Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 6..

kamana Level 310 Stories500 Comments100 Comments
April 2, 2016 5 Mins Read
10 Comments

“އޭ އެކްސިޑެންޓް ފްރީ… ދޮރުހުޅުވަބަލަ” ދޮރުގައި ތަޅަމުން ޝައިމަން ކިޔަމުންދިޔައެވެ. ޝައިމަން އެއުޅެނީ ކީއްކުރަންބާއެވެ. އަތޫޝަގެ ސިކުންޑިއަށް އައި ހިޔާލުތަކުން އަތޫޝާ ބިރުގަތެވެ. އަދި ދޮރާ ދުރަށް ޖެހިލެވުނީ ޝައިމަންގެ އަޑު ގަދަވަމުންދާތީއެވެ.

“ޝާޝާ… ދޮރުހުޅުވަބަލަ” އިވުނީ ސަނާގެ އަޑެވެ. އަތޫޝާ ދުވެފައިގޮސް ދޮރުހުޅުވީ ސަނާއާއި ބައްދަލު ކޮއްލާހިތްވެފައި ވާލެއް ބޮޑުކަމުންނެވެ. “އަހަރެން ގޮވާ ގޮވާވެސް ނުހުޅުވި.. އެކަމަކު އެންމެ ފަހަރަކު އެކުއްޖާ ގޮވީމަ ހުޅުވައިފި،…. ރަނގަޅު” ޝައިމަން އަތޫޝާ އާއި ދިމާލަށް ލޯއަޅާލަމުން ބޭރަށް ނިކުތީ ވައްތަރެއް ޖައްސަމުންނެވެ.

ޝައިމަން ދިޔުމާއެކު އަތޫޝާ ސަނާ އަތުގައި ހިފައިގެން އައިސް އެނދުގައި ބޭންދިއެވެ. “ސަނާ.. ދައްތައަށް ކަމެއްވިތަ… ކިހިނެއްވީ” އާޝިޔާއަށް ކޮންމެވެސް ކަމެއްވެއްޖެކަން މަމްދޫހުގެ ވާހަކަތަކުން އަތޫޝާއަށް އެނގުނެވެ. “ޝާޝާ… އަދިވެސް މަންމަގެ ވާހަކަ… ޝާޝާ..” ސަނާ ބުނަން ބޭނުންވާ ކިތައްމެ ވާހަކައެއް ހުއްޓެވެ. އެހެން ނަމަވެސް ފުންނޭވާއެއް ދޫކޮއްލީ އެވާހަކަތަކަކީ އަތޫޝާއަށް އެއްވެސް ފައިދާއެއް ވާނެކަހަލަ ވާހަކަ ތަކަށް ނުވާތީއެވެ. “ސަނާ… ދެން ބުނެބަލަ…” އަތޫޝާ ކުރުނުކުރިއެވެ. “އާހް.. އަހަރެން ހިތައްއަރާ ކޮންކަހަލަ ރައްޓެއްސެއްބާއޭ އަހަރެންނަށް މިލިބުނީ…. މަންމަ ރަނގަޅު.. ނުވޭ މާބޮޑު ކަމެއް… ސިޑިން ވެއްޓުނީ…” ސަނާ ކުރުކޮށް އާޝިޔާއަށް ވީގޮތް ކޮޔައިދިނެވެ. “ކިހިނެއް.. ކޮން އިރަކު… އަހަރެންނާ ހެދިތަ…. ސަނާ.. އަހަރެންނަށް މާފު ކުރޭ..” އަތޫޝާ އިސްޖަހާލީ އެދެލޮލުން ކަރުނަ އަންނާތީއެވެ. “ޝާޝާ ޕްލީޒް.. މީގަ ޝާޝާގެ ކޮން ކުށެއް އޮތީ… އަހަރެންނަށް މާފުކުރާނަންތަ…” އަތޫޝާގެ އަތުގައި ހިފަމުން ސަނާ ބުނެލީ އާދޭހުގެ ރާގަށެވެ. “ސަނާ މާފަށް އެދޭވަރުގެ ކަމެއް ނޯންނާނެ.. މިހުރިހާ ކަމެއްވެސް މިވީ އަހަރެންނާ ހެދި” ސަނާ ދެފަރާތަށް ބޯ ހޫރާލަމުން އަތޫޝާގެ ލޮލުން ފޭބި ކަރުނަ ފޮހެދިނެވެ. އަތޫޝާއަށް ނޭގުނަސް ސަނާއަށް މާފު ނުލިބޭ ވަރުގެ ކުށެއް ކުރެވިއްޖެކަން ސަނާއަށް އެނގެއެވެ. އެހެން ނަމަވެސް އެއީ އާޝިޔާއަށް ޓަކައެވެ.

“ޝާޝާ.. އަނެއްކާވެސް ރޮނީތަ… ސަނާ… ކޮން އިރަކު އައީ” ސަނާ ގައިގަ ކުޑަކޮށް ބައްދާލަމުން ޝަމްހާ އައިސް އަތޫޝާ ޖެހިގެން އިށީނެވެ. “އަޅެ ސަނާ ބުނެބަލަ.. މި ޝާޝާ ރޯވަރުން މިހާރު އަހަރެންވެސް ރުޅި އަންނަވަރުވެއްޖެ.. އަހަރެމެން ރޮއްވަން ޝާޝާ ބޭނުމީ ދޯ…” ޝަމްހާ އެހެން ބުނުމުން އަތޫޝާ ކަރުނަ ފޮހެލިއެވެ. ” ޝާޝާ… ބޭރަށް ނިކުމެ އުޅެލީމަ ރަނގަޅުވާނީ… އެހެން ނޫނަސް އަންނަ ހަފްތާގަ ކޮލެޖް ފެށޭނެ… އޭރަށް ރަނގަޅުވާނެ ދޯ..” އަތޫޝާގެ ކޮނޑުގައި ކުޑަކޮށް ފިރުމާލަމުން ސަނާ ބުންޏެވެ. އަތޫޝާއަށް ސަނާ އާއި ޝަމްހާ އަށް ބަލާލެވުނެވެ. އެދެމީހުންނަކީ އަތޫޝާގެ ކޮންމެ ހިތާމައަކާއި އުފަލެއްގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ދެމީހުންނެވެ. އަތޫޝާގެ ހަޔާތަށް އެފަދަ ރަހުމަތްތެރިން އައުމީ އަތޫޝާ އެކަމަށް ހަމްދު ކުރާކަމެކެވެ.

**********

“ޒުލޭހާ.. ކޮބާ ހީވޭތަ ލައްކައެކޭ… މަބުނިންދޯ އޭރުވެސް.. މަ ނޭވާލާ ހިނދަކު އެކަހަލަ އަންހެނަކު މަގޭ ދަރިއަކާއި އިންނާކަށް ލާހިކެއް ނޫން… އޭނަ ހިޔަޅު ސިފަ ވިއްޔާ މަ އޭގެ ދެގުނަވާނެ.. ހަހަހަ” މާބަލް ހޮޓެލްގެ އޭސީބައިގައި ޒުލޭހާއާއި އާޝިޔާ ދިޔައީ މެންދުރުގެ ކެއުމަށް އިންސާފު ކުރަމުންނެވެ. “ހެހެހ… މަށަށް ހީވެއްޖެ އެސޮރު ނައީ ހަމަ ކަލޭގެ ރޭވުމަކުންހެން.. ހެހެހ… އޭ އެކަމު ބުނަން… މަށަށް ހަމަ އެމަންޖެ ވަރަށް ރީތި… ރިތިވެފަ މުރާލިވެސް ކުއްޖެއް ނޫންތަ އެއީ…. މަގޭ ފިރިހެން ދަރިއަކު ހުރިނަމަ އޭނައާ އިންނަން އެއްބަސް ވީމުސް..” ޒުލޭހާ އެހެން ބުނުމުން އާޝިޔާ ލޯއަޅާލިއެވެ. “އޭނަ ރީތިވީމައޭ ފިރިހެނުން ވާވައްދަނީ… އެހެން ނޫނަސް އޭނަ އުޅެނީ ލާރިގަނޑަށް… ދެން އެވާހަކަ ނުދައްކާ… މަގޭ ބޮލުގައި ރިއްސައި… ބުނެބަލަ… ރާނިޔާ އާއި މަމްދޫހު ކިހިނެއްވަނީ” އާޝިޔާ އެންމެ ދައްކަން ބޭނުން މައުލޫއަށް ވާހަކަ ދައްކަން ފެށިއެވެ. “އާޝިޔާ މަށާ ކަލޭއާ ތަފާތުވާނެ… މަށެއް މަގޭ ދަރިއަކު ކުރަން ބޭނުންވާކަމަކަށް ހުރަހެއް ނާޅާނަން… ރާނިޔާ މަމްދޫހު ބޭނުމިއްޔާ މަ ހަމަ ރުހި ގަބޫލު” ޒުލޭހާ އެހެން ބުނުމުން އާޝިޔާގެ ހުރިހާ ދައްތަކެއް ފެންނަވަރަށް ހީލިއެވެ.

ދިއްލާފައިވާ އަވިން ސަލާމަތް ވުމަށް އައިނެއް އަޅައިގެން ހުރި މެދު އުމުރުގެ ފިރިހެނެއް ލޯންޗުން ފޭބީ އަވަސް ހަރަކާތަކާއެކީގައެވެ. “ހިނގާ ގެއަށް” ކާރަށް އަރާ ދޮރުޖެހުމަށްފަހު ދުއްވަން އިން ޑްރައިވަރާ ބާރީ ވާހަކަ ދެއްކިއެވެ.

“ޒައިނަބު” ގެއަށް ވަނުމާއެކު ބާރީ ޒައިނަބުއަށް ގޮވާލިއެވެ. ކޮޓަރި ތެރޭގައި އޮތް ޒައިނަބު ބާރުހިނގުމެއްގައި އައިސް ކޮޓަރިން ނިކުތީ ބާރީ އައުމުންނެވެ. “ނިމުނީތަ….. ބާރީ ނުފެންނަތާ ހަފްތާއެއް މިވީ..” މޫނުމަތީ ކުލަވަރު ބަދަލު ކޮއްލަމުން ޒައިނަބު ބުންޏެވެ. “ހެހެހެހ.. ޒައިނަބު ދެން ނުދާނަމޭ… ދެން ފޮނުވާނީ ޝައިމަން…” ކައިވެނި ކޮއްގެން އުޅޭތާ ހަތާވީސް އަހަރު ވިއެއްކަމަކު ޒައިނަބު އަބަދުވެސް ކުރާ ޝަކުވާ ތަކުރާރު ކޮއްލިއެވެ. އެޝަކުވާތަށް މިހާރު ބާރީއަށް ވެފައިވަނީ ޒައިނަބު ލޯބިވާ ކަމުގެ ހެއްކަކަށެވެ. ޒައިނަބު ބާރީ އާއި ދޭތެރޭގައި ވިސްނާ ކަމުގެ ހެއްކަކަށެވެ.

“އީ މަންމާ.. ބައްޕާ…. އަޅުގަނޑުމެންވެސް އެބަތިބީމޭ…” ޒައިނަބުގެ ކޮނޑުގައި ބާރީ އަތް އަޅުވައިގެން ހުރިތަން ފެނުމުން ޝަމްހާ މޫނަށް ގޮތެއް ހަދާލިއެވެ. “އޭ ޗުއިންގަމް… މީނަ އާ ހެދި މަންމަ އާއި ބައްޕައަށް ކުޑަކޮށް ނަމަވެސް ޕްރައިވެސީއެއް ނޯންނާނެ” ޝައިމަން އައިސް ޝަމްހާ ބޮލުގައި ޖަހާލިއެވެ. ޝަމްހާ ޝައިމަން އަށް ލޯއަޅާލީ ބޮލުގައި ފިރުމަމުންނެވެ. “އާދޭ.. ދެން އަނެއްކާ ތޮޅެން ފައްޓާނީކީ ނޫން.. ކައިގެންތަ ތިއުޅެނީ.. ޒައިނަބު ކާން ހަދަންވީނު” ހަތަރުމައިން ކާކޮޓަރިއަށް ވަންނަން ދިޔައީ އެކުއެކީގައެވެ. “ދަރިފުޅާ ޝާޝާ އާދޭ…” ކޮޓަރިން ނިކުތް އަތޫޝަ ފެނި ޒައިނަބު ގޮވާލިއެވެ.

މޭޒުމައްޗަށް ކާއެއްޗެހި އެތުރުމަގައި އަތޫޝާ ޒައިނަބުއަށް އެހީވިއެވެ. ބިސްރިހަ އާއި ބަތާއި ފޮނި ދެތިން ބާވަތެއް ނެގުމައްފަހު އަތޫޝާއާއި ޒައިނަބު ގޮނޑީގައި އިށީނެވެ.

“ޝާޝާ…. ޝާޝާ ކީއްވެ ޝައިމަން ކޮޓަރިން ތިނިކުތީ” ބާރީގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުމުން އަތޫޝާ ޒައިނަބުއަށް ބަލާލިއެވެ. “އެމަންޖެ އެކަނި ދުވަސްކޮޅަކު ބާއްވަންވެގެން” ޒައިނަބު އަތޫޝާއަށް ބަލާލަމުން ބުންޏެވެ. “ނޫން..އެގޮތް ކަމަކު ނުދާނެ… އޭރުން މީހާ ހޭބުއްދި ފިލައި ގޮސްދާނެ… މިއަދުން ފެށިގެން ޝާޝާ އޮވޭ ޝަމްހާ ކައިރީގައި… އެންމެ ރަނގަޅުތަ” އަތޫޝާއާއި ދިމާލަށް ބަލާލަމުން ބާރީ ބުންޏެވެ. އަތޫޝާވެސް އެކަނި އޮންނަން ބޭނުން ނުވުމުން އަވަހަށް ބޯޖަހާލީ އެކަމާ ރުހި ގަބޫލު ވުމުންނެވެ. “އޯޔެސް… މަގޭ ކޮޓަރި” ކުއްލިއަކަށް ޝައިމަން އެހެން ބުނުމުން ޒައިނަބު ދެފަރާތަށް ބޯހޫރުވާލީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ. “ޝައިމަން.. ބައްޕަ ގަބޫލު ކުރާގޮތުގައި މިހާރު ދަރިފުޅަށް ފުދޭވަރަކަށް މަޖާ ކުރެވިފައި ހުންނާނީ… އެހެން ވީމަ މާދަމާއިން ފެށިގެން ދަރިފުޅު އުޅެންވާނީ ވިޔަފާރީގައި…” ބާރީ އެހެން ބުނުމުން ޝަމްހާ ޝައިމަންއާ ދިމާލަށް ދޫދިއްކޮއްލިއެވެ. “އެކަމް ބައްޕާ… އަދި އަޅުގަނޑު.. އަދި އަވަހެއް ނޫންތަ..” ޝައިމަން އަދި މަސައްކަތް ކުރާކަށް ބޭނުމެއްނޫނެވެ. ޝައިމަން ގަބޫލު ކުރާގޮތުގައި އަދި ވިޔަފާރީގެ ކަންތަކާ ހަވާލުވާން މާއަވަހެވެ. ” ނޫން… އަވަހެއް ނޫން… މާދަމާ ހެނދުނު ތައްޔާރުވާތި… ދެން ޝަމްހާ،…. ތަންކޮޅެއް ހަރުދަނާވެބަލަ.. ދަރިފުޅުމެން ކޮލެޖް ބަންދުވީއޭ ކިޔާފަ ފޮތްވެސް ކިޔާލަބަލަ… ޝާޝާވެސް..” ބާރީ ހީލަމުން އަތޫޝާއާއި މުހާތަބު ކުރުމުން އަތޫޝާ އުފާވިއެވެ. އެ ކުޑަ އާއިލާއަށް އަތޫޝާގެ ނަންވެސް އިތުރުވެއްޖެކަމަށް އަތޫޝާގެ ހިތް ބުނެލިއެވެ.

އެންމެން ކައިނިމިގެން ދިޔުމުން އަތޫޝާ މޭޒުމަތީގައި ހުރި ތަށިތަށް ތަރިތީބުކޮށް އުޅުނެވެ. ޒައިނަބު މެންދުރު ނަމާދު ނުކުރާ ވާހަކަ ބުނުމުން އަތޫޝާ ޒައިނަބު ފޮނުވާލީއެވެ. “އުހުމް އުހުމް…. ކޮބާ ކޮބާ” ފްރިޖްއިން ފެންފުޅިއެއް ނަގަމުން ޝައިމަން ކަރުކެހިލި އަޑަށް އަތޫޝާ ފަސް އެނބުރި ބަލާލިއެވެ. “ދެރަވެފަތަ ތީނީ” ޝައިމަން އެއްމިޔަނަކުން ހީލަމުން އަތޫޝާއާއި ދިމާލަށް ބުންޏެވެ. “ކޮންކަމަކާ…” އަތޫޝާއަށް ޝައިމަން ކިޔަނީ ކީކޭކަން ނޭނގި އަހާލިއެވެ. “ހަ.. ކޮންކަމަކާހޭ.. އަހަރެންގެ ކޮޓަރި ވެރިކޮއްލައިގެން އުޅެފަ އެ އަތުލީމަ… ހެހެހެ.. އަވަހަށް ނެރޭތި ކޮޓަރީގައި ހުރި އެއްޗެހި… އެ އެނދު މިހާރުވެސް އެބަ ސިފަވޭ.. މަގޭ ބެޑް..” ޝައިމަން އެހެން ބުނުމުން އަތޫޝާ އިސްޖަހާލިއެވެ. “މާފުކުރޭ… އެއްއިރެއްގައިވެސް އަހަރެން މީހެއްގެ އެއްޗެއް ވެރި ކުރާކަށް ބޭނުމެއްނޫން.. ޒައިނަބުދައްތަ އެކޮޓަރީގައި މަޑުކުރާށޭ ބުނީމަ މަޑުކުރީ… ” އަތޫޝާގެ ވާހަކައިން ޝައިމަންއަށް އަތޫޝާ ދެރަކުރެއްވިއްޖެކަން އިހްސާސްވިއެވެ. “އަހަރެން…” ޝައިމަންގެ އަޑެއް އެހުމެއްނެތި އަތޫޝާ އަވަސް ކޮއްލައިގެން ގޮސް ވަނީ ކޮޓަރިއަށެވެ. އަތޫޝާ ދިޔަ ދިމާލަށް ޝައިމަން ބަލަން ހުރީ އަމިއްލަ ނަފްސް ކުއްވެރި ކުރަމުންނެވެ. ފަން ބޯ އިސްތަށިގަނޑަށް އަތް މަހާލުމައްފަހު ދެފަރާތަށް ބޯހޫރުވާލީ އެކަމާ އެހާ ނުވިސްނުމަށެވެ.

************

“ސަމްހާ… ކުޑަކުއްޖެއްތަ ތީ ދޮންބެ ދެކެ ރުޅިއައިސްފަ ހުންނަން…” ގޭތެރެއަށް ވަދެގެންއައި ސަނާފެނި އާޝިއާ ބުންޏެވެ. ދުފާތައްޓެއް އުނގަށް ލައިގެން އިން އިރު އެއިން ފޯއްފޮއްޗެއް އިރުއިރުކޮޅާ އަނގަޔަށް ލައެވެ. “މަންމާ… ކާކު ދެއްކި ވާހަކައެއްތީ” ސަނާ މަޑުމައިތިރި ކަމައެކު އަހާލިއެވެ. “މީހަކު ބުނަން ޖެހޭތަ… މަމްދޫހުއާ ދިމާލަށް ސަނާ އެއްޗެހި ކިޔަނީ މިހާކު ހުރިތޯ ވަށާ ހޯދާ ބަލާފަތަ.. އޭނަ ދެރަވެގެން އެވާހަކަވެސް ދައްކައިފި.. ސަނާ ކޮންމެ ގޮތަކަށް ކަންތަށް ވިޔަސް އެއީ ސަނާގެ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ބޭބެ… އަހަރެންނަށް އެނގޭ ސަނާ ކުރަން ތިއުޅޭ ކަންތައް.. އެކަމު ބުނަން ސަނާ.. އެންމެ ގާތް ރައްޓެއްސަށް ވުރެއް މުހިއްމު ވާނީވެސް އަދި އިސްކަން ދޭންޖެހޭނީވެސް ހަމަ މަމްދޫހަށް… ” ސަނާ އާއި ދިމާލަސް އެއްޗެހި ކިޔުމައްފަހު އާޝިޔާ ސިޑިން އަރައިގެން ދިޔައީ ކޮޓަރިއަށެވެ.

“ސަނާ….” ސިޑިއާ ދިމާލަށް ބަލަން އިން ސަނާ ސިހުނީ މަމްދޫހުގެ އަޑަށެވެ. “ބުނަން ދޮންބޭ. ދޮންބެ މަންމަ ކައިރީގައި ކޮންމެ އެއްޗެއް ކިޔަސް އަހަރެންނަށް ދޮންބެއަށް މައާފެއް ނުކުރެވޭނެ.. ދޮންބެ ޝާޝާއަށް ތިދިނީ ދުވަހަކު އޭނަ ހިތުން ފިލައިގެން ނުދާނެ ލައްގަނޑެއް.. މިހާރު އަހަރެން ހިތައްއަރާ ޝާޝާ ދޮންބެއާ ގުޅުވަން އަހަރެންނަށް މަސައްކަތް ނުކުރެވުނުނަމައޭ” އައި ރުޅިމަތީގައި ހުރިހާ ރުޅިއެއް މަމްދޫހަށް ބާލަމުން ސަނާ ގޭން ނިކުތީ ގޭގަ އިނދެއްޖެނަމަ މޮޔަވެދާނެތިއެވެ. ސަނާ ދިޔަ ދިމާލަށް މަމްދޫހު ބަލަން ހުރީ ސަނާ ކީ އެއްޗެއް ނުވިސްނިފައެވެ. ސަނާ ރުޅި އަންނަންވެސް ޖެހޭނީ އަތޫޝާދެކެއެވެ. މަމްދޫހުގެ ބޮލުގައި ރިއްސައިގަތީ އަތޫޝާ މަތިން ހަނދާންވުމުންނެވެ. މަމްދޫހު އަތޫޝާގެ ލޯބި ކަފުންކޮށް ވަޅުލިތާ ކޮންދުވަހެއްހެއްޔެވެ.

……………………………..

ޓެރަހުގައި އިން ބޮޑު ގޮނޑީގައި ހަށިގަނޑު ދަމާލައިގެން އަތޫޝާ އޮތީ ފުންވިސްނުމަކަށް ގެއްލިފައެވެ. އުޑުމަތިން އެންމެ ތަރިއެއްގެ ހިސާބުވެސް ފެންނަން ނެތުމުން ހީވަނީ ބޮޑު އަނދިރި ގަނޑެއްހެންނެވެ.

“ހާއި” އަތޫޝާ ސިހުނީ ކައިރިން މީހަކު ގޮވާލުމުންނެވެ. ދެއަތުން ދެކޮފީތަށި ހިފައިގެން ހުރި ޝައިމަން ފެނި އަތޫޝާ ކުޑަކޮށް ތެދުވެލިއެވެ. “ކޮފީ…..” އެއްކޮފިތަށީ ޝައިމަން އަތޫޝާއަށް ދިއްކޮއްލިއެވެ. “އަމް… ސޮރީ މިއަދު ވީ ކަންތަކާ” އަތޫޝާ ކޮފީތަށީގައި ހިފުމުން ޝައިމަންވެސް ގޮނޑީގައި ހަމަޖެހިލިއެވެ. “އިޓްސް އޯކޭ…” އަތޫޝާ އުޑުމައްޗަށް ބަލާލަމުން ޖަވާބުދިނެވެ. “އަސްލު ހިތްހަމަ ނުޖެހިގެންނޫން އެހެން ބުނީ… މަޖަލަށް… ހެހެހ ސަމާސަ ވިހަވީ ދޯ” ޝައިމަން ކުޑަ ތަފްސީލެއް ދެމުން ހީލިއެވެ. “އަހަރެންނަށްވެސް މާބޮޑަށް އިމޯޝަނަލް ވެނުނީ… ހިހިހި އެހެންވީމަ ހަމަ ހަމަ ވީދޯ..” އަތޫޝާވެސް ހީލަމުން ބުންޏެވެ. “އެހެން ވިޔަސް ތި ކޮޓަރި ރީޗެއްވެސް ނޫން…. ހާދަ ހަޑި ކުލައެކޭ ދޯ ތި ކޮޓަރީގައި ހުންނަނީ… މުށީގެވެސް އެންމެ ހަޑި..” އަތޫޝާ ޝައިމަން އާ ދިމާލަށް ބަލާލަމުން ބުނެލީ އަނގަޔަށް ވައްތަރެއް ޖައްސަމުންނެވެ. “އޯނޯ…” އަތޫޝާ ގޮނޑީގައި ހަމަޖެހިލަން އުޅުމުގެ ތެރޭގައި ގަޔަށް ކޮފީތަށި ބަންޑުން ވިއެވެ.

“މަޑުކުރޭ.. އެބަ އަންނަން” ބާރަށް ދުވޭލާފައި ޝައިމަން އައީ އައިސް ފެންފުޅިއަކާއި ޓިޝޫ ޕެކެޓެއް ހިފައިގެންނެވެ. “ހޫނުތަ… އެހެންނޭ ވާނީ…. ތަދުވޭތަ” އަތޫޝާގެ އަތް ފުހެމުން ޝައިމަން އަހަމުން ދިޔައެވެ. ޝައިމަންގެ އެ އަމަލުން އަތޫޝާއަށް ސިފަވީ މަމްދޫހުއެވެ. އަތޫޝާއަށް ކިރިޔާވެސް ކަމެއްވެއްޖެއްޔާ މަމްދޫހު ހާސްވެ ކަންބޮޑުވާނެއެވެ. އަތޫޝާ ޝައިމަންއަށް ބަލަން އިންކަން އިހްސާސް ވުމުން ޝައިމަންވެސް އަތޫޝާއާއި ދިމާލަށް ބަލާލިއެވެ. އެބޮޑު ދެލޮލުން ޝައިމަންއާ ދިމާލަށް ބަލަން އިން އިރު އެތަން ފެންނަ މީހަކަށް ދޭހަވާނީ މުޅިން އެހެން އެއްޗެކެވެ. ޝައިމަން އަތޫޝާގެ އަތުގައި ހިފައިގެން ހުރި އިރު އަނެއްއަތުގައި އޮތް ޓިޝޫކޮޅު ގޮނޑިމަތީގައި ބޭއްވުނީ ކީއްވެކަމެއް ނޭންގެއެވެ. ޝައިމަންގެ ކަންފަތުގައި ގުގުމަމުން ދިޔައީ މަޑު މިޔުޒިކީ އަޑެވެ. އަތޫޝާގެ އެ ބޮޑު ދެލޮލަށް ގެނބިގެންދާން ޝައިމަން ބޭނުންވިއެވެ. އެ ވައްމޫނުގައި ފިރުމާލާހިތްވިއެވެ. އެ ދޮން ކަނދުރާގައި އަތް ބީއްސާލާ ހިތްވިއެވެ. ފަން ފަން އެ އިސްތަށި ގަނޑު ވަޔަށް ދޫކޮއްލާ ހިއްވިއެވެ.

ޝައިމަން މަޑުމަޑުންގޮސް އަތޫޝާ ބޮލުގައި އައްސާފައިވާ ވޫލްގަނޑު ނައްޓާލިއެވެ. އެބޮޑު ފަން އިސްތަށިގަނޑު އުނަގަނޑާ ހަމައަށް އެރި އިރު ކަރުމައްޗަށް ދެތިން އިސްތަށިކޮޅު ވެއްޓުނެވެ. އެ އިސްތަށި ކޮޅު ކައިރިކޮއްލުމަށް ޝައިމަން އަތް ހަރަކާތް ކޮއްލުމާއެކު އަތޫޝާއަށް ލޯމަރާލެވުނީ ކުރެވުނު އިހްސާސްއިންނެވެ. އަތޫޝާގެ ދެލޯ މެރިފައިވުމުން ޝައިމަން އަތޫޝާގެ ކަނދުރާގައި ހިފާ ކުޑަކޮށް ކައިރިކޮއްލީ އަވަސް ވެފައިވާ ހިތަކާއެކުއެވެ. އަތޫޝާގެ މޫނާ މޫނު އެންމެ އިންޗިއެއްހާ ކައިރިވުމާއެކު އަތޫޝާ ލޯހުޅުވާލީ ބިރެއް ފެނިގެން އުޅުނު މީހެއް ހެނެވެ. އަތޫޝާ ދެލޯ ބޮޑުކޮއްލައިގެން އިން އިރު އިނީ ގުނޑިލަންވެސް ނޭނގިފައެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

އިންސާފް .. 02 ވަނަ ބައި..

Next

ހާދަހާވޭ ކުރާހިތް ސަމާސާ 3 ވަނަ ބައި

Next
April 3, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 3 ވަނަ ބައި

Previews
April 2, 2016

އިންސާފް .. 02 ވަނަ ބައި..

10 Comments!

  1. thoo says:
    April 2, 2016 at 7:59 pm

    Varah reethi. Avaha up koh dhehchey

  2. aish says:
    April 2, 2016 at 8:07 pm

    vvvv nice maadhan ves up kodhee plx

  3. princess says:
    April 2, 2016 at 8:13 pm

    Nyc….anehkkaa shaashaa aa shaiman aa tha enme fahun..hehe….vrh riithi..gd luck lurv?

  4. noo says:
    April 2, 2016 at 8:26 pm

    He he poh… Dhen kihineh baa vaani. Shaiman ge kankashi mah chah ai dhovelaani thoache.. Mihaaru ves esorah kihaa aniyaa eh dheefi… Vaahaka hama habeys.. Heski salhi..

  5. munee says:
    April 2, 2016 at 8:45 pm

    naice

  6. Shaai says:
    April 3, 2016 at 12:36 am

    V reythi me part. Keep it up.

  7. Aimsithu says:
    April 3, 2016 at 1:10 am

    Oh nice ingye mi part ves

  8. xinxy says:
    April 3, 2016 at 2:00 am

    Mi vaahaka varah reethi. ♡♥☆★★★★

  9. mary says:
    April 3, 2016 at 12:46 pm

    Mi part ves vara reethi. I love this story. avaha up kodhechey plx

  10. yaash says:
    April 3, 2016 at 9:14 pm

    Haadha lasvanee

Comments are closed.

Next Episodeހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 7..←


All Right Reserved!