
ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 9..
“އެކްސިޑެންޓް ފްރީކް…. ސޮރީ… ބަޓް އައި ރިއަލީ ވޮނަ ޑޫ ދިސް” ޝައިމަން އެހެން ބުނެ އަތޫޝާގެ ކަނދުރާގައި އެބާރުގަދަ އަތުން ވަށާލުމައްފަހު އަތޫޝާގެ ތުންފަތުގައި ބޮސްދިނެވެ. އެކަހަލަ ކަމަކަށް ތައްޔާރުނެވެ އިން އަތޫޝާގެ ދެލޯ ބޮޑުވިއެވެ. އެއްވެސް ހަރަކާތެއް ކޮއްނުލައި އަތޫޝާ އިނީ ޝައިމަންގެ އެ އަމަލުން ރުޅިއައިސްގެން ކަމެއް ނޫނީ ރުހިގެން ކަމެއް ނޭނގެއެވެ.
“ޝައިމަން…. ކީކޭތަ ހިތައް އަރައިގެން ތިއުޅެނީ” ޝައިމަންގެ ކޯތާފަތަށް އަތޫޝާދިން ދެވަނަ ހަމަލަވީ ހަނދާނުން ނުނެތޭނެ ކަހަލަ ހަމަލައަކަށެވެ. ޝައިމަން ކޮލުގައި ފިރުމާލީ ނެގި ދިލައިންނެވެ. ޔަގީނެވެ. އެކުޑަ ބުޅާގެ ހުރި ހުރިހާ ބާރެއްލާފައި ޖެހީއެވެ. އަތޫޝާ އައި ރުޅިމަތީގައި ކޮޓަރިން ނިކުމެގެން ދިޔައީ ދުންޖަހާފައެވެ. އަބަދު ގައިގަ ކޭތެން ބޭނުންވާ މީހެކެވެ. އަތޫޝާ ކޮޓަރިއަށް ވަންއިރު ސަނާ އާއި ޝަމްހާ އޮތީ ގަދަ ނިދިން ނިދާފައެވެ. އަތޫޝާ ފާހަނައަށް ވަދެ ލޯގަނޑުން މޫނު ބަލާލިއެވެ. އަތޫޝާގެ އަތް ހަރަކާތް ކޮއްލީ ތުންފަތާ ދިމާލަށެވެ. އެމަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައި އަތޫޝާއަށް އަތްކާތާ ލެވުނީ ޝައިމަން އާއެކު ވީ ވަގުތުކޮޅު ސިފަވުމުންނެވެ. ޝައިމަން އެ އުޅެނީ ކޮންފާޑަކަށް ހެއްޔެވެ. ޝައިމަންއާއި ހެދި މިހިތު ވިންދު އަވަސް މިވަނީ ކީއްވެ ހެއްޔެވެ. އަތޫޝާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލަމުން އެތަށް ސުވާލެއް ކުރިއެވެ. އެހެން ނަމަވެސް ނިއްކުރިން ބޭހުގެ ރޮގެއް ފާއްދާލާފައިވާ ރޮނގު ފެނި މަމްދޫހު މަތިން ހަނދާންވިއެވެ. އަތޫޝާ ހިތަށް ވިސްނައިދިނެވެ. މަމްދޫހު އަކީ އެކަހަލަ މީހެއް ނޫނެވެ. އެއް އިރެއްގައިވެސް މަމްދޫހުއަކީ އަތޫޝާގެ ގަޔަށް އެގޮތަށް އަތް އިސްކުރި މީހެއް ނޫނެވެ. ޔަގީނެވެ. ކޮންމެވެސް ކަމެއް މަމްދޫހަށް ވީއެވެ. ހިނދު ކޮޅަކަށް ނަމަވެސް ޝައިމަންގެ އެ އަމަލުން އަތޫޝާއަށް މަމްދޫހުގެ އަނިޔާތައް މަތިން ހަނދާން ނައްތާލެވުނެވެ.
…………
“އޭ ބުރޯ ކައޭގެ ކޯ ކިހިނެއްވެފަ…” ފެންވަރާ ތާޒާވެލައިގެން ނިކުތް ޝައިމަން ފެނި ވިޝާލް އަހާލިއެވެ. ޝައިމަން އާއި އަންހެން ގުރޫޕްގެ އިންތިޒާރުގައި ޖޯލީގައި ވަގުތު ގުނަމުން ދިޔައީ މަމްދޫހުއާއި ވިޝާލްއެވެ. “އާހް މީ ދޯ.. ރޭގަ ކުޑަ ސުއިއްޕެއް ދަތްއެޅީ… އެނގެއެއްނު މަމީ އެލާރޖިކް ވާ މީހެއްކަން..” ޝައިމަން ވިޝާލްއާއި ޖެހިގެން އިން ޖޯލީގައި ހަމަޖެހިލަމުން ބުނީ ކޮލުގައި ފިރުމަލަމުންނެވެ. “އެކަމަކުވާ ތީ ހާދަ ވިހަގަދަ އެއްޗެއްހެން ހީވެއޭ… އޭ ކުދި ބިހި ތަކެއްވެސް އެބަހުރި… ޑޮކްއަކަށް ނުދެއްކިޔަސް ވާނެތަ..” މަމްދޫހު ޝައިމަންގެ ކޮނޑުމަތީގައި އަތް ބާއްވާލުމުން ޝައިމަން މަމްދޫހުގެ އަތް ދުރުކޮއްލިއެވެ. ‘އާން ވާނެ.. މިކަހަލަ ކުދި އަނިޔާ ލިބޭނީވެސް ހާއްސަ މީހުންނަށް… އަނިޔާ ލިބޭމީހާއަށް ކުރާ އިހްސާސް ނޭނގޭނެ އަނިޔާ ދޭ މީހާއަށް… އަހަން.. ހިނގާ ދާން.. މިއޮށް ނިކުތީނު.. މިހާރު އިބްރާހިމް ހުންނާނެ ލަސްވެފަ” އަތޫޝާ މެން ރީތިވެލައިގެން ނިކުތްތަން ފެނި ޝައިމަން ބުންޏެވެ. ޝައިމަން ދަމުން ބުނީ ކީކޭ ކަމާ މެދު މަމްދޫހުއަށް ހުރެވުނީ ވިސްނާންށެވެ.
“އޭ…. ނުދަނީތަ” ހުރިތަނުން ގުނޑި ނުލާ ހުރި މަމްދޫހު ސިހުނީ ވިޝާލް ގޮވާލުމުންނެވެ. ހެނދުނުގެ ނާސްތާއަށްފަހު މަމްދޫހު އާއި ޝައިމަން ނިކުތީ ފުޓްސަލް ދަނޑު އަޅަން ހަމަޖެހިފައިވާހިސާބަށެވެ. ރަށުގެ ބޮނޑު ބުލޮކެއް ހުސްކޮއްލާފައިވާއިރު ވަނީ ވަށާ ފާރު ރާނާ އެހި ސާބު ވަކިކޮއްލާފައެވެ. މަސައްކަތު މީހުން އުޅެން ވަކިން ތަނެއް ހަދާފައިވަނީ އެމީހުންނަށް ފަސޭހައިން އުޅެވޭނެ ގޮތަށެވެ.
އެކި ކަންކަމުގައި އެކި ރޭވުންތަކުގައި ދުވަހުގެ ބޮޑުބައި މަމްދޫހު އާއި ޝައިމަން ހޭދަކުރީ މަސައްކަތުގައެވެ. ޝައިމަން ބޭރުގައި އުޅުނެއްކަމަކު ވިސްނެމުން ދިޔައީ އަތޫޝާ މެދުގައެވެ. ރޭ ހިނގި ހާދިސާއަށް ފަހު އަތޫޝާ ޝައިމަންއާ ވާހަކަ ނުދައްކާތާގައި ބަލާވެސް ނުލައެވެ. ޝައިމަންގެ ހިތައް އަތޫޝާގެ އެކި ހިޔާލުތައް ދިޔައީ އުދަގޫކުރަމުންނެވެ.
***********
ހަވީރުގެ ހިތްފަސޭހަ ވަގުތުގައި މަޑު މަޑުން އުދޯލި އެއްފައިން ހެއްލާލަ ހެއްލާލަ އާޝިއާ އިނީ ދެލޯ މަރާލައިގެންނެވެ. ޖެހެންމުން ދާ ފިނި ވައިރޯޅި ތަކުން ހަށިގަނޑަށް އާދިރުމެއް ގެނެސްދޭ ކަހަލައެވެ. އާޝިޔާ ކުއްލިއަކަށް ދެލޯ ބޮޑުކޮއްލީ އާޝިއާއަށް ގޮވަމުން ދޮރުން ވަދެގެން އަންނަ ރާނިޔާ ފެނިއެވެ.
“ދައްތާ މަމްދޫހު ފޯނެއްވެސް ނުނަގާ… އަނެއްކާ އޭނަ އެހެން ކުއްޖަކާ… ނޫން ނުވާނެ.. ދައްތާ މަމްދޫހު އަންނަ އިރަށް އަޅުގަނޑުމެންގެ ކައިވެނި އަވަސް ކޮއްދެވޭނެތަ” މަމްދޫހަށް ގުޅާ ގުޅާވެސް ފޯނު ނުނެގުމުން ރާނިޔާ ބޭނުންވީ އާޝިއާ ލައްވާވެސް މަމްދޫހަށް ގުޅުވާންށެވެ. ރާނިޔާގެ މަގުސަދަކީ ވީހާވެސް އަވަހަކަށް މަމްދޫހު ރާނިޔާގެ މީހަކަށް ހެދުމެވެ. “ސާބަސް ދަރިފުޅާ… އެސޮރު މާ ބުރައީ ކަންނޭގެ… އަދި ގުޅާނޭ…” ރާނިޔާގެ ބުރަކަށީގައި ފިރުމަމުން އާޝިއާ ދިޔައެވެ. އެންމެ ކުރިންސުރެންވެސް އާޝިޔާ ބޭނުންވީ ރާނިޔާ އާއި މަމްދޫހު ގުޅުވާންށެވެ. ބޮޑުޔި ވިޔަފާރި ކުރާ ދެ އާއިލާ ގުޅުމުން ލިބޭނީ ކޮންފަދަ ހިތްހަމަ ޖެހުމެއްހެއްޔެވެ.
“ރާނީ… ކޮންދަތުރެއް” ގެއަށް ވަދެގެން އައި އާދިލްއަށް ރާނިޔާ ފެނި އަހާލެވުނެވެ. “ބޭބޭ މިއުޅޭ މަމްދޫހު ފޯނެއް ނުނެގި.. އަޅުގަނޑު ކިހާ ހާސްވާނެ” ރާނިޔާ މަމްދޫހުގެ ވާހަކަ ދެއްކުމުން އާދިލްގެ މޫނުމަތިން ފެނުނީ ނުރުހުމެވެ. އެއްޗެކޭ ނުބުނެ އާދިލް ގޭތެރެއަށް ވަނުމުން އާޝިޔާ ހަލުވި ހިނގުމެއްގައި އެދިމާލަށް ދިޔައީ ރާނިޔާ ކައިރީގައި މަޑުކުރަން ބުނެއެވެ.
“އާޝިޔާ… އާޝިޔާއަށްޓަކާ އަހަރެން ދަރިއެއްގެ ގޮތުގައި ދެކެމުން އައި ކުއްޖަކު ބޭރުކުރީ….. އެހެން ވީމަ އާޝިޔާވެސް ޖެހޭނެ އަހަރެން ބުނާގޮތެއް ހަދަން… އަހަރެން އަހަރެންގެ އެއްވެސް ދަރިއަކަށް އިންނާނެ މީހަކު ހޯދައެއް ނުދޭނަން… އަދި ހާއްސަކޮށް މަމްދޫހު،….” ކޮޓަރި ތެރޭގައު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އާދިލް އާޝިޔާ ފެނި ބުންޏެވެ. “އަހަރެންނަށް އެނގެއޭ… އަހަރެންނެއް ނޫޅެމެއްނު އެމީހުން ގުޅުވާކަށް.. އެހެން ނޫނަސް އެމަންޖެ ނިކަން ފޯރި ހުރޭ މަމްދޫހަށް” އާޝިޔާ ރާނިޔާގެ ވަހަކަ ބުނެ ހީލުމުން އާދިލް ރުޅިގަދަވިއެވެ. އާދިލް އާޝިޔާއާއި ދިމާލަށް އެއްޗެއް ނުބުނިއެއް ކަމަކު އާދިލް ރުޅިއައިސްފަ ހުރިކަން އެނގެމުން އިތުރު އެއްޗެއް ނުބުނެ އާޝިޔާ ކޮޓަރިން ނިކުތެވެ.
…………………………..
“އޯ އޯ އޮ…….”އަތޫޝާ އަތުގައި އޮތް ކަންވާރަށް ވާން ކުރަން ފެށުމުން ކިޔާލެވުނެވެ. އިރުއޮއްސެމުން ދިޔަ ވަގުތުގައި އަތޫޝާމެން ނިކުތީ މަސްދަތުރަކުއެވެ. ކަންވާރު އެއްލައިގެން ދެ ގަޑި އިރަށް ވުރެއް ގިނައިރު ވީއިރުވެސް އެއްޗެއް ނުގަތުމުން އަތޫޝާ އިނީ މާޔޫސްވެފައެވެ. މުޅި ދަތުރުގައި ބައިވެރިވި ހަބައިވެރިންގެ ތެރެއިން މަސް ނުބޭނި އިނީ އަތޫޝާ އެކަންޔަށެވެ. އަތޫޝާ ދެރަވެ އިސްޖަހައިގެން އިންދާ ކަންވާރަށް ބާރުކުރަން ފެށުމުން އަތޫޝާއަށް ބާރަކަށް ހަޅާލަވައިގެންވުނެވެ. އަތޫޝާއަށް އެ ކަންވާރު ނުނެގުމުން ޝައިމަން އެ ނަގަން އެހީތެރިވެދިނެވެ. ޝައިމަގެ އެބިޔަ ހަށިގަނޑު އަތޫޝާ ގައިގަ ޖެހޭ ކޮންމެ ފަހަރަކު މަމްދޫހު އަތުގައިއޮތް ކަންވާރަށް ބާރުކޮއްލައެވެ.
“ރަތް މަހެއް… ދެން ހިނގާ ފިހަން،…. ޝާޝާ ހެޕީ ދޯ މިހާރު” ރަތް މަހެއް ބޭނުމުން އަތޫޝާ އިނީ ވަރަށް އުފަލުންނެވެ.
ރަށުގެ ފަސްގަނޑަށް އެންމެން ޖަމާވިއިރު އައްގަޑު ބައިވާނެއެވެ. މަސްފިހާނެ ހުރިހާ އިންތިޒާމެއް އިބްރާހިމް ހަމަޖައްސައި ދީފައިވުމުން ޝައިމަންމެން ޖެހުނީ މަސްކަނޑާފައި އަލިފާނަށް ލާންޗެވެ. އެކި ފޯރީގައި އެކި ސަކަރާތުގައި ކުޑަވަރެއްގެ ބާބަކިއު އެއް ނިންމާލެވުނު އިރު ގަޑިން ބާރަޖަހަން އުޅޭނެއެވެ. ހުރިހާ އެންމެންވެސް ވަރުބަލި ވެފައި ހުރުމުން އަވަހަށް ބޭނުންވީ ގެއަށް ވަދެ ޖައްސާލާންށެވެ.
“ޝާޝާ…” އަތޫޝާ އިނީ ފަހަތަށް އެނބުރި ބަލަން ނުކުރިފައެވެ. އެންމެން ގޭތެރެއަށް ވަނުމާއެކު ޝައިމަން އަތޫޝާއަށް ގޮވާ ހުއްޓުވީ ފެންޑާ ކައިރިންނެވެ. “އިށީދެބަލަ” ޝައިމަން އައިސް ޖޯލީގައި އިށިންނަމުން އަތޫޝާއަށް ޖެހިގެން އިން ޖޯލި ދައްކާލިއެވެ. ދާން ނުދާން އިނދެފައި އެންމެ ފަހުން އަތޫޝާ އައިސް ޝައިމަންއާއި ޖެހިގެން އެއްޖޯލި ދޫކޮށް އިށީނެވެ. އަތޫޝާ އެގޮތަށް ކަންތައް ކުރުމުން ޝައިމަން ގާތަށް ހިނިއައެވެ.
“އަހަރެން ކަމެއް ކޮއްފާނެތީ ބިރުންތަ ދުރުގަ ތީނީ” ސީދާ އަތޫޝާގެ ދެލޮލަށް ބަލަމުން ޝައިމަން އަހާލީ ވަރަށް ސީރިއަސްކޮށެވެ. އަތޫޝާއަށްވެސް ޝައިމަންއާއި ދިމާލަށް ބަލާލެވުނެވެ. ފަން ބޯ އިސްތަށި ގަނޑެކެވެ. ކުޑަކޮށް މުށި ކުލަ އަރާފައިވާ އެ އިސްތަށި ގަނޑު ދުވަހަކު ސްޕައިކު ޖެއްސިކަމެއް ނޭނގެއެވެ. ބޯ ދެބުމައެވެ. ބޮޑު ދެލޮލާއި ދިގު އެސްފިޔަ ތަކެވެ. ކުޑަމަތިމަހާކާއި ތުނބުޅިއެއް ހުރުމުން މީހާގެ ފިރިހެން ވަންތަކަން ހާމަވެއެވެ. ލާފައިވާ އަތްކުރު ޓީޝާޓު ވަނީ ގަޔަތް ހިފާފައެވެ. “ކީކޭ” އަތޫޝާގެ މޫނާކައިރިކޮށް ޝައިމަން އަތުން އަޑެއް ލައްވާލިއެވެ. އަތޫޝާއަށް އިސްޖަހާލެވުނީ ޝައިމަންއާއި ދިމާލަށް ބަލަން އިންކަން އިހްސާސް ވުމުންނެވެ.
“ސޮރީ…… ރޭގަ” ޝައިމަން ވާހަކަ ދައްކަ ދައްކާ ހުއްޓާ އަތޫޝާ ޖޯލިން ތެދުވިއެވެ. ” ވެނިމުނު ކަމެއް ނުވާ ކަމަކަށް ނުވާނެ… އަހަރެން ތި މަޑުކުރުވީ އެވާހަކަ ދައްކަން ވިއްޔާ އަޅާ ނުލާ… މާފް ކޮއްފިން” އަތޫޝާ އެހެން ބުނެ ހިނގައި ގަތީ ކޮޓަރިއަށެވެ. އަތޫޝާ ދިޔުމުން ޝައިމަން ހަށިގަނޑު ދަމާލީ ޖޯލީގައެވެ. ހަނދުގެ އަލިކަމެއްނެތި ފެންނަމުން ދިޔައީ ކުދި ތަރިތަކުގެ ވިދުންތަކެވެ. އެތައް އިރެއް ވަންދެން ޝައިމަން އެހެން އޮތެވެ. އަތޫޝާއާއި މެދު ޝައިމަންއަށް މިހާރު މާގަދައަށް ވިސްނެނީއެވެ. ވިސްނަން ބޭނުން ނުވިޔަސް ވިސްނެނީއެވެ.
……
އެނދުމަތީގައި ދެފަރާތަށް ފޮރޮޅި ފޮރޮޅި އަތޫޝާ އޮތީ ނުނިދިފައެވެ. އަތޫޝާ އައި އިރު ޝައިމަން އޮތީ ބޭރުގައެވެ. އަދިވެސް ޝައިމަން އެތާ އޮންނާނެބާއެވެ. “ކިހިނެއްތަ މިވަނީ… އަހަރެން ކީއްކުރަންތަ އޭނަ އޮތްތޯ ބަލަންވީ” އަތޫޝާއަށް އޮށޯވެގެން ނޯވެވުމުން އިށީނީ ދެފައި ވައްކޮއްލަމުންނެވެ. “ޝާޝާ މޮޔަވީތަ” ސަނާ އެހެން ބުނުމުން އަތޫޝާ އަނގަ މަތީގައި އަތް އެޅިއެވެ. އަތޫޝާ އާއި ހެދި ދެން ތިބި މީހުންނަށް ނުނިދާ ތިބޭކަށް ނުޖެހޭނެއެވެ. އަތޫޝާ މަޑު މަޑުން ބެޑެޝީޓުގެ ދަށުން ދެމިގެނެގެން ކޮޓަރިން ނިކުތެވެ.
މަޑު މަޑުން ވަގެއް ހެން އަތޫޝާ މިސްރާބު ޖެހީ ޖޯލި ބަލާލުމަށެވެ. ޝައިމަން އެތާ އޮވެދާނޭ ހިތްބުނާތީއެވެ. އެހެން ނަމަވެސް އަތޫޝާ ފަސް އެނބުރި އައި ކޮޅަށް ދާންޖެހުނީ ޝައިމަންގެ ހިލަމެއްވެސް އެތާ ނެތުމުންނެވެ.
“ޝާޝާ…” އަތޫޝާ ހުއްޓުނީ މަމްދޫހުގެ އަޑަށެވެ. ” ތަދުވޭތަ…. ސޮރީ…. ” އަތޫޝާގެ ނިތުގައި އަތް ކާތާލަމުން މަމްދޫހު އަހާލިއެވެ. ގުނޑިލަންވެސް ނޭނގި އަތޫޝާ އިނީ މަމްދޫހު ހަދާ އެއްޗެއް ބެލުމަށެވެ. މަމްދޫހު އަތޫޝާއަށް އަނިޔާ ކުރީ ގަސްތަކު އެއްނޫނެވެ. އެހެން ނަމަވެސް ޝައިމަން އާއި އަތޫޝާ އެހާ ގާތް ވުމުން ރުޅި އާދެވުނީއެވެ. އަތޫޝާއަށް އަނިޔާ ކުރެވުމުން މަމްދޫހު ދެރަވިވަރު އެނގޭނެ މީހެއް މިތާގައި ނޫޅޭނެއެވެ. އެކަނި ކޮޓަރި ތެރޭ އޮވެގެން ނުނިދި އިރު އެރިއެވެ. “އަހަރެން ހަމަ އެކަނި ސޮރީ ބުނަން މިއައީ… ހީނުކުރާތި އަހަރެން ކުރީގެ ކަމަކަށް މާފަށް އެދެނީއޭ…. އަދި ބުނަން ތިތާ ބޭސް ނާޅާ ތިހުންނަނީ މީހުންނަށް ދައްކަންތަ… އެ ޝައިމަންއަށް ދައްކަންތަ…” މަމްދޫހު އަނެއްކާވެސް ރުޅިގަދަވިއެވެ. އަތޫޝާ ކުޑަކޮށް ފަހަތަށް ޖެހުމުން މަމްދޫހު ރުޅިގަދަވިއެވެ. “އަތޫޝާ މިހާރު އަހަރެން ދެކެ ބިރުވެސް ގަންނަނީތަ” އައި ރުޅިމަތީގައި މަމްދޫހު މިސްރާބު ޖެހީ ބޭރަށެވެ. މަމްދޫހު ދިޔަ ދިމާލަށް އަތޫޝާ ބަލަން އިނީ ހާސްވެފައެވެ. އަނެއްކާ މަމްދޫހު އެއުޅެނީ ކީއްކުރަންބާއެވެ.
ނުނިމޭ….
5 Comments!
Comments are closed.
Haadha kurey..v kuru alhe
Mi vaahaka thankolheh kuru koh dho mi uo kurany
v reethi. bt v v v kuru. thankolheh dhigu koh genes dhyba. nxt part thankolheh dhigu vaane kamah hee kuran.
V kuru. Avahah update kohlaba. Plx….
Varah salhi… Plx nxt prt dhigu koh dhechey kamana… Can’t wait for the nxt prt… Luv u kamana