ފެން ތިއްކަކަށްފަހު ފެންތިއްކެއް ޝަބުނަމް ތިކިތަކެއްގެ ސިފައިގައި ޖެހެމުންދިޔަ ދޮން ކަނދުރާއަށް ބަލަން މަނިކަށް ހުރެވުނީ އާޝޯހުވެފައެވެ. އެވަގުތު އެދޮން ކަނދުރާގައި އަތް ބީއްސާލާ ހިއްވީވަރު އެގޭނެ ދެވަނަ މީހަކު ނުހުންނާނެއެވެ. ހަވީރުގެ އެ ތުނިކޮށް ވެހެމުން ދިޔަ ވާރޭތެރޭން ފެންނަމުން ދިޔަ ހުވަފެން ވިއްސިވިހާލިވެގެން ދިޔައީ ނަދީމް އައިސް މަނިކުގެ ކޮނޑުގައި ޖަހާލުމުންނެވެ. “ސާބަސް ކަލޭއަށް… ތިއޮށް ޗޮނި ފައިބަނީ.. ހަހަހަ” ނަދީމްގެ އެއަޑަށް އަސްކަނި ދަށުގައި އިން އަންހެން ކުއްޖާ މަނިކަށް ބަލާލިއެވެ. އެވަގުތު […]
“ޗީ ޗީ.. އައްޗީ ފަކުރުކަން… ތި ޗޮނި ބޭލުން ހުއްޓޭނީ މީހާ ބޮޑުވީމަތަ؟..” ޝީރީން އުރައިގެން އިން ތިން އަހަރުގެ އަންހެން ކުއްޖާ ޖޯލިފަތީގި ބައިދަމުން ބުންޏެވެ. “ޗީ ދެން ވަރަށް ވަރަށް ފަކުރު… މަންމާ.. މަންމާ ނިކުމެބަލަ….” ޝީރީންގެ އަޑު ގަދަވުމުން ތިން އަހަރުގެ ތުއްތު ކުއްޖާ ތުން ފިއްތައިލަމުން ރޯން ފެށިއެވެ. ތުއްތު ކުޑަކުޑަ ކުއްޖާ ރޮމުން ދިޔައީ އެތަކެއް އުދަގުލުންނެވެ. “ޝީރީން….. ކޮންތާކަށް ތިދަނީ މިމަންޖެ އެވަރަށް ރޯއިރުވެސް..” ކާގެއިން ނިކުތް ޝިޔާމާ […]
ފާއިތުވެގެންދާ ކޮންމެ ދުވަހަކީ އަތޫޝާއަށް ހިތްދަތިކަން ގެނުވަމުން އައި ދުވަހެކެވެ. އެހެނީ މަމްދޫހުއާއި ކައިވެނި ކުރަން ކަނޑައަޅާފައިވާ ދުވަސް ހައްތަހާ ކައިރިވަމުން ދާތީއެވެ. އަނެއްކޮޅުން ޝައިމަން އާއި ދައްކަން ބޭނުންވާ އެއްވެސް ވާހަކައެއް ދެއްކުމުގެ ފުރުސަތު ޝައިމަން ނުދޭތީއެވެ. ކޮންމެ ދުވަހެއް ނިމި ދަނީ އަތޫޝާ ޝައިމަން އާއި ވާހަކަ ދައްކަން ލިބޭނެ ކަމުގެ އުންމީދުގައެވެ. “ދަރިފުޅާ ޝާޝާ ކިހިނެއްވެފަ” ސިޓިން ރޫމް ސޯފާގައި އެކަނި އިން އަތޫޝާފެނި ޒައިނަބު އަހާލިއެވެ. “ނުވޭކަމެއް… ދައްތަ މިހާ ލަސްވަންދެން […]
“ރާނިޔާ” އެނދުން ތެދުވި މަމްދޫހުގެ މޫނުމަތީގައި ވަނީ ދާތިކިތަކެވެ. މޫނުމަތިން ފެންނަނީ ހާސްކަމެވެ. ނޫނެކެވެ. ނުވާނެއެވެ. ” އާރރރރރރރގގގ” ބޮލުގައި ހިފަމުން މަމްދޫހު އަޑުގެ ނެއްތަނަށް ހަޅޭއްލަވައިގަތެވެ. ބޮލަށް އެރީ ކެއްވާވަރުގެ ތަދެއްނޫނެވެ. “ދަރިފުޅާ.. މަމްދޫހު ކިހިނެއްވީ” ބޮލުގައި ދެއަތުން ހިފަހައްޓައިގެން ހުރި މަމްދޫހު ފެނި އާޝިޔާ ހާސްވިއެވެ. މަމްދޫހު ދެލޯ މަރައިގެން ހުރި އިރު ދިޔައީ ހިފަހައްޓައިގެން ހުރި އިސްތަށި ގަނޑަށް ބާރު ކުރަމުންނެވެ. “ދަރިފުޅާ” އާޝިޔާ ގަދަކަމުން މަމްދޫހުގެ އަތް އިސްތަށި ގަނޑުން ނެއްޓުވޭތޯ […]
“މަމްދޫހު” މަމްދޫހުގެ އަތުގައި ނުހިފި ނަމަ އަތޫޝާ ވެއްޓޭނީ ބިންމައްޗަށެވެ. މަމްދޫހަށް އެވީ ކިހިނެއް ހެއްޔެވެ. “މަމްދޫހު ކިހިނެއްވީ” ދެލޯ ބޮޑުކޮއްގެން ހުރި މަމްދޫހުގެ އަތުގައި ހިފާ ކުޑަކޮށް ފިތާލަމުން އަތޫޝާ އަހާލިއެވެ. މަމްދޫހު އަތޫޝާ އާއި ދިމާލަށް ބަލަން ހުރީ ދެލޯ ބޮޑުކޮއްގެނެވެ. މަމްދޫހު އެ ވިސްނަމުން ދަނީ ކޮންކަމަކާ ބާއޭ އަތޫޝާ ހިތައް އެރިއެވެ. އަނެއްކާ މަމްދޫހު ހަނދާން ވީބާއެވެ. އަތޫޝާ މަމްދޫހު އާއި ދިމާލަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. “ދަރިފުޅާ ކޮބާ ރެޑީތަ” […]
“ޝާޝާ” އަތޫޝާގެ ހަށިގަނޑުގައި މަމްދޫހު ދެއަށް ވަށާލިއެވެ. އަތޫޝާގެ ގިސްލުމުގެ އަޑު ކެނޑުނީ ކުއްލިއަކަށެވެ. އަތޫޝާގެ ދެލޯ ބޮޑުވީ މަމްދޫހު ކުރިއަށް ވުރެއް ވެސް ބާރަށް ބައްދާލުމުންނެވެ. “ދަރިފުޅާ…” އާޝިޔާގެ އަޑަށް މަމްދޫހު އަތޫޝާގެ ގައިން ދޫކޮއްލިއެވެ. އަތޫޝާ ތެދުވެ މަމްދޫހު އާއި ދިމާލަށް ބަލާލީ ޔަގީން ނުވާތީއެވެ. އެއީ ހަމަ މަމްދޫހު ހެއްޔެވެ. އަތޫޝާއާއި ދިމާލަށް ހިނިތުންވެލައިގެން އޮތް މަމްދޫހު ފެނި އަތޫޝާއަށް ފަހަތަށް ޖެހެވުނެވެ. “ދަރިފުޅާ… މަގޭ ދަރިފުޅު… އާދިލް ޑޮކްޓަރަށް ގޮވާލަން ދޭބަލަ… […]
އަތޫޝާ އަށް އިނދެވުނީ އާޝިޔާ ދެއްކި ވާހަކަ ގަބޫލު ނުކުރެވިފައެވެ. މަމްދޫހު ހޭނާރައޭ ބުނުމުން ހިތަށް ފާޑެއްގެ ގޮތެއްވެސް ވިއެވެ. ހިތުގެ ކަނަކުން މަމްދޫހު ކައިރިއަށް ދާން އެދުނީ ކީއްވެކަމެއް އަތޫޝާއަށް ނޭނގެއެވެ. “މަމްދޫހަށް ކިހިނެއްވީ” އަތޫޝާއަށް އަވަސް އަވަހަށްއަހާލެވުނެވެ. އޭރުވެސް އަތޫޝާގެ ހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. “އެކްސިޑެންޓް ވީ…. އަދިވެސް ހޭނާރާ… ޑޮކްޓަރު ބުނީ މަމްދޫހު ހޭނާރަންވި ސަބަބެއް ނޭނގެޔޯ… އެހެން ދުވަސްވަންޏާ ހޭއަރާނެ ކަމުގެ އުންމީދު ހައްތަހާ ވާނީ ދަށޯ… ޝާޝާ […]
“ހެހެހހެ އާން ދުވަސް އެބައޮތް….. ހެހެހހެ ” މަޑުމަޑުން އެހެން ބުނެ ޝައިމަން ވެސް ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ. ………….. މުޅި މާހައުލުން އިވެމުންދިޔައީ ކުޑަކުދިން ރޯ އަޑާއި މީހުން ވާހަކަ ދައްކާ އަޑެވެ. ސަނާ ޝަމްހާގެ އެނދުގެ މަގަތުގައި އިށީދެލައިގެން އިނީ ޖަވާބު ބޭނުންވާ އެތަށް ސުވާލުތަކެއް ސިކުނޑީގައި އެނބުރެމުން ދާތީއެވެ. “ފަހުން….. ޕްލީޒް” ޝަމްހާގެ އަޑުގައި ވަރުބަލިކަން އެކުލެވިގެން ވިއެވެ. “އޯކޭ ނިދާލާ…. ފަހުން ވާހަކަ ދައްކާނީ” ސަނާ ޝަމްހާގެ ނިއްކުރި މަތީގައި […]
ފުރަތަމަ ފަހަރަށް އަތޫޝާ އިސްނަގައި ޝައިމަންގެ މަޑު ތުންފަތުގައި ބޮސްދިނެވެ. ވެހެމުންދިޔަ ވާރޭ ދިޔައީ ހައްތަހާ ބޯކުރަމުންނެވެ. ވައިގަދަވެ ގުގުރީގެ އަޑު ފަޒާގައި ގުގުމަން ފެށިއެވެ. “ޝައިމަން…” ގުގުރީގެ އަޑަށް ސިހިފައި އަތޫޝާ ޝައިމަން އަށް ގޮވާލީ ބިރުންނެވެ. އޭރުވެސް ޝައިމަންގެ އަތްވަނީ އަތޫޝާގެ އުނަގަނޑުގައި ވަށާލެވިފައެވެ. “ބިރުގަތީތަ……. ހިނގާ ދާން…” އަތޫޝާގެ ކޮލުގައި ފިރުމާލުމައްފަހު ޝައިމަން އަތޫޝާގެ އަތުގައި ހިފީ ގެއާ ދިމާލަށް މިސްރާބު ޖެހުމަށެވެ. ވެހެމުންދާ ވާރޭތެރޭގައި އަތް ޖޯޑުކޮއްލައިގެން ހިނގަމުން ދިޔަ އަތޫޝާ […]