Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވާ މަންމާ މަގޭ.. 14

kamana
January 18, 2016
9 Mins Read
36 Views
39 Comments

ވެލިގަނޑު ނެތްނަމަ ވާނީ ކިހިނެއްކަންވެސް ނޭނގެއެވެ. ބޭރުގައި އަޑުގަދަވެގެން އެތެރޭގައި ތިބި އެންމެން ނިކުތެވެ. އަހަރެން އިސްއުފުލާލީ ބައްޕަގެ އަޑު އިވުމުންނެވެ.

“ޒުބޭދާ” ބައްޕަގެ އަޑުގައިވި ރުޅިވެރިކަމުން އަހަރެންނަށް ކަންތައް ދެންވާނީ ރަނގަޅަށް ނޫންކަން އިހްސާސް ކުރެވުނެވެ. މަންމައާ ދިމާލަށް ބަލާލެވުނީ ދެރަވެހުރެއެވެ. އަހަރެންނާ ހެދި މަންމައާ ދިމާލަށް ބައްޕަ އެއްޗެކޭ ބުނެފިއްޔާ އަހަރެން އަމިއްކަ ނަފްސައްވެސް މާފެއް ނުކުރެވޭނެއެވެ. ފަރީޝައްތަވެސް ހުރީ މަންމަދެކެ ރުޅިއައިސްފަކަން އެނގެއެވެ. އަހަރެން ބިންމަތިން ތެދުވާން މަސައްކަތް ކުރީމެވެ. އެހެން ނަމަވެސް އުނަގަނޑަށް ތަދެއް އެރުމުން ތެދުވުންވީ އެހާ ފަސޭހަ ކަމަކަށް ނޫނެވެ. ފަރީޝައްތަ އަވަސް ފިޔަވަޅަކާއެކު އައިސް އަހަރެން ނަގާ އުނދޯލީގައި ބޭންދިއެވެ. “ޒުބޭދާ ކިހިނެއްވެގެން ތިއުޅެނީ.. ޒުބޭދާގެ ދެލޮލަށް ނުފެންނަނީތަ ޖިއާ އިން ހާލެއް.. ތީތަ ދަރިންނާމެދު ކަންތައް ކުރަން އެނގޭ ގޮތަކީ” ބައްޕަ މަންމައާ ދިމާލަށް އިނގިލި ދިއްކުރަމުން ވާހަކަ ދައްކަމުން ދިޔައިރު އަހަރެން ހުރީ ފެންނަ މަންޒަރު ގަބޫލު ކުރަން އުނދަގޫވެފައެވެ. ބައްޕައަކީ މިއިން ޒަމާނެއްގައިވެސް އެގޮތަށް މީހަކާ ވާހަކަ ދެއްކިމީހެއްނޫނެވެ. “އަމިއްލަ ދަރިއޭ.. ހެހެހެ.. ކީކޭ ބުނާނީ.. އަދިވެސް އަހަރެންތަ ކުއްވެރިތިކުރަނީ.. މީކާކު ދަރިއެއް ބުނޭ .. މިބުނީނު ބުނާށޭ… ނުބުނެވޭނެދޯ.. ހަލާލުދައިރެއްވެސް ނޫނޭ މީ.. މީ ބޮޑު” މަންމަ ގަޔަށް އެއްވެސް މީހަކު އަތްއިސްކުރި ތަނެއް އަހަރެން މިއިން ޒަމާނެއްގައިވެސް ނުދެކެމެވެ. ފަރީޝައްތަ މަންމަގެ ކޯތާފަތުގައި ޖެހި އަޑު މުޅި ގޭގައި ގުގުމާލިއެވެ. އަޑުބާރީއާ ކިހާ ބާރަކަށް ޖެހޭނެ ހެއްޔެވެ. އަހަރެން ހުރީ ވާނުވާ ނޭނގިފައެވެ. އަނގަ ހުޅުވާލަން ކިތައްމެ ފަހަރަކުވެސް މަސައްކަތް ކޮއްފީމެވެ. އެހެން ނަމަވެސް ކޮންމެފަހަރަކު ވަނީ ނާކާމިޔާބެވެ. “ޒުބޭދާ އަހަރެން ހީނުކުރަން ތީ ތިކަހަލަ މީހެއްކަމަށް.. ޖިއާ އާ ދިމާލަށް ކިތައްމެ އެއްޗެއްސެއް ކިޔަސް އަހަރެން ބުނިންތަ އެއްޗެކޭ.. ކިތައްމެ ފަހަރަކުވެސް އަހަރެން ހިތައްއަރާ ދެންމެ ޖެހުނު ވަރުގެ އެތިފަހަރެއް ޖަހަން.. އެކަމަކުވެސް ކެއްކުރަނީ މަގޭ ދަރިއައްޓަކާ… ޒުބޭދާއަށް ހަމަ ނޭނގެނީތަ ނޫނީ އެނގެން ބޭނުން ނުވަނީތަ ޖިއާ ޒުބޭދާއަށް ބޭނުންވާވަރު.. އަހަރެންގެ ދަރިފުޅު ތިކަހަލަ މީހަކަށް ދެވުނު ކަމަށްޓަކާ އަހަރެން ދެރަވޭ.. އަދި ބުނަން ޖިއާ އަކީ ހަލާލު ދަރިއެއް.. އެއީ މަގޭ ދަރިއެއް.. މީގެފަހުން ޒުބޭދާ ޖިއާގައިގައި އިނގިލި ކުރިޖައްސާލިއަސް އަހަރެންހާ ނުބައި މީހަކު ނުހުންނާނެ..” ފަރީޝައްތަ ކިޔަމުން ދިޔަ ކޮންމެ އެއްޗަކީ އަހަރެންގެ ސިނކުޑިއާ ހިތުގައި ބޮމެއް ގޮވިކަހަލަ ކަމަކަށެވެ. އަހަރެން މީ މަންމަގެ ދަރިއެކެވެ. އަހަރެންނަށް ރޯންވެސް ނޭނގިފައި ހުރެވުނީ މަންމައާ ދިމާލަށް ބަލަހައްޓައިގެންނެވެ. މަންމާ.. އަހަރެންގެ އަޑެއް ބޭރެއް ނުވިއެވެ. މަންމަ އަހަރެންނާ ދިމާލަށް ބަލާލީ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ އަހަރެން ކަމުގައި ބުނަމުންނެވެ. ބައްޕަ ބަހެއް ނުބުނެ ހުރީ ގަދަކަމުންކަން އަހަރެންނަށް އިހްސާސްވެއެވެ. ބައްޕަގެ މިލާފައިވާ މޫނު ފެނި ހިތުގައި ރިއްސާލިއެވެ. އަހަރެން ދުނިޔެއަށް ނައިނަމަ ނޫންހެއްޔެވެ. ބައްޕަ އަހަރެންނާ ދިމާލަށް ދެތިން ފިޔަވަޅު އެޅިއެވެ. އެހެން ނަމަވެސް މަންމަ ބައްޕަގެ އަތުގައި ހިފާ އަނބުރާލިއިރު މަންމަ ނޭވާލާ އަޑުއިވޭ ކަހަލައެވެ. ” ހާލާލު ދަރިއެކޭ… އާދަނު އަހަރެން ކައިރީގައި ބުނެލިނަމަ.. އެހެން މީހަކާ ތިހާ އިންނަން ބޭނުންވިނަމަ އަހަރެން ވަރިނުކުރީ ކީއްވެ.. އުހުން މިހާރު ވަރިކުރޭ.. މިބުނީނު ވަރިކުރާށޭ.. ތިކަހަލަ މީހަކާ އެކީގައި އުޅޭކަށް އަހަރެން ބޭނުމެއްނޫން.. އަހަރެން ޖިއާ ދެކެ ލޯބިވީ އަހަރެން ދަރިއެއްނޫންކަން އެނގިހުރެ.. އަހަރެން ޖިއާ ބަލަމުން އައީ އަމިއްލަ ދަރިންނަށް ނުދޭ ވަރަށް ލޯބިދީގެން.. ފުރާނަ ފަދައިން.. ނުވާނެ މިކަމެއް.. ވަރިކުރާށޭ.. އަޑެއް ނީވޭތަ” ބައްޕަ މޭމަތީގައި ތަޅަމުން މަންމަ ކިޔަމުން ދިޔައިރު އަހަރެންވެސް ހުރީ ފެންކަޅިވެފައެވެ. “ޒުބޭދާ… ޒުބޭދާ” ބައްޕަ މަންމައަށް ގޮވާލިލެއް ބާރުކަމުން އަހަރެންވެސް ދިޔައީ ސިއްސައިގެންނެވެ. ” ޒުބޭދާ ކައިރީގައި ކާކު ބުނި ވާހަކައެއްތީ.. އަހަރެން ބުނިންތަ ތިހެން.. ޒުބޭދާ މިއޮތް ހުރިހާ ދުވަހަކު ޖިއާ އާ ދޭތެރޭ ކަންތައް ކުރަމުން އައީ މިސަބަބާ ހުރެތަ.. ޒުބޭދާގެ ވިސްނުން ތިހާ ކޮށިވީ ކޮންއިރަކު.. ޖިއާ އަށް މަހެއް ނުވާނެ އަހަރެން ޒުބޭދާގެ އަތަށް ޖިއާ ލާދިން އިރު.. އެގަޑީގައި އަހަރެން ބުނި އެތި ހަނދާންނެތުނީތަ..” ބައްޕަ ބުނަމުން ދިޔަ ކޮންމެ ލަފްޒެއްވީ މަންމަ މަޑުމައިތިރިވަމުން އައި ކަމަކަށްށެވެ. އަހަރެން ހުރީ ކަންތައް ވީ ގޮތް އެނގެން ބޭނުންވެފައެވެ. އަހަރެންނަށް މިހެން އިށީދެގެން ނީދެވޭނެއެވެ. ހަގީގަތް އެނގެން އަހަރެންވެސް ބޭނުމެވެ. އަހަރެން އުނދޯލީގެ ވާތްފަރާތު އެލުވާފައި އިން ވާގަނޑުގައި ހިފާ ތެދުވީމެވެ. އަހަރެންނަށް ދޮރާ ދިމާލަށް ބަލާލެވުނީ ހިޔަނި އެޅުމުންނެވެ. ތުއްތުއާ މިންނު ދޮރުމަތީގައި ހުރި އިރު ހުރީ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. ތުއްތު އިސްޖަހާލީ އަހަރެންނާ ހަތަރުކަޅި ހަމަކުރަން ނުކެރިގެންކަން އަހަރެންނަށް ނަގައި ގަނެވުނެވެ. އެހެންވީމަ ތުއްތުއަށްވެސް އިނގޭތާއެވެ. މަޑުމަޑުން އަހަރެން ކުރިއަށް ހިނގައިގަތީ ބައްޕަމެން ކައިރިއަށް ދިޔުމަށެވެ. ތިންފިޔަވަޅު ކައިރި ކައިރިން އަޅަމުން މަންމަގެ އަތުގައި އަހަރެން ހިފީމެވެ. “މަންމާ.. ” އަހަރެން މަންމައަށް ބަލާލީ ޖަވާބު ބޭނުންވާ ފަދަ ގޮތަކަށެވެ. މަންމަ ބަހެއް ނުބުނެ ހުރުމުން އަހަރެންނަށް ނުހުރެވުނެވެ. ” ބައްޕާ.. ބުނެބަލަ އަޅުގަނޑަކީ ބައްޕަގެ ދަރިއެއްވެސް ނޫންތަ.. މަންމާ.. އަޅުގަނޑަކީ” އަހަރެންނަށް ވާހަކަވެސް ނުދެއްކުނެވެ. މަންމަ އާއި ބައްޕަ އަހަރެންނަށް ހާދަ އޮޅުވާލައިފިއެވެ. އަހަރެންނަށް ހުރި ތަނަށް ތިރިވެވުނީ ކޮއްޅަށް ހުންނާނެ ވަރުނެތުމުންނެވެ. “ދަރިފުޅާ މާފުކުރޭ… ބައްޕައަށް ވެގެންވާނަމަ މިހަގީގަތް ކައްވަޅަށްދާންދެން ނުބުނެ ސިއްރުކުރީމުސް.. ބައްޕަ ޖިއާ ދެކެ ވަރަށް ލޯބިވޭ.. މަންމަ އަކީ އެހާ ނުވިސްނޭ މީހެއްކަން ބައްޕައަށް ނޭނގެ.. ޒުބޭދާ.. ޖިއާ އެއީ އަހަރެންގެ ދަރިއެކޭ ހިތައް އެރީތީވެސް ދެރަވެއްޖެ.. ދެމީހުން ދެމެދުގައި އިތުބާރު ނެތްކަންވެސް މިއެނގުނީ މިއަދު” ބައްޕަ އަހަރެންގެ ދެކޮނޑުގައި ހިފީ އަހަރެން ހުރި ގޮތުންކަން އެނގެއެވެ. އަހަރެން ގައިގަ ވަރެއްނެތެވެ. އަދި ބާކީ އަހަރެންނަށް ނޭނގޭ ކިތައްކަންތައް އެބަ އޮތް ހެއްޔެވެ. “އާދަނޫ އަހަރެންނަށް މާފުކުރޭ.. ޖިއާ ދަރިފުޅާ.. އަހަރެންނަށް ކިހިނެއް އެނގޭނީ.. ފަރީޝާ ރަށައް އެރީރަށް ރަށު މީހުން ކިޔަންފަށައިފި ޖުބޭދާއާ ޖިއާ ވައްތަރޭ.. ފަރީޝާއާއި އާދަނު ކުރީގައި އުޅުނީ އެކީގައެއްނު.. ރަށުގައިވެސް ތިދެމީހުންނޭ ކިޔާފަ އޮތީ އަޑު އަރާފަ.. އެކަމަކުވެސް އެހުރިހާ ކަމަކަށް އަހަރެން ބީރު ކަންފަތެއް ދިނީމޭ.. އެކަމު ޝާނު ނިޔާވިތާ ހަފްތާއެއްނުވާނެ އަހަރެންނަށް ތިދެމީހުން ވާހަކަ ދައްކާ އަޑު އިވުނު.. އެދުވަހުގަ ނުބުނަންތަ އަހަރެންމެންގެ ދަރިއޭ.. ބުނެބަލަ.. އެކަހަލަ އެއްޗެއް ބުނީމަ އަހަރެންނަށް ހީވާނީ ކިހިނެއް.. އާދާނާ ފަރީޝާ ދެކެ އައިސްފަ ހުރި ރުޅި އަހަރެންނަށް ޖިއާއަށް ބޭލުނީ… އަހަރެން ޖިއާ ދެކެ ލޯބިވާވަރު އާދަނަށް އެނގެންވާނެ.. އެކަމަކުވެސް އަހަރެންނަށް މާފުކުރޭ.. ދަރިފުޅާ މަންމަގެ ޖިއާ” މަންމަ އަހަރެން ގައިގަ އޮޅުލަމުން ދިޔައިރު އަހަރެންގެ ދެލޮލުން ހިފޭއްޓުމެއްނެތި ކަރުނައާދެވެ. އަހަރެން މިއޮތް ހުރިހާ ދުވަހު މިއުޅުނީ އަހަރެންގެ އަމިއްލަ މައިންބަފައިން ކައިރީގައި ނޫނެވެ. އަހަރެނަކީ ބަދުނަސީބު މީހެއްކަން މިއަދު އަހަރެންނަށް ޔަގީންވިއެވެ. މަޑުމަޑުން އަހަރެންގެ ގިސްލުމުގެ އަޑު ބާރުވަމުންދިޔައެވެ. އިރުކޮޅެއްނުވެ މުޅި ގޭތެރޭގައި ގުގުމާލޫ އަހަރެންގެ ރުއިމުގެ އަޑެވެ. “ދަރިފުޅާ” މިރޭ މީ ފަރީޝައްތަ އަހަރެންނާ ދިމާލަށް ދަރިފުޅާ އޭ ކިޔާ ގޮވި ފުރަތަމަ ރެއެވެ. އަހަރެން ކޮނޑުމަތީގައި އަތް ބޭވީ ހުއްޓާލާށޭ ބުނަމުންނެވެ. “ޒުބޭދާ އަޅެ އެންމެ ފަހަރަކު އަހާލިނަމަ.. އަހަރެން ގަބޫލު ކުރަން މީގަ އަހަރެންގެ މައްސަލަވެސް އެބައޮތްކަން.. ފުރަތަމަ ކަމަކަށް ޖިއާ އަކީ އަހަރެންގެ ދަރިއެއްކަން ބުނެދޭން ޖެހޭނެ.. އެކަމަކުވެސް ޒުބޭދާ ތިކަންތައް ކުރީ ރަނގަޅަކަށް ނޫން.. ރަނގަޅަށް ތިބުނީ.. އަހަރެންނާ އާދަނުގެ އަޑު އެރި.. އެކަމަކު ބުނަން އަހަރެމެން ދެމީހުންގެ މެދުގައި އެކަހަލަ އެއްވެސް ގުޅުމެއް ނޯންނާނެ.. އާދަނީ އަހަރެންގެ އެންމެ ގާތް އެކުވެރިއާ.. އަހަރެން ލޯބިވީވެސް ޖިއާ ބައްޕަދެކެ. ޝާހިދު ދެކެ. ރަށު މީހުންނަށްވެސް އެނގޭނެ އަހަރެމެން ދެމީހުން ކައިވެނި ކުރިކަން.. އަހަރެމެން މާލެ ބަދަލުވީ އޭގެ ހަފަތާއެއް ފަހުން.. ކައިވެއްޔަށް 15 އަހަރުވީއިރުވެސް އަހަރެންނަށް ދަރިއަކު ނުލިބުނު..އެކި ރައްރަށައްވެސް ދިޔައިން.. ތިރަށައްވެސް ދިޔައިން.. މީހުންނަށް ފެންނަންވެސް ފެންނާނެ ޝާހިދުއާ އަހަރެން.. ޒުބޭދާވެސްތީ އެކަމުގެ ހެއްކެއް.. ގަބޫލު ކުރަން އަހަރެންގެ މާގިނަ ކަންތައްތައް ޒުބޭދާއަށް ނޭނގޭނެކަން.. އަހަރެންގެ ދަރިއަކަށް އެދި ދުއާ އިޖާބު ވި ދުވަހު ޝާހިދު ނިޔާވީ.. އަހަރެން ޖިއާ ވިހޭއިރުވެސް ހުރީ ފާޑަކަށް މޮޅަވެފަ… ޖިއާ ބެލުމަށް ހަވާލު ކުރީވެސް އަހަރެންގެ މަންމަ.. އަހަރެން 6 އަހަރު ފަހުން ރަށަށް އެރީ ޖިއާ ބަލާ.. އެކަމަކު ޒުބޭދާ ޖިއާ ދެކެ ވާލޯތްބާ ޖިއާ އަށް ޒުބޭދާއާ ނުލާ ނޫޅެވޭނެކަން އަހަރެންނަށް އެނގުނު. ޒުބޭދާ ބުނެބަލަ.. މިއޮތް ހުރިހާ ދުވަހު ޒުބޭދަ މިގޭގަ އަހަރެން ބެހެއްޓީމުސްތަ ސަބަބެއް ނުލާ.. އަހަރެން ޖިއާއާ ގާތްވަން ކުރާ ހުރިހާ މަސައްކަތެއް ވަނީ ބޭކާރު.. މިހިތައް ކުރާ އަސަރުވެސް ޒުބޭދާކަހަލަ މަންމައަކަށް އިހްސާސް ނުވަނީތަ..” ފަރީޝައްތަ އަހަރެންގެ ބުރަކަށިމަތީގައި ބޯބާވައިލައިންގެ ރޯންފެއްޓީ ހިއްދަތި ގޮތަކަށެވެ. އަހަރެންނާ ހެދި ހާދަބަޔެއް ހިތާމަ ކޮއްފިއެވެ. އަހަރެން ދުނިޔޭގަ ހުރުމަށް ވުރެއް ރަނގަޅުވާނީ މަރުވުމެވެ. އަހަރެން ބައްޕަގެ އަތް ފޮޅާލި ކުރިއަށް ހިނގައިގަންނަމުންނެވެ. އަހަރެންގެ ސިނކުޑިއަށް ބާރުކުރަމުންދާ ވަރު އެނގޭނެ ހަމަ އެކަނި ފަރާތަކީ ހެއްދެވި ފަރާތެވެ. އަހަރެން ގޭ މައިދޮރުހުޅުވާލަ ބޭރަށް ނިކުތް އިރުވެސް ގިސްލެވެއެވެ. އަހަރެން ހުރަސް ކުރީ ކުރިއަށް ހިނގައި ގަތުމަށެވެ. އެހެން ނަމަވެސް މަގުމެދަށް ހުއްޓެއް މަޖުބޫރުވީ މެއަށްއެރި ތަދަކުންނެވެ. ތަދުވާވަރުން އަތުން ދެފަހަރު ޖަހާލީމެވެ. އެހެން ނަމަވެސް ރިއްސަން ފެށީ ބަލާފަ އެއްނޫނެވެ. މަންމައަށް ގޮވާލާ އަހަރެން އެނބުރުނީ ގެއާވީ ފަޅިއަށެވެ. އެހެން ނަމަވެސް ލޯކުރިމަތިން ފެންނަމުން ދިޔައަލިގަނޑުން ވަމުން ދިޔަ ތަދު ފިލި ކަހަލައެވެ. ” މަންމާ” އަހަރެން އަޑުގެ ނެތް ތަނަށް ހަޅޭއްލަވައި ގަތީ ފަހުވަގުތު ކަމަށް ދެލޯ މަރާލަމުންނެވެ.

“ދަރިފުޅާ ދަރިފުޅާ” އަހަރެން ދާދި ކައިރިން މަންމަ އަހަރެންނަށް ގޮވާއަޑި އިވެއެވެ. ދަރިފުޅު އެ ލަފްޒު މަންމަ ބޭނުން ނުކުރާތާ މިހާރު ދިހަ އަހަރު ވެދާނެއެވެ. އަހަރެންނަށް ހިނިތުންވެވުނީ ހުރި ހާލު ނޭނގޭ ހާލުގައެވެ. “ޖިއާ ޖިއާ” އަހަރެންގެ ފުރާނައެއް ފަދައިން ލޯބިވާ ފަރާތް ފެންނަމުން ދިޔައީ ފުސްކޮށެވެ. އަހަރެންނާ ހަމައަށް އަންނަމުން ދިޔައީ ދުވަމުންނެވެ. އަހަރެންނަށް ބޭއިހްތިޔާރުގައި އަތްދިއްކޮއްލެވުނެވެ. އެހެން ނަމަވެސް ދެންވީގޮތް ނޭގުނެވެ.

މުޅި މީހާ އަށް ހީވަނީ ހުސްކަމެއް އައިސްފަވާ ހެންނެވެ. ބުނަން ނޭނގޭ ކަހަލަ ގޮތެއްވެއެވެ. ދެލޯ އެންމެ ފުރަތަމަވެސް ހޯދާލީ މަންމައެވެ. “މަންމާ” އަހަރެންގެ މަގަތުގައި ނިދިފައޮތް މަންމައަށް އަހަރެން ގޮވީމެވެ. މަންމަ އޮތީ އަހަރެން ނުގޮވައިގެން ހެން ހީވެއެވެ. ގޮވާލަން ޖެހުނީ އެންމެ ފަހަރަކުއެވެ. “ދަރިފުޅާ” އަހަރެންގެ ކޮލުގައި ބޮސްދެމުން މަންމަ ވަރަށް ލޯބިން އަހަރެންނަށް ގޮވާލިއެވެ. އެލޯތްބައް އެދި އާދޭސް ކުރާތާ ކޮންދުވަހެއް ހެއްޔެވެ. “ދަރިފުޅާ މަންމައަށް މާފުކުރޭ” އަހަރެންގެ ކިބައިން މަންމަ މާފަށް އެދުމުން އަހަރެން ހަނދާން ވިއެވެ. އަހަރެންނަކީ މަންމައާ ބައްޕަގެ ދަރިއެއް ނޫނެވެ. ތުންފަތުގައިވި ހިނިތުންވުން ފިލައި ދިޔައީ މަދު ސިކުންތު ކޮޅެއްގައެވެ. “ދަރިފުޅާ” އަހަރެންނަށް އަނެއްކާވެސް މަންމަ ގޮވާލީ ލޯބިން ފުރިގެންވާ ގޮތަކަށެވެ. އަހަރެންނަށް ކެތެއް ނުކުރެވުނެވެ. މަންމަގެ ދެއަތުގައި ހިފީ ހިމޭންކަމާއި ލޯބިދިނުމަށް އެދިއެވެ. “މަންމާ.. މާފުކުރޭ… މަންމަގެ ދަރިއެއް ނޫނެއް ކަމަކު ޖިއާ ދުރުކޮއްލާނަންތަ.. ޖިއާގެ މަންމައަކީ ތީ.. މަންމާ ބުނެބަލަ.. ޖިއަ ދުރުކޮއްލާނަންތަ.. މަންމާ ބުނެބަލަ ނޫނެކޭ” އަހަރެނަށް ތަކުރާރު ކޮއްލެވުނީ މަންމަ ބަލަހައްޓައިގެން ހުރުމުންނެވެ. “ޖިއާ.. ތީ ކޮންހަލަ ކޮއްޖެއް.. މި މަންމަގެ ބަނޑުން ނުވިހިޔަސް ތީހަމަ މަންމަގެ ދަރިއެއް. މަންމައަށް މާފުކޮއްދީ… ކުންހީއެއްގައި ހުރެ މީހުން ބުނި ބަސް ގަބޫލު ކުރުމުން ބޭކަރުވެގެން އެދިޔައީ ދިހަ އަހަރު.. މަންމައަށް މާފުކުރާނަންތަ.” މަންމަ އަހަރެންގެ ގައިގައި ބައްދަމުން ދިޔައީ މާފަށް އެދެމުންނެވެ. އަހަރެން މަންމައަށް މާފު ނުކުރާންވީ ސަބަބަކީ ކޮބާހެއްޔެވެ. އަހަރެންގެ މަންމައަކީ ތީއެވެ.

މަންމަ އަހަރެންނާ ދުރައްޖެހިލީ ޑޮކްޓަރު ވަނުމުންނެވެ. “ޖިއާ ކިހިނެއް” އަހަރެން ބަނޑުބޮޑު ވީއްސުރެން ބަލަމުން އައި ޑރ. އަޒުލީފާ އަހަރެން ކުރެން އަހަލީ ހެވިފައި ހުރެއެވެ. އަހަރެން ކަރުނަތައް ފޮހެލަމުން ރަނގަޅޭ ބުނެލީ ހިނިތުންވުމެއް ގެނުވަމުންނެވެ. އެކަމަކުވެސް.. “އަޒޫ.. ވަރަށް އެހެން ކަހަލަ ގޮތެއް ފީލްވޭ… އަހަރެންނަށް ބޭބީ ފީލްއެއް ނުވޭ” އަހަރެން ރޮވިފައި ހުރުމުން އަޑުވެސް ތުރުތުރު ލައެވެ. އެހެންނަމަވެސް ވަމުން އަންނަގޮތް ޑޮކްޓަރަށް ކިޔާދިނުން މުހިންމު ކަމަކަށް ވިއެވެ. “ޖިއާ” ޑރ އެއްޗެކޭ ބުނަން އުޅެފަވެސް މަންމައާ ދިމާލަށް ބަލާލީ ހާސްވެ ހުރެއެވެ. “ދަރިފުޅާ.. ދަރިފުޅު އެކްސިޑެންޓް ވެގެން ގެނައި އިރުވެސް ބޭބީ އޮތީ ނިޔާވެފަ.. ހިތް ހުއްޓިފަޔޯ ޑރ ބުނުއްވީ” އަހަރެންނަށް ޑރ އާ ދިމާލަށް ބަލަން ހުރެވުނީ ގަބޫލު ކުރަން ދަތިވެހުރެއެވެ. “ތީދޮގެއް.. ބުނޭ.. ބުނޭ ތީ ދޮގެކޭ.. ” އަހަރެންނަށް ތެދުވެވުނީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ. “ކޮބާ އަހަރެންގެ ބޭބީ. ބުނޭ.. މަންމާ ހިނގާބަލަ ހެޔޮނުވާނެ.. އަހަރެންގެ ދަރިފުޅު..” އަހަރެންނަށް ގިސްލާ ރޮވެން ފެށުނީ މަންމަގެ ގައިގަ އޮޅުލަމުންނެވެ. އަހަރެންގެ ކަރުނަތަކަކީ ނިމުމެއް އޮތް އެއްޗެއް ނޫންހެއްޔެވެ. އެތެރޭގައި އަޑުގަދަވުމުން ކަންނޭގެއެވެ. ފަރީޝައްތައާ ބައްޕަ ވަދެގެންއައީ ހާސްވެ ހުރެއެވެ. “ދަރިފުޅާ” ބައްޕަ އަހަރެންގެ ބުރަކަށީގައި ފިރުމާލީ ހިތްވަރުދެމުންނެވެ. މައްސަލައެއް ނެތެވެ. އަހަރެން ހިތްވަރުވެސް ކުރާނަމެވެ. އެންމެ ފަހަރަކު ވިޔަސް އަހަރެންގެ ދަރިފުޅު އަހަރެންނަށް ދައްކާލާށެވެ. “ހިނގާ ޖިއާ.. ޖިއާ އަށް ދައްކާފައި ނޫނިއްޔާ ވަޅުނުލާން ބައްވާވަ އޮންނާނީ” އަހަރެން ޑރ ފަހަތުން ތިޔައީ ނެގިނެގިފައިވާ ހިތަކާ އެކީގައެވެ. އަހަރެންގެ ފަހަތުން މަންމަމެން އާދެއެވެ. އެހެންނަމަވެސް އަހަރެންގެ ސަމާލުކަން ދެވިފައި ހުރީ ކުރިއަށެވެ. ދަރިފުޅު ދެކިލުމަށެވެ.

ކުޑަ ވޯޑަކަށް އަހަރެންވަނީ ޑރ ފަހަތުންނެވެ. ވަކި ހިސާބަކަށް ދެވުމުން މަންމަމެން ކައިރީގައި މަޑުކުރުމަށް ޑރ ބުންޔެވެ. ފާޑެއްގެ ހެދުމަކާ މާސްކް އެއް އަހަރެން އެޅީ ޑރ ބުނުމުންނެވެ. ކުރިމައްޗަށް ފެންނަން އޮތް ކުޑަ ބިއްލޫރި ފޮއްޓަކަށް ޑރ އިޝާރާތް ކުރިއެވެ. އަހަރެންނަށް ވަގުތު ދެމުން ޑރ ނިކުތީ އަހަރެންގެ ކޮޑުގައި މަޑުމަޑުން ޖަހާލަމުންނެވެ. އަހަރެންގެ ނަޒަރު ގޮސް ހުއްޓުނީ ކުރިމަތިން ފެންނަން އޮތް ކުޑަ ދަރިފުޅަށެވެ. އެންމެ ފުރަތަމަ ފެނިލުމުންވެސް އެއީ އަހަރެން ހަތްމަސް ވަންދެން އިންތިޒާރު ކުރަމުން އައި ކުޑަ ފުރާނަކަން އެނގުނެވެ. ބިއްލޫރި ގަނޑުގައި އަހަރެންގެ ނަން ޖަހާފައި ވާއިރު އޭގައި އަހަރެންނަށް ފިރުމާލެވުނެވެ. “ދަރިފުޅާ” އަހަރެންގެ ދަރިފުޅަށް މިގޮތަށް އަބަދުވެސް ގޮވަން ހާދަ ބޭނުމެވެ. ދުވަސް ނުފުރިއޮތް ކަމުގައި ވިޔަސް އިނގިލިތައް ވަނީ ރީއްޗަށް އުފެދިފައެވެ. ލޯބި ލޯބި ކޮއް ލޯމަރާލައިގެން އޮތް އިރު ހީވަނީ އަރާމު ނިންޖަކުން ނިދާލައިފައި ވާހެންނެވެ. އަހަރެންގެ ދަރިފުޅާއެވެ. މަންމަ ދަރިފުޅަށް ރައްކާތެރިކަން ނުދެވުނު ކަމައްޓަކާ މާފްކުރާށެވެ. އަހަރެން ބިއްލޫރި ގަނޑަށް ބޮސްދިނީމެވެ. އަންހެން ކުއްޖެކެވެ. އަހަރެންނަށް އޭރުވެސް ހީވިއެވެ. މަންމަގެ ދަރިފުޅާއެވެ. އަހަރެން އަނގަމަތީ އަތް އެޅީ އަޑު ނިކުމެދާނެތީއެވެ. ދަރިފުޅަށް އަހަރެން ރޯއަޑު އިއްވަން ބޭނުން ނުވާތީއެވެ. އެހެން ނަމަވެސް އަތުން ފޫދާހެން ހީވެއެވެ. ފަހަރަކަށް ވުރެއް ފަހަރެއް ދިޔައީ ބާރުވަމުންނެވެ. ދަރިފުޅާ.. އަހަރެން ސިހުނީ ބުރަކަށީގައި މީހަކު އަތްލުމުންނެވެ. ފަސް އެބުރި ބަލާލާނެ ހިތްވަރެއްވެސް އަހަރެންގެ ހަށިގަނޑަކުނެތެވެ. “ޖިއާ” އަޑު އިވުނީ ރަނގަޅަށް ހެއްޔެވެ. “ޖިއާ” އަކުމަލު އަހަރެން އޭނައާ ވީ ފަރާތަށް އަނބުރާލާ އަހަރެންގެ ގައިގަ ބައްދާލީ ބާރަށެވެ. އަހަރެންނަށްވެސް ބައްދާލެވުނީ ހިތުގައި ޖެހިފައިވާލެއް ބޮޑުކަމުންނެވެ. ލޯތްބައްއެދޭތީއެވެ. އެހީއަށްއެދޭތީއެވެ. ރައްކާތެރިކަން ބޭނުންވާތިއެވެ. އެގޮތުގައި އެތަކެއް ވަގުތެއް ދިޔައެވެ. އަކުމަލުގެ ލޯބި ބަސްތަކުން އަހަރެން ހަމައަކަށް އެޅުނެވެ. “އަކޫ ބުނިހެން އަހަރެންވެސް ގަބޫލު ކުރަން. އަހަރެންގެ ދަރިފުޅު އެދިޔައ ނިމުމެއް ނުވާ ދުނިޔެއަށް.. އަހަރެންނަށް އިންތިޒާރު ކުރާނެކަންވެސް އިނގޭ.. މަންމަގެ ލޯބި ލޯބީ މަހްރީން” އަހަރެންގެ ދަރިފުޅަށް އަހަރެން އަބަދުވެސް ދުއާ ކުރާނަމެވެ.

ދުވަސްތައް ފައިތު ވަމުންދިޔައީ ހަލުވިކަމާއެކުގައެވެ. އަހަރެންގެ އާއިލާ ބޮޑުވެއްޖެއެވެ. މަންމަގެ ލޯތްބަށް އެދެމުން ދަނިކޮއް މާތްﷲ މިއަޅާއަށް ދެ މަންމަ ދެއްވިއެވެ. އެކަން އަހަރެން ބަލައިގަންނަނީ އުފަލާ އެކުގައެވެ. ފަރީޝައްތައަށް މަންމަ ކިޔަން އުދަގޫވިޔަސް ފަރީޝައްތަވަނީ އަހަރެންނަށް ވަގުތު ދީފައެވެ.

“ޖިއާ” އަހަރެން މިސްރާބު ޖެހީ ޔުނިވާރސިޓީއާ ދިމާލަށެވެ. މިއަދުމީ އަހަރެން ކިޔަވަން ފެށިތާ ދެހަފްތާވީ ދުވަހެވެ. ނިޝް އަހަރެންނާ ދިމާލަށް ދުވަމުން އަންނަކަން އަހަރެންނަށް އެނގެއެވެ. “ސާބަސް.. މިހާރު ނޭނގޭނެ އޯކޭ.. ބެސްޓްފްރެންޑްއޯ” ނިޝް ތުންކޮޅު އޫ ކޮއްލުމުން އަހަރެންނަށް ހެވުނެވެ. ނިޝްގެ އެއާދަ ނުފެންނަތާ ހާދަ ދުވަހެއް ވެދާނެއެވެ. “ސޮރީ.. ހެހެހ އެކަމަކުވެސް ވަރަށް ފޫހި.. ނިޝް އަހަރެންނަށް ވުރެއް ކުރިން ކިޔަވާ ނިމޭނެ.. ” އަހަރެންވެސް ނިޝް ޖައްސަމުންދާ ވައްތަރު ޖެއްސޭތޯ މަސައްކަތް ކުރީމެވެ. “ހޭއި ގާރލްސް.. ރައިޑެއް ބޭނުންތަ.. މިކަހަލަ ފުރުސަތެއް ކޮންމެ ކޮންމެ މީހަކަށް ނުލިބޭނެ އިނގޭ” އަކުމަލު ކާރު ބަރުގަނޑު އަޅަމުން ބުންޔެވެ. އަހަރެންނާ ނިޝްއަށް ހެވުނީ އެއްފަހަރާއެވެ. ” މަގުމަތީ ދާހާ ކުދިންނާ ބެހުމަކީ ތިބޭފުޅާގެ އާދަތޯ.. ތިބޭފުޅާ އިންނަން އުޅޭ ކުއްޖާއަށް މިކަހަލަ ހަބަރެއް ލިބިއްޖެއްޔާ ހާދަ ދެރަވާނޭ” ނިޝް ގެ މަސައްކަތް ފެއްޓުނީއެވެ. އަހަރެންނަށް ހީލަ ހީލަ ހުރެވުނީއެވެ. “ނޫނޭ.. މިގޮތަށް ކޮންމެ ކޮންމެ މީހަކާ އެކީގައެއް ނޫޅޭނެކަން އެނގޭނެ މައި ޕްރިންސެސްއަށް.. ދޯ” އަކުމަލު ކާރުން ފައިބައިގެން އައިސް އަހަރެންގެ އަތުގައި ހިފަމުން ބުންޔެވެ. އަހަރެންގެ ލޯބިވެސް އަހަރެންނަށް ކާމިޔާބު ވީއެވެ. އެލޮބުވެތި ބެލުމުންވެސް އަހަރެންގެ ހިތް ފުރެއެވެ.

ކޮންމެ ދުވަހެކޭ އެއްގޮތަށް މިއަދުގެ ކްލާސްވެސް ނިމުނީ ހަވީރުވާން އުޅެނިކޮށެވެ. އަހަރެންނާ އަކޫ އެކީ މިސްރާބު ޖެހީ ގެއަށް ދިޔުމަށެވެ. “ޖިއާ” އަހަރެންނާ އަކުމަލު އެއްފަހަރާ ހުއްޓުނީ ޒައިކުގެ އަޑުންނެވެ. “ކޮން އިރަކު މެރިކުރަނީ.. އަކޫ ވަރަށް ވިސްނައިގެން އުޅޭނީ ކިރިޔާ އަހަރެންނަށް ނުލިބި ޖިއާ އޭނީ.. ޖިއާ އަށް ދެރަގޮތެއް ނަހަދައްޗޭ” ޒައިކު އެހެން ބުނުމުން އަހަރެންނަށް ބަލާލެވުނީ އަކުމަލު އަށެވެ. އަހަރެންނާ ދިމާލަށް އަކުމަލު ބަލަން ހުރި ގޮތަކުން އަހަރެންނަށް އިސްޖަހާލެވުނެވެ. އަހަރެންގެ އަތުގައި ހިފާ ބާރުކޮއްލީ ތިމައްނަގެ ހައްގެކޭ ބުނާ ގޮތަށެވެ. ” އެހާ ފަސޭހަ ކަމެއް ނޫން އެއީ.. ދޯ ޖިއާ.. ޖިއާ އަހަރެންގެ ފުރާނަހެން ބަލާނަން.. ޑޯންޓް ވޮރީ ބްރޯ” އަކުމަލު ޒައިކު ގައިގަ ބައްދާލަމުން އެހެން ބުނި އިރުވެސް އަހަރެންގެ އަތްވަނީ އަކުމަލު އަތުތެރޭ ހައްޔަރު ކުރެވިފައެވެ.

މުޅިގޭތޭގައިވަނީ އަޑުގަދަ ކޮއްލާފައެވެ. މިއަދު މީ އަހަރެން ރަން ކިޔުމަށް ހެކިވެރިން އަންނާނެ ދުވަހެވެ. މަންމަމެން އަވަސް އަރުވާލާފަ އުޅޭއިރު ހީވަނީ އެހެން ފަދަ ކަމެއް ހެނެވެ. ” މަންމާ… ޖިއާ” ގެއަށް ވަދެގެން އައި މިންނު ހީވަނީ އުފަލުން ފޮޅޭހެންނެވެ. “ކިހިނެއްވީ” އަހަރެން އެހުމުގެ ކުރިން މަންމަ އެހީ ހިތްއަވަސްވެ ހުރެކަން އަހަރެންނަށް އެނގެއެވެ. ކޮންމެވެސް ވަރަކަށް ވެގެން އުޅޭގޮތް އަހަރެންނަށް ރޭކާލިއެވެ. “މަންމަ މާމައަކަށް ވަނީ” ދޮރުން ވަދެގެން އައި ތުއްތުގެ އަޑު އިވި އަހަރެން އުފަލުން ގޮސް މިންނުގައިގަ ބައްދާލީމެވެ. އަހަރެންގެ ދަރިފުޅުމަތިން ކިތަންމެ ހަނދާންވިޔަސް އަހަރެން މިންނުގެ އުފަލުގައި ބައިވެރިވީމެވެ. “މިއަދުމީ ގެއަށް ދެއުފާ އެއްފަހަރާ އަންނަ ދުވަހެއް.” ޖޫސްތަބައް ހިފައިގެން އައި ފަރީޝައްތަ ބުނީ އަހަރެމެންނާ ދިމާލަށް އަންނަމުންނެވެ. “މަންމާ” އަހަރެންނަށް ގޮވާލެވުނީ ފައިކައްސާލަމުން ދިޔަ ފަރީޝައްތައަށެވެ. ދުވަމުން ދެވުނީ ގޮތެއް ވީކާމަށް ހީކޮށެވެ. އެހެން ނަމަވެސް ﷲ އަށް ޝުކުރު ހުއްޓެވެ. ބަންޑުންވީ ޖޫސްތައްޓެވެ. ފަރީޝައްތައަށް އެއްވެސް ގެއްލުމެއް ނުވެއެވެ. އަހަރެންނަށް މަންމާ އޭ ކިޔާ ގޮވާލެވުނުކަންވެސް އެނގުނީ ދެނެވެ. އަހަރެން ގަޔާލާ ބޮނޑި ކޮއްލަމުން ފަރީޝައްތަ އަހަރެންނަށް ޝުކުރު އަދާކުރިއެވެ. އަހަރެން އެހެން ނުބުނުމަށް އެދުނީމެވެ. ބަނޑުއަޅައި ވިހެއި މަޔަކީ ތީއެވެ. މަންމަގެ ދަރަޖަ ލިބުން ހައްގުވާނެ އެކަކަކީ ތީއެވެ. ދެން އިނީ އަހަރެންގެ މަންމައެވެ. މަންމައާ ދިމާލަށް އަހަރެން ބަލާލީ ފަރީޝައްތަ ގައިގައި ބައްދާލަމުންނެވެ. މަންމަގެ މޫނުމަތީ ވީ ހިނިތުންވުން ފެނި އަހަރެންނަށް ވެސް ހީލެވުނެވެ.

އަހަރެން ހެދުން ފަރުމާކޮއްދިނީ ފަރީޝައްތައެވެ. ފިޔާތޮށި ކުލައާއި ރިހި ކުލައެވެ. ފަޔާހަމައަށް އަންނަ ދިގު ހެދުން ވަރަށް ވެސް ފުރިހަމަ އެވެ. އަހަރެން ރަންކީ ބާރަ ސަތޭކަ ބާރައަށެވެ. ރަންކިޔާ ނިމުމުން އިރުކޮޅެއްނުވެ އަކުމަލު އަޔެވެ. “ޖިއާ” އަހަރެންގެ އަތުގަ ހިފާ ގެންދިޔައީ އުނދޯލިއަށެވެ. “ލޯމަރާ” އަހަރެން ލޯމަތީ އަތްއެޅުމުން އަހަރެން ލޯމެރީމެވެ. އަތުގައި ފިނިއެއްޗެއް ޖެހުނު ކަމުގެ އިހްސާސް ކުރެވުނެވެ. “ލޯހުޅުވަބަލަ” އަހަރެން އަތުގައި ވާ އަގޮއްޓިއަށް ބަލާލީމެވެ. ވަރަށް އާދައިގެ އަގިއްޓިއެވެ. ވަރަށްވެސް ފުރިހަމައެވެ. “އައި ލަވްޔޫ” އަހަރެން އަކުމަލު ގައިގަ ކުޑަކޮއް ބައްދާލަމުން އެހެން ބުނީ ވީއުފަލެއްގެ ބޮޑުކަމުންނެވެ. “އައި ލަވް ޔޫ މޯރ” އަހަރެންގެ ދެ ކޮލުގައި ހިފާ ކައިރިކޮއްލީ ނޭވާ އިހްސާސްވާހާ ކައިރިއަށެވެ. “ކާންޓް ވެއިޓް ޔޫ ޓު ބީ މައިން” ވައިއަޑުން އަކުމަލު އެހެން ބުނި އިރު އެނޭވާގަވީ މީރުވަހުން އަހަރެންނަށް ދެލޯމަރާލެވުނެވެ. ތުންފަތަށް ލިބުނު އެ ހަދިޔާ އަހަރެން އުފަލާއެކީ ގަބޫލު ކުރީމެވެ. “ޖިއާ” އަހަރެން ދިޔައީ ސިއްސައިގެންނެވެ. “މަންމަމެން” އަހަރެންނަށް ބުނެވުނީ އެހިސާބަށެވެ. “ހޫމްމް ޓޫ މޯމްސްދޯ” ހީލަމުން އަކުމަލު އެހެން ބުނީ އަހަރެންނާ ދިމާކުރަންކަން އެނގުނެވެ. “ހެވޭ.. ސްޓިލް އެމީހުންނަކީ އަހަރެންގެ ހުރިހާ އުފަލެއް.. ހިނގާ ދާން” އަހަރެން އަކުމަލު އަތުގައި ހިފާ ގަދަކަމުން އުނދޯލިން ނެގީމެވެ. “ދެން އަހަރެން” އަކުމަލު އެހެން ބުނުމުން އަހަރެންނަށް ހެވުނެވެ. “އަހަރެންގެ ހިތް” އަހަރެން އެހެން ބުނެ ދުއްވައިގަތީ އެތެރެއަށެވެ. ސޯފާގައި އަހަރެންގެ މަންމަމެން ސޯފާގައި އިނެވެ. ދިޔަގޮތަށް އަހަރެން ފަރީޝައްތައާ މަންމަގެ ދެމެދަށް ވަނީމެވެ. ދެމީހުން ގައިގަވެސް ބައްދާލީ ލޯބިންނެވެ. “ބައްޕާ.. އަޅުގަނޑުމެން ބޭކާރު” ތުއްތު އާ އަކުމަލު އެހެން ބުނުމުން އެންމެން ފެށީ ހޭންށެވެ. އަހަރެންނަށް ވެސް ހީލެވުނީ ލިބުނު ނިޔުމަތައް ޝުކުރުވެރިވެއެވެ. ގޭތެރެއިން ފެންނަމުންދާ މަންޒަރަށް ބަލާލެވުނެވެ. މި އުފާވެރިކަން އަބަދުމެ ލައްވާށި.. އާމިން..

ނިމުނީ….

15
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

މިއީ ތަޤްދީރު ހޭ؟ (ސަތާރަވަނަ ބައި)

Next

ލޯބީގެ ރާސްތާއަކީ ކަރުނައޭ…..

Next
January 19, 2016

ލޯބީގެ ރާސްތާއަކީ ކަރުނައޭ…..

Previews
January 17, 2016

މިއީ ތަޤްދީރު ހޭ؟ (ސަތާރަވަނަ ބައި)

39 Comments

  1. kamana says:
    January 18, 2016 at 9:44 pm

    Hey guys here is the last part. Thnk u so much for supportin me. Hurihaa kiyuntheringe faadukiyun ufalaaeku balaigann. U guyxx are the one who help me to improve and who allow me to write moreee. Thnk u so much ?????

  2. sadh says:
    January 18, 2016 at 9:52 pm

    Beautiful story ♥️

    1. kamana says:
      January 18, 2016 at 10:31 pm

      Thnk u sadh ?

  3. Sal says:
    January 18, 2016 at 10:05 pm

    varah reethi

    1. kamana says:
      January 18, 2016 at 10:32 pm

      Thnk u sal ?

  4. Zaanaa says:
    January 18, 2016 at 10:16 pm

    Vvvv reethi vaahakayeh

    1. kamana says:
      January 18, 2016 at 10:32 pm

      Thnk u zaanaa ?

  5. L says:
    January 18, 2016 at 10:32 pm

    Kobaaaa ma buneeemehnu fareeshahtha aee jia ge real mom ey. Molhu dhw?

    1. kamana says:
      January 18, 2016 at 10:33 pm

      Heheh aslu vx varah molhu. Naseebeh bappa neygeykann. Heheh thnk u for reading?

  6. Ary says:
    January 18, 2016 at 10:47 pm

    Warah reethi ??

    1. kamana says:
      January 19, 2016 at 6:29 am

      Thnk yu ary ??

  7. Niz says:
    January 18, 2016 at 10:48 pm

    Finally jiyaa ah happy lyf eh libijje dhw…haha..kobaa niz vx bunymennu jiyaa mum aky ehen myhekey..anyway stry vvvvv reethi…mikahala ehn vaahaka eh kiyaa lan libeyne baa..i luv ur story…

    1. kamana says:
      January 19, 2016 at 6:31 am

      Thnk u so much nix. Heheh aaan dhw niz vx buni ehnn aslu vx varah molhu readers. Iraadha kurehvihyaa ehn vaahaka eh kiyaalan libeyne. Thnk u so much ?

  8. Faathun says:
    January 18, 2016 at 10:57 pm

    V reethi?

    1. kamana says:
      January 19, 2016 at 6:31 am

      Thnk u fathun ?

  9. shuhu says:
    January 18, 2016 at 11:15 pm

    Masha allah..varah furihama vaahakaeh..mikahala ehen vaahakeh upkuraane dhuvahakah inthizaarukuran…u r a great writer ingey dhon kamanaa..hehe

    1. kamana says:
      January 19, 2016 at 6:32 am

      Thnk u shuhu. Hehh iraadha kurehvihyaa ingeyy. Hehe thnk u so much that means alot to me. Thnk u ?

  10. Aleena says:
    January 18, 2016 at 11:29 pm

    Rovijje…

    1. kamana says:
      January 19, 2016 at 6:33 am

      Awwwn. Thnk u aleena ?

  11. Shine says:
    January 18, 2016 at 11:32 pm

    Masha Allah.. V v v furihama… Finally, storyge the end dhww…bt story feshignn nimndhnvx v v rythi…. Nd thank you kamana, jia ah happy life eh hoadhaa dhinyma…
    Dhn kn irakun kamanage new story eh up kohdheyny?????? V nice kamanage story thah…. I hope u I’ll upload a new story soon… good luck nd nice job:):)

    1. kamana says:
      January 19, 2016 at 6:34 am

      Thnk u so much shine foohikameh nethi vaahaka kyma. Iraadha kurehvihyaa ehn vaahaka eh kiyaalan libeyne. Thnk u so much ?

  12. girl says:
    January 19, 2016 at 12:05 am

    Shuheyl ah v gotheh ves genesdhin nama reethi vees ithurah.. thuthu ge friend dhw anehkka eiy..

    1. kamana says:
      January 19, 2016 at 6:35 am

      Nuney girl. Shuheil ge chaptr ninmaalaafa eyni tht episode inn. Anywayxx thnk u so much ?

  13. nukko says:
    January 19, 2016 at 10:08 am

    Hey kamanaa…. 😛 alhey stry nimuny dw…. so sad 🙁 I’ll miss it…. stry hama habeyx ingeyy… just amazing…. u r very talented… masha allah…. grt job… dhn kn irakun ehn stry eh kiyaalan libeynee… cant wait to read ehn stry eh kamana ge 🙂 … gud lukk my dear… 😀 😀 😀

    1. kamana says:
      January 19, 2016 at 10:56 am

      Yes nimuniiii. ? Alheyy so happii when u guyxx say tht ? Avahah new stry eh up kureveythoo balaanan thnk u so much nukko. Tht means alot ?

  14. Kudi says:
    January 19, 2016 at 10:33 am

    Dhonbe ah v goye nethehnu bunefa eh. I mean maru v kihineh kameh dhoa. V nice story. Dhen neai kiyaakahala vaahaka eh mihaaru. New reethi vaahaka thakeh gen naane kamah hope kuran.

    1. kamana says:
      January 19, 2016 at 10:57 am

      Kudi innaane bunefa. Gebigennnu hospital ga ovva maruvy. Yes insha allah gennaanan ingeyy. Thnk u so much ?

  15. Faxoo says:
    January 19, 2016 at 10:46 am

    vara reethi ngey mi story, Kamana <3 Faxu mi story ekkoh keen ekam huriha bayakah cmmnt nukurevuny 🙁 but emme fahu bayah mi kollly hama mi story varah reethi vyma 😀 keep it up

    1. kamana says:
      January 19, 2016 at 11:00 am

      Ya i knw faxoo kiyaakann varah madhun viyas feney ur cmmnntxx. So happii tht u liked this one. Thnk u so much ?

  16. Nookko says:
    January 19, 2016 at 1:27 pm

    Varh reethi mj story…masha allah..kamanage ehen story eh kiyaalan libeyne kamah unmydhu kuran..:*

    1. kamana says:
      January 19, 2016 at 2:22 pm

      Thnk yu so much nookko. Insha allah i will try thnk u ?

  17. misty says:
    January 19, 2016 at 1:53 pm

    Alhey haadha avahakashey e nimuny.. Varah salhi… I hope to c another story of urs

    1. kamana says:
      January 19, 2016 at 2:23 pm

      Avastha. ? Thnk u so much misty. Yes insha alllah ?

  18. Shabee says:
    January 19, 2016 at 1:54 pm

    Ahchee hadi vvvvvvvvvvvv hadi mi veegothun kiyunukamuge Moya heevey

    1. kamana says:
      January 19, 2016 at 2:24 pm

      Shabee sorry for disappointing. ? Alhe hadivy kyvekann bunedhyfaanantha. Eyrun dhn liyaa vaahaka ehgaivx rangalhu kuran ingeynii. Thnk u shabeee. ?

  19. mau says:
    January 19, 2016 at 2:13 pm

    Vvvv reethi….. rovijje… ehen story akah inthixaaru kurevey….

    1. kamana says:
      January 19, 2016 at 2:25 pm

      Thnk u so much mau. Aslutha. Iraadha kurehvihyaa ehn stry eh liyaaban ingeyy. Thnk u everyone for supporting me ?

  20. Satt says:
    January 29, 2016 at 10:13 pm

    Vaahaka v v reethi… vaahaka liyumuge talent huri kan faahaga kurevey..but miah vure reethikoh aslu mi vaahaka genainama maa reethivis…
    Maa avas aruvaalaafa mihury

    1. kamana says:
      January 30, 2016 at 7:09 pm

      Thnks alot satt. Aslutha. I will try ingeyy miah vureh rythikoh liyeveythooo. Thnk alot. It means alot to me ?

Comments are closed.

All Right Reserved!