ޔުނިވާސިޓީގެ ހަލަބޮލި މާހައުލުގެ ތެރޭގައި ކުދިންތައް ކޮޅު ކޮޅަށް ހިނގަމުން ދިޔައީ ކުލާސްތައް ފެށެން 5 މިނިޓެއް ވެފައިވުމުން ގަޑި ނުޖެހި ކުލާހަށް ވަދެވޭތޯއެވެ. ނޫރާވެސް ހަލުވި ހިންގުމެއްގައި ސިޑިން އަރަމުން ދިއައީ މިއަދު އޮންނަ ޓެސްޓަށް ދަސްކުރުމަށް ފޮތް އަތަށް ލައިގެން ހުރެ ހިތާ ހިތުން ކިޔަވަމުންނެވެ. ކުއްލިއަކަށް ނޫރާގެ ފަހަތުން މީހަކު އައިސް ދަބަހުގައި ހިފާލުމުން އެވަގުތު ނުވިސްނާ ހުރި ނޫރާ ފަހަތަށް ވެއްޓެން ދިޔައެވެ. “ސާބަސް ޔާސިން.. އަހަރެން ވެއްޓުނު ނަމަޔޯ؟” ބިރުގަނެފައި […]
“ޔާސިން” ކަރުނައިން ފުރިގެންވާ ލޮލުން ޔާސިންގެ އަތުގައި ހިފާލަމުން ނޫރާ ބުނެލިއެވެ. ނުރާގެ އަތް ދުރުކޮށްލުމަށްފަހު ޔާސިން ހިގައިގަތީ ފަސްއެބުރި ބެލުމެއްނެތިއެވެ. ނޫރާގެ ހިތަށް ކުރަމުން ދިޔަ އަސަރު އެކަކަށްވެސް ނޭގޭނެއެވެ. ނޫރާ އާއި ޔާސިންގެ މެދުގައި ހިގައިދިޔަ ކަންތައްތަކާއި 7 އަހަރު ފަހުން ނޫރާ އާ ޔާސިން ބައްދަލު ވެގެން ދެން ހިގައިގެންދާނެ ކަންތައްތައް ބެއްލެވުމަށް މި ވާހަކަ ވިދާލުވެލައްވާ. މިވާހަކަ ނެރޭނީ ކޮންމެ ހުކުރު ދުވަހެއްގައެވެ. ހުރިހާ ބޭފުޅުންނަށްވެސް ކަމުދާނެކަމަށް އުންމީދު ކުރަން. ހުކުރު […]
ޢިސްހާޤު ވަނުމާ އެކު އަންޖަލް އަށް ތެޅިގަނެފައި ޖައިޝްއާ ދުރުވެވުނެވެ. އަދި ގަތް ލަދުން އަވަހަށް އެތަނުން ނިކުންނަން ހިގައިގަތެވެ. އިސްހަޤު ނުލަފާ ވައްތަރަކަށް ހިނި އައިސްފައި ހުރުމުން އަންޖަލް ލަދުގަތްލެއް އިތުރު ވެގެން ދިޔައެވެ. ” ކޮބާ ބެލީތަ؟” އަންޖަލް ނިކުމެގެން ދިއުމުން އިސްހާޤު އަހާލިއެވެ. ޖައިޝް އޭނާގެ ފޯނު ނަގާ ޔުމްނާގެ ރިކޯޑިންގް ޖައްސާލިއެވެ. އިސްހާޤުގެ ރުޅިގަޑު ގަދަވެގެން ދިޔައެވެ. އޭނާ އެނމެ އިތުބާރު ކުރި އެކަކު މިފަދަ އަމަލެއް އެއްވެސް މަޝްވަރާއަކާ ނުލާ […]
ޖުނާންގެ ފަހަތުން ގޭތެރެއަށް އައިސް ވަތް ޔުމްނާ ފެނުމުން އަންޖަލް އަށް ބާރަކަށް ޖައިޝްގެ އަތުގައި ހިފާލެވެނެވެ. އަސްމާވެސް ޔުމްނާ ފެނުމުން ބައްދާލާފައި ހާލު އަހުވާލު އަހާލިއެވެ. މި މަންޒަރުތައް ވެގެން ދިޔައި އަންޖަލްގެ ހިތަށް ބަލަން އުދަގޫ މަންޒަރުތަކަކަށެވެ. އެބުރި ކޮޓަރިއަށް ދާން ހިގައިގަންނަން އުޅުމުން ޖައިޝް އަންޖަލް ހުއްޓުވިއެވެ. އަދި އާތިކާ ކަންފަތް ދޮށުގައި ޖައިޝް އެއްޗެއް ބުނުމުން އާތިކާ އައިސް އަންޖަލް އަތުގައި ހިފާލައިގެން އިސްހާގު ކައިރިއަށް ދިޔައެވެ. *** ޖުނާންގެ ކޮޓަރިއަށް […]
އަންޖަލް ހުއްޓުން އެރީ ކީއްވެ ކަމެއް އޭނާއަކަށް ވެސް ނޭގުނެވެ. ޖައިޝްއާ ހަތަރު ކަޅި ހަމަ ކޮށްލެވުނު ވަގުތު އަންޖަލްގެ ހިތުގައި މަޑުމަޑު ވިންދެއް ޖަހަމުން ދިޔައެވެ. އަމިއްލަ ހިތް ހުއްޓުވޭތޯ މަސައްކަތް ކުރަމުން އަންޖަލް އަވަސް އަވަހަށް އެތެރެއަށް ވަންނަން ހިގައިގަތެވެ. އެވަގުތު މައި ދޮރުން ވަދެގެން ފުންމަމުން ފުންމަމުން ޖޫދު އައެވެ. އައި ގޮތަށް އައިސް އަންޖަލްގެ އަތުގައި ހިފާ ދެފަރާތަށް އަބުރާލިއެވެ. ޖޫދު ހެވިފައި ހުރިވަރުން އަންޖަލް ގާތަށް ހިނިއައެވެ. ކިހިނެއްވީތޯ އަހާލިއެވެ. […]
ޖައިޝް އަކީ އަހަރެންގެ ދަރިއެއް… އަސްމާވެސް ނޭގޭ ކަންތައް ތަކުގަ އަގަ ނުބޭނިއްޔާ އަހަންނަށް ރަގަޅީ.. ކަންތައްތަކުގެ ހަގީގަތް ބަލާފަ ވާހަކަ ދައްކާ..” އިސްހާޤު ހުރީ ހިތްހަމަ ނުޖެހިފައެވެ. އޭނާގެ ސަބަބުން އާތިކާއަށް ވަނީ އެތަކެއް ވޭނެއް މީގެ ކުރިން ތަހަންމަލު ކުރަން ޖެހިފައެވެ. ދެނެއް އެ ފުރުސަތެއް އޭނާ ނުދޭނެއެވެ. އޭނާ އާތިކާދެކެ އިންތިހާއަށް ލޯބިވެއެވެ. އާތިކާގެ ލޮލުން ކަރުނަ ހިލުނެވެ. ޖައިޝްދެކެ އަންނަ ރުޅި އޭނާ ނާންނަން ހުއްޓަސް އާދެވެއެވެ. ޖައިޝްގެ ކުށެއް ނެތްކަން […]
ފަތިސް ނަމާދަށް ބަންގި ގޮވި އިރުވެސް އަންޖަލްގެ ލޮލަކަށް ނިންޖެއް ނާދެއެވެ.. ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އޮންވާ ފޯނު އެލާމްވާން ފެށިއެވެ. ތެދުވެލާފައި އެލާމް ކަޑާލުމަށްފަހު އަންޖަލް ގޮސް ފާހަނައަށް ވަދެ ވުޟޫކޮށްލައިން އައިސް ނަމާދަށް އެރިއެވެ. **** ޖައިޝް އޮފީހަށް ދާން ތިރީގައި މަޑުކޮށްލައިން ހުންނަތާ 15 މިނިޓު ވިއިރުވެސް އަންޖަލް ތިރިރއަކަށް ނުފައިބައެވެ. ދެތިންފަހަރަކު އަންޖަލްއަށް ގުޅަންވެސް ގުޅައިފިއެވެ. ފޯނުއޮތީ ނިއްވާލާފައިކަމުން ނުގުޅެއެވެ. ޖައިޝް ކަންބޮޑުވެފައި ހުރެ ގޮސް އަންޖަލް ކޮޓަރީގައި ޓަކި ޖަހާލިއެވެ. […]
އަންޖަލް މޫނު ދުރުކޮށްލުމަށްފަހު ބާރަކަށް ރޮއެގަތެވެ. ކުރީގެ އަންޖަލް ނަމަ މިހާރު ޖައިޝްގެ މޫނު މަތީގައި އެތިފަހަރެއް އަޅާލީހެވެ. ނަމަވެސް އޭނާ ވަނީ މިވަގުތު އެއްވެސް ކަމަކާމެދު ވިސްނުމަށް އުދަގޫވެފައެވެ. ޖުނާންދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ޖައިޝް މަޑުމަޑުން އަންޖަލްގެ ގައިގާ ބައްދާލިއެވެ. މިފަދަ ވަގުތެއްގައި ހަދަންވީ ގޮތެއް ހުދު ޖައިޝްއަކަށްވެސް ނޭގެއެވެ. އަންޖަލް ހިތްފުރެންދެން ރޯން ދޫކޮށްލާނީ ބާއޭ ނުވަތަ ހަމަޖެއްސޭތޯ ވަހަކަ ދައްކަންވީ ބާއޭ ހިތަށް އަރަމުން ދިޔައެވެ. **** ޖައިޝްގެ ކެބިން ދޮރު […]
ޖައިޝް އަންޖަލް ދުރުކޮށްލީ އޭނާގެ ފޯނު ކުއްލިއަކަށް ރިންގްވާންފެށުމުންނެވެ. ގުޅަމުން ދިޔައީ އިސްހާޤެވެ. އޭރު ޖޫދު އާއި ފައިހާ ޕިއްޒާތައް ޓޭކްއަވޭ ހަދައިން އައިސް ޖައިޝްމެންނާ އަރާ ހަމަވަނީއެވެ. ” ކޮބާތަ ޖޫދު އާއި އަންޖަލް… ދެމީހުން ކުރެ މީހެއް ފޯނެއް ނުނަގާ…” އިސްހާގު ގެ ރާގުގައި ހިތްހަމަ ނުޖެހުމެއް ހުއްޓެވެ. ” އެބަތިބި.. ކިހިއްނެއްވީ ބައްޕާ..” ޖައިޝް ކުޑަކޮށް ހާސްވިއެވެ. ” އާދެބަލަ ޓްރީ ޓޮޕް ހޮސްޕިޓަލަށް މަންމަ.. އަސްމާ ކުއްލިއަކަށް ހޭނެތިގެން މިއުޅެނީ..” އިސްހާޤް […]