ހިތުގެ ރިހުން (4)
“އާދެބަލަ..” ނޫރާ އަތުގައި ހިފާ ފާހަނަ ތެރެއަށް ވެއްދީ ޒުލް އެވެ.
“ޔޫ އާ ނޮޓް ގޮނަ ބިލީވް ދިސް” ފޯނު ނަގާ ނޫރާ އަތަށް ދިއްކޮށްލިއެވެ.
” އަހަރެން ހިޔެއް ނުކުރަން އެ ޔާސިން ތިވަރު ބޮޑު ލަޑެއް ނޫރާ އަށް ދޭނެ ކަމަކަށް. އޭނަ މަންމަ މަރުވިތާ ދެވަނަ އަށް ވި ދުވަހު އެއިނީ މިންހާ ހާ… ވަޓްސް ރޯންގް ވިތް ހިމް..” އިންސްޓާ ގްރާމްގެ މިންހާގެ ޕްރޮފައިލްގައި އިން ފޮޓޯއަށް ބަލަހައްޓައިން ހުރެ ޒުލް ބުނެލިއެވެ. ނޫރާ ދެރަވި ނަމަވެސް އެތަނެއް ނުދައްކައެވެ. އޭނާ މިއަދު އެހެރީ ނުގުޑާނެ އަޒުމެއްގަ އެވެ. ޔާސީން އޭނާ އާ ދިމާލަށް އެ ބުނި ބަސްތަކުގެ ސަބަބުންނާއި އޭނާގެ މަންމަ ދިން ނަސޭހަތުގެ ސަބަބުން ނޫރާ މިހާރު ބޭނުން ވަނީ މޮޅަށް ކިޔަވައިން އަމިއްލަ ފައި މައްޗަށް ތެދުވެ މުއްސަދި މީހަކަށް ވާންށެވެ. އޭނާގެ ފަޤީރު ކަމުގެ ސަބަބުން މިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ވާކަށް އޭނާގެ ހިތެއް ނޭދެއެވެ.
” އައި ސޯ ދިސް.. އަހަންނަށް ރަގަޅީ އެއްވެސް މީހެއް އަހަރެން ގާތު ޔާސިންގެ ވާހަކަ ނުދެއްކިއްޔާ” އޭނާ ގެ ބަލިކަށިކަން ނުދެއްކުމަށް ފާހަނަ އިން ނިކުމެގެން ސިޑިން އަރަން ހިގައިގަތެވެ. ނަމަވެސް ވަކި ހިސާބަކުން ވީ ދެރައިން އިށީދެލައިން އިދެ ރޮވެން ފެށުނެވެ. ނޫރާ ބޯ ހިއްލާ ބަލާލީ މީހަކު އޭނާ އަށް ޓިޝޫއެއް ދިއްކޮށް ލުމުންމެވެ.
“ތޭންކްސް ހުޝާމް..” ހުޝާމް ފާރުގައި ލެގިލައިން ހުއްޓެވެ. ނޫރާ ރޯތަން އެހެން މީހުންނަށް ފެންނާކަށް އޭނާވެސް ބޭނުމެއް ނޫނެވެ. ޔާސިން ކަންތައް ކުރި ގޮތުން ހުޝާމް ވެސް ހުރީ ޔާސިން ދެވެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އޭނާގެ އެންމެ ގާތް ރައްޓެއްސެއް ކަމަކު އޭނާ ގާތުވެސް އަންގާ ނުލާ އެފަދަ ކަމެއް ކުރުމުން ހުޝާމް އާ ޔާސިން އާ ދެމެދު އޮތް ގުޅުން ވަނީ ކުޑަކޮށް ހީނަރު ވެފައެވެ.
ނޫރާ ހިތްވަރު ކޮށްފައި ތެދުވެގެން ކުލާހަށް ދާން ހިގައިގަތެވެ. ޔާސިން ފެނިއްޖެޔާ އޭނާ އަށް ދެން ވާނެ ގޮތެއްވެސް ނޭގެއެވެ. ހުރިހާ ކުލާސްތަކެއް ނިމިގެން ދިޔަ އިރުވެސް ޔާސިން އެއް ކްލާހަކަށް ނާދެއެވެ. ނޫރާ ކުޑަކޮށް ކަންބޮޑުވިއެވެ.
“ޔާސިން ދެން ނާންނާނެ ކްލާސްތަކަކަށް.. މިންހާ އާ ޔާސިން އާ މިހާރު ކިޔަވަނީ ޔޫކޭގަ…” ހުޝާމް އައިސް ނޫރާ ގާތު އިށީދެލަމުން ބުނެލިއެވެ. މިންހާ އާ އިދެގެން ދިރިއުޅުން ޔޫކޭ އަށް ބަދަލު ކުރީ ބާއެވެ؟ ދެން އަބުރާ މާލެ ނާންނާނެ ބާއެވެ؟ އަހަރެން މަތިން އެހާ އަވަހަށް ޔާސިންއަށް ހަދާން ނައްތާލެވުނީ ހެއްޔެވެ؟ މި ކަހަލަ އެތައް އެތައް ސުވާލް ތަކެއް ނޫރާގެ ސިކުޑިގައި އެބުރެމުން ދިޔައެވެ. ހުޝާމް އަށް ނޫރާގެ މޫނު މަތިން އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ވަރަށް ސާފުކޮށް ފެންނަން ފެށިއެވެ.
“ހިނގާބަ ކޮފީއަކަށް ދާން..” ހުޝާމް ބޭނުން ވީ ނޫރާ ކުޑަކޮށް ހަމަޖައްސާލަދިނުމަށެވެ.
“ޝަރުތެއް މަތިން… އަި ޑޯންޓް ވޯންޓް ޓު ހިއާ އަބައުޓް ޔާސިން..” ނޫރާ މިހާރު އެއްގޮތަކަށްވެސް ޔާސިންގެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. އައިޝާ ބުނިހެން ދުނިޔެއިން ފިރިހެނުން ހުހެއް ނުވެއެވެ. އޭނާ އަށް ޔާސިން އަށް ވުރެ މާ ރަގަޅު މާ އޯގާތެރި ތެދުވެރިއެއް ލިބުމަށް އެދި ކޮންމެ ނަމާދަކަށްފަހު ދުޢާ ކުރެއެވެ. ދެމީހުން އެއްކޮށް ކޮފީއަކަށް ދާން ހިގައިގަތެވެ.
*****
“މިންހާ.. މިއޯ..” ސިޓިންގްރޫމް ސޯފާގައި ހަމަޖެހިލައިން އިން މިންހާއަށް އިންސްޓާ ގްރާމްގައި އިން ފޮޓޯ ގަޑު ދައްކާލަމުން ނުރުހުންވެފައި ޔާސިން އަހާލިއެވެ.
“ކިހިނެއްވީ.. ޔާސިން ބުނީމެއްނުން އަހަރެން ބޭނުން ކޮންމެ ކަމެއް ކުރެވޭނޭ.. އަހަރެން ބޭނުންވޭ އެންމެނަށް ތީ އަހަރެންގެ ފިރިމީހާކަން އަންގަން… އަނެއްކާ އެ ނޫރާ ގަނޑަށް ފެނިދާނެތީތަ..” މިންހާ ކުޑަކޮށް ރުޅިގަދަވާ ގޮތް ވިއެވެ.
“ކާކު ބުނީ އަހަރެންމީ މިންހާގެ ފިރިމީހާއޭ… ހީ ނުކުރޭ އަހަރެން މިންހާ ބައްޕަގެ ފައިސާގަ އައިސް ބޭސް ފަރވާ ކޮށް ކިޔަވައިދިނަސް އަހަރެންމީ މިންހާގެ ފިރިމީހާއޭ… ވީއާ ނޮޓް މެރީޑް…” ޔާސިންގެ އަޑު ބާރުވެގެން ދިޔައެވެ.
“އެކަމް ޔާސިން އަހަރެން ބައްޕަ ކައިރި ބުނީމެއްނުން އަހަންނާ އިންނާނަމޭ އެއްކޮށް ރަގަޅުވެގެން އައިއްސަ..” ނޫރާ ރޮވޭކަަމަށް ހަދާލިއެވެ. މިންހާ މިބުނި އެއްޗަކުން ޔާސިން ކުޑަކޮށް ހައިރާންވިއެވެ. އޭނާ މަންސޫރު ކައިރި އެފަދަ މޭރުމަކުންވެސް ވާހަކައެއް ދައްކާފަ ނޯންނާނެއެވެ. ދެން މިންހާ މި ދައްކަނީ ކޮން ވާހަކަ އެއް ހެއްޔެވެ. ޔާސިން ބާރުމިނުގައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި ވަޤުތުން މަންސޫރަށް ގުޅާލިއެވެ.
“އައްސަލާމް އަލްއިކުމް ބޭބޭ.. މިންހާ ދެއްކި ވާހަކައަކުން މިގުޅާލީ..” މަންސޫރު ފޯނު ނެގުމާއެކު ޔާސިން ވާހަކަ ދައްކަން ފެށިއެވެ.
“ވައަލައިކުމުއްސަލާމް.. ހަމަ ޖެހޭ ބޭބެ އަށް އެގޭ ބުނަން ތިއުޅޭ އެއްޗެއް… ބޭބެ އެހެން މިންހާ ކައިރި ބުނީ އެއީ މިންހާ އަކީ ނަފްސާނީ ކަންތައް ހުންނަ ކުއްޖެއް..” މަންސޫރު އަޑު ކުޑަކޮށް މަޑުވިއެވެ. މިންހާ އަކީ ކުޑައިރު މިންހާގެ އުފަން މަންމަ އެތައް އަނިޔާތަކެއް ކޮށް އެތަށް ބައިވަރު ނަފްސާނީ ކަންތައްތަކާ ކުރިމަތި ލާން ޖެހިފައި ހުންނަ ކުއްޖެކެވެ. މަނާލް އަކީ މިންހާގެ ދޮންމަންމަ ކަން ޔާސިން އަށް އިގުނީ މިއަދު އެވެ. އަދި މިންހާ ރުޅި އައިސި ނަމަ ރުޅި ކޮންޓްރޯލް ނުވެ އަމިއްލަ ނަފްސަށް އަނިޔާ ދީ އެތަކެއް ކަންތައްތަކެއް ހިނގައެވެ. މިންހާގެ އުފަލަށާއި ޔާސިންގެ ރައްކަލަކަށް މަންސޫރަށް އެހެން ބުނަން މަޖުބޫރުވީ ކަމުގައި ބުންޔެވެ.
“ލައްބަ.. އަޅުގަނޑުވެސް ބަލާންނަން މިންހާ ރުޅި ނާރުވާ ވޭތޯ… ބޭބެ ތިބުނިހެން ކިޔަވައިން އަންނަންދެން މިންހާ ރަގަޅަށް ބަލާދޭނަން.. ބޭބެ އަހަންނަށް ތިކޮށްދޭ ހެޔޮ ކަންތައް އަހަރެން އަބަދުވެސް ހަދާނުގަ ބަހައްޓާނަން..” ފޯނު ބާއްވަމުން ޔާސިން ބުނެލިއެވެ. އެވަގުތަކީ ބޭރުން ބާރު އަޑު ފައްގަޑެއް އިވުނު ވަގުތެވެ. ޔާސިން ދުވެފައި ކޮޓަރިން ނިކުތް އިރު މިންހާ އިނީ މާގަސް ލާފައި ހުރި ވާސް ބިންމައްޗައް ވައްޓައިގެން އޭގެ ފުޅި ކޮޅެއް އަތަށް ލައިން އެޔަށް ބަލަހައްޓައިންނެވެ. ޔާސިން ދުވެފައި ގޮސް އެ މިންހާ އަތުން ނެގިއެވެ. އަދި މިންހާ ގާތު ރުޅި އާދެވުނީތީ މައާފަށް އެދުނެވެ. މިވަގުތު މިންހާ ހަމަ ޖައްސާލުމަށް އެޕާރޓްމެންޓް ކައިރި އިން ކެފޭއަށް ދާން ޔާސިން ބޭނުންވިއެވެ.
*****
ހަތް އަހަރު ފަސް
އެމިރޭޓްސް އެއާލައިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމާ އެކު މީހުން ފައިބައިގެން ލަގެޖުތައް ނަގަން ހިގައިގަތެވެ. ނޫރާ ވެސް އޭނާގެ ފޮށި ނެގުމަށް ބެލްޓާ ދިމާލަށް ގޮސް މަޑު ކޮށްލިއެވެ.
“ބައްޕީ.. ކެޗް މީ..” ކުޑަ ކުޑަ އަންހެން ކުއްޖެއް ދުވެފައި އައިސް ޖެހުނީ ނޫރާގެ ގައިގައެވެ. ނުރާ އެ ކުއްޖާ އާ އެއްވަރަކަށް ތިރިވެލާފައި ހީލިއެވެ.
” ކޮއްކޯ.. ތިހެން ދުވަނިކޮށް އަނިޔާއެއް ވެދާނެ… މީހުން ގިނަ އިރު ދުވާކަށް ނުވާނެ… ކޮބާ މަންމި އާ ބައްޕި..” ނޫރާ ވަރަށް ލޯބިން އެ ކުއްޖާގެ ކޮލުގައި ހިފާ ލާފައި އަހާލިއެވެ. އެކުޑަ އަންހެން ކުއްޖާ ދެފަރާތަށް ބަލާލީ އޭނާގެ މަންމަ އާ ބައްޕަ ފެނޭތޯއެވެ. ނަމަވެސް މީހުން ގިނަ ކަމުން ފެންނަ ގޮތް ނުވުމުން ކުޑަކޮށް ރޮވެން ފެށުނެވެ. ނޫރާ އެކުއްޖާ އުރާލިއެވެ.
” ކޮއްކޮއަށް ކޮން ނަމެއް ކިޔަނީ..” ނޫރާ ބެލީ އެކުއްޖާއާ ވާހަކަ ދައްކައިން ކުޑަކޮށް ހަމަޔަކަށް އެޅުވޭތޯއެވެ. އުރާލައިން ހުރުމުން އެކުއްޖާގެ މަންމަ ނުވަތަ ބައްޕައަށް އޭނާ ހޯދަން ފަސޭހަ ވާނެކަން ނޫރާއަށް އެގެއެވެ.
“ނައި ކިޔަނީ… ނައިރާ ބިންތި ޔާސިން…” ޔާސިން އޭ ބުނުމުން ނޫރާ ހަދާނަށް އައި އޭނާގެ ލޯބިވާ ޔާސިން އެވެ. ނަމަވެސް ޔާސިންގެ ދަރިއަކު ހުރެފާނެއެކޭ ނޫރާގެ ހިތެއް ނުބުނެއެވެ. ކުއްލިއަކަށް ނޫރާ ސިއްސައިގެން ދިޔައީ އޭނާ އަތުން ނައިރާ އައިސް ޖަހައިގަތުމުންނެވެ. ނޫރާ އެބުރި ބަލާލި އިރު ފަހަތުގައި ހުރީ……
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




No way!!!!
Pls don’t say itz yasin. No
Btw mi prt vx vrh reethi Maasha Allah
Can’t wait for the next prt
Curiously waiting
Whn nxt
Tc.. Lyy💜
In sha allah tomorrow