ގެޔަށް ގޮސްވެސް ނޫރާ އަށް ވިސްނެމުން ދިޔައީ ޔާސިން އާ ދޭތެރޭ އެވެ. މިންހާ މިއަދު ކަންތައް ކުރި ގޮތުން ނޫރާގެ ހިތުގައި އަދިވެސް ވޭން އަޅަމުން ދިޔައެވެ. ފޯނު ނަގާ ޔާސިން އަށް ގުޅާލީ އަދިވެސް އެހިތުގައި ޔާސިން އަށް ލޯތްބެއްގެ ބޮޑުކަމުންނެވެ. ޔާސިންގެ ފޯނު ނިއްވާލާފައި އޮތުމުން ނޫރާގެ ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ. ***** ޔާސިން ގެޔަށް ދިޔަގޮތަށް ގޮސް ދަބަހަށް އޭނާގެ އަންނައުނާއި ނައިރާގެ ބައެއް ހެދުންތައް އަޅައިން ގެއިން ނިކުންނަން ސިޑިން […]
ނޫރާ އެޅި ފިޔަވަޅު މައްޗަށް ހުއްޓުން އެރިއެވެ. ފަސްއެބުރި ބަލާލީ ނައިރާ ރޯންފެށުމުންނެވެ. އޭރު ޔާސިން ނައިރާ ހުއްޓާތޯ އެތައް ވާހަކަ ތަކެއް ދައްކަމުން ދިޔައެވެ. ނޫރާ އައިސް ނައިރާ ގައިގާ ހިފާ އަތުލަފިކޮށްލިއެވެ. “ދައްތި ސޮރީ.. ނައި ސޭޑް ވާކަށް ދައްތި ބޭނުމެއްނުން. އައިސް ކްރީމް ބޯނަންތަ؟” ނައިރާ ކުރެން އަހާލިއެވެ. ނައިރާ ދެލޯ ފޮހެލާފައި ބޯޖަހާލިއެވެ. ނޫރާ ނައިރާގެ އަތުގައި ހިފާލައިން ޖެން ހޮޓެލް ތިރީ އިންނަ ކުޑަ ކެފޭ އަށް ވަނެވެ. ބަސް […]
“ބައްޔެއް… ކަލޭ ދެން ދާ ތާކަ އެ ހަންޑި ގޮވައިން ދޭ… މަށަށް ބަލަން ޖައްސާނެ ކަމެއް ނެތް.. ބޮޑު ބަލާވެރިކަމެއް….” މިންހާ އަށް އިހުސާސް ކުރެވުނީ އޭނާގެ މޫނު މަތީގައި ހޫނު އެތި ފަހަރެކެވެ. މޫނުގައި އަތް އަޅައިން ހުރެ ޔާސިން އަށް ލޯ އަޅާލިއެވެ. “މިންހާ.. ކިހިނެއްވެގެން ތިއުޅެނީ… މިންހާ އަގަވެސް ހާދަ ހަޑިއޭ ދޯ މިހާރު…” މަންސޫރު މިންހާއަށް ބަލަހައްޓައިން ހުރެ ޖަހަން ނެގި އަތް ތިރިވެސް ނުކޮށް ބުނެލިއެވެ. “ބަލަ މިންހާވެސް […]
ދޮރު ހުޅުވާފައި އެތެރެއަށް އައިސް ވަދެގަތީ ޔާސިރެވެ. “ކީކޭ އާތިކާ ތިކިޔަނީ؟ އާތިކާއާ ހެދިތަ މަރީ މަށާ ދުރަށް ދިޔައި. އަހަންނަށް އަންގާވެސް ނުލާ ދިޔަތަނެއްވެސް ނުބުނެ…” ޔާސިރު އަޑުގައިވީ ރިހުމެވެ. އަދި އަދަށް ދާންދެންވެސް މަރިޔަމްގެ ހަދާންތައް އޭނާއާ އެކުގައި ވެއެވެ. މަރީއޭ ބުނުމުން ހުޝާމްއަށް ޔާސިންއަކީ އަސްލުވެސް ޔާސިރުގެ ދަރިއެއްކަން ދެނެގަނެވުނެވެ. މިއޮއް ހުރިހާ ދުވަސްވިއިރުވެސް އޭނާ އަކަށް މިފަދަކަމެއް ހިގިކަމެއް ނުވެސް އިނގެއެވެ. “މަރީ އިނީ ބަލިވެއޭތަ.. ދެން ކީއްވެ އަހަރެން ކައިރި […]
އާނ އެކެވެ. އެ ގުޅަނީ ޔާސިންއެވެ. ޖެހިލުންވެފައި ހުރެ ނޫރާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. “އައްސަލާމް އަލައިކުމް.. އަޅުގަނޑަކީ ޔޫސުފް ޔާސިން.. މިންނު ހޮޓެލްސް ފަރާތުން.. ތިކޮޅާ ބައްދަލު ކުރެއްވުމަށް ވަޤުތުކޮޅެއް ހުސް ކުރެވޭނެތޯ؟” ނޫރާ ފޯން ނެގުމާއެކު ޔާސިން ވާހަކަ ދައްކަން ފެށިއެވެ. ޔާސިން އޭރުވެސް މަންސޫރު ދިން ސިޓީ އުރައިގެ އެތެރެއެއް ނުބަލައެވެ. ބޭރުގައި މާކެޓިން އެގްޒެކެޓިވް ނަންބާރ މިހެން ޖަހާފައި އިނުމުން އިތުރަށް ނުބަލާ ގުޅާލީއެވެ. ނޫރާ އަށް ޔާސިން އެގުޅީ […]
“ނައި ކިޔަނީ… ނައިރާ ބިންތި ޔާސިން…” ޔާސިން އޭ ބުނުމުން ނޫރާ ހަދާނަށް އައި އޭނާގެ ލޯބިވާ ޔާސިން އެވެ. ނަމަވެސް ޔާސިންގެ ދަރިއަކު ހުރެފާނެއެކޭ ނޫރާގެ ހިތެއް ނުބުނެއެވެ. ކުއްލިއަކަށް ނޫރާ ސިއްސައިގެން ދިޔައީ އޭނާ އަތުން ނައިރާ އައިސް ޖަހައިގަތުމުންނެވެ. ނޫރާ އެބުރި ބަލާލި އިރު ފަހަތުގައި ހުރީ މިންހާއެވެ. މިންހާއަށް ނޫރާ އޭނާގެ ދަރިފުޅު އުރައިން ހުރިތަން ފެނުމުން ތެޅިގަނެވުނީއެވެ. މިންހާ އެއްގޮތަކަށްވެސް ޔާސިންއާ ނޫރާ ދިމާވާކަށް ބޭނުމެއް ނުވެއެވެ. އޭރު ނޫރާގެ […]
“އާދެބަލަ..” ނޫރާ އަތުގައި ހިފާ ފާހަނަ ތެރެއަށް ވެއްދީ ޒުލް އެވެ. “ޔޫ އާ ނޮޓް ގޮނަ ބިލީވް ދިސް” ފޯނު ނަގާ ނޫރާ އަތަށް ދިއްކޮށްލިއެވެ. ” އަހަރެން ހިޔެއް ނުކުރަން އެ ޔާސިން ތިވަރު ބޮޑު ލަޑެއް ނޫރާ އަށް ދޭނެ ކަމަކަށް. އޭނަ މަންމަ މަރުވިތާ ދެވަނަ އަށް ވި ދުވަހު އެއިނީ މިންހާ ހާ… ވަޓްސް ރޯންގް ވިތް ހިމް..” އިންސްޓާ ގްރާމްގެ މިންހާގެ ޕްރޮފައިލްގައި އިން ފޮޓޯއަށް ބަލަހައްޓައިން ހުރެ […]
މަރިޔަމް އެހެން ބުނިފަހުން ޔާސިން ނިންމައިން ހުރީ ނޫރާ އާ ދުރަށް ދިއުމަށެވެ. ކުއްލިއަކަށް ޔާސިންއަށް ތެޅިގަނެވުނީ ފަހަތުން އައި މީހަކު އޭނާ އަތުގައި ހިފައި ދަމައިގަތް ގޮތުންނެވެ. ޔާސިން ފަސް އެބުރި ބަލާލި އިރު އޭނާ އަތުގައި ހިފައިގަތީ ނޫރާގެ މަންމަ އައިޝާއެވެ. “ދަރިފުޅާ ޔާސިން.. މަންމަ އަށް މިފެނުނު މަންޒަރުތަކަކީ ހަމަ ހަޤީޤަތެއްތަ… ދަރިފުޅު ބޭނުން ވަނީ ނޫރާ އާ ދުރުވަންތަ…” އައިޝާ އަށް ކުޑަކޮށް ރޮވޭ ގޮތްވިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. […]
” އެކަމުވެސް މަންމަ ބުނާ ބަހެއް ދަރިފުޅު އަހަންޔާ ނޫރާ އާ ދުރަށްދޭ.. އެއީ…” މަރިޔަމް އަށް ބުނެވުނީ މި ވަރަށެވެ. ކުއްލިއަކަށް ކެއްސަގަނެފައި އަގައިން ލޭ އަންނަން ފެށިއެވެ. ޔާސިން ބާރު ބާރަށް ޑޮކްޓަރަށް ގޮވަން ފެށިއެވެ. ޑޮކްޓަރުން އައިސް ޔާސިން ގާތު ބޭރުގައި މަޑު ކޮށްލުމަށް އެދުނެވެ. މިލާވެފައިވާ މޫނަކާއެކު ޔާސިން ބޭރުގައި އިން ގޮޑި ބަރީގައި އިށީދެލިއެވެ. އޭރު ޔާސިންގެ ސިކުޑީގައި އެތައް ސުވާލު ތަކެއް އެބުރެމުން ދިޔައެވެ. މަންމަ އެހެން ބުނަން […]