ކޮލުގައި ކާތާލި މަޑު ފިޔާތޮށި ކުލައިން އަތޫޝާގެ މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. “އަޅޭ… ޝާޝާ.. ޔޫ ލުކް ސޯ ޕްރިޓީ… ހަމަ ހީވަނީ އަރަބި ކުއްޖެއްހެން” ކައިވެނީގެ ހެދުމުގައި ޒީނަތް ތެރިވަމުން ދިޔަ އަތޫޝާ ފެނި ސަނާއަށް ބުނެވުނެވެ. “ބިރުގަނޭތަ” ސަނާ އަތޫޝާގެ ފަހަތުގައި ހުއްޓެއްމުން ލޯގަނޑުން އަތޫޝާގެ ސޫރަ ބަލާލިއެވެ. “ހިހިހ.. ބިރުގަނޭ…. އެކަމް.. ” އަތޫޝާ ބުނަން ބޭނުންވި ކިތައްމެ އެއްޗެއްސެއް ހިތުގައި ވިއެވެ. ” އައި ނޯ.. ޝާޝާގެ މަންމަމެން އުފާވާނެ.. އެހެން ނޫނަސް މިރޭ އަހަރެންގެ ފަހަރިއަށް ވާނެ.. އަޅޭ.. އައި އެމް ސޯ އެކްސައިޓެޑް.. ” އަތޫޝާގެ ކޮނޑުގައި ހިފާލަމުން ސަނާ ބުނީ ހީލަމުންނެވެ. “ދެން ހިނގާ… މިހާރު އެއޮތް އަށެއް ޖަހަނީ” ސަނާ އަތޫޝާ ލައިގެން އިން ބޮޑު ވެޑިން ޑްރެސް ރަނގަޅުކޮއްލަމުން ބުންޏެވެ.

އުޑުމަތިން ފެންނަމުން ދިޔައީ ސާފު ތަރިތަކެވެ. ހަނދުގެ އަލިކަމެއް ނެތް ކަމަކު އުނޑުމަތި ފަޅު ފިލުވާލާފައި ވަނީ ދިއްލާފައިވާ ކުދި ކުދި ތަރިތަކުންނެވެ. ދިއްލާފައިވާ ތަރިތަކަށް ވުރެއް މިރޭ އާދީގެ ފެންނަނީ ވަރަށް ވެސް ފުރިހަމަކޮށެވެ. ދެބުރިއަށް އިމާރާތް ކޮއްފައިވާ ގޭގެ ބޮޑުބައެއް ވަނީ ފެންޑާއަށް ހުސްކޮއްފައެވެ. ފެންޑާ ވަށައިގެން ކުދި ގަސްތަށް ހައްދާފައިވާއިރު ވެލިގަނޑު ފޮރުވާލައިފައިވަނީ ފެހި ކާޕެޓަކުންނެވެ. ގޭ މައިދޮރާށި ކައިރީގައި ބޮޑު ދިގު މޭޒެއް ބަހައްޓާފައި ވާއިރު އޭގެ މެދަށް ރަތް ފިނިފެންމަލުން ޖަރީކޮއްފައިވާ ތިންބުރީގެ ކޭކެއް އިނެވެ. އަދި ކައިރީގައިވާ އެކި ވައްތަރުގެ ފޮނި ކާތަކެތިން އިތުރަށް އެ މޭޒުމަތި ފުރިހަމަކޮއްދެއެވެ. އެކި ދިމާ ދިމާގައި އެކި ކުލަ ދިއްލާފައިވާއިރު މޭޒުތަށް އަތުރާފައިވަނީ ކައިރި ކައިރިންނެވެ. އަތުރާފައިވާ މޭޒަށް ފުރިހަމަ ކަމެއް ގެނެސްދެނީ އޭގެ ވަށައި އަޅާފައިވާ ރިހި ފޮތިގަނޑުންނެވެ. އަދި އޭގެ މަތީގައި ބަހައްޓާފައިވާ ރަތް އުއްބައްތިންނެވެ. ކޮންމެ މޭޒެއްގެ މެދަށް ރަތް ފިނިފެންމާ ބޮޑިއެއް ލާފައިވާއިރު ކޮންމެ މީހެއްގެ ދުލުން ބޭރުވަމުން ދިޔައީ ތައުރީފުގެ ބަސްތަކެވެ.

އެހެން ނުވާންވި ސަބަބެއް ނެތެވެ. މިރޭމީ އާދީ ކޮންސްޓަރަކްޝަންގެ ހުރިހަމަ އެކަނި ފިރިހެން ދަރީގެ ކައިވެނި ހަފްލާއެވެ. އެންމެ އެއްފަހަރާ ފަހަތް ބަލާލީ އަންހެން ކުދިންގެ ހަޅޭކުގެ އަޑަށެވެ. އާޝިޔާ އާއި އާދިލް ވެސް އެދިމާ ބަލާލީ ސިޑިން ފައިބައިގެން އަންނަ އަތޫޝާ ފެނުމުންނެވެ. އަތޫޝާގެ ކައިރީގައި ސަނާ އިން އިރު އިރު އިރުކޮޅާ އަތޫޝާގެ ހެދުމުގެ ފަސްބައި ރީތިކޮއްލައެވެ.

“އާޝިޔާ.. ހަމަ ރާނީއެއް ދޯ ތިލިބުނީ… އެކަމުވާ ބުނަންތަ.. ހަމަ ރީތިކަމުން ފުރިގެންވާ ކުއްޖެއް އެއީ” އާޝިޔާގެ އެންމެގާތް ރަހުމަތްތެރިޔާ ޒުލޭހާ އިއްވަމުން ދިޔައީ މަލާމާތުގެ ބަސްކަން އާޝިޔާއަށް އެނގެއެވެ. އެހެން ނަމަވެސް މާހައުލުގެ ގޮތުން ހިނިތުންވެލީ ގަދަކަމުންނެވެ. ” އެއްވެސް ރީޗެއް ނޫން… ޔަތީމަކާ މަގޭ ފިރިހެން ދަރި އިނުމީވެސް އަހަރެން ގަބޫލު ކަމެއް ނޫން” ޒުލޭހާ ދިޔުމުން އާޝިޔާއަށް ރުޅިގަނޑު ކޮންޓްރޯލް ނުކުރެވުނެވެ. “ސާބަސް އާޝިޔާ… ޔަތީމަކަސް ފަގީރަކަސް ދަރިންގެ އުފާ ވާންޖެހޭނީ އަހަރެމެންގެ އުފަލަށް…” އާދިލްގެ މޫނުމަތިން ހިތްހަމަ ނުޖެހުން ފާޅުވާން ހުރުމުން އާޝީޔާ އެއްޗެއް ނުބުނެއެވެ. އެހެން ނަމަވެސް ހިތުގައި އަތޫޝާ އާމެދުވީ ރުޅިވެރިކަން ވީ ހައްތަހާ ގަދައެވެ.

“ހޭ… ކޮބާތަ ގްރޫމް… ނުވެސް ފެނޭ” އަތޫޝާގެ އަތުގައި ހިފަމުން ޝަމްހާ އަހާލިއެވެ. “ނޭނގެ… މަމްދޫހު ލަސްވެއްޖެދޯ… ކޮންޓްރެކްޓެއްގަ ސޮއި ކުރަން ރިސޯޓަށް ދިޔައީ.. މިހާރު އުޅޭކަންނޭގެ އަންނަން” އަތޫޝާގެ މޫނުމަތިން ފެންނަމުންދަނީ ހާސްކަމާ ބިރުވެރިކަމެވެ. “އަޅޭ.. މަމްދޫހު.. ކޮބާތަ.. މިހާރު ބިރުގަންނަން ފަށައިފި… އަނެއްކާ.. ނޫން.. އަންނާނެ… ޔަގީން… ” އަތޫޝާގެ ހިތް ދިޔައީ ނެގި ނެގިފައި ޖެހެމުންނެވެ. ވިސްނަން ބޭނުންނުވާ ކަންތައްތަކާ ވިސްނެނީއެވެ.

ނުނިމޭ…

42

17 Comments

  1. princess

    March 16, 2016 at 6:02 pm

    Woww yey me frst..vrh nyc…

  2. kamana

    March 16, 2016 at 6:02 pm

    Heyyy guyxxx. Missd u all ???. N ya a new one. Hope u all will like thiss. ??

  3. Zaanaa

    March 16, 2016 at 6:12 pm

    V reethi next part avahah up kohdahchay

  4. laimaan

    March 16, 2016 at 6:30 pm

    Kamana ge story eh finally. Adhi nuves kiya coment mi kury

    • laimaan

      March 16, 2016 at 6:36 pm

      Startin v v reethi. Waiting for the next part. Konirakunbaa up vaany. All the best

  5. Galaxy

    March 16, 2016 at 7:09 pm

    Luv all of ur strys kamana darling

  6. Appy

    March 16, 2016 at 7:58 pm

    Feshun v rythi …kury vaahaka hen rythikon gendhaane kamahh ummedhukuran. ..bst of luck kamaa

  7. munee

    March 16, 2016 at 8:46 pm

    feshun vv nice .gud luk kamana

  8. IbrahimBe

    March 16, 2016 at 10:05 pm

    mi Aaadhee Construction aky eyna ge mamma tha noony bappa tha?
    ingireysi nameh veema neygigen.

    • kamana

      March 17, 2016 at 12:55 pm

      Adhee construction akee company akah kiyaa nameh. ?

  9. Emy

    March 17, 2016 at 12:13 am

    Woah… Starting v vv salhi… Waiting for the next part… Avhah up khdhei chey alhe
    All the best ?????

  10. naax

    March 17, 2016 at 6:32 am

    Vaahakajge feshun v salhi best of luck kamana

  11. ammuty

    March 17, 2016 at 11:14 am

    Kaiveneege reyves business ga dho..tsk tsk

  12. kamana

    March 17, 2016 at 12:56 pm

    Thnk u guyxx. N ya i really hope u all will like thix one. ??

  13. jannath

    March 18, 2016 at 8:14 am

    VAAHAKAIGE KUDA THANKOLHEH KIYAALIN..RANGALHU….EKAM VX VAAHAKA UPLOAD KURUMUGE KURIN VAAHAKAIGA MISTAKE EH VEYTHO BELUN RANGALHUVAANE …. CUX ‘ aadhee construction’ ge dari is a mistake

  14. Misty

    March 18, 2016 at 5:31 pm

    Kamana ge new stwry eh dhw… Varah reethi..

  15. Appy

    March 21, 2016 at 7:34 pm

    Haadha lahey up vaalehh

Comments are closed.