“އޯމައި ގޯޑް.. ހާދަ ސީރިއަސް ވީ.. އެއީ އަހަރެން މަޖަލަކަށް ބުނި އެއްޗެކޭ…” ބާރަކަށް ހިނިގަޑެއް ޖަހާލަމުން ޖޫދު ބުނެލީ އެއިން އެއްވެސް މީހެއްގެ މޫނުމަތިން ޖޫދު ބުނިއެއްޗެކަށް ރުހުނުތަން ނުފެނުމުންނެވެ. އަންޖަލްވެސް ހޭންފެށީ މިފަދަ ދަޑިވަޅެއްގައި އޭނާ ވަކިން ކުރާނެ އިތުރުކަމެއް ނެތުމުންނެވެ. “ތީ މީހުން ކުރާ ސަމާސާތަ..” ޖައިޝް ރުޅިއައިސްގެން އެތަނުން ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. ޖޫދު ސަމާސާއަކަށް ވިޔަސް މިފަދަ އެއްޗެއް ބުނުމުން ޖައިޝް ކައިރިއަށް އިންތިހާއަށް ރުޅިއައެވެ. ” ބައްޕާ.. […]
ދެމީހުން އަންޖަލްގެ އަތުގައި ހިފައިގެން ލޯ އަޅަމުން ދިޔައެވެ. އަންޖަލް ކުޑަކޮށް ޖެހިލުން ވިއެވެ. އެއްކޮޅުން އޭނާ އެންމެ ލޯބިވާ ޖުނާން އެވެ. އަނެއްކޮޅުން އޭނާ މީގެފަހުން މަސައްކަތް ކޮށްދެންޖެހޭ ބޮޑުމީހާއެވެ. ” އަންޖަލް އެއީ އަހަރެންގެ ސެކެޓްރީ.. ޖުނާންގެ ކެބިންނަށް ދާން ޖެހޭ ސަބަބެއް އަންޖަލްގެ ނޯންނާނެ.. ދޫކޮށްލާ..” ޖައިޝް ބުނެލިއެވެ. ” އަހަރެން އަންޖަލް މި އޮފީހަށް ގެނައީ.. އަހަރެން އަންޖަލް ޓްރޭން ކުރުވީ.. އަދި ކިޔާދެންޖެހޭ އެއްޗެހި އެބަހުރި..” ޖުނާން ހުރީ ދޫކުރާ […]
ޕާރޓީ ނިންމާލުމަށްފަހު ދަރުބާރުގެއިން ނިކުމެގެން އެންމެންވެސް ތިބީ އެމީހެއްގެ ކާރު އަންނަންދެނެވެ. އިސްހާޤުގެ ކާރު އައުމުން އާތިކާއާއި އަސްމާ އަދި ޖޫދު ކާރަށް އެރިއެވެ. ” އަންޖަލް އާދޭ ޖައިޝްއާއެކު..” އިސްހާޤު މެން ކާރަށް އަރަން އައި އަންޖަލްއަށް ބަލާލަމުން އިސްހާޤު ބުނެލިއެވެ. އިސްހާޤުގެ ބަހަކާ ދެކޮޅުހަދަން ނުކެރުމުން އަންޖަލް ގޮސް ޖައިޝް ކައިރީ އޭނާގެކާރު އަންނަންދެން މަޑުކޮށްލިއެވެ. އިސްހާޤުމެން ދިއުމުން ދަރުބާރުގެ ބޭރުގައި ތިބީ ޖައިޝްއާއި އަންޖަލް އެކަންޏެވެ. ކާރުގެ އިންތިޒާރުގައި ހުރި އަންޖަލް އިރު […]
ޖުނާން އައިސް ކޮޓަރިއަށް ވަނީ އޭނާ އަށް އިތުރަށް އެއްވެސް ގޮތެއް ހެދޭނެތޯ ވިސްނަމުންނެވެ. އަންޖަލް އޮފީހަށް ގެންދަން ބޭނުންވީ ވެސް ހުރިހާ ވަގުތެއްގައި އަންޖަލް އޭނާ ކައިރީ ހުރުމަށް އެދޭތީއެވެ. އެރޭގެ ވަގުތެވެ. މެންދަމުން 1 ޖަހަން އުޅެނިކޮށް ޖުނާން ގޮސް އަންޖަލް ގެ ކޮޓަރިއަށްވަނެވެ. މަޑު މަޑުން ހިގާފައި ގޮސް އަންޖަލް އޮތް އެދުގެ ކަނުގައި އިށީދެލިއެވެ. އަދި ގަދަ ނިދީގައި އޮތް އަންޖަލްގެ މޫނަށް ފުން ނަޒަރަކުން ބަލާލިއެވެ. އަންޖަލް އަށް ހޭލެވުނީ […]
އާތިކާގެ އަތުގައި ހިފާލުމަށްފަހު އިސްހާޤު އާތިކާގެ އަތް ފޮޅާލިއެވެ. ޖައިޝާ ދޭތެރޭ އާތިކާ ކަންތައް ކުރާ ގޮތަކީ އިސްހާޤް އެއް ގޮތަކަށްވެސް ހިތްހަމަ ޖެހޭ ކަމެއް ނޫނެވެ. ” އާތިކާ ކިހިނެއްވެގެންތަ ތިއުޅޭނީ… ޖައިޝްއަކީވެސް މަގޭ ދަރިއެއް.. މިގޭ އެހެން ކުދިންހެން އޭނައަށްވެސް މިގޭތެރޭ ބޭނުން ކަމެއް ކުރެވޭނެ…” އިސްހާޤުގެ ރުޅިގަޑު މައިތިރި ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އަންޖަލް އައިސް ޖައިޝްގެ އަތުގައި ހިފާފައި ގެންގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަންޖަލްގެ ސަބަބުން ޖައިޝްއަށް އެފަދަ […]
ވިއްސަކަށް މިނިޓު ތެރޭގައި ޖުނާން އާއި އަންޖަލް ސޯލް ކޮންޕެނީގެ ޕާރކިން ޒޯނުގައި ކާރު ޕާރކް ކުރުމަށްފަހު ގޮސް ބިލްޑިންގްއަށް ވަނެވެ. ސޯލް ކޮންޕެނީ އަކީ ކޮންސްޓްރަކްޝަންގެ އެކި މަސައްކަތް ކުރާ ކުންފުންޔެކެވެ. އެކި އެކި ފަރާތްތަކުން ދޭ ބޮޑެތި ޑީލްތައް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ފުރިހަމަކޮށް ނިންމާ ހަމަ އެކަނި ކުންފުންޔެވެ. ގިނަބަޔަކު ދަންނަ މަޝްހޫރު ކުންފުންޔެކެވެ. އަންޖަލް ޖުނާންގެ ފަހަތުން ހިގަމުން ދިޔައީ އަދި އޮފީހަށް އާ ވުމުންނެވެ. އަންޖަލް އާ ދިމާލަށް […]
ޖައިޝް ބާރަކަށް ބޮޑު ދޮރު ލައްޕާލުމަށްފަހު އައިސް މައްޗަށް އަރާ އަންޖަލްގެ ކޮޓަރިއަށް ވަނެވެ. ” ތީ ބުދެއްތަ މީހަކު ކިޔާހާ އެއްޗަކާ ކުރާހާ ކަމެއް ބަލަން..” އަންޖަލްގެ ދެކޮޑުގައި ހިފާލަމުން ޖައިޝް ބުނެލިއެވެ. ” އައްދޯތް ތަދުވޭ..” ޖައިޝްއަށް ހިފިފައި ހުރީ ފުދޭވަރަކަށް ބާރަށް ކަމުން އަންޖަލްއަށް ތަދު އިހުސާސް ކުރެވުނެވެ. ޖައިޝް އޭނާގެ އަތް ދުރުކޮށްލީ އަންޖަލްއަށް އިތުރަށް ތަދުވެދާނެތީއެވެ. ” އަންޖަލްގެވެސް އަގައެއް އޮވޭނުން.. މީހުން ކިޔާހާ އެއްޗެއް ކިޔަން ނުހުންނާތި..” ޖައިޝް […]
ރޭގަނޑު ބާރަ ޖަހަން އުޅެނިކޮށް ފެންބޮވައިގަނެގެން އަންޖަލްއަށް ހޭލެވުނެވެ. އޭރު އޭނާހުރީ މުޅި ދުވަހު އެއްޗެއް ނުކައި ހުރުމުން ބަޑުހައިވެސް ވެފައެވެ. ތެދުވެގެން ގޮސް މޭޒުމަތީގައި ހުރި ފެންޖަގު ނަގާލީ ތައްޓަށް ފެންއެޅުމަށެވެ. ނަމަވެސް ޖަގުގައި ފެންނެތުމުން އަންޖަލް ފޭބީ ކާގެއަށް ދިއުމަށް ތިރިއަށެވެ. މުޅި ގޭތެރެ ވަނީ ރަތް ބޮކި ދިއްލާފައެވެ. މިހާ ދަންވުމުން ގޭގެ މަސައްކަތުމީހުންވެސް ނިދާފައި ތިބޭނެކަމުން އަންޖަލް މަޑު ފިޔަވަޅުތަކެއް އަޅަމުން ގޮސް ކާގެއަށް ވަނެވެ. ޖަގަށް ފެންއަޅާލުމަށްފަހު ގޮސް ޕްރިޖް […]
އަންޖަލް ދެލޯ މަރާ ތުންފަތް ފިއްތާލިއެވެ. ޖައިޝް ކިރިޔާ އަންޖަލްގެ މޫނު ނުޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ. އަދި އަންޖަލްގެ ކަންފަތް ކައިރިއަތްގޮސް މަޑުމަޑުން ބުނެލިއެވެ. ” އަހަންނަކީ އެހާ ނުލަފާމީހެއްނުން… އަހަރެން އަންޖަލް ގެ ނުރުހުމުގައި އެއްވެސް ކަމެއް ނުކުރާނަން..” ޖައިޝް މިހެން ބުނެފައި ގޮސް އޭނާއަށް ހާއްސަ ކުރެވިފައި ހުރި ކޮޓަރިއަށް ވަނެވެ. އަންޖަލްއަށް ހުރީ ގުޑާލަންވެސް ނޭގިފައެވެ. ދެލޯ މަރައިގެން ހުރިގޮތަށް ހުރެވުނު އިރެއްވެސް ބުނާކަށް ނޭގުނެވެ. އީދުގެ ދެދުވަސް އަންޖަލް އަށް ހީވީ […]