“އަންޖަލް އަހަރެން ދެކެ ލައިކްވޭތަ؟” ޖައިޝްއަށް އަދިވެސް އަންޖަލް ދައްކާ ވަހަކައެއް ގަބޫލެއް ނުކުރެވެއެވެ. އަންޖަލްގެ މޫނުގައި ހިފާ ހިއްލާލުމަށްފަހު އެ ދެލޮލަށް ފުންކޮށް ބަލާލިއެވެ. ޖައިޝްގެ ހިތުގައި މަޑު ވިންދެއް ޖަހަން ފެށިއެވެ. އޭނާ އެންމެ ފަހުން އަންޖަލްގެ ލޯބި ކާމިޔާބު ކުރެވުނު ކަމުގެ ފެހި ސިގްނަލް އެދެލޮލުން ދޭ ކަހަލައެވެ. ޖައިޝް އަންޖަލް އާ ދުރުވެލީ ޖޫދުގެ ފޯނު ކޯލެއް އައުމުންނެވެ. “ދޮންބޭ… ތިއްތި މޫނު ދައްކާ ނިމެން ގާތްވެއްޖެ… ނާންނަނީތަ.. ކޮބާ އަންޖޫ..” […]
މަންސޫރުގެ ރުޅިގަނޑު ދިޔައީ އިރެއް އިރަކަށް ގަދަވަމުންނެވެ. އޭނާގެ މޮޔަކަން މިހާރު އިހުސާސް ކުރެވެން ފެށުނެވެ. ގައިމު އޭރު އޭނާގެ ދަރިފުޅު ގެއްލިގެން ހޯދުނު ނަމަ މިއަދު މިތަން އޭނާއަކަށް ނުފެނުނީހެވެ. “ބައްޕާ.. އަޅުގަނޑަކަށް ނޭގެ އެއްވެސް އެއްޗެއް.. މަންމަ ދެއްކި ވާހަކަ އެކަނި އަޑު އިވުނީ.. އަޅުގަނޑަށް ވާ ޝައްކެއް މިއަހާލީ” މަންސޫރުގެ އަތް ތިރިކޮށްލަމުން ޔާސިން ބުނެލިއެވެ. ދަނޑިވަޅު ބަލާ މަނާލް އުޅުނީ އެތަނުން ފިލޭތޯއެވެ. ނަމަވެސް މަންސޫރު އެއްލިއަތް ގޮސް ހިފުނީ މަނާލްގެ […]
މަންސޫރުގެ މޫނު މަތިން ފެންނަމުން ދިޔައީ ނުރުހުމުގެ އަސަރުތަކެވެ. މަނާލްގެ އަތުގައި ހިފާ ބާރުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. “އަހަންނަށް މިއަޑު އިވުނީ ރަގަޅަށްތަ؟” މަންސޫރު މަނާލްގެ ދެލޮލަށް ބަލަހައްޓައިން ހުރެ ބުނެލިއެވެ. މަނާލް އިސްދަށަށް ޖަހައިލިއެވެ. އަނެއްކާވެސް މަންސޫރު ތަކުރާރު ކޮށްލިއެވެ. މިފަހަރު މަނާލް އަށް ރޮވެން ފެށުނެވެ. އޭނާ އެންމެ ލޯބިވާ އިންސާނާ އޭނާއަށް ގެއްލެން އުޅޭކަހަލަ އިހުސާސް ތަކެއް ކުރެވެން ފެށުނެވެ. ނަމަވެސް ދެން އެއްވެސް ކަމެއް އިތުރަށް ސިއްރު ނުކުރެވޭނެ ކަން ހުދު އޭނާއަށްވެސް […]
“ދަރިފުޅާ ހުޝާމް” އާތިކާ ހުޝާމާ ގާތްވެލަމުން ގޮވާލިއެވެ. ހުޝާމް އަތް އުފުލާލީ އާތިކާ ދައްކާ އެއްވެސް ވާހަކަ އެއް އަޑުއަހަން ބޭނުން ނުވުމުންނެވެ. ހުޝާމް އެދިޔަ ގޮތަށް އޭނާގެ ކޮޓަރިއަށް ވަނެވެ. ޔާސިން ހުރީ ވާނުވާ ނޭގިފައެވެ. ހުޝާމްގެ ފަހަތުން ޔާސިރު ގޮސް އެ ކޮޓަރިއަށްވަނެވެ. “ބައްޕާ އަހަންނަށް މާފްކުރޭ…. ބައްޕަ ތީ ވަރަށް ހިތް ހެޔޮ އޯގާތެރި މީހެއް.. މިއޮއް ހުރިހާ ދުވަހު ބައްޕަގެ ދަރިއެއްވެސް ނުން ތި ބަލާ ބޮޑު ކުރީ.. މަންމަ އެކުރި […]
ހުޝާމް ކައި ނިންމާލުމަށްފަހު އަތް ދޮވެލަން ސިންކު ކައިރިއަށް ދިޔަ ވަގުތު ނޫރާ ހުޝާމް ފަހަތުން ތަށިތައް ހިފައިން އައިސް މަޑުކޮށްލިއެވެ. “ނޫރާ.. އަހަރެން ވަރަށް ބޮޑު ވާހަކަ އެއް ބުނަން އެބައޮތް… ލެޓްސް މީޓް މާދަން..” ހުޝާމް އަތް ދޮންނަމުން ނޫރާ ގާތު ބުނެލިއެވެ. “މާދަންދޯ.. މާދަން އެބައިން އަހަރެން މީޓިންގް އެއް. އެ ނިންމާފަ ގުޅަންތަ؟” ނޫރާ ފޯނު ނަގާ ބަލާލަމުން ބުނެލިއެވެ. ހުޝާމް އާ ނޫރާގެ ގާތްކަން ފެނި ޔާސިންގެ ހިތައް އެތައް […]
ސްޓްރެޗާއަށް ލައިގެން ފިރިހެނަކު އެ އެޕާރޓްމެންޓުން ނެރުނެވެ. އޭރު އޭނާގެ މެޔަށް ވަނީ މަސް ކޮށަން ގެންގުޅޭ ވަރުގެ ވަޅިއެއް ޖަހާފަ އެވެ. ބަލާބެލުމެއް އޭނާގެ އެއްވެސް ވިންދެއް ނެތެވެ. އިރުކޮޅެއް ތެރޭ ފުލުހުން އަންހެނަކު އަތުގައި ބިޑި އަޅުވައިން ނިކުތެވެ. ބައެއް މީހުން ބިރުން ހަޅޭއްލަވައިގަތީ އެ އަންހެން މީހާގެ މުޅި މޫނާއި ގައިގެ އެތަން މިތަނުގައި ލޭ ހުރުމުންނެވެ. އަދި އޭނާގެ މޫނުގައި ވަކި އަޅާފައި ހުރި ނިޝާންތައް ފެންނަމުން ދިޔައެވެ. ***** ހުޝާމް […]
“ތި މިންހާ ކޮންތާކުން އަޑު އެހި ވާހަކައެއް” މަންސޫރު އަހާލިއެވެ. “އަހަރެން އަޑު އެހިތަނެއް ބަލާނެ ކަމެއް ނެތް.. ނައިރާ އަކީ އަހަރެންގެ ލޯބިވެރިޔާގެ ދަރިއެއް.. ޔާސިންގެ އެއް ނުން އިގިއްޖޭ!” މިންހާ ދަތްކުދިވިކާލިއެވެ. އަދި މަންސޫރު ކޮއްޕާލުމަށްފަހު ދުވެފައި ނިކުމެގެން ދިޔައެވެ. މަންސޫރު މިންހާ އަތު ޖެހޭތޯ ދުއްވައިގަތެވެ. ނަމަވެސް އަތުވާ ގޮތެއް ނުވިއެވެ. ***** “އަހަރެން އެރޭ ކީމޯ ނަގައިން އައިސް ވަރަށް ބޮލުގަ ރިއްސާތީ އުޅުނީ.. އެގަޑީ މިންހާ އައިސް ތަދު ކަޑުވާ […]
ކަންފަތަށް މިއަޑުއިވުނީ ރަގަޅަށްތޯ ބެލުމަށް އަނެއްކާވެސް އެ އޯޑިއޯ ޖައްސާލިއެވެ. ނޫރާގެ ހިތް ތެޅެންފެށިއެވެ. ޔާސިންގެ ހަޔާތުގައި މިފަދަ ބައިވަރު ސިއްރުތައް ޔާސިންނަށް ހަމަ ނޭގެނީބާއެވެ. ނުވަތަ އިނގިގެންވެސް މިންހާ އާ އިނދެގެން އުޅެނީބާއެވެ. ނޫރާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް ގޭގެ ބެލް ހުއްޓުމެއް ނެތި އަޅަންފެށުމުންނެވެ. މިގަޑީ ގެއަށް އަންނާނެ މީހަކު ނުހުންނާއެވެ. ބެލް އަޅާވަރުން އުދަގޫވެގެން އައިޝާ ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ޔާސިން ނިކަމެއްޗެއް ފަދައިން ހުއްޓެވެ. އަދި ނޫރާއާ ބައްދަލް ވެވިދާނެތޯ […]
އަސްމާގެ ރުއިމުގެ އަޑަށް އަންޖަލް އެދިމާލަށް ދާން ތެދުވެލިއެވެ. ނަމަވެސް އެއްވުރެ ކުރިން ޖައިޝް އައިސް އަންޖަލް އަތުގައި ހިފައިން ހޮސްޕިޓަލުން ބޭރަށް ނިކުތެވެ. “ޖައިޝް މަޑުކޮށްބަލަ.. ޖައިޝް” އަންޖަލްގެ އަތުގައި ހިފައިން ބާރަށް މަޖީދީ މަގު ހުރި ސީދަލަށް ބީޗާ ދިމާލަށް ހިގަމުން ދިޔަ ޖައިޝް އަށް އަންޖަލް ގޮވާލިއެވެ. “ސޮރީ” އަންޖަލްގެ އަތުން ޖައިޝް ދޫކޮށްލިއެވެ. “ކީކޭތަ ޑޮކްޓަރު ބުނީ.. ކޮބާ ޖުނާން” އަންޖަލް ކަންބޮޑުވެފައި އަހާލިއެވެ. “ޖުނާން ސާރޖަރީ ނިންމާފަ އޮބްޒަވޭޝަންގަ އޮތީ.. […]