Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވާ މަންމާ މަގޭ.. 8

kamana Level 310 Stories500 Comments100 Comments
January 6, 2016 5 Mins Read
18 Comments

“ޖިއާ… މިބުނީނު ދުރުގަ ހުންނާށޭ.. މީހަކު އަޖައިބެއް ނުވާނެތަ” މަންމަ ފޮޅުވާލީ ދޭފަތް އޮތް އަތެވެ. ބާރަށް މާންމާ އޭ ކިޔާ ގޮވާލެވުނީ މޫނުމަތީގައި އަތްއަޅަމުންނެވެ. ނަގަން ފެށި ދިލައިން އަހަރެންނަށް ކެއްވާވަރެއްނޫނެވެ. އަހަރެންގެ ނަސީބު ނޫނީ ބަދުނަސީބެވެ. ބުރައިގެން ދިޔަ ތެޔޮ ތިކިތައް އައިސް ޖެހުނީ އަހަރެންގެ އަތްތިލައިގައެވެ. ކަނދުރާއަށްވެސް ދެތިން ތިކި ބުރިއެވެ.

“މަގޭ ދަރި… ޒުބޭދާ މިހާރު ޖިއާއަށް އަނިޔާކުރަންވެސް ފެށީތަ” އަހަރެން މޫނުމަތީގައިވާ އަތް ނެގީ ބައްޕަގެ އަޑު އިވުމުންނެވެ. ދުވެފައި ބައްޕަ ގާތަށް ދިޔައީ ބައްޕަ ފެނުމުން އުފާވުމުންނެވެ. “އަހަރެން ގަސްތަކު ނޫން ޖިއާއަށް އެހެން ހެދީ.. އޭނަ ކައިރީގައި އެވަރަށް ދުރަށްދާށޭ ބުނީމަވެސް ހުރީ.. ދެން އަހަރެން ބުނާގޮތް ނެހެދުމުންވެސް ވާނެ އެހެން..” މަންމަ ހުރީ ކުރެވުނު ކަންތަކާ ދެރަވެފައިކަން އަހަރެންނަށް އެގުނެވެ. މަންމަގެ މިލާފައިވާ މޫނު ފެނުމުންވެސް އަހަރެންނަށް އެކަން ދޭހަވިއެވެ. “މަންމާ… މަންމަ ގަސްތުގައެއް ނޫނެއްނު… އެހެން ނޫނަސް މި ރަނގަޅުވާނެ އަވަހަށް.. ދެން ހިނގާ އަވަހަށް ކާއެއްޗެހި ތައްޔާރުކުރަން.. ބައްޕާ ރަނގަޅުވާނޭ. ދެންދޭ ފެންވަރައިގެން އަންނަން.. އޭރަށް ކާން ހަދާނަން” ބައްޕަ އަހަރެންނާ ދިމާލަށް ފާޑަކަށް ބަލަން ހުރުމުން އަވަހަށް އަހަރެން ބައްޕަ ގޭތެރެއަށް ފޮނުވާލީމެވެ.

“ޖިއާ މީހުން ބުނާގޮތް ނަހަދަންޔާ ތިހެން ވާނެ.. ދެންވެސް ދޭ ބަތްތެލި އުދަން” ބައްޕަ ދިޔުމާއެކު މަންމަގެ ރާގު ބަދަލުވިއެވެ. އަހަރެންނަށް މަންމައާ ދިމާލަށް ބަލަން ހުރެވުނީ ގަބޫލު ކުރަން ދަތިވެ ހުރެއެވެ. އަހަރެން ބޯޖަހާލުމަށްފަހު ދިޔައީ މަންމަ ބުނި ކަންތައް ކޮއްދިނުމަށެވެ. އަހަރެން ގައިގައި ނަގަން ފެށި ދިލައަށް ވުރެއް ހިތުގައިވާ ހައިޖާނު މާބޮޑެވެ. ސިންކުގައި ދެއަތްވިއްދާލުމައްފަހު ފުންނޭވާއެއް ދޫކޮއްލީ ހިތްވަރުކުރުމަށެވެ. އެހެން ނަމަވެސް ލޮލުން ހިފޭޓުމެއް ނެތި ކަރުނަ ފައިބައިގަތީ އަހަރެންގެ އެއްވެސް އިހްތިޔާރަކާ ނުލައެވެ. މޭގައި ފިރުމަމުން ދެފަރާތަށް ހިނގަންފެއްޓީ ހަމަޖެހިލުމުގެ ބޭނުމަގެއެވެ. މޫނުމައްޗަށް ނަގާ ލޯ އަވަސް އަވަހަށް ތަޅުވާލީ ކަރުނަތަކަށް ނިމުމެއް ގެނައުމަށެވެ. މީހާ ހަމައަކަށް އެޅުނީ އޭގެން އިރުގަނޑެއް ފަހުގައެވެ. އަވަސް އަވަހަށް ސިންކުން މޫނު ދޮވެލީ މޫނު ތާޒާ ކޮއްލުމަށެވެ.

ހުރިހާކަމެއް ނިމުނު އިރު ހަވީރު ފަސްގަޑި ބައިވާނެއެވެ. މަންމައާ ބައްޕަ ކޮޓަރިއަށް ވަނުމުން އަހަރެންވެސް ކޮޓަރިއަށް ވަނީ ހަތެއް ޖަހަން ވާއިރަށް ތައްޔާރުވުމަށެވެ.

ކަޅުކުލައާއި ހުދުކުލައިން ޖަރީކޮއްފައިވާ ހެދުމެއް އަހަރެންލީ މިރޭ އަހަރެންވެސް ރީތިވުމަށެވެ. އެއީ މިރޭ ގެއަށް އަންނަ މެހެމާނުންގެ ލިސްޓު ގިނަވެފައިވާތީއާއެކުމެއެވެ. “ޖިއާ..” އަހަރެން އަވަސް އަވަހަށްބޮލުގައި ފުނާއަޅާލުމައްފަހު ނިކުތީ މަންމަ ގޮވަނީ ކޮންބޭނުމަކުތޯ ބަލާލުމަށެވެ.

“ޖިއާ.. މޭޒުމައްޗަށް ކާއެއްޗި ނަގާ ތައްޔާރު ކުރޭ.. ފަނި އަޅާން ތަށިވެސް ނަގާތި..” އަހަރެން މަންމައަށް އާއެކޭ ބުނެ އަވަސްވެގަތީ ކާއެއްޗެހި ނެގުމަށެވެ. “ޖިއާ… ރީތިވެގެން ހުރެ ކާއެއްޗެހީގަ އުނގުޅެން ތިއުޅެނީ.. ޖިއާ ދޭ އެތެރެއަށް.. ފަރީޝައްތަ ކޮއްފާނަން ތިކަންތަން” ފަރީޝައްތަ އައިސް އަހަރެން އަތުން ތަށިތައް އަތުލަމުން ބުންޔެވެ. “ނޫނޭ.. ދެން މި ނިމުނީ.. ފަރީޝައްތަވެސް ދެންދޭ ރީތިވާން..” އަހަރެން ފަރީޝައްތަ ފޮނުވާލީ މަންމައަށް ފެނިއްޖެއްޔާ ރުޅިއަންނާނެކަން އެނގޭތީއެވެ.

މުޅިގޭތެރެ ވަނީ އަޑުގަދަ ކޮއްލާފައެވެ. ތުއްތުގެ އޮފީސް ކުދިންނާ މިންނުގެ އޮފީސް ކުދިންނެވެ. ދެއާއިލާ މީހުން އެއްވެ ވާހަކަ ދައްކަން ތިބީ އަދި ގަޑި ނުޖެހޭތީއެވެ. ވާން އުޅޭ ފަހަރީ ލައިގެން ހުރީ ފެހި ކުލައިގެން ދިގު ހެދުމެކެވެ. ހެދުމާ ގުޅޭގޮތަށް އަޅާފައިވާ ޝޯލްއިން ވަކިން ފުރިހަމަ ކަމައް ދައްކައެވެ. ތުއްތުވެސް މިރޭ ފެންނަލެއް ވަރަށް ސްމާޓެވެ. ހުދުގަމީހަކާ ކަޅު ފަޓުލޫނެއް ލައިގެންނެވެ. ބެގީޖަހާ އަތްކުރި އޮޅާލެވިފައިވާއިރު ހަށިގަނޑުގެ ވަރުގަދަކަން ހާމަވެއެވެ.

“ހޭ ޝާމިން.. އެއީ ކާކު.. ހާދަ ސަޅި ބިޓެއް” އަހަރެންގެ ފުރަގަހުގައި ތިބި ތުއްތުއާއި ތުއްތުގެ އޮފިސް ކުދިން ވާހަކަ ދައްކާ އަޑު އަހަރެންނަށް އިވުނެވެ. “ޝުހޭލް އެއީ މަގޭ ކޮއްކޮ.. ތިކަންތައް ހަނދާން ނައްތާލާ” ތުއްތުގެ ޖަވާބު އިވި އަހަރެންގެ ތުންފަތުގައި ދުވެލީ ހިނިތުންވުމެވެ. އެހެން ނަމަވެސް އެ ހިނިތުންވުންވީ ހިނދުކޮޅަކަށެވެ. ޝުހޭލް ބުނެލި ޖުމްލައިން އަހަރެން ބިރުގަންނަން ފެށިއެވެ. “ތިހެން ބުންޔަސް ނުހުރެވޭނެ… އޭނަ ހަމަ ސެޓުކޮއްލާފަ ދޫކޮއްލާނީ.. ކިހިނެއް އެނގެނީ އޭނަގެ މީރުކަންވެސް ނުލިބޭނެކަމެއް” އެވަގުތު ތުއްތު ދެން ހެވޭ ނުބުނި ނަމަ މުޅި މާހައުލު ހަރާބުވީސްއެވެ.

ހަތްސަތޭކަ ފަންސާސް ފަހަކަށް ރަން ކިޔުމައްފަހު ރޭގަނޑުގެ ކެއުމައަށް އިންސާފުކުރަން އެންމެން ދިޔައެވެ. “ހޭ” ކަންފަތަށް ހޮނުއެޅިކަހަލައެވެ. އަހަރެންނާ ދާދި ކައިރިން އެއިވުނީ ޝުހޭލްގެ އަޑެވެ. “އަސްލުވެސް ވަރަށް ރީތި.. ތި ފަރި ބައްޓަން ފެނި މީހަކު މޮޔަ ނުވެ ނުދާނެ.. ” އަހަރެން ފަހަތަށް ޖެހިލީ އަހަރެންގެ ގައިގާ ޝުހޭލް ޖެހުމުންނެވެ. “ދުރުގަ ހުރޭ.. ތުއްތު ކައިރީގަ ބުނާނަން.. މިކަހަލަ ތަނަކައް އައިސް ކުރަން އެންމެ ރަނގަޅުކަންތަ ތިކުރަނީ” އަހަރެންގެ ކަނދުރާގައި އަތް ކޭތުމުން ފަހަތަށް އަހަރެން ޖެހުނީމެވެ. “އޭ ޝުހޭލް.. އާދޭ ކާން” އަހަރެންނަށް ފުންނޭވާއެއް ލެވުނީ ތުއްތު ޝުހޭލްއަށް ގޮވުމުންނެވެ. އެހެން ނަމަވެސް ހިތުގައިވާ ބިރުވެރިކަން ދެގުނަ އިތުރުވީ ޝުހޭލްގެ އެ ބެލުން ފެނިފައެވެ. ބޭނުން ނުފުދެނީސް ދޫކޮއްނުލާނެމޭ އެދެލޮލުން ބުނާ ކަހަލައެވެ.

ގޭތެރޭގައި ބޭވި ކުޑަ ހަފްލާ ނިމުނީ ދިހަ ގަޑި ބައިވާން އުޅެނިކޮށެވެ. ހުރިހާ ތަށިތަކެއްނަގާ މޭޒުމަތި ސާފުކުރަން އަހަރެން ފެއްޓީ ހެނދުން ބަދަލު ކުރުމައްފަހުއެވެ. މަސައްކަތުގައި ފަރީޝައްތަ ބައިވެރި ވުމުން ވަރަށް އަވަހަށް ހުރިހާކަމެއް ކޮއް ނިމުނެވެ. ހުރިހާ ކަމެއްކޮށް ނިމި އަހަރެން ކޮޓަރިއަށްވަނީ ޖައްސާލުމަށެވެ. މޫނާ ދެއަތް ދޮވުމައްފަހު އެނދުގައި ޖައްސާލުމާއެކީ ނިދުނެވެ.

ޕޭމެންޓް މަތީގައި އަހަރެން ހުރީ ދެކޮޅަށް ބަލާލަ ބަލާލައެވެ. ކާރަކަށް ގުޅައިގެން އިންނަތާ ކޮން އިރެއް ހެއްޔެވެ. މިހާރު މީހާ ރުޅިއައިސްގެން މުޅިމިހާގައިން ދާހިތްލަން ފަށައިފިއެވެ. މަގުމަތިން ދާހާ ކާރަކަށް އަތްނަގަން ފެށީ ގަޑިޖެހިދާނެތީއެވެ. އަވަސްވެފަވާ ހިތަކާއެކު މިކާރަށް ނޭރިއްޖެއްޔާ ދެން ހިނގާފައޭދާނީ ހިތައް އަރާ އަތްނެގި ކާރު މަޑުކޮއްލުމާއެކު އަހަރެން އަވަހަށް އެރީމެވެ. ކާރަށް އަރާ ސީޓުގައި ހަމަޖެހިލީމެވެ. “ޔޫ” ކުރީ ސީޓުގައި އިން އަކުމަލް ފެނި އަހަރެންނަށް ބާރަކަށް ބުނެވުނެވެ. ” ހާއި ޖިއާ.. ހަމަ މިކާރަށް އަރާކައްނު ތިޖެހުނީ.. ޑޯންޓް ވޮރީ.. ގަޑިނުޖެހި ދެވޭނޭ” އަހަރެންގެ ހާސްވެފައިވާ މޫނު ފެނި އަކުމަލް އެހެން ބުންޔެވެ. ޔުނިވާރސިޓީއާ ތަންކޮޅެއް ދުރަށް ކާރު ޕާރކު ކުރުމައްފަހު ދެމީހުން ޔުނިވާރސިޓީއާ ދިމާލަށް ހިނގައިގަތީ އެކީގައެވެ. “އަކޫ.. ކޮބާ މިއަދު ރުޅިގަދަ މަންޖެ..” އަކުމަލު ސަލާމް ދިއްކޮއްލުމައްފަހު ތައާރަފުވެލިއެވެ. “ޖިއާ.. އަހަރެން ކުޑަކޮއް ލަސްވާތީ އޭނަ އަވަހަށް ގޭން ނިކުތީ” ނިޝްގެ ވާހަކަ އެހުމުން އަހަރެންގެ ގާތަށް ހިނިވެސް އައެވެ. “އޯކޭ ދެން ދަނީ.. އަކޫގެ އިންގުލިޝް އޮތީ އެންމެ ފުރަތަމަ.. އަމްމްމްމ ޖިއާ.. މީސް މީހުންގެ ކާރު ލޯގަނޑަކީ ރީތިވަން ތައްޔާރު ކޮއްފަ ހުންނަ އެއްޗެއް ނޫން އެނގޭ..” އެކަމަކު ދަމުން ބުނި އެޖުމްލަ އިވި އަހަރެންގެ ދެކޯތާފަތް ރަތްވީ ގަތް ލަދުންނެވެ. ހާދަ ގޯހެވެ. އެންމެ ދުވަހަކު ރިތިކޮއްވާހަކަ ދެއްކީމަ އެދިޔާ ލަދުގަންނަވާލާފައެވެ.

މުޅި ކޮލެޖައްވަނީ ގަދަ ރަތް އަވި ދީފައެވެ. ދޭ އަވިން ހީވަނީ މީހާ ފިއްސާލަ ފާނެހެންނެވެ. “ޖިއާ.. ކިހިނެއްވެފަ.. ޒައިކު ސާރގެ ކުލާހެއް ނެތީމަތަ ތިހެން ތިބުނީ” ނިޝް އެހެން ބުނުމުން އަހަރެންގެ ގާތަށް ހިނިއައެވެ. އަދި ހެވިލާފަ އާ އެހެންވެއޭ ބުނެލީމެވެ. “ޖިއާ ހިނގާބަލަ ޝޮޕިން އަކަށް.. ޕްލީޒް.. އަހަރެން އެބަހުރި ބައިވަރު އެއްޗެހި ގަންނަން ވެފަ…” ނިޝް އާދޭހުގެ ރާގައް އެހެން ބުނުމުން އަހަރެން އޯކޭއޭ ބުނެލީ ހިތާ ދެކޮޅަށެވެ. އަހަރެންނަށް ހަމަ ޔަގީނެވެ. އަހަރެން ރޭގަނޑު ބޭރަށް ނިކުންނަން މަންމަ އެއްބަހެއް ނުވާނެއެވެ. އެކަމުކުވެސް ނިޝްއައްޓަކާ އާއެކޭ ބުނީއެވެ.

ރޭގަނޑު ކައި ނިމުމުން އަހަރެން ވަރަށް ޖެހިލުންވެ ހުރެ މަންމަ ކައިރިން ހުއްދަ ހޯދީމެވެ. ލިބުނު ޖަވާބަކީ އަހަރެން އެޖަވާބައްޓަކާ ތައްޔާރުވި ޖަވާބެވެ. “އެއީ ދޮގެއް.. މިރޭ ދޭ.. މަންމަ ބުންޔަސް ތިހެން ހުންނާކަށް ނުވާނެ.. އަބަދު ގޭގަ އޮތުމަކީވެސް ރަނގަޅުކަމެއް ނޫން” ބައްޕަ ހުއްދަ ދިނުމުން އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އެހެން ނަމަވެސް މަންމައާ ދިމާލަށް ބަލަން ހުރެވުނީ ޖަވާބަކަށް އިންތިޒާރު ކުރާމީހެއް ފަދައިންނެވެ. ” އަވަހަށް އަންނާތި ގެއަށް” މަންމަގެ ޖަވާބު އަޑުއަހައި އަހަރެން އުފަލުން ކޮޓަރިއަށް ވަނީ ތައްޔާރުވުމަށެވެ.

“ޖިއާ އަތަށް ކިހިނެއް ހަދާފަ..މީ ފިހިފަތަ…ހީވަނީ ބައްޔެއް ޖެހިފަހެން…” ސެންޓުފުޅިއެއްނަގަން ދިއްކުރި އަތުގައި ނިޝް ހިފީ އަހަރެން ވިސްނާނުލާ ހުއްޓައެވެ. ކުދި ބިހިތަކެއްހެން ނަގާފަވާ ފޮޅުތައް ފެނި ނިޝް އެހެން އެހުމުން އަހަރެން ދޮގެއް ހަދާލީމެވެ. އަހަރެންގައި އިން ބޮޑު ފޮޅު ފެނިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ. “ގޭތެރޭގައި މަސައްކަތް ކުރާ މީހުނަށް މިކަހަލަ ގޮތް ގޮތްވެސް ވާނީ” އަހަރެން ހެވިލާފައި އެހެން ބުނީ ނިޝް ދެރަކުރުމަށެވެ. “އައްޗި މަސައްކަތް ކޮއްގެން ތިކަހަލަ ލަކުނުލަންޔާ އަހަރެން މަސައްކަތް ނުކޮއްހުރުންވެސް ރަނގަޅު.. ނަސީބެއްނު މޫނުގައި ތިއެއްޗެއް ނުޖެހުނުކަން.. ޖިއާ ބަލައިގެން އުޅެއްޗޭ..” ނިޝް އެހެން ބުނުމުން އަހަރެން ބޯ ޖަހާލީ ހީލަމުންނެވެ. ނިޝް އެވެ. އަހަރެންވެސް މޫނުގައި އެތެޔޮ ތިކިތައް ނުޖެހުނު ކަމައްޓަކާ އަހަރެންވެސް ހަމްދު ކުރަމެވެ.

މުޅި މާލޭ މަގުތަކުގައި ޖުލައި ސައްބިހަށް ޖެހި ލައިޓުތައް ދިއްލާފައި ހުރުމުން ފެންނަނީ ބޭރު ގައުމެއް ހެނެވެ. ސަލްޓަން ޕާރކް ކައިރިން ހިނގާފައި ދިޔައީ އެތަކެއް ވާހަކައެއް ދައްކަމުންނެވެ. “ޖިއާ.. ނިޝް.. ދެކުދިން ކޮންކަމެއް” އަހަރެންނާ ނިޝްއަށް އެއްފަހަރާ ސައިކަލުގައިން ދެޒުވާނުންނަށް ބަލާލެވުނީ އަހަރެމެންނަށް ގޮވާލުމުންނެވެ. “ޒައިކް ސާރ.. މިތާ.. އަކޫ..” ހައިރާން ކަމާއެކީގައި އަހަރެންނަށް އަކުމަލްގެ ނަން ކިޔާލެވުނީ ޒައިކް ސާރގެ ފަހަތުގައި އަކުމަލު ހުރުމުންނެވެ. ފަހަތުން ބަރުގަނޑު އަޅަން ފެށުމުން މަޑުކޮއްލާށޭ ބުނެ ޒައިކް ސާރ ދިޔައީ ސައިކަލު ޕާރކު ކުރަންށެވެ.

“ހޭ.. ހިނގާ ލޮލީ ގަންނަން.. އޯކޭ ވެއިޓު. އެބަ އަންނަން ގަނެގެން” ޒައިކު ސާރ އެހެން ބުނެ އަވަހަށް ދިޔައީ އަހަރެމެން ބުނާ އެއްޗެއް އަޑުއެހުމެއް ނެތިއެވެ. ނިޝްއާ އަހަރެންނަށް ހެވުނީ ޒައިކު ސާރ އުޅުނު ގޮތުންނެވެ.

“އަދިވެސް ތިދެމީހުން ތިތާތަ..ހިނގާބަލަ އިށީންނަން.. ” ޒައިކު ސާރ އާއި އަކުމަލް އަހަރެމެންނާ އަރާ ހަމަކުރަމުން ބުނެލިއެވެ. ކޮންމެ މީހަކަށް ލޮލީއެއް ދިނުމައްފަހު އަތުގައި އޮތް ކޮތަޅު ބިންމައްޗައްވައްޓާލީ ކުރިއަށް ހިނގައި ގަންނަމުންނެވެ. “ސާބަސް ތި ދެމީހުން އެވަރަކަށް ތިބަލަނީ ކީއްވެ… އަހަރެމެން ދެމީހުން ވައްތަރު ވީމަތަ” ޒައިކު ސާރ ހެވިލާފައި އެހެން ބުނުމުން އަހަރެމެން ދެމީހުން ދެމީހުންނަށް ބަލާ ނިތް އަރުވާލީމެވެ. “އަސްލުވެސް ވައްތަރެއް ނޫންތަ.. އޯކޭ.. އަހަރެން ލަދުވެސް ގަނޭ މިހެން ބުނަން އެކަމު މީ ޒައިކުގެ ކޮއްކޮ.. އެން ސޮރީ އަކޫ ތި ދެމީހުންނަށް ވަރަށް ޖެއްސުން ކުރިވާހަކަ އަޑު އެހިން.. އެކަމަށް ސޮރީ..” އަހަރެންނާ ނިޝް ހުރީ ވާނުވާ ނޭނގިފައެވެ.

ނުނިމޭ…

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

އިރު އޮއްސުމުން..

Next

ދަރިފުޅު (8)

Next
January 6, 2016

ދަރިފުޅު (8)

Previews
January 6, 2016

އިރު އޮއްސުމުން..

18 Comments!

  1. Luyoona says:
    January 6, 2016 at 8:03 pm

    wow vv reethi ingey

    1. kamana says:
      January 6, 2016 at 9:57 pm

      Luyoo thnk u ?

  2. ny says:
    January 6, 2016 at 8:21 pm

    Reeethi adimifety mivaahakakiyn. …….nulafaa mumedhw

    1. kamana says:
      January 6, 2016 at 9:58 pm

      Aslutha ny. Alhe nimendhenn kiyaane kamah hykurannn thnk u ?

  3. shine says:
    January 6, 2016 at 8:55 pm

    Wow.. this partvx v v v rythi..Nxt part kn irakun.. avahah up kohdhehchey… Waiting…

    1. kamana says:
      January 6, 2016 at 9:59 pm

      Thank u so much shine Insha allah avahah up kohdheynan ?

  4. Eyesh says:
    January 6, 2016 at 9:38 pm

    Wooooow.. kamana alhe mi part ves v v v v v rythi.. C rioxly they are brothers tha??? ? can’t wait to read the next part…

    1. kamana says:
      January 6, 2016 at 10:00 pm

      Thank u so much eyshoo. Heheh letx c dhw. Thnk u so much for waitin ?

  5. misty says:
    January 6, 2016 at 11:07 pm

    Wowwwww.. Varah salhi… When next part??

    1. kamana says:
      January 7, 2016 at 7:04 am

      Thank u misty. Nxt part insha allah avahah up kohdheynan ?

  6. faz says:
    January 6, 2016 at 11:21 pm

    Wow its jus amazin..I luv this story..each n every part of da story till now was si interestin n hope da remaining parts too will b as interesting..i wonder hw u ppl get such wonderful ideas to write these stories..u all r great writers..especially i mention u (kamana), ryn, fazoo, ammu etc..Fazooge dheenee stories wer awesome n hope to get to read more dheenee stories in sha Allah..

  7. kamana says:
    January 7, 2016 at 7:07 am

    Aaawww faz u r so sweet. To read such an wonderful comment early morning makes my day. Fax itx just planned befr writing the stry so its nt that difficult to write. Thank u so much heart heart ???

  8. Ahmed Ammu says:
    January 7, 2016 at 9:31 am

    Mi part ves v v v v habeys. Keep it up kamana ?

    1. kamana says:
      January 7, 2016 at 12:57 pm

      Thnk u ammu ?

  9. Niz says:
    January 7, 2016 at 1:57 pm

    Oh kyve jiyaa mom ehaa varah eyna dheke angry vany…so sad…i think jiyaa is not her daughter…bt vvv reethi keep it up

    1. kamana says:
      January 7, 2016 at 3:14 pm

      Niz thankx alot ?? dhn alhe letx c jia aky kaakuge dharieh kann ☺️ Dhw

  10. nukko says:
    January 7, 2016 at 5:31 pm

    Varaaaaah rythi … I think jia aky fareesha ge kujje hn… =_=
    Hehe v interesting ingey gendhaa goii… aneh part avahah up kohdhechey….. thnks kamana

  11. kamana says:
    January 7, 2016 at 6:15 pm

    Heheh aslutha. Dhn balamaa dhw kaakuge dhariehthoo. Thnk u so much nukko ?

Comments are closed.


All Right Reserved!