Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ރިހުން (7)

Krystal Level 510 Stories100 Login100 Comments
July 8, 2025 3 Mins Read
0 Comments

ދޮރު ހުޅުވާފައި އެތެރެއަށް އައިސް ވަދެގަތީ ޔާސިރެވެ.

“ކީކޭ އާތިކާ ތިކިޔަނީ؟ އާތިކާއާ ހެދިތަ މަރީ މަށާ ދުރަށް ދިޔައި. އަހަންނަށް އަންގާވެސް ނުލާ ދިޔަތަނެއްވެސް ނުބުނެ…” ޔާސިރު އަޑުގައިވީ ރިހުމެވެ. އަދި އަދަށް ދާންދެންވެސް މަރިޔަމްގެ ހަދާންތައް އޭނާއާ އެކުގައި ވެއެވެ.

މަރީއޭ ބުނުމުން ހުޝާމްއަށް ޔާސިންއަކީ އަސްލުވެސް ޔާސިރުގެ ދަރިއެއްކަން ދެނެގަނެވުނެވެ. މިއޮއް ހުރިހާ ދުވަސްވިއިރުވެސް އޭނާ އަކަށް މިފަދަކަމެއް ހިގިކަމެއް ނުވެސް އިނގެއެވެ.

“މަރީ އިނީ ބަލިވެއޭތަ.. ދެން ކީއްވެ އަހަރެން ކައިރި ނުބުނީ.. އަހަންނަށް ތިހެން ހަދަން ހެޔޮވާނެތަ އާތިކާ؟” އާތިކާ އަކީ ކޮންކަހަލަ މީހެއްކަން އެގޭތީ ޔާސިރު ބުނެލިއެވެ. އަބަދުވެސް ހަރު ގޮތް ގަނޑެއް ހުންނަ ޔާސިރު މިއަދު ހީވަނީ ނިކަމެއްޗެއް ހެނެވެ. ބޮލުގައި އަތް އަޅައިން ހުރެ އެތަނުން ނިކުމެގެން ގޮސް އޭނާއަށް ހާއްސަކޮއް އެގޭގައި ހަދާފައި އިންނަ ކުޑަ އޮފީހަށް ވަނެވެ.

ހުޝާމްއަށް އޭނާގެ ބައްޕަ މިފަދަ ހާލެއްގައި މިފެނުނީ އަލަށެވެ. ޔާސިރު ފަހަތުން ހުޝާމްވެސް އޮފީހަށް ވަނެވެ.

“ބައްޕާ… އައި ތިންކް ޔޫ ޝުޑް އެކްސްޕްލައިން ދިސް” ހުޝާމް އަކަށް އޭނާގެ ރުޅިއެއް ކޮންޓްރޯލްއެއް ނުވެއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާއަކީ އޭނާގެ ކޮއްކޮ އަށް ވުމުން ގިނަ މީހުން ވާނީ އުފަލެވެ. ނަމަވެސް ހުޝާމްގެ އެތެރެ ހަށިން ދަރު ދިޔައީ ރޯވަމުންނެވެ. ނޭގޭ އެތަށް އިހްސާސް ތަކެއް ކުރެވެމުން ދިޔައެވެ.

*****

ގަޑިން ރޭގަނޑު 8 ޖެހި އިރުވެސް ހުޝާމްގެ ހަބަރެއް ނުވުމުން ނޫރާ ހުޝާމް އަށް ގުޅާލިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ.

ހުޝާމް އާދޭތޯ ބެލްކަނީގައި ނޫރާ އިށިދެލައިން އިންދާ އައިޝާ އައިސް ނޫރާގެ ކޮޑުގައި ހިފާލިއެވެ.

“މަންމާ.. މި ހުޝާމު އަހަރެން ބަލާ 8 ޖަހާ އިރު އަންނާނަމޭ ކިޔާފަ ނައެއްނު.. އެއޮއް އަށްގަޑި ބައިވަނީ..” ނޫރާ ބޮޑާ ހާކާލިއެވެ.

“ދަރިފުޅާ ވެދާނެނުން ކަމެއް ދިމާވީ ކަމަށް. މަންމަ އަކަށް ހިޔެއް ނުވޭ އެހެން ނުނިއްޔާ ހުޝާމް ނައިސް ހުންނާނެ ހެން… ދަރިފުޅު އަނެއްކާ ހުޝާމް އާ ގަޔާވަނީތަ؟” އައިޝާ އަހާލިއެވެ.

“ހުޝާމުއާ.. ހަހަހަ.. ނޯވޭ… އެއީ ހަމަ ޒުލްއެކޭ އެއްވަރަށް އަހަރެންގެ ވަރަށް ވަރަށް ގާތް ރައްޓެއްސެ… ތިއެއް ނޫނޭ މަންމާ.. އަހަންނަ އެބައިން މިންނު ހޮޓެލްސް އިން މީޓިންއަކަށް ކިޔާފަ…” ނޫރާ ބުނެލިއެވެ.

“މިންނު ހޮޓެލްސް އޭ…. އަސްލުވެސް.. އެއީ ރާއްޖޭގެ އެއްވަނަ އެއްނު… ކޮން އިރަކު މީޓިން އޮތީ” އައިޝާ ނުހަނު އުފާވިއެވެ. ރާއްޖޭގެ އެއްވަނަ ހޮޓަލުގައި ނޫރާ މަސައްކަތް ކުރުމަކީ އޭނާގެ ހުވަފެނެކެވެ.

“ހޫމް.. އަދި އަހަރެން އޯކެ އެއް ނުދެން… އެއީ ޔާސިން އަންހެނުން މިންހާގެ ބައްޕަގެ ކުންފުނި…” ނޫރާ ބުނަން އުޅޭ އެއްޗެއް އައިޝާއަށް ވިސްނުނެވެ.

“ދެން ކޮބާ މައްސަލައަކީ… މަންމަ އަކަށް ނުފެނޭ އެއީ މައްސަލައެއް ކަމަކަށް ދަރިފުޅުގެ ދިރިއުޅުން ކުރިއަށް ފިޔަވަޅު އެޅެން އޮއްވާ ވަކި މީހަކާ ހެދި ފަހަތަށް އެ ފިޔަވަޅު ނަގާކަށް މަންމަ ބޭނުމެއް ނުން… ޔާސިން އެތާ އުޅުނަސް މިންހާ އެތާ އުޅުނަސް އެމީހުންނަކަށް ދަރިފުޅާ އެއް ފެންވަރަކަށް ނާދެވޭނެ..” އައިޝާ ފަހުރުވެރިވެލާފައި ބުނެލިއެވެ.

ނޫރާ ހަމަ ޖެހުމުގެ ނޭވާއެއްލިއެވެ. މަންމަ އާ މިކަން ފުރަތަމަވެސް ހިއްސާ ކުރެވުނު ނަމައޭ ހިތައް އެރިއެވެ. ކުއްލިއަކަށް ވާރޭ ވެހެން ފެށުމުން އައިޝާގެ ދެމައިން އެތެރެއަށް ވަދެ ބެލްކަނި ދޮރު ލެއްޕިއެވެ.

“މަންމަ މިދަނީ އަވަހަށް ވާރޭ ނުހުއްޓަނީސް ނިދަން.. ދަރިފުޅު ބޭރަށް ދަންޔާ މަންމަ އަށް މެސެޖެއް ކޮށްލައްޗޭ؟” ނޫރާ އާނއެކޭ ބުނުމަށް ފަހު ގޮސް ސޯފާގައި އިށީދެ ޓީވީ ހުޅުވާލިއެވެ.

*****

ވެހޭ ބޯ ވާރޭގައި މިސްރާބެއް ނެތި ހުޝާމް ދުއްވަމުން ދިޔައީ އެތަކެއް ކަމަކާ ވިސްނަމުންނެވެ. އޭނާގެ މަންމަގެ ހަޤީޤަތް ބައްޕަ ކިޔާ ދިނުމުން އެކަމާ ވީ ދެރައަށްވުރެ ބޮޑަށް އައި ރުޅިއެވެ. ހުޝާމްގެ ސައިކަލް ގޮސް ޕާކް ކޮށްލީ ނޫރާމެންގޭ ދޮރު މައްޗަށެވެ. އެ ހިސާބުން އޭނާ އަށް ހޭވެރިކަން އައެވެ. ނޫރާއަށް ގަޑިއެއް ދީފައި އިންކަން ހަދާނަށް އައީ ދެނެއެވެ. ބޭ އިޙްތިޔާރުގައިވެސް ހުޝާމްއަށް އާދެވުނީ ނޫރާމެންގެޔަށެވެ.

ޔާސިން އަކީ އޭނާގެ ކޮއްކޮއަށް ވުމުން އާދެވުނު ރުޅި އަކީ ކޮން ކަހަލަ ޖަޒުބާތެއްގެ ސަބަބުން އައި ރުޅިކަން އޭނާއަށް މިހާރު އިޙްސާސް ކުރެވެއެވެ. އާނ އެކެވެ. އޭނާގެ ހިތް ގޮވަމުން ދަނީ ނޫރާ އަށެވެ. ނޫރާ ޔާސިން ދެކެ އަދިވެސް އިންތިހާއަށް ލޯބިވާކަން ހުޝާމް އަށް އެގެއެވެ. އެހެން ކަމުން ނޫރާގެ ލޯބި ނުލިބިދާނެތީ ގަތް ބިރަކީ އެއީއެވެ. ޔާސިން އޭނާގެ ކޮއްކޮ އަށް ވުމެވެ.

ހުޝާމް ތެމިފޯވެގެން ސިޑިން މައްޗަށް އަރަން ފެށިއެވެ. މިއަދު މިހިގައިދިޔަ ކަންތައް ގަޑުގެ ސަބަބުން އޭނާގެ ބޯ ހީވަނީ ފަޅައިން ގޮސްދާނެ ހެންނެވެ. ހުޝާމް ގޮސް ނޫރާގެ ގޭގެ ދޮރުގައި ޓަކި ޖަހަން ފެށިއެވެ.

“މިގަޑީ ކާކުބާ؟” މަޑު މަޑުން މިހެން ކިޔާލާފައި ނޫރާ ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ތެމިފޯވެފައި ހުޝާމް ހުއްޓާ ފެނުމުން ކަމެއް ގޯހަށް ހިގައިފިކަން ނޫރާއަށް ދެނެގަނެވުނެވެ.

“ހުޝާމް. ކަމެއް ވީތަ.. ބުނެބަ؟” ނޫރާ ހާސް ވެފައި އަހާލިއެވެ.

ހުޝާމް ހުރި ގޮތަށް ހުރެ ނޫރާ ގައިގާ ބައްދާލިއެވެ. ދެން ދޫނުކުރާނަމޭ ބުނާފަދަ ގޮތަކަށެވެ. އެވަޤުތަކީ ޔާސިން އޭނާގެ އޮފާ ނޫރާ ޤަބޫލު ކުރޭތޯ އެގެޔަށް އައި ވަޤުތެވެ. ލިފްޓް ހުޅުވުނީ ހުޝާމް ނޫރާގައިގާ ބައްދައިން ހުއްޓައެވެ. ޔާސިންގެ ހިތަށް ހީވީ ހަންޖަރަކުން މީހަކު ޖެހިހެންނެވެ. އެވަގުތު ނޫރާއަށް ވެސް ޔާސިން ފެނުނެވެ. ނޫރާ ކުޑަކޮށް ހުޝާމް ދުރު ކޮށްލިއެވެ. އަދި އަތުގައި ހިފައި އެތެރެއަށް ވައްދައި ދޮރު ތަޅުލިއެވެ. ޔާސިން ވީ ދެރައެއް ބުނަންވެސް ނޭގުނެވެ.

މިއަދު ދެރަވާނެ ކަމެއް ނެތެވެ. އެ ލޯބީގައި ކޮޅުފައިން ޖެހީ އޭނައެވެ. މިއަދު އެކަމާ ދެރަވެ ހިތާމަ ކުރެވެއެވެ. އަތުގައި އޮތް ބްލޫބެރީ ކޭކް ހިފައިން އަބުރާ ގެޔަށް ދާން ޔާސިން ހިގައިގަތެވެ.

*****

“ބައްޕީ… މަންމި..” ޔާސިން ގެޔަށް އައިސް ވަތްތަނުން ރޮމުން ރޮމުން ނައިރާ އައިސް ޔާސިން ގައިގާ ބައްދައިގަތެވެ. ޔާސިން ނައިރާ އުރާލާފައި ހިނގަން އެޅި ފިޔަވަޅު މައްޗަށް ހުއްޓުނީ މިންހާގެ ހަޅޭކުންނެވެ.

“ކޮބާ… ކަލޭއަށް ގެއަށް އާދެވިއްޖެ ދޯ.. މި މާލެ އަކަށް އައި ފަހުން ކަލޭ ލޮލުންވެސް ނުފެނެޔޭ…. މަށަށް މި ބޮޑު މުސީބާތް ބަލަން ޖައްސާފަ ކަލޭ ތިއުޅެނީ އުޅޭނެ ތާކު ކުރާނެ މަޖަލެއް ކުރަމުން…” މިންހާގެ މި ބަސްތައް ނައިރާ އަށް އަޑު އިވުމުން ޔާސިން ދެރަވިއެވެ. ނައިރާގެ ކަންފަތުގައި އަތް އަޅާލައިން ހުރެ ގޮސް ކޮޓަރިއަށް ވަދެ ނައިރާ އަތަށް ކޭކު ދީފައި އެ ކާން ފަށާށޭ ބުނެލިއެވެ.

“ބައްޕި އެބަ އަންނަ…” ޔާސިން މިހެން ބުނެފައި ބޭރަށް ނިކުތެވެ.

“މިންހާ… އަހަރެން ބުނިން ދޯ ކިތަންމެ ރުޅިއަޔަސް ނައި ހުންނަ ތަންތާ ތިހެން ވާހަކަ ނުދައްކާށޭ…” ޔާސިން ދަތްކުދި ވިކާލިއެވެ.

“ދައްކާނަން… ކަލެއަށް ކީއް ކުރެވޭނީ… ކަލޭ ބަލާބަލަ ނޫރާ މެން ގެޔަށް އަދިވެސް ދެވޭތޯ… އެވެސް ދެން ހުރި ނުހޮރޮއްޕާން… މަށަށް މިއޮތީ ހުސް ބަލާ..” މިންހާގެ ބަހުރުވަ ދިޔައީ އިރެއް އިރަކަށް ހަޑިވަމުންނެވެ.

“މިންހާ… ދެން ހުއްޓާލާ… މީ އަހަރެން މިންހާ ކުރިމައްޗަށް ނާރާ ކަމަކީ އަބަދު އަހަރެން ބޮލަށް އަރަ އަރަ ތިހުންނަނީ… ” ޔާސިން އަކަށް އިތުރަކަށް ކެތެއް ނުވިއެވެ. މިންހާ އާ ދިމާލަށް ހަޅޭއް ލަވައި ގަނެވުނެވެ. މިންހާގެ ރުޅިގަނޑު އިތުރަށް ކެކި ގަތެވެ.

“ބައްޔެއް… ކަލޭ ދެން ދާ ތާކަ އެ ހަންޑި ގޮވައިން ދޭ… މަށަށް ބަލަން ޖައްސާނެ ކަމެއް ނެތް.. ބޮޑު ބަލާވެރިކަމެއް….” މިންހާ އަށް އިހުސާސް ކުރެވިނީ އޭނާގެ މޫނު މަތީގައި ހޫނު އެތި ފަހަރެކެވެ. މޫނުގައި އަތް އަޅައިން ހުރެ ޔާސިން އަށް ލޯ އަޅާލިއެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

އެކްޓަރ (ޕާޓް 23)

Next

ހިތުގެ ނާރުތަކުގާވެސް ތިބާ… 8

Next
July 8, 2025

ހިތުގެ ނާރުތަކުގާވެސް ތިބާ… 8

Previews
July 8, 2025

އެކްޓަރ (ޕާޓް 23)



All Right Reserved!