ޝާން ވިސްނުމެއްގައި ގޮސް ގެޔަށް ވަނެވެ. އޭރު ނުހާ އޮތީ ސޯފާގައި ނިދާފައެވެ. ޝާން މަޑުމަޑުން އޭނާގެ އަތްދަޑި މައްޗަށް ނުހާ ނަގައި ގޮސް އެދުގައި ބާއްވާލިއެވެ. ނުހާގެ އަތުގައި ޝާން ހިފާލިއެވެ. ނުހާގެ މޫނަށް ބަލަހައްޓައިގެން ހިޔާލެއްގެ ތެރޭގައި ޝާންއަށް އިދެވުނެވެ. **** ” ޝާން އަހަރެން ޝާން ދެކެ ވަރަށް ލޯބިވޭ… އަހަންނަށްވެސް އެގޭ ޝާން އަހަރެންނާ ގަޔާވާކަން… އެންމެ ފަހުން އަހަންނެއްނުން ޕްރޮޕޯސް ކުރަން މިޖެހުނީ… ” ނުހާ ލަދުރަކި ގޮތަކަށް ވާހަކަ […]
ނުހާ ބޭރަށް ނުކުތުމުން ޝާން މަޑުމަޑުން ނުހާގެ އަތުގައި ހިފިއެވެ. އަދި ހައިރާންކަމާއެކު އަހާލިއެވެ. ” ކޮންތާކަށް ދާން؟ ” ” ޒާން އަންނަ އިރު ޝާންގެ ހުރިހާ އެއްޗެއް މިކޮޓަރީގަ ހުރީމަ ޒާން ކީކޭ ހިތަށް އަރާނީ؟” ނުހާ މަޑުމައިތިރި ރާގެއްގައި ބުނެލިއެވެ. ނުހާގެ އަތުން ޝާން ދޫކޮށްލިއެވެ. ކުއްލިއަކަށް ގޭގެ ދޮރުގައި ޕިން ކޯޑު ޖެހި އަޑު ދެމީހުންނަށް އިވުނެވެ. ދެމީހުން އެއްފަރާ ކަހަލަ ގޮތަކަށް ދުވެފައި ގޮސް ސޯފާގައި އިށީދެ ޓީވީ ހުޅުވާލިއެވެ. […]
ނުހާ މައްޗަށް ބޯހިއްލާލިއެވެ. އަދި ކުރިމަތީގައި އަރީކާ ހުރިތަން ފެނުނެވެ. އަރީކާ އާއި މެލޭޝިއާއިން ދިމާވި ހަނދާން ނުހާވިއެވެ. ނަމަވެސް މިގެޔަށް މިއޮއްދަންވަރު އަރީކާ އެއައީ ކީއްވެބާއޭ ނުހާ ހިތާހިތާ ސުވާލު ކޮށްލިއެވެ. ނުހާ އޭނާ އުޅޭ ގެޔެއް އަރީކާ ކައިރީ ބުނެފަކާ ނޯންނާނެއެވެ. ” މީ އަރީކާ އަހަރެން އިންނަން އުޅޭ ކުއްޖާ… ނުހާވެސް ނުހާ އުޅެން ބޭނުންވާ ގޮތަކަށް އުޅޭ. ނުހާ ބޭނުމިއްޔާ އަހަރެން ނުހާ ވަރިކޮށް ދޭނަން..” ޝާން ނޭވާއެއްވެސް ނުލާ ނުހާ […]
ޝާން އަށް ބުނާނެ އެއްޗެއްވެސް ހަދާނެ ގޮތެއްވެސް ނޭގުނެވެ. ނުހާ އާ ދިމާލަށް ޝާން ބަލާލިއެވެ. އޭރު ނުހާ އޮތީ ގަދަ ނިންޖެއްގައި ނިދިފައެވެ. އޭނާ އަށް އިވުނީ ނުބައިކޮށޭ ހިތާ އަނެއްކާވެސް ޑޮކްޓަރު ކުރެން އަހާލިއެވެ. ” ނުހާ އިނީ ޝާންގެ ދަރިއަކަށް ބަލިވެ. މިހާރު ބަޑަށް 3 ހަފްތާ.” ޑަކްޓަރު ތަކުރާރު ކޮށްލިއެވެ. ޝާންގެ މޫނުމަތިން އުފާވެރިކަމުގެ އެއްވެސް ކުލަވަރެއް ނުފެނެއެވެ. ފެންނަމުން ދިޔައީ ނުރުހުންތެރިކަމާ ނަފްރަތެވެ. އޭރު އަކްރަމް އެމަޖެންސީ ރޫމް ކައިރީގައި […]
” ހަމަ މިހާރު ތެދުވޭ ” ނުހާ ހަޅޭއްލަވައިގަތެވެ. އޭނާ ދިޔައީ ސްކްރިޕްޓް ފަރިތަކުރަމުންނެވެ. “ނުހާ މަޑުކޮށްބަލަ ތީ އަރިންގެ ރޯލު..” ޑައިރެކްޓަރު ނުހާ ހުއްޓުވަމުން ބުނެލިއެވެ. ” އެކަމް މީ ލީޑް ރޯލެއްނުން ” ނުހާ ސުވާލު އުފައްދަމުން ބުނެލިއެވެ. އަރިންނަށް ލީޑް ރޯލް ދޭނަމަ އޭނާއަށް މިފިލްމްގައި ލިބުނީ ކޮން ރޯލެއްބާއޭ ހިތަށް އެރިއެވެ. ” އާން ތީ ލީޑް.. ދެން ކިހިނެއްވީ އެވެސް ޖަހައިގަންނަން ބޭނުންވީތަ. ނުހާ އަކީ އަހަރެންގެ މައިދައިތަ މިފިލްމްގަ. […]
ޝާންގެ ހަލުވިކަމާއި އަމަލުތައް ފެނިފައި ނުހާ ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. އަރީޝް ކިޔާ މީހަކު ގުޅުމުން މާއަވަސް އަރުވާލައިގެން ދިޔުމުން ނުހާ ހައިރާން ވިއެވެ. ” އަހަރެން ބުނީމެއްނުން އަހަރެން ނުގުޅަނީސް ނުގުޅާށޭ” ޝާން ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ. ” ކިހިނެއް ވީ މިހާރު؟ އޮފީހަކު ނުންތަ ތިހިރީ… އަހަރެން ހީކުރީ އޮފީހުގަ ކަމަށް… ސޮރީ” އެކޮޅުން ވާހަކަ ދެއްކީ އަރީކާއެވެ. ” ހޫމް ދެން ހެވޭ…. އާދެ… މިހާރު އިންނާނީ އޭތި ކިރިމިނަލް […]
“ޝާން.. ހުޅުމާލޭ އިމާރާތެއްގައި މަރާލާފައި އޮތް ކުއްޖާގެ ކޭސް އެބައިން އައިސް. ނަންގަވަންވީތޯ؟ ” ޝާންގެ ސެކެޓްރީ ޝާން ކުރެން އެހިއެވެ. “އާން.. އޭތި ގެނެސް އަހަރެން މޭޒުމަތީ ބައިންދާލާ އަހަރެން މިދަނީ މިވަގުތު ކޯޓަށް މައްސަލައަކަށް ދާން.” ކޯޓު ލަމުން ޝާން ލީނާ އަށް ބުނެލިއެވެ. ކާރުގައި ޝާން ނައްޓާލީ ކުރިމިނަލް ކޯޓަށެވެ. މިއަދަކީ އޭނާއަށް ވަރަށް މުހިންމު ދުވަހެކެވެ. އޭނާ މިހާތަނަށް ހަވާލުވި ހުރިހާ މައްސަލަ ތަކުގެ ތެރެއިން ހެކި ނެތުމުގެ ސަބަބުން ކުށްވެރިޔާ […]
” ހޫން އޯކޭ އޯކޭ.. ދެން އަހަރެން ހުންނަންވީ މިތާ ބޭރުގަތަ؟ ހިންގާބަލަ އެތެރެއަށް” ގޭތެރެއަށް ދެމިގަންނަމުން އެ ފިރިހެން މީހާ ބުނެލިއެވެ. ” އޭ އަކޫ މަޑުކޮށްބަލަ އިހަށް” ފަހަތުން ހިގައިގަންމުން ނުހާ ގޮވާލިއެވެ. އަކްރަމްއަކީ ނުހާ އެންމެ ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާއެވެ. ނުހާގެ ހުރިހާކަމެއް އެންމެ މޮޅަށް ދަންނަ އަދި އެންމެ ބޭނުންވާ ވަގުތު ނުހާއަށް އެހީތެރިކަން ފޯރުކޮށްދެނީވެސް ހަމަ އަކްރަމްއެވެ. ” އަން އަހަރެން މަގުމަތިން ހޮވިއެއްޗެއް.” މާ ބޮޑި […]
މުޅި ކޮޓަރިއަށް ވެރިވެފައިވަނީ ހަމަ ހިމޭން ކަމެވެ. އަންހެން ކުއްޖެއްގެ ރުއިމުގެ އަޑު މަޑު މަޑުން އިވެމުން ދިޔައެވެ. އެ އަޑުގައި ވަނީ ވެނީ އާހެކެވެ. އަދި އެ އަޑު އިވޭމީހަކަށް އެއަންހެން ކުއްޖާއަށް ކޮށްފައިވާ އަސަރު އިޙްސާސް ކުރެވޭނެއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނެވެ. އެ އަންހެން ކުއްޖާގެ ނަޒަރު ދޮރާ ދިމާލަށް ހުއްޓުނެވެ. “ކަޓް. ނެކްސްޓް ސީންއަށް ރެޑީވޭ” ޑައިރެކްޓާރު ބުނުމުން ނުހާ ތެދުވެގެން ގޮސް އޭނާ އަށް ހާއްސަ ކުރެވިފައިވާ ގޮޑީގައި އިށީދެލިއެވެ. […]