ހިތުގެ ރިހުން (2)
” އެކަމުވެސް މަންމަ ބުނާ ބަހެއް ދަރިފުޅު އަހަންޔާ ނޫރާ އާ ދުރަށްދޭ.. އެއީ…” މަރިޔަމް އަށް ބުނެވުނީ މި ވަރަށެވެ. ކުއްލިއަކަށް ކެއްސަގަނެފައި އަގައިން ލޭ އަންނަން ފެށިއެވެ. ޔާސިން ބާރު ބާރަށް ޑޮކްޓަރަށް ގޮވަން ފެށިއެވެ. ޑޮކްޓަރުން އައިސް ޔާސިން ގާތު ބޭރުގައި މަޑު ކޮށްލުމަށް އެދުނެވެ. މިލާވެފައިވާ މޫނަކާއެކު ޔާސިން ބޭރުގައި އިން ގޮޑި ބަރީގައި އިށީދެލިއެވެ. އޭރު ޔާސިންގެ ސިކުޑީގައި އެތައް ސުވާލު ތަކެއް އެބުރެމުން ދިޔައެވެ. މަންމަ އެހެން ބުނަން އެޖެހުނީ ކީއްވެތޯ މަރިޔަމް ކައިރި އަހަން ޔާސިން ހުރީ ކެއްމަދުވެފައެވެ. ނަމަވެސް މި ދަޑިވަޅަކީ އެކަމަށް އެންމެ އެކަށީގެންވާ ދަނޑިވަޅު ނުންކަން ޔާސިން އަށް އެގެ އެވެ. *****
ނޫރާގެ ފޯނަށް އައި މެސެޖު ބަލާލުމަށް ފޯނު ނަގާލިއެވެ. ނޫރާގެ ދެލޯ ދިޔައި ބޮޑުވެގެންނެވެ. ފޮޓޯގައި އިނީ ޔާސިން މިންހާގެ ކޮޑުގައި ބޯއަޅާލައިން އިން ފޮޓޮއެކެވެ. ފޮޓޯ ނަގާފައި ހުރި ގޮތުން ފަހަތުން ފެންނަހުރީ އަންހެނުންގެ ޑޮކްޓަރުގެ ކޮޓަރިއެވެ. އަދި ފޮޓޯގައި މިންހާ ހެވިފައި ޔާސިންގެ ބޮލުގައި ފޮރުމާލާފައި އިންތަން ފެނެއެވެ. ނޫރާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފަހައްޓާލައިން ހުރެ އެ ނުދަންނަ ނަންބަރުން ފޮނުވި މެސެޖަށް ރިޕްލައި ކުރުމަށް ހަމަ ޖެހިލި އެވެ.
- – މިންހާ އިނީ ޔާސިން ދަރި އަކަށް ބަލިވެ. ޑޮކްޓަރަށް ދައްކަން އައިސް މިތިބީ ދެމީހުން – ނޫރާ އެއްޗެއް ބުނުމުގެ ކުރިން އެކޮޅުން ރައްދު އައެވެ. ނޫރާގެ ބަޑި ދިޔައި ފަޅައިގެންނެވެ. ޔާސިން އެވަރު ކަމެއް ކޮށްފާނެބާއޭ ނޫރާ ހިތައް އަރަމުން ދިޔައެވެ. ނޫނެކެވެ. ޔާސިން އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވައެއް ނުލާނެވެ. ނޫރާ ރޯ އަޑަށް ނޫރާގެ މަންމަ އައިޝާ އައިސް އެ ކޮޓަރިއަށް ވަނެވެ. ވީ ކީއްތޯ ނޫރާ ކައިރި ތަކުރާރުކޮށް އަހަމުން ދިޔައެވެ. ނަމަވެސް ނޫރާ އަކަށް އެއްޗެއް ބުނެވޭ ވަރެއް ނުވިއެވެ. އައިޝާ ނޫރާގެ ފޯނު ނަގާ އެ މެސެޖު ކިޔާލިއެވެ.
- “ޔާ ރައްބީ… މީ ހަމަ ތެދެއް؟.. މަންމަ އަކަށް ހާދަ ހީނުވެއޭ… ޔާސިން އަކީ ނުލާހިކު ބަސް އަހާ ދީންވެރި ކުއްޖެއް…” އައިޝާ ބުނެލިއެވެ. އަދި ނޫރާ ގާތު ޔާސިން އަށް ގުޅާ މި ވާހަކަ އަކީ ހަޤީޤަތެއްތޯ ބެލުމަށް އެދުނެވެ.
- ނޫރާ ފޯނު ނަގާ ޔާސިން އަށް ގުޅާލިއެވެ. އެކޮޅުން ފޯނެއް ނުނަގައެވެ. ދެތިން ފަހަރަކު ގުޅާލިއެވެ. ނަމަވެސް ޔާސިން ފޯނު ނުނެގުމުން ގޮތް ހުސްވެފައި އައިޝާ އާ ދިމާލަށް ނޫރާ ބަލާލިއެވެ. އައިޝާ އައިސް ނޫރާގެ ގައިގާ ބައްދާލީ ދަރިފުޅާއޭ ދެރަ ނުވާށޭ ބުނަމުންނެވެ. ނޫރާގެ ހިތުގައި ވަރަށް ރިހެމުން ދިޔައެވެ. ޔާސިން އަކީ އޭނާ އިންތިހާ އަށް ލޯބިވި އެންމެ އިތުބާރުވެސް ކުރި އެކަކެވެ. ޔާސިން އެވަރު ބޮޑު ދޯކާއެއް ނޫރާ އަށް ދީފާނެ ކަމަކަށް ނޫރާ ހިތަކަށްވެސް ނާރުވައެވެ. ޔުނިވާރސިޓީ ތެރެއިން ދޭތެރެ ދޭތެރެއިން ޔާސިންއާ މިންހާ އެކުގައި ތިބޭތަން ފެނެއެވެ. ނަމަވެސް ޔާސިން އެފަދަ ގުޅުމެއް މިންހާއާ ނެތްކަމަށް ބުނުމުން ނޫރާ ޔާސިންގެ ބަހަށް އިތުބާރު ކުރިއެވެ.
- *****
- މަރިޔަމް ހަމަޔަކަށް އެޅުމުން އަނެއްކާވެސް ޔާސިން އަށް އައިސީޔޫ އަށް ވަނެވެ. މައިޔަމްގެ ގާތުގައި އެތައް ވާހަކައެއް ދައްކަން އިނުމަށް ފަހު ނަމާދު ވަގުތު ގާތް ވުމުން މިސްކިތަށް ނަމާދަށް ދިއުމަށް ޔާސިން ނިކުތެވެ. އޭރު ގޮޑި ބަރީގައި ނިދި ޖެހިފައި އިން މިންހާ ޔާސިންގެ ލޮލުގައި އަޅައިގަތެވެ. މަޑު މަޑުން މިންހާގެ ގާތަށް ގޮސް މިންހާއަށް ގޮވާލިއެވެ.
- “މިންހާ.. ދެންދޭ ގެޔަށް.. ވަރަށް ބޮޑަށް ތޭންކްސް.. މިއަދު މި ހިނގާދިޔަ އެއްވެސް ކަމެއް އެއްވެސް މީހެއްކައިރި ނުބުނައްޗޭ…” ޔާސިން އެދުނެވެ. މިންހާ ހީލުމަށް ފަހު އާއެކޭ ބުނެ ގެއަށް ދާން ހިނގައިގަތެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ ކޮން މަކަރުވެރި ކަމެއްކަން އެގެނީ ހަމަ އެކަނި މިންހާ އަށެވެ. މިންހާ ދިއުމުން ޔާސިން ހޮސްޕިޓަލް ކައިރީގައި ހުރި މިސްކިތަށް މަޢްރިބް ނަމާދު ކުރަން އެރި އެވެ. ނަމާދު ކޮށް ނިމުމުން ޔާސިން ފޯނު ނަގާ ހުޝާމް އަށް މެސެގް ކުރަން ބަލާލިއެވެ. އޭރު ފޯނުގެ ޗާރޖު ހުސްވެ ފޯނު އޮތީ ނިވިފައެވެ. ހޮސްޕިޓަލަށް ގޮސް ޗާރޖު ކޮށްލަން ވެގެން ފޯނު ޖީބަށް ލުމަށް ފަހު ހިގައިގަތެވެ. އައިސީޔޫ ދޮރާ އަރާ ހަމަވި ތަނާ ނަރުހުންނާއި ޑޮކްޓަރުން ތެޅެމުން ފޮޅެމުން އައިސް އައިސީޔޫއަށް ވަދެގަތެވެ. ޔާސިން މަޑު ކޮށްލައިން ހުރީ އޭނާއަށް އެތެރެއަށް ވަނުމަށް ހުއްދަ ލިބެންދެނެވެ.
- ފަސް ވަރަކަށް މިނެޓް ފަހުން މަރިޔަމް ބަލާ ޑޮކްޓަރު ނިކުމެ ޔާސިންގެ ކޮޑުގައި ހިފާލުމަށް ފަހު އޭނާގެ މަންމަ ނިޔާވި ވާހަކަ ބުންޏެވެ. ޔާސިން ގޮޑި މައްޗަށް ތިރިވެވުނީ ފައިގާ ދެން އިތުރަށް ކޮޅަށް ހުންނާނެ ހިއްވަރު ނެތުމުންނެވެ. އެވަގުތަކީ މިންހާ ހަބަރު ދީގެން ހުޝާމް އައިސް ޔާސިން ގާތަށް މަޑު ކޮށްލި ވަގުތެވެ. ހުޝާމް އަށްވެސް ރޮވުނީ މަރިޔަމް އަކީ ހުޝާމްއަށް ވެސް އެހާ ހެޔޮ މީހަކަށް ވެފައި އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ މަންމަ ކަމުންނެވެ.
- ކަށުކަމާ ކެމީގެ ކަންކަން ކުރިއަށް ގެންދިއުމުގައި ހުޝާމްއާއި މިންހާގެ އެހީ ތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. މަރިޔަމް ވަޅުލާން އިނީ ފަތިސް ނަމާދަށެވެ.
*****
ނޫރާ ޔާސިންގެ ހަބަރެއް ނުވެގެން ހުޝާމްއަށްވެސް އެތަފަހަރަކު ގުޅިއެވެ. ނަމަވެސް ހުޝާމްވެސް ފޯނެއް ނުނަގައެވެ. އެރޭ 12 ޖަހަން ގާތްވެފައި ވަނިކޮށް އައި ޔާސިންގެ މެސެޖެކެވެ. އިނީ ހަމަ އެންމެ ޖުމްލައެކެވެ.
- – ލެޓްސް ބްރޭކް އަޕް – މިހެންނެވެ.
- ވަގުތުން ޔާސިންއަށް ނޫރާ ގުޅަންފެށިއެވެ. ނަމަވެސް ޔާސިން އިނީ ނޫރާ ބްލޮކް ކޮށްލާފައެވެ. ޔާސިންމެން ގެޔަށް ދާންވެސް ނޫރާ އެތަށް ފަހަރަކު އުޅުނެވެ. ނަމަވެސް އައިޝާ އެކަމާ ދެކޮޅު ހެދުމުން ނޫރާ އަށް ދެވޭ ގޮތް ނުވީ އެވެ.
” ހަލޯ ނޫރާ… އިންގޭތަ ޔާސިން މަންމަ މަރުވެއްޖެ… އެބަ ގޮވާ ކަށުނަމާދަށް.. ފަތިސް ނަމާދަށް ފަހުއޯ އޮތީ” ނޫރާގެ ފޯނަށް ޒުލް ގުޅައިން ފޯނު ނެގުމާ އެކު ޒުލް ބުނެލިއެވެ. ނޫރާގެ ހިތް ތެޅި ގަތެވެ. އެވަރު ބޮޑު ކަމެއް ވެގެން ދިޔަ އިރު ނޫރާއަށް އަންގާވެސް ނުލީ ހެއްޔެވެ. އެހެންވިއްޔާ ހޮސްޕިޓަލްގައި މިއަދު ހުއްޓާ އެފެނުނީ ޔާސިން މަންމަ ކައިރިއަށް ގޮސް ހުއްޓާ ކަމަށް ނޫރާގެ ހިތާހިތުން ބުނަންފެށިއެވެ. އައިޝާ ގާތު މި ހަބަރު ދިނުމުން ފަތިހު މޫނު ބަލަންދާން އައިޝާވެސް ބޭނުން ވާ ވާހަކަ ބުނެލިއެވެ.
*****
އާ ސަހަރާ މިސްކިތުގެ ދޮރުމައްޗަށް އައިޝާގެ ދެމައިން އައިސް މަޑު ކޮށްލުމަށްފަހު ޔާސިން މަންމަ މޫނު ދައްކަން ބާއްވާފައި އޮތް ދިމާލަށް ހިގައިގަތެވެ. ނޫރާ ކުރިއަށް އެރި ފިޔަވަޅު ހުއްޓުނެވެ. ނޫރާއަށް ފެނުނު މަންޒަރުންނެވެ. މިންހާގެ ގައިގާ ބައްދާލައިން ހުރެ ޔާސިން ދިޔައި ރޮމުންނެވެ. މިއަދަކީ ނޫރާ އެމަޤާމުގައި ހުންނަން ޖެހޭ ދުވަހެވެ. ނަމަވެސް އޭނާ އެންމެ ލޯބިވާ މީހާ މިއަދު އޭނާއަށް އެދެނީ ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ. ނޫރާ އައިޝާގެ އަތަށް ފިތާލިއެވެ. އައިޝާ އަށް ވެސް ޔާސިން ފެނުނެވެ. ނަމަވެސް މި ވަގުތަކީ ޔާސިންގެ މަންމަގެ މޫނު ބަލަން އައި ވަގުތު ކަމުން ކަމޭ ހިތުމުގެ ގޮތުން ނޫރާގެ އަތުގައި ހިފައިގެން ގޮސް މަރިޔަމްގެ ބޯ ކައިރި މަޑުކޮށްލިއެވެ. ޔާސިން އަށް ނޫރާ އޭނާގެ މަންމަގެ މޫނު ބަލަން އައިކަން އިނގިގެން މިންހާ ގައިން ދޫ ނުކުރެއެވެ. އެއީ ނޫރާއަށް ދެއްކުމަށެވެ. މަރިޔަމް އެހެން ބުނިފަހުން ޔާސިން ނިންމައިން ހުރީ ނޫރާ އާ ދުރަށް ދިއުމަށެވެ. ކުއްލިއަކަށް……
- -ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



