ ހައިސިއްޔަތުން ދަރިފުޅު ގޯސްމަގުން ސަލާމަތްމިކުރީ” ފަރީޝާގެ ބައްޕަގެ ބޮލުގައި ފިރުމަމުން ވާހަކަދެއްކި ދޮންމަންމަގެ ތުންފަތްމަތީގައިވަނީ ނުބައި ހިނިތުމެކެވެ.

********

ބައްޕަ ތަޅައިގަތުމުން ފަރީޝާއަށް ލޯމެރުނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ.އޭނާއަށް ހޭލެވުނީ މުޅި ކޮޓަރިތެރެއިން ހޫނުގެ އިހުސާސް ކުރެވުމުންނެވެ.މަޑުމަޑުން ލޯ ހުޅުވާލި ފަރީޝާ މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެެ.ކޮޓަރީގެ ކުޑަދޮރުން އިރުގެ އަލި އެޅިފައިވުމުން ހެނދުނުވެއްޖެކަން ފަރީޝާއަށް އެނގުނެވެ.ފާރުގައި ހަރުކޮށްފައިވާ ގަނޑިން ހެދުނު ހަގަނޑި ތިރީސް މިނެޓް ހިނގައިފައިވާތަން ފެނުނެވެ.އެނދުގައި އޮތް ފަރީޝާއަށް މަޑުމަޑުން ރޭގެ ހާދިސާ ހަނދާނަށް އަންނަމުންދިޔައެވެ. “ވިޔާމް” މަޑުމަޑުން ފަރީޝާއަށް ބުނެލެވުނެވެ.އަދި އެއާއެކު ފުންމައިގެން އެނދުންތެދުވެ ކޮޓަރިން ނިކުންނަން އުޅުނެވެ.

ދޮރުގައި ހިފާލިއިރު ތަޅުލާފައި ހުރުމުން ދޮރުހުޅުވޭތޯ ފަރީޝާ ދެތިންފަހަރަކު މަސައްކަތްކޮށްލިއެވެ.ނަމަވެސް އެކަން ކާމިޔާބުނުވުމުން އެތަނުން ނިކުންނާނެ ގޮތަކާމެދު ވިސްނަން ފަރީޝާ ހުއްޓެވެ.ކޮންމެގޮތެއް ހަދައިގެންވިޔަސް އެތަނުން ނިކުންނަން ފަރީޝާ ބޭނުމެވެ.ތަންތަން ބަލަމުންދިޔަ ފަރީޝާއަށް ކޮޓަރީގެ ކުޑަދޮރު ފެނިގެން އެދިމާލަށް ދިޔައެވެ.ކުޑަދޮރުގައި ހަރުކޮށްފައިވާ ދަގަނޑު ތަންޑު ވަނީ ގިނަދުވަސްވުމުގެ ސަބަބުން ދަބަރުޖަހާފައެވެ.އެހެންކަމުން އެތަންޑު ގުނޑާވެސް ނުލިއެވެ.އެންމެފަހުން ފަރީޝާގެ ސިކުނޑިއަށް އައިގޮތަށް ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލިއެވެ.އަދި ފެންވަރައިގެން އެއްޗެހިތައް ޕެކުކޮށް ހިފައިގެން ފަރީޝާ އެގެއިން ނިކުތީ ބައްޕައަށް ސިޓީއެއްވެސް ލިޔެފައެވެ.

އެހާ ހެނދުނުގެ ވަގުތުކަމުން އެވަގުތު ގޭއެކަކުވެސް ހޭލާ ނޫޅޭތީއާއެކު ފަރީޝާއަށް އުދަނގުލަކާ ނުލާ އެގެއިން ނިކުމެވުނެވެ.ގެއިން ނިކުމެވުމާއެކު ފަޔަށް ލެވުނުބާރެއްލުމަށްފަހު ފަރީޝާ ދުއްވައިގަތީ ވިޔާމް ހުންނަ ގެސްޓްހައުސްއާ ދިމާލަށެވެ.ގެސްޓްހައުސްގެ ދޮރުމައްޗަށް އާދެވުމުން ހަމައަކަށް އެޅިލުމަށްފަހު ފަރީޝާ ވަނެވެ.އަދި ވިޔާމް އުޅޭ ސަތޭކަ ހަނަންބަރު ކޮޓަރީގެ ދޮރުގައި ދެފަހަރަކު ޓަކިޖެހިއެވެ.

ދުވަހަކުވެސް އެތަނަށް ވަދެފައިނުވާ ފަރީޝާ ހުރީ ޓަކިޖެހެވެނީ ނުބައި ކޮޓަރިއަކަށް ވެދާނެކަމުގެ ބިރަށްޓަކައެވެ.ނަމަވެސް ވިޔާމް އޭނާ ގާތު ބުނިގޮތުގައި ވިޔާމް އުޅެނީ ސަތޭކަ ހަނަންބަރު ކޮޓަރީގައެވެ.ދެފަހަރަކު ޓަކިޖެހިފަހުން މަޑުމަޑުން ވިޔާމް ދޮރުހުޅުވާލިއެވެ.އެވަގުތު ދަބަސްހިފައިގެން ދޮރުމަތީގައި ހުރި ފަރީޝާ އޭނާއަށް ފެނުނެވެ.ފަރީޝާ ފެނުމާއެކު ވީއުފަލެއްގެ ބޮޑުކަމުން އޭނާގެ ގައިގައި ބައްދާލުމަށްފަހު، ހަމަޖެހުމުގެ ނޭވާއެއް ވިޔާމް ދޫކޮށްލިއެވެ.

“ވިޔާމަށް ރޭގަ ނުވެސް ނިދުނު..އެމީހުން ފަރީއަށް ހަދާނެގޮތަކާމެދު ވިސްނަން ހުރެވުނީ…ތިގެއަށް ދާންވެސް ހިތަށްއެރި…އެހެންނަމަވެސް އަދި ކައިވެނިވެސް ނުކޮށްހުރީމަ ވިޔާމް ދިޔަޔަސް ފަރީއެއް ތިގެއަކުން ނުނެރެވޭނެއެއްނު” ފަރީޝާއަށް ކޮޓަރިއަށް ވަނުމަށް ތަންދައްކަމުން ވިޔާމް ބުނެލިއެވެ.

ކޮޓަރިއަށް ވަތް ފަރީޝާ ދިޔަގޮތަށްގޮސް އެނދުގައި އިށީންދެ ރޯންފެށިއެވެ.އަދި ރޭގައި ކަންތައްްވީގޮތް އޭނާ ވިޔާމަށް ކިޔައިދިނެވެ. “އަސްލުތަ؟..ކޮޓަރިއަށްލާ ތަޅުވެސްލިތަ؟..ހާދަހާ ނުލަފައޭދޯ އަޅޭ” ވިޔާމް ބުނެލިއެެވެ. “ފަރީ ބޭނުމެއްނޫން އެގޭގަ ދެން ހުންނާކަށް..އެހެންވެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލައިގެން ނިކުމެގެން މިއައީ…ދޮންމަންމައަށް އިނގޭ ވިޔާމް ހުންނަނީ މިތާނގަކަން…އެމީހުންގެ އަތްދަށަށް ފަރީޝާ ގޮސްފިނަމަ ދެން ސަލާމަތެއް ނުވާނެ” ބިރުންހުރެ ފަރީޝާ ބުނެލިއެވެ.

ދެން އެމީހުންނަށް އޭނާ އަތުޖެހިއްޖެނަމަ ލިބޭނެ އަދަބު ބޮޑުވާނެކަން ފަރީޝާއަށް އިނގެއެވެ. “ބިރުނުގަނޭ..ހިނގާ ފުރަން..ތިއައީ އެއްޗެހިތައްވެސް ހިފައިގެންނު” ވިޔާމް އެހެންބުނުމުން ފަރީޝާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.ވިޔާމް ފެންވަަރާ ތައްޔާރުވުމުން ފަރީޝާއާ ވިޔާމާ ދެމީހުން ހަލުވި ހިނގުމުގައި ބަނދަރާ ދިމާލަށް ދިޔައެވެ.

އެންމެ އަވަހަށްވެސް ފުރާއެއްޗެއް އޮތީ ހެނދުނު ދިހައެއް ޖަހާއިރެވެ.ނަމަވެސް ބައްޕަ އައިސްދާނެ ބިރަށް އެންމެ ސިކުންތަކަށްވެސް ރަށުގައި ހުންނަން ފަރީޝާ ފަސްޖެހެއެވެ.އެހެންކަމުން ބޮޑުއަގުދީފައި ވިޔާމް ލޯންޗެއް ކުއްޔަށް ނެގިއެވެ.ލޯންޗަށް އަރާ ސީޓުގައި ފަރީޝާއާ ވިޔާމް އިށީނުމުން ކައްޕި ލޯންޗު ދުއްވާލިއެވެ.

ރަށުގެ ފަޅުން ނިކުމެ ހަލުވި ދުވެލީގައި ވިޔާމްގެ ރަށަށް ލޯންޗު މިސްރާބުޖެހިއެވެ.ބޭރަށް ބަލަންއިން ފަރީޝާވަނީ ބައްޕަމެންގެ ނުރުހުމުގައި އެގޮތަށް އެރަށުން ފުރަންޖެހުމުން ދެރަވެފައެވެ.ނަމަވެސް ދޮންމަންމަގެ އަނިޔާވެރިކަމުން ސަލާމަތްވެވުނީތީ އޭނާ އުފާކުރެެއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ވީމޭ އިންތިޒާރުގައި – 10

Next

އުދާސް

Next
January 27, 2022

އުދާސް

Previews
January 27, 2022

ވީމޭ އިންތިޒާރުގައި – 10

2 Comments!

  1. Hûdhãkkø says:
    January 27, 2022 at 3:48 pm

    Oh finally fareesha safe
    Alhey next part vrh avahah up kohdhehchey mihaaru vx hure Veni kyeh noon kiyaahithun
    BTW mi part VX vrh reethi ????????

  2. GUITAR LOVER says:
    January 27, 2022 at 6:53 pm

    i love this story keep it up ?❤️?

Comments are closed.

Next Episodeހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (9)←


All Right Reserved!