އަންޖަލް ކަމެއް ނުވާކަމަށް ހަދާލާފައި ގޮޑީގައި އިށިދެލައިން އިނެވެ. ޖައިޝް އާ އާތިކާ އެއްފަހަރާ ހިނިގަޑެއް ޖަހާލިއެވެ. މުޅި ދުވަސް އެއްކޮށް އަންޖަލް އަށް ވިސްނެމުން ދިޔައީ ޖައިޝްއާ ދޭތެރޭއެވެ. ޖޫދު ގެއަށް އަޑުގަދަ ކުރާ އަޑަށް އަންޖަލް ދުވެފައި ތިރިއަށް ދިޔައެވެ. ޖޫދުގެ އަތުގައި ހިފައިން އަންޖަލަ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. “ހޫ އިޒް ސާރާ” އަންޖަލް މިހެން ބުނުމުން ޖޫދު ކުޑަކޮށް ފަސް ޖެހުނެވެ. އިސްހާޤު ބުނެފައިވަނީ ސާރާގެ ވާހަކަ އެކަކުވެސް ނުދެއްކުމަށެވެ. […]
ޔާސިން މިންހާގެ އަތް ނަގާ މޫނާ ދުރު ކޮށްލިއެވެ. އެ ދެލޯވަނީ ރަތްވެފައެވެ. މިންހާ ހަމަޔަކަށް އެޅުވުމަށް މިންހާ ގައިގާ ޔާސިން ބައްދާލިއެވެ. އަދި ނައިރާ އާ މިންހާ ގޮވައިން އެމީހުން ގެޔަށް ދިއުމަށް ތެދުވިއެވެ. “ހުޝާމް އަހަރުމެން ދަނީ… ކަމެއް ވެއްޖެޔާ އަހަންނަށް ގުޅައްޗޭ.. އަހަރެން އަދި ބައްޕައާ ވާހަކަ ދައްކާނަން..” ޔާސިން މިހެން ބުނުމަށްފަހު ދިޔައެވެ. ހުޝާމްގެ ހިތް ތެޅެމުން ދިޔައެވެ. އޭނާގެ މައިންބަފައިން ކޮޓަރިން އަޑެއް ބަޑެއްވެސް ނީވެއެވެ. ކޮޓަރިތެރޭ ހިނގާ އެއްވެސް […]
ޔާސިން މިންހާ ގޮވައިން އައިސް މޭރީ ބްރައުން ދޮރު މައްޗަށް މަޑު ކޮށްލިއެވެ. އޭނާގެ ފޯނު ރިންގްވާން ފެށީ އެވަގުތުއެވެ. ފޯނު ނަގާ ބަލާލިއިރު ގުޅަމުން ދިޔައީ ހުޝާމް އެވެ. އަވަހަށް ފޯނު ނެގިއެވެ. އަދި ހުޝާމް ދިން ހަބަރުން އެނާގެ ހިތްތެޅެން ފެށިއެވެ. ނައިރާ ގެއްލިގެން އުޅޭކަން އެގުމުން އަވަހަށް ބަގީޗާއަށް ދާން ސައިކަލު ނައްޓާލަން އުޅުނެވެ. “ހާދަ ހާސްވެފަ؟” މިންހާއަށް ނައިރާ ގެއްލިގެން އުޅޭ ހަބަރު ޔާސިންއަށް ލިބުނު ކަން އިގުނެވެ. ނަމަވެސް ނޭގޭ […]
ލަންޑަންގެ ކާރޫބާރޫ މަގުތަކުގައި ފަރިތަކަމާއެކު ޖައިޝް ދުއްވަމުން ދިޔައީ އޭނާ އެންމެ ލޯބިވާ އިންސާނާ އާ ބައްދަލު ކުރުމަށް ދިއުމަށެވެ. ސާރާއަކީ ޖައިޝްގެ ލޯބިވެރިޔާއެވެ. ލަންޑަންއަށް ކިޔަވަން ބަދަލުވީއްސުރެ ދެމީހުންގެ ދެމެދުގައި ގާތް ގުޅުމެއް އުފެދި އެގުޅުން ލޯތްބައް ބަދަލުވީއެވެ. ދެފަރާތުގެ އާއިލާވެސް މި ގުޅުމަށް ވަރަށް ރުހެއެވެ. އާތިކާ ފިޔަވައެވެ. އާތިކާ ޖައިޝްދެކެ އަންނަ ރުޅިން ޖައިޝް ލަންޑަންއަށް ދިޔަފަހުން ގުޅާވެސް ނުލައެވެ. ސާރާއަށް އިންނަން ޕްރޮޕޯސް ކުރަން ވާންޖެހޭ އެންމެހާ ތައްޔާރީތައް ވުމަށް ފަހު […]
ނޯޓު: ދިމާވި ކަންތައްތަކުގެ ސަބަބުން ވާހަކަ ލިޔުމުން 5 ވަރަކަށް އަހަރު ބްރޭކެއް ނެގުމަށްފަހު އަންޖަލް މި ވާހަކަ ކިޔުންތެރިންނަށް ނިންމަ ދިނުމުގެ ގޮތުން ގެނެސްދޭނެ ވާހަކަ ދަންނަވަން. އަންޖަލް ވާހަކަ ކިޔުންތެރިން އަޅުގަނޑުގެ އަނެއް ވާހަކަ ހިތަކުން ނުފިލާނޭ ވެސް ކިޔާނެ ކަމަށް އުންމީދު ކުރަން. އަންޖަލްގެ ކުރީގެ ޕާރޓްތައް އަޅުގަދުގެ ނަމުގެ ދަށުން ފެންނަން ހުންނާނެ. ******** ޖައިޝް ދިޔަ ގޮތަށް ގޮސް އަންޖަލް ގޮވައިން އެރީ ޓެކްސީއަށެވެ. އަދި ހަމަ ޖެހިލައިން ޖޫދު […]
“އައްދޯތް…” މިންހާއަށް ވީތަދުން ބުނެލެވުނެވެ. “އަހަރެން މިންހާ އާ ބައްދަލު ނުވެ ނުގުޅި އުޅޭތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވީ… އަހަރެން މަތިން ހަދާނެއް ނުވޭތަ؟” މިންހާގެ އުނަގަނޑުގައި ހިފާ ގާތް ކޮށްލަމުން އެޑަމް ބުނެލިއެވެ. “ދުރައްދޭ.. ކަލޭ ތިހިރީ ބޮއެގެންތަ؟” މިންހާ ބުނެލިއެވެ. އެވަޤުތު ޔާސިން އައިސް އެޑަމްގެ މޭ މަތީ އަޅާ ކޮށްޕާލިއެވެ. “އާރ ޔޫ އޯކޭ؟” މިންހާގެ ދެއަތުގައި ހިފާލަމުން ޔާސިން އަހާލިއެވެ. “ކޮބާ ކަލޭ މައްސަލައަކީ؟ އައިސް މީހުން ގަޔަށް […]
މިންހާ އޭނާގެ އަތަށް ޖަހާފައި އިން ކެނިއުލާ ނަގާ ހޫރާލިއެވެ. އެވަގުތު އޭނާގެ އަތުން ލޭ ފައިބަން ފެށިއެވެ. ފައިބަމުން ދިޔަ ލެޔަށް ފަރުވާލެއް ނެތި މިންހާ ބެލީ މަންސޫރު ކަރުގައި ހިފޭތޯއެވެ. ޔާސިން ބެލީ މިންހާ މަތަ ކުރެވޭތޯއެވެ. އެންމެ ފަހުން މިންހާ މަތަ ވީ ނަރުހުން އައިސް ސެޑޭޓިވްއެއް ޖެހުމުންނެވެ. ***** ޖެހިގެން އައި ދުވަސް ޔާސިން އަށް މިންހާގެ އަމަލްތައް ރޭގައި ހުރި ގޮތް ހިތަށް އަރަމުން ދިޔައެވެ. މީ މިންހާ އެންމެ […]
“ތިކާކު” ކުރަކި އަޑަކުން ޔާސިންއަށް ބަލަހައްޓައިން އޮތް މިންހާ ބުނެލިއެވެ. ޔާސިން ފަސް އެބުރި ބަލާލިއެވެ. “މަންމީ… މަންމީ..” ނައިރާ މިންހާ ގާތަށް ދާން ރޯންފެށިއެވެ. ނަމަވެސް. މިންހާ އަޑުގެ ނެތްތަނަށް ހަޅޭއް ލަވަން ފެށިއެވެ. މުޅި އީއާރުގައިވެސް އިވެމުން ދިޔައީ މިންހާގެ ހަޅޭކުގެ އަޑެވެ. ޑޮކްޓަރާއި ނަރުސް އައިސް ޔާސިން އެތަނުން ނެރުނެވެ. އޭރު ހުޝާމް ވެސް ވީގޮތް ނޭގިފައި ދޮރު ކައިރި މަޑުކޮށްލައިން ހުއްޓެވެ. “ކިހިނެއްވީ؟” ހުޝާމް އަހާލިއެވެ. “ނޭގެ ހޭ އެރި ގޮތަށް […]
“މި ކަލޭއާ ހެދި ވާ ގޮތް.. ކަލެއާ ކަލޭ މަންމަ އަކީ މަގޭ ހަޔާތަށް އައިސް ތިބި ދެ ހަރުފަ” އާތިކާ ޔާސިންއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. ޔާސިން ހުރީ އާތިކާ ދައްކާ ވާހަކަ އެއް ނޭގިފައެވެ. ކުއްލިއަކަށް އޭނާގެ މަންމަ މި ދޭތެރެއަށް ވެއްދީ ކީއްވެ ކަމެއް އޭނާއަކަށް ނުވިސްނުނެވެ. ޔާސިރު އަތުގެ އިޝާރާތުން އާތިކާ ގެންދިއުމަށް ބުނެލިއެވެ. ހުޝާމް އާތިކާގެ ކޮޑުގައި ހިފައިން އެމެޖެންސީ ރޫމް އިން ނިކުންނަން ހިގައިގަތެވެ. “ޔާސިން.. ޔާސިން […]