ޖައިޝްއަށް ސިހުމެއް ލިބުނީ އޭނާގެ ކޮޑުގައި އަންޖަލް ބޯ އަޅާލުމުންނެވެ. ޝައުގުން ފުރިގެންވާ ނަޒަރަކުން ތިރިވެލާފައި އަންޖަލްގެ މޫނަށް ބަލާލިއެވެ. އޭރު އަންޖަލް އޮތީ އަގަ ހުޅުވައިން ނިދާފައެވެ. ފޮތެއް އަތުގަ ޖެހިއްޖެޔާ އަންޖަލްގެ ހާލަކީ މިއީއެވެ tienda . އަންޖަލް އޮތް ގޮތް ފެނުމުން ޖައިޝްއަށް މަޖާވިއެވެ. އަދި ފޯނު ނަގާ އަންޖަލްގެ ފޮޓޯއެއް ނަގާލިއެވެ. ޖުނާން ނުރުހުންވެފައި ޖައިޝްއަށް ބަލަހައްޓައިގެން ހުއްޓެވެ. ޖައިޝް ޖުނާންއަށް ދައްކާލުމުގެ ގޮތުން އަންޖަލްގެ ބޮލުގައި ފިރުމާލިއެވެ. އޭރު ސީޕްލޭން […]
“މަންމާ..” ގަތްބިރުން އަންޖަލް ވެއްޓުނެވެ. އަދި ފަހަތަށް އެބުރި ޖައިޝްއަށް ބަލާލިއެވެ. މިފަހަރު އެއަށްވުރެ ބާރަށް އަންޖަލް އަށް ހަޅެއްލަވައިގަނެވުނެވެ. ޖައިޝްގެ ސިފަ އަންޖަލްއަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. ބޯދިގުކޮށްފައި ހުރި އިރު މޫނު ވަނީ ފޮރުވިފައެވެ. ހަމައެކަނި ޖައިޝްގެ މޫނުން ފެންނަން ހުރީ ދެލޮލާއި ނޭފަތެވެ. ތުބުޅިއާއި މަތިމަސް ދިގު ކޮށްފައި ވުމުން މީހާގެ ރީތިކަން ގެއްލި ހީވަނީ “ބެއާ” އެއް ހެނެވެ. އަންޖަލް އަވަސް އަވަހަށް ކަކުލުގައި އަތް އަޅައިގެން ކޮރު ޖަހަމުން […]
ޝަންމަ އާއި ޖުނާން ގޮސް ފެމިލީ ކެއާ އަށް ވަނެވެ. ޝަންމަ ގެ ނަމްބަރު ސްކްރީނަށް އަރަންދެން ދެމީހުން ގޮސް ގޮޑީގައި އިށީދެލިއެވެ. ޝަންމަ އުންމީދުކޮށްގެން ހުރީ މިފަހަރު އޭނާއަށް އުފާވެރި ހަބަރު ލިބޭނެކަމަށެވެ. ކައިވެންޏަށް 3 އަހަރު ވީ އިރު ދަރިއަކު އެ ދެމަފިރިންނަކަށް ނުލިބެއެވެ. މިފަހަރު ޝަންމަ ކިބައިން ފެންނަމުން ދިޔައީ މާ ބަނޑު މީހެއް ކިބައިން ފެންނަ ފަދަ އަލާމާތް ތަކެވެ. ނަމަވެސް ޝަންމަ ހާސްވާ އެއްކަމެއް އޮތެވެ. އޭނާގެ އަގައިން ލޭ […]
މިވާހަކަ ތިބޭފުޅުންނަށް ދެން ގެެނެސް ދެވޭނީ (އަންޖަލް) މިނަމުގައެވެ. ސަބަބަކީ މިހިތަކުން ނުފިލާނޭ ނަމާއި ވައްތަރު ނަންތަކުގެ ވާހަކަ މިހާރު އެހެން ލިޔުންތެރިން ލިޔަމުންދާތީ ކިޔުން ތެރިންނަށް އޮޅުން އެރުމުން ދުރުކޮށްދިނުމުގެ ގޮތުންނެެވެ. ވާހަކައިގެ ނަން ބަދަލުވިއެއްކަމަކު އަޅުގަނޑުގެ ކުރީގެ ވާހަކަ އަށް ލިބުނުވަރަށް ތަރުހީބު ލިބޭނެ ކަމަށް އުންމީދު ކުރަމެވެ.
ހ. ސޯލް ގޯތިތެރޭގައި ޕާރޓީ ބޮކި ތަކުން ވަނީ ޒީނަތްތެރި ކޮށްފައެވެ. މަޑު މިއުޒިކެއް އިވެމުން ދިޔައިރު އެކި އެކި މޭޒު ދޮށުގައި މީހުންތައް ތިބެގެން އެކި ވާހަކަ ދައްކަމުން ދިޔައެވެ. ކޮންމެ ރޯދަމަހެއް އައުމުގެ ކުރިންވެސް މިގޭ މީހުން ގާތްތިމާގެ މީހުންނާއި ރައްޓަހެންނަށް ހާއްސަ މާ ހެފުމެއް ބާއްވައެވެ. ތަންކޮޅެއް ދުރުގައި އިން މޭޒެއް ދޮށުގައި އަންހެން ކުއްޖަކު އެތާ ތެރޭ ހިންގާ ހުރިހާ ކަމަކަށް ގެއްލިފައި ހުއްޓެވެ. ފިޔާތޮށި ކުލައިގެ ކަކުލާ ހަމައަށް އަރާ […]
އަންޖަލް ގެ މަންމަ އާއި ބައްޕަ ވަނީ އަންޖަލްގެ އުމުރުން 13 އަހަރުގައި ނިޔާވެފައެވެ. އަންޖަލް ބެލުމާ ހަވާލުވީ އަންޖަލް މަންމަގެ ދައްތަ އެވެ. އާދެ އަންޖަލްގެ ބޮޑުދައިތައެވެ. ނަމަވެސް ދިމާވި ހިތަމާވެރި ހާދިސާއެއްގެ ސަބަބުން އޭގެ 6 އަހަރު ފަހުން ބޮޑުދައިތަވެސް ނިޔާވިއެވެ. ބޮޑު ދައިތަ ވަސިއްޔަތް ކޮށްފައިވަނީ ބޮޑު ދައިތަގެ ހުރި ހަމައެކަނި ދަރިފުޅު ޝަންމަ އަންޖަލް ބަލާދިނުމަށެވެ. ދުނިޔެގައި ޝަންމަގެ ހުރި ހަމައެކަނި މީހަކީ ޝަންމައެވެ. ޝަންމަ މީހަކާ ކައިވެނި ކުރުމުން އަންޖަލް […]
” އަހަންނަކީ ވަރަށް ބޮޑު ކުއްވެރިއެއް… އަހަރެން ވަނީ ނުހާ، އަރީކާ އަދި އަހަރެންގެ ދަރިފުޅު ޒާންއަށްވެސް ހިތާމަ ދީފައި… އަހަންނަށް މައާފް ކުރާށެކޭ އަހަންނެއް ނުބުނާނަން… ހަމަ އަސްލުވެސް ނުހާ.. އަހާބަލަ އަރީކާ ކުރެން.. އަހަރެން ނުހުންނާނެ އަރީކާއާ އެކު އެކަހަލަ ގުޅުމެއް ހިންގާފަ… އަހަރެން މީ ވަރަށް ނިދި މަޑު މީހެއްކަން ނުހާއަށްވެސް އެގޭނެ… އެފަދަ ކަމެއް އަހަންނަށް ނޭގި ނުވާނެ… އަރީކާ އެހަދަނީ ދޮގުކަން އަހަންނަށްވެސް އެގޭ…” ޝާން ނުހާގެ ދެލޯ ފޮހެލަމުން […]
” މިހާރު؟ ކޮންތާކަށް ދާންވީ…” ނުހާ ކޮޓަރިއާ ދިމާލަށް ހިގައިގަންނަމުން ބުނެލިއެވެ. ” އާދެ ޑައިނަމޯއަށް އަހަރެންވެސް މިދަނީ އެތަނަށް..” އަކްރަމް މިހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ. ނުހާ އަވަސް އަވަހަށް ތައްޔާރުވެލައިގެން ބޭރަށް ނުކުމެ ކާރަށް އަރާ ޑައިނަމޯއަށްދާން ނައްޓާލިއެވެ. އަރީކާ ދައްތަ ނުހާއާ ބައްދަލު ކުރަން ބޭނުންވަނީ ކޮންކަމު ހެއްޔެވެ؟ 10 ވަރަކަށް މިނިޓް ތެރޭ ނުހާ ކާރު ޕާރކް ކޮށްލުމަށްފަހު ގޮސް ޑައިނަމޯއަށް ވަނެވެ. އަކްރަމް އިން މޭޒުކައިރިއަށް ނުހާ މަޑުކޮށްލުމަށްފަހު އަރީކާ […]
ޝާން އެދުގައި އިދެފައި ދުވެފައި ކަހަލަ ގޮތަކަށް އައިސް ނުހާގެ އަތުގައި ހިފިއެވެ. ނުހާގެ ލޮލުން ކަރުނަތައް ފައިބަންފެށިއެވެ. ފިރިހެނުން ވާނީ ފިރިހެނުންނަށެވެ. ދުވަހަކުވެސް އިސްލާހެއް ނުވާނެއެވެ. މިހާރު ގޭތެރޭގައިވެސް ދެމީހުންގެ ގުޅުން ކުރިއަށްގެންދަނީއެވެ. ނުހާ ކުއްލިއަކަށް ބޮލުގައި ރިއްސައިގަތެވެ. ބޮލުގައި އަތް އަޅާ ހަޅޭއްލަވައިގަތެވެ. ” ދުރައްދޭ… މުޑުދާރު…” ނުހާ ޝާންގެ އަތް ފޮޅާލުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ. ޝާން ނުހާގެ ފަހަތުން ނުކުތެވެ. އަރީކާ ގާތަށް ހިނިއައީ އޭނާ ބޭނުންވި ގޮތަށް އެކަން ވީމައެވެ. […]