Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢަންޖަލް (20)

Krystal Level 510 Stories100 Login100 Comments
September 7, 2020 3 Mins Read
11 Comments

ޢިސްހާޤު ވަނުމާ އެކު އަންޖަލް އަށް ތެޅިގަނެފައި ޖައިޝްއާ ދުރުވެވުނެވެ. އަދި ގަތް ލަދުން އަވަހަށް އެތަނުން ނިކުންނަން ހިގައިގަތެވެ. އިސްހަޤު ނުލަފާ ވައްތަރަކަށް ހިނި އައިސްފައި ހުރުމުން އަންޖަލް ލަދުގަތްލެއް އިތުރު ވެގެން ދިޔައެވެ.
” ކޮބާ ބެލީތަ؟” އަންޖަލް ނިކުމެގެން ދިއުމުން އިސްހާޤު އަހާލިއެވެ. ޖައިޝް އޭނާގެ ފޯނު ނަގާ ޔުމްނާގެ ރިކޯޑިންގް ޖައްސާލިއެވެ. އިސްހާޤުގެ ރުޅިގަޑު ގަދަވެގެން ދިޔައެވެ. އޭނާ އެނމެ އިތުބާރު ކުރި އެކަކު މިފަދަ އަމަލެއް އެއްވެސް މަޝްވަރާއަކާ ނުލާ ކުރުމުން ގަބޫލުކުރަންވެސް ދަތިވިއެވެ. ނަމަވެސް އަދިވެސް އިސްހާޤު ގަބޫލު ކުރަނީ ޖުނާން އެފަދަ ކަމެއް އެއްވެސް ސަބަބެއް ނެތި ނުކުރާނެކެވެ. ގެއަށްގޮސް ވާހަކަ ދައްކާނެކަމަށް ބުނުމަށްފަހު އިސްހާޤު ނިކުމެގެން ދިޔައެވެ.
އަންޖަލްގެ ފޯނު ދެފަހަރަކު ރިންގުވިތަނާ ނެގިއެވެ.
“ހަލޯ އަންޖޫ… އަހަންނަ ބައްދަލް ކުރެވިދާނެތަ؟” ވާހަކަ ދައްކަމުން ދިޔައީ ޖުނާންއެވެ.
“ކޮބާ ބޭނުމަކީ.. ޖުނާން ހީކުރީ އަހަރެން މި ޖުނާން ގެންގުޅޭ ކުޅޭ އެއްޗެއް ކަމައްތަ؟ ބޭނުންވީމަ ޔޫސް ކޮށްފަ ބޭނުން ނެތުނީމަ އެއްލާލަން..” އަންޖަލް އައި ރުޅީގައި ފޯނު ބޭއްވިއެވެ.
“މަންޖެ.. ހާދަ ރުޅިއައިސް..” އަންޖަލް ސިއްސައިގެން ދިޔައީ އޭނާގެ ކަންފަތް ދޮށުގައި މީހަކު މިހެން ބުނުމުންނެވެ. މިހާ ގާތް ވުމުން އަންޖަލްއަށް އުދަގޫވެސް ވިޔައެވެ. ނަމަވެސް ހީލުމަށްފހު ފަހަަތަށް އެބުރިލީ އެއީ ކާކުކަން އެގި ހުރެއެވެ.
” ކާކު އަހަރެންތަ؟ އަހަރެން ރުޅިއެއް ނާދޭ… ” ނާހިލް އާ ދިމާލަށް ބަލާލަމުން އަންޖަލް ބުނެލިއެވެ.
” މިރޭ އަހަންނާ އެކު ކޮފީއަކަށް ދެވޭނެތަ؟” ނާހިލް ކުޑަކޮށް ޖެހިލުންވެފައި އަހާލިއެވެ.
” އާނ ދެވިދާނެ… ކިހާ އިރަކު” ޖުނާންގެ ސަބަބުން މޫޑު ސަކަރާތްވެފައި ހުރުމުން އަންޖަލް ބޭނުންވީ ބޭރަށްގޮސް ކުޑަކޮށް ބޯ ހަމަ ޖައްސާ ހަދާލަންށެވެ.
ހަވީރު އޮފީސް ނިންމާލުމަށްފަހު އަންޖަލް އާ ޖައިޝް ގެއަށްއައިސް ވަނެވެ. ސިޓިންގް ރޫމް ތެރެއިން ފެނިގެންދިޔަ މަންޒަރުން ޖައިޝްއާ އަންޖަލް އެކުއެކީހެން ހުއްޓުންއެރިއެވެ. އަސްމާއާ ޖުނާން ބިންމަތީ ކަކޫ ޖައްސާލައިން އިދެ އިސްހަޤު ގާތު މަފްކުރުމަށް އެދެމުން ދިޔައެވެ. ވެގެން އުޅޭ ގޮތެއް ނެގުނެއްކަމަކު އެގޮތަށް އަސްމާ އިންތަން ފެނުމުން ޖައިޝްއަށް ކުޑަކޮށް އުދަގޫވިއެވެ. ފާއިތުވެދިޔަ 23 ހަކަށް އަަހަރު ކިރިޔާވެސް މަންމައެއް ދޭން ޖެހޭ އަޅާލުން ޖައިޝްއަށް ދިނީ އަސްމާއެވެ.
” ބައްޕާ.. އަޅުގަޑަށް މަާފްކުރޭ… އަޅުގަޑު ބައްޕަ ކައިރީ އަހަން ނުކެރުނީ…” ޖުނާންގެ ވާހަކަ ދައްކަމުން ދިޔަ އަޑު އިވިފައި އަންޖަލް އާ ޖައިޝްއަށް ވެގެން އުޅޭގޮތް ދެނެގަނެވުނެވެ.
” އިތުރު ވާހަކައެއް ދައްކާ އަޑު އަހާކަށްވެސް އަހަރެން ބޭނުމެއްނުން… މިއަދަށް ފަހު ޖުނާން ތީ ސޯލް ކޮންޕެނީގެ ޑިރެކްޓާރ އެއް ނުން.. ޖުނާން އެހެން މީހުންނެކޭ އެއްގޮތަށް ސްޓާފުން ކައިރީ މަސައްކަތް ކުރޭ.. ކެބިން ބޭނުން ކޮށްގެން ނުވަނެ…” އިސްހާޤު އެންމެ ފަހުގެނިންމުން އިއްވުމަށްފަހު އެތަނުން ދިޔައެވެ.
***
ކޮޓަރީ ތެރޭ ދެކޮޅަށް ހިގާލަ ހިގާލާ ޖުނާން ހުރީ އައިސްފައި ހުރި ރުޅިއެއްގެ ސަބަބުންނެވެ. މިއަދު ހުރިހަ ކަމެއް ފަޅާއެރީ ޖައިޝްގެ ސަބަބުން ކމަށް ޖުނާންއަށް ހީވާން ފެށިއެެވެ. ބަދަލު ހިފުމުގެ ރޫހު އެ ޒުވާން ހަށިތެރޭ އަރާ އުތުރެން ފެށިއެވެ. ޖައިޝްއަކީ އޭނާގެ ބޭބެއެއްކަމަކު އޭނާއަށް ނުލިބުނު މޮޅެއް ޖައިޝްއަށް ލިބޭކަށް އޭނާ ހިތެއް ނެދެއެވެ. ކޮންމެވެސް ގޮތަކުން ބަދަލު ހިފުމަށް ޖުނާން ނިންމިއެވެ.
ކަންބޮޑުވެފައި ހުރި ޖައިޝް ބެލްކަންޏަށް ނިކުތީ މިއަދު ވީ ކަންތަކާ ކުޑަކޮށް ވިސްނާލުމަށެވެ. ޖުނާން އެކަން ެއެގޮތަށް ކުރީ އަންޖަލް ދެކެ ވާލޯބިންކަން ޖައިޝްއަށް އެގެއެވެ. ފުން ވިސްނުމެއްގެތެރޭ ހުއްޓާ އަންޖަލް ފަރި ހެދިލައިން ގެއިން ނިކުންނަ މަންޒަރު ޖައިޝްއަށް ފެނުނެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލުމަށްފަހު ކޮޓަރިއަށް ވަދެ ޓީޝާރޓު ލައިގެން އަންޖަލް ފަހަތުން ދިއުމަށް ޖައިޝް ގެއިން ނިކުތެވެ. ގެއިން ނިކުތްތަނާ އަންޖަލް ނާހިލްގެ ކާރަށްއައިސް އެރިތަން ޖައިޝް އަށް ފެނުނެވެ. އަންޖަލްގެ ފަހަތުން ދިއުމަށް އެޅުނު ހުރަހަަކަށްވި އޭނާ ކާރުގައި ދިއުމެވެ.
ޖައިޝްގެ ހިތް ނުތަނަވަސްވާން ފެށިއެވެ. ކޮންމެވެސް ކަމެއް ގޯހުން ދާން އުޅޭކަމުގެއހުސާސް ކުރެވެން ފެށުނެވެ. ވަގުތުން ފޯނުނަގަ ފައިހާގެ ނަންބަރަށް ގުޅާލިއެވެ.
***
” މިޔޯ.. ހާދަ ފައިވާނެއް.. ކޮންބައެއް އެތެރޭގ ތިބީ.. ” ދޮރު ކުރިމަތީ އަންހެން ފައިވާނުތަކަކާއި ފިރިހެންފައިވާނު ތަކެއް ހުރުމުން އަންޖަލް އަހާލިއެވެ.
” އަސްލު އަހަރެން އަންޖަލް ކައިރީ ކުރީބައިގަ ނުބުނީ އަންޖަލް ނައިސްދާނެތި… މިރޭ މީ އަހަރެންގެ ބެސްޓްޕްރެންޑްގެ ގަރލްފްރެންޑް ބާރތްޑޭ… އެމީހުން އަހަންނަށް މަލާމާތް ކުރީ އަހަންނާ އެކު މިރޭ ޕާރޓީއަށް އަންނާނެ އަންހެން ކުއްޖަކު ނުވާނެއޭ ކިޔައިން..” ނާހިލްގެ މޫނުމަތިން ނުތަަވަސްކަން ފެންނަމުން ދިޔައެވެ.
” އައްޗި.. ކީއްކުރަން އަހަރެން މިތަނަށް ތިގެނައި..” އަންޖަލް ރުޅިއަންނަކަން ދައްކަލަމުން ބުނެލިއެވެ.
ސާބަސް ހާދަ ސީރިއަސް ވި… އަހަރެން އެހެން ބުނާނެކަމަށްތަ ނާހިލް ހީކުރީ… އިޓްސް ޓޯޓަލީ ފައިން ހިގާ އަހަރެން މީ ނާހިލްގެ ގަރލްފްރެންޑަށް މިރޭ ވެދީފާނަން.. ” އަންޖަލް މިހެން ބުނުމުން ނާހިލް އެތެރެއަށް ވަންނަން ދޮރު ހުޅުވަދިނެވެ. އަދ އެތެރެއަށް ވަންނަމުން އެއްމިންޔަކުން ހީލިއެވެ.
***
ޅިފްޓަށް އަރާ ޖައިޝް 10 ވަނަ ބުރީގެ ބަޓަންއަށް ފިއްތާލިއެވެ. ޖައިޝް ހިވަނީ ތަނަކަށް ދާން ލަސްވެގެން އުޅޭ ހެންނެވެ. 10 ވަނަ ބުރިއަށް ލިފްޓު ހުއްޓުމާއެކު ޖައިޝް ގޮސް 1101 ކޮޓަރީގައި ބެލް އަޅާލިއެެވެ. ޒުވާން ފިރިހެނަކު މަސްތުވެގެންވާ ހާލު ދޮރު ހުޅުވަލިއެވެ. އޭނާ ކާކުހޭ އަހަން އަގަ ހުޅުވާލުމާ އެކު ރާވަސް އަރައިން ދިޔައެވެ. ޖައިޝް އެމިހާގެ މޫނުގައި އަތްއަޅާ އެއްފަރާތަކަށް ޖައްސާލިއެވެ. ޢަދި އަންޖަލްއޭ ކިޔަ ގޮވަމުން އެތެރެއަށް ދެމިގަތެވެ. ޢެ އެޕާރޓްމެންޓުގައި 6 ކޮޓަރިއެއް ހުއްޓެވެ. ޖައިޝް ފަހަރަކު ކޮޓަރިއެއްގެ ދޮރު ހުޅުވާލުމަށްފަހު އަންޖަލްއަށް ގޮވާލައެވެ. ޚޮންމެ ކޮތަރިއެއްތެރެއިން ފެނިގެންދަނީ މީހަކަށް ބަލާލަން ކެރޭފަދަ މަންޒަރުތަކެއް ނޫނެވެ.
5 ވަނަ ކޮޓަރިގެ ދޮރު ހުޅުވަލި ވަގުތު އަންޖަލް ދެލޯ މަރާލައިގެން ހެވިފައި އިންތަން ޖައިޝްއަށް ފެނުނެވެ. ކައިރީގައި ނާހިލް އިދެ އަންޖަލްގެ ކަދުރައަށް ބޮސްދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ޖައިޝް ބަލަން ނުހުރެ އައިސް ނާހިލްގެ ގައިގާ ހޭ އަރާވަރަށް ތަޅައިގަތެވެ. ޖައިޝް ހުއްޓުވުމަށް އައި ނާހިލްގެ އެކުވެރިންވެސް ފޮޅާލުމަށްފަހު ނާހިލްގެގައިގަ ތަޅަމުން ދިޔައެވެ.
” ހަދާން ކުރާތި… އަންޖަލްއަކީ އަހަރެންގެ މީހެއް. އޭނާ އާ ވައިއެޅެންވެސް ނުވިސްނާތި…” ނާހިލްގެ މޫނުމަތީ ޖެހުމަށްފަހު ނަގާ ބިންމައްޗަށް ވައްޓާލިއެވެ.
އަންޖަލްއަށް އެމީހުން ހުރީ ޑްރަގް ކޮށްފައެވެ. އަންޖަލް އިނީ ޑްރަގް ކުރުމުގެ ސަބަބުން ހައިޕާ އަރާފައެވެ. ޖައިޝް އަންޖަލް އަތްދަޑި މައްޗަށް އުފުލާލައިގެން އެކޮޓަރިން ނިކުތެވެ. ޢަދި ލިފްޓާ ދިމާލަށް ހިގައިގަތެވެ. ޢަންޖަލް ލޯ ހުޅުވާލުމަށްފަހު ޖައިޝްއަށް ފުން ނަޒަރަކުން ބަލާލިއެވެ. ޙަމައެވަގުތު އޭނާ ނިދި ޖެހިގެން ވެއްޓުނެވެ.
=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

އަލްވަދާޢު- 8

Next

ލޯބިންއެކުގާ (7)

Next
September 7, 2020

ލޯބިންއެކުގާ (7)

Previews
September 7, 2020

އަލްވަދާޢު- 8

11 Comments!

  1. Yan says:
    September 7, 2020 at 11:30 pm

    Wow ???

  2. princess says:
    September 7, 2020 at 11:45 pm

    wow… vrh salhi…. mee 2nd dhw ekam… hehehe

  3. Ram says:
    September 7, 2020 at 11:51 pm

    Vvv reethi maasha allah????

  4. ??SHABAKKO10❤️❤️ says:
    September 8, 2020 at 12:59 am

    ❤️❤️Varah Reethi Mi part ves ??
    ??Masha Allah ??

  5. ?Flower ? says:
    September 8, 2020 at 8:52 am

    Masha Allah varah reethi mi part ves
    Waiting for the next

  6. ?Ril? says:
    September 8, 2020 at 11:31 am

    ??????Anneyong sis❤️❤️❤️
    ??❤️❤️Jal jinesseyo❤️❤️ ??
    ?????Mi part❤️❤️ ves❤️❤️ vrh sali ?????
    ❤️❤️Masha❤️❤️ Allah keep it up sis ❤️❤️❤️
    Pis Pis mioh ?naahil? eh dhw????
    ❤️❤️❤️Yesss anjal❤️ ey jaish❤️ge hahgeh dhw sis❤️ ❤️hehehe❤️❤️?❤️?❤️?❤️?❤️?????????
    ❤️❤️Waiting❤️❤️ for the next part❤️❤️
    ❤️Saarangey ❤️❤️
    ❤️❤️Josimheyo❤️❤️

  7. Epiphany says:
    September 9, 2020 at 2:21 pm

    Wow Maashaa Allah V v v v v v v v Salhi……… ☺️ ☺️
    I like this part too…
    But I think it’s a little bit short but it’s k…..
    Love you….

  8. Eleesha ?? says:
    September 9, 2020 at 8:13 pm

    Nice

  9. JUSTICE says:
    September 10, 2020 at 10:41 pm

    Aslu maa kuree up kuraaleh…

  10. Shooting star says:
    September 12, 2020 at 12:38 pm

    Wow.. varah reethi mi part vess .. when is the next part.

  11. Anonymous says:
    October 26, 2020 at 3:13 pm

    when is the next part

Comments are closed.

Next Episodeއަންޖަލް (21)←


All Right Reserved!