“ޖެހޭނީ ވަރިކުރަން… އަހަރެން ބޭނުމީ ވަރިވާން… ވަރިކުރާށޭ… އެހެން ނޫނީ… އެހެން ނޫނީ މި ދަރިފުޅު ދުނިޔެއަށް އުފަންވިޔަ ނުދޭނަން،……….. އައްދޯއި … މަންމާ…..” ޝީރީންގެ ވޭނީ އާހުގެ އަޑު މުޅި ގޭގައި ގުގުމާލިއެވެ. ޝީރީން އެދުގެ ފަޑީގައި ހިފެހެއްޓީ އެތަދަށް ކެއްނުވުމުންނެވެ. ޝީރީންގެ ބަނޑުގެ ރިހުން މާގަދަވުމުން ޑރ ނާސިހާގެ ލަފާއަށް ޝީރީން ވިއްސަން ޖެހުނީ ހެލްތްސެންޓަރގައެވެ. ޝީރީން އެތަކެއް ވޭނާ ރިހުމުގެ ވަގުތުތަށް ގުނުމައްފަހު އެހުރިހާ ރިހުމަކުން އެއްކިބާވީ ހަމަ ކުއްލިއަކަށެވެ. އެވަގުތު ކަންފަތަށް […]
“ވަރަށް ފޫހިވޭ… އަޅެ ތި ބޮޑުވިޔަ ދޭނަމޭ….” ޝީރީން ކޮޓަރީގައި ބަނޑަށް ބަލަން އިނދެ ގަނެގެން އައި ހުދު ފޮތިގަނޑު ބަނޑުގައި އޮޅަންފެށީ އެ ކުޑަ ބަނޑުކޮޅު ބުރަކަށީ ކަށިގަނޑުގައި ތައްލާހާ ބާރަށެވެ. އެވަގުތު ޝީރިންގެ ބަނޑަށް ތޫލި ތަދެއް އަރައިގެން ދިޔައީ ކެއްނުކުރެވޭ ވަރަށެވެ. އަވަސް އަވަހަށް އަތުގައި އޮތް ފޮތިގަނޑު ދުރަށް އެއްލާލުމައްފަހު މަންމާ އޭ ކިޔާ އަޑުގެ ނެއްތަނަށް ގޮވާލީ ބިންމައްޗަށް ތިރިވަމުންނެވެ. ޝީރީންގެ އަޑަށް ދުވަމުން އައި ޝީޔާމާއަށް ޝީރީން އޮތް […]
“އާން… ޝީރީން ބަނޑުބޮޑު.. ހަތަރު ހަފަތާ…” މަނިކު އެހެން ބުނުމުން ޝީރީން ބަނޑުގައި އަތް ބާއްވާލީ ޔަގީންނުވާތީއެވެ. މިއީ ހުވަފެނެކެވެ. ނޫނެކެވެ. މިއީ ހުވަފެނެކެވެ. ޝީރީން ދިޔައީ ހިތާ ހިތާ އެހެން ކިޔަމުންނެވެ. ޝީރީން ބަނޑުގައި ފިރުމާލުމައްފަހު ފިތާލީ އަތުގެ މުށުތެރެއަށް ލުމައްފަހުގައެވެ. ޝީރީންއާއި ޝީރީންގެ ލޯބީގެ ހުރަހަކަށް މި ކުއްޖާ ވިޔަ ނުދޭނަމޭ ޝީރީން ހިތާހިތުން ކިޔާލިއެވެ. “ޝީރީން ޕްލީޒް… ލިބެން އުޅޭ ދަރިފުޅަށްޓަކާ… ހިނގާބަލަ މަސައްކަތް ކުރަން.. އަހަރެން ނުލާހިކު ލޯބިވޭ ޝީރީންދެކެ… ޝީރީންގެ […]
“ދަރިފުޅާ ޝީރީން… ޝީރީން..” ތަކުރާރުކޮށް ޝީޔާމާ ދިޔައީ ޝީރީންއަށް ގޮވަމުންނެވެ. “ކިހާ ދެރަކަމެއް… ބޮލުގަ ރިއްސާތީއޭ މިއޮތީ… އަޅެ އަހަރެން މިގޭގަ އެހެންޏާސް މަސައްކަތް ކުރަންތަ… ނުކުރަމެއްނު… ދެން ކޮންމެހެން އަހަރެން ގެންދަން ޖެހޭތަ ތިކުރާކަމެއް ކުރަން…” ޝީރީންގެ ބަސްމަގު ހުރި ގޮތުން ޝިޔާމާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުއްލިއަކަށް ޝީރީންއަށް އައި މިބަދަލުން ޝިޔާމާގެ ހިތް ކުދިކުދިވިއެވެ. “ދަރިފުޅާ ކިހިނެއްވީ… ކަމަކާ ހިތްހަމަ ނުޖެހިފަތަ” ޝީރީންގެ ފަރާތުން ދުވަހަކުވެސް ފެނިފައި ނުވާ ސިފައަކަށް ވުމުން […]
“އެހެންނެއްނޫން… އަހަންނަށް އޯކޭ… އަހަރެން ހީކުރީ ޝީރީން ލޯބިވަނީ އެހެން މީހެއް ދެކެކަމަށް… ކޮންމެ މީހަކަށްވެސް ގޯހެއް ހެދިދާނެ….. ” ޝީރީން ރޯތަން ފެނުމުން މަނިކު ޝީރީން ގައިގަ ބައްދާލީ ނުރޯށޭ ބުނަމުންނެވެ. ………… ކޮންމެ ދުވަހެއް ނިމިގެން ދިޔައީ މަނިކުގެ ހިތަށް އުފަލާ ހިތްހަމަޖެހުން ގެނެސް ދެމުންނެވެ. ޝީރީންގެ އަޅާލުމާ ލޯބި ވެގެން ދިޔައީ ޝިޔާމާގެ ހިތްވެސް ދަމައިގަތްކަމަކަށެވެ. މާލޭގައި ޝީރީންގެ ހަޔާތުގެ ބޮޑުބައެއް ވޭތުކޮއްފައިވުމުން އެއްވެސް ކަހަލަ ގޭތެރެ މަސައްކަތެއް ނޭނގުނަސް ޝީރީންގެ ފަރާތުން […]
ދުނިޔެ މައްޗަށް ވެރިވެފައި އޮތް ހަމަހިމޭން ވަގުތުގައި ޝީރީން ބިއްލޫރި ދޮރު ކަހާލުމައްފަހު ބޭރަށް ނަޒަރު ހުއްޓާލިއެވެ. ފަތިހުގެ އެ ހަމަހިމޭން ވަގުތުގައި ގައިގަ ބީހިލަނީ ފިނި ފިނި ވައިރޯޅިތަކެވެ. ލައިގެން އިން ކުރު ސޯޓުގެ ޖީބުން ފޯނު ނެގުމައްފަހު ޝީރީން ނަންބަރަކަށް ޑައިލް ކޮއްލިއެވެ. “ލެޓްސް ގެޓް މެރިޑް… ސޫން…. ވެރީ ވެރީ ސޫން….” ޝީރީން އެންމެ ފުރަތަމަވެސް ބުނެލީ އެހެންނެވެ. އިރު އޭގެ ވާޖިބު އަދާކުރުމައްޓަކާ ފެނުން ތޮޅެލިތަން ހަމަ ރަނގަޅަށްވެސް ޝީރީން އާއި […]
ގެއަށް ވަތްގޮތަށް ޝީރީން މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ. ޖީބުން ފޯނު ނެގުމައްފަހު އެނދުމަތީގައި އޮށޯވެލީ ނަންބަރަކަށް ޑައިލް ކޮއްލަމުންނެވެ. “ބޭބީ…. އައި މިސްޔޫ…..ދެން އާދެބަލަ… މިރަށުގަ ސަވައިވްވާން ހާދަ އުނދަގުލޭ” ޝީރީން ފޯނު ކަންފަތުގައި ޖެހިގޮތަށް ފޮރޮޅެލީ ބާލީހުގައި ބައްދާލަމުންނެވެ. …….. ހެނދުނުގެ އިރު ދުނިޔެމައްޗަށް ވެރިވެގެން ދިޔައީ އޭގެ އެންމެ ދުރިހަމައަށެވެ. އުދަގޫ ކޮއްލާނެ އެންމެ ކަޅު ވިލާކޮޅެއްގެ ހިސާބުވެސް ނެތުމުން އުފާވެރިކަމާއެކުގައެވެ. ރަށުގެ ގިނަ ބަޔަކަށް ފެށިގެން ދިޔަ އާ ދުވަހަކީ ބޮޑު […]
ރަށުގެ އުރުތުފަރާތުގައި އަންހެންނުންގެ ބޮޑު ބައިގަނޑެއް ފެނެއެވެ. ރަށުގައި ކައިވެންޏަކަށް ތައްޔާރުވަންޏާ އެއީ އާދައެވެ. އާއިލާ މީހުންނާއި ރައްޓެހިން އެކި ކަންތަކުގައި އެހީވެދީ އުޅެނީ އެހާ ގުޅިގެންނެވެ. “އަހާން މިއޮށްއައީ ކޮންކުއްޖެއް….. މީ ސަމްސިއްޔަގެ ޝީރީންތަ… ހާދަ ރީތި ވެއްޖެއޭ ދޯ” ޝީރީންގެ ކޮޑުގައި ފިރުމާލަމުން ލައިލާގެ މަންމަގެ ފަރިޔާލު އަހާލީ ލޯބިންނެވެ. ޝީރީން ލަދުން ބޯ ޖާހާލީ މީހުންތަށް ބަލަން ފެށުމުންނެވެ. “ކޮބާ މަންމަ… މަންމަ ކައިރީގައި ބުނެލައްޗާ މިދިމާލަށް އަންނައްޗޭ… މާދަމާ ހެނދުނުން ފަށައިގެން […]
“އޭ ކަލޭ އައިސްބަލަ… ހަމަ އެއީ ޝީރީން ކަން އެނގިގެން ދޯ އެވަރަށް ބެލީ… އަދި މަހިތަށް އަރައިފިއޭ މީނަ އެހެންޏާ އަންހެން ކުއްޖަކަށް ނުބަލާ މީހަކަށް ވެފަހުރީ ކީއްބާއޭ… ” ނަދީމް އެނދުމަތީގައި އިށިންނަމުން ކިޔަމުން ދިޔަ އެއްވެސް އެއްޗެއް މަނިކުގެ ސިކުނޑިއަކަށް ނުވިސްނުނެވެ. “އޭ ކީކޭ… ކީކޭ ތިކިޔަނި.. ކޮން ޝީރީންއެއް. އަނެއްކާ.. އަނެއްކާ އަހަރެންގެ..” މަނިކު ހިތުގައި އަތް އަޅާލިއެވެ. “އާން.. ކަލޭގެ ފުރަތަމަ ލޯބި… މިއުޅޭ މުއްސަދިގޭ އަފީފްގެ ހަމަ އެކަނި […]