ހިތުގެ ރިހުން (3)
މަރިޔަމް އެހެން ބުނިފަހުން ޔާސިން ނިންމައިން ހުރީ ނޫރާ އާ ދުރަށް ދިއުމަށެވެ. ކުއްލިއަކަށް ޔާސިންއަށް ތެޅިގަނެވުނީ ފަހަތުން އައި މީހަކު އޭނާ އަތުގައި ހިފައި ދަމައިގަތް ގޮތުންނެވެ. ޔާސިން ފަސް އެބުރި ބަލާލި އިރު އޭނާ އަތުގައި ހިފައިގަތީ ނޫރާގެ މަންމަ އައިޝާއެވެ.
“ދަރިފުޅާ ޔާސިން.. މަންމަ އަށް މިފެނުނު މަންޒަރުތަކަކީ ހަމަ ހަޤީޤަތެއްތަ… ދަރިފުޅު ބޭނުން ވަނީ ނޫރާ އާ ދުރުވަންތަ…” އައިޝާ އަށް ކުޑަކޮށް ރޮވޭ ގޮތްވިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އައިޝާވެސް ޔާސިން ދެކުނީ ނުލާހިކު ގާތްކޮށެވެ. އައިޝާ ބޭނުންވި ކަހަލަ ކުއްޖަކު ނޫރާއަށް ލިބުނީތީ އަބަދާ އަބަދު އެވާހަކަ ދައްކައެވެ. ނަމަވެސް ޔާސިން ނޫރާއާ ދުރަށް ދާތަން ބަލަން އައިޝާއަކަށް ކެތެއް ނުވާނެއެވެ. ލޯބީގައި އައިޝާ ނާކާމިޔާބު ވިޔަސް ނޫރާއަށް އެފަދަ ކަމެއް ވާކަށް އޭނާ ނޭދެއެވެ. މައި ވަންތަ ކުލުނަކީ މިކަހަލަ ބާރުގަދަ އެއްޗެކެވެ. ސަލާން ޖަހަން ޖެހުނަސް ޖަހަން އައިޝާ ހުރީ ތައްޔާރަށެވެ.
“މަންމާ ހިނގާދާން… އަހަރެން ގަޔަކު ނެތް ހިތްވަރެއް އިތުރަކަށް…” ޔާސިންއަށް އެއްޗެއް ބުނުމުގެ ކުރިން ނޫރާ އައިސް އައިޝާ ދުރުކޮށްލިއެވެ. ޔާސިން އަށް ނޫރާ ހުރި ހާލު ވަރަށް ރަގަޅަށް ފެނެއެވެ. އެތައް ފަހަރަކު ހުރިހާ ކަމެއް ދޫކޮށްފައި ގޮސް ނޫރާ ގައިގާ ބައްދާލާނަމޭވެސް ހިތަށް އެރިއެވެ. ނަމަވެސް މަންމަ އެބުނި ބަސްތައް އޭނާގެ ކަންފަތުގައި ދިޔައީ ގުގުމަމުންނެވެ.
ނޫރާ ޔާސިންއާ ވާހަކަ ދައްކަން ބޭނުން ވެފައި ހުރިކަން އައިޝާއަށް އެގެއެވެ. އެހެން ކަމުން މިންހާގެ އަތުގައި ހިފައި ދަމައި ގަންނަމުން އައިޝާ ދިޔައީ މީހުންތައް ތެރެއަށެވެ. އޭރު ބައެއް މީހުން މި ކޯޅުން ގަނޑު ބަލަން ކުދި ކިޔަމުން ތިއްބެވެ.
“ޔާސިން.. އަހަންނަށް ތިހެން ނަހަދަބަލަ ޕްލީސް… އަހަރެން ޔާސިން ދެކެ ވަރަށް ވަރަށް ލޯބިވޭ… ކީއްވެތަ އަޅެ ބްރޭކްއަޕް ވާން މެސެޖް ތިކުރީ… ޔާސިން އުޅުނީ އަހަންނާ މިންހާ އާ ދެމީހުންނާ ރައްޓެހި ވެގެންތަ” ނޫރާ އަށް ރޮވުނެވެ. ބުނަން ބޭނުންވީ އެއްވެސް އެއްޗެއް ބުނާނެހާ ހިއްވަރު ނެތެވެ. ޔާސިންއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ސަހަރާގައި މިންހާ ގައިގާ ހިފައިން ހުރުމުން އޭނާ އާ މިންހާ އަޅުވާ ނޫރާ އެކީ ކީއްވެބާއޭ ހިތައް އެރިއެވެ. މި ވަޤުތަކީ ނޫރާ ކައިރިން އެއްކޮށް ދުރަށްދާން އޮތް ފުރުސަތެއް ގޮތުގައި ޔާސިން ދެކުނެވެ.
“އަހަރެން ނުވޭ ނޫރާ ދެކެ ލޯތްބެއް.. އަހަރެން ބޭނުން ވަނީ މިންހާ އާ އެއްކޮށް އުޅެން… އެހެން ނުނަސް ނޫރާ އަތަކު ފައިސާވެސް ނެތެއްނުން… އަހަރެން ބޭނުން ހުރިހާ ކަމެއް މިންނު ކޮށްދޭ…” ޔާސިން އެ ހުރި ގޮތަށް ހުރެ ބުނެލިއެވެ. ކިތަންމެ ހަރުކޮށް ބުންޔަސް ޔާސިންގެ ހިތް ދިޔައީ ރޮމުންނެވެ. އެހިތަށް ނޫރާ އެކޭ އެއްވަރަށް އެތަށް ރިހުމެއް ލިބެމުން ދިޔައެވެ.
މިންނުއޭ ކިޔާ މިންހާއަށް މުހާތަބް ކުރިމުން ނޫރާއަށް ޔާސިން ބުނަމުން ދިޔަ އެއްޗެއް ޤަބޫލް ކުރެވެން ފެށުނެވެ. އަދި އޭނާއަށް ނުދަންނަ ނަންބަރަކުން އެ ފޮނުވި ފޮޓޯއަކީވެސް ހަޤީޤަތެއްކަމަށް ޤަބޫލް ކުރިއެވެ. ޔާސިން އެބުނި އެއްޗަކުން ނޫރާ އިތުރަށް ދެރަވާން ފެށިއެވެ. ފާއިތުވެދިޔަ 3 އަހަރު ތެރޭވެސް ޔާސިން އޭނާ ފަޤީރުވެގެން އެއްޗެއް ނުބުނެވެ. ނަމަވެސް މިއަދު އެބުނި އެއްޗަކުން ލަދުގަނެ ދެރަވިއެވެ.
“ޔާސިން” ނޫރާ ޔާސިންގެ އަތުގައި ހިފާލިއެވެ. ނަމަވެސް ޔާސިން ނޫރާގެ އަތް ފޮޅާލުމަށްފަހު ފަސްއެބުރި ބެލުމެއްނެތި ހިގައިގަތެވެ.
*****
ކަށުކަމާކެމީގެ ކަންކަން ނިންމާލުމަށް ފަހު ގެޔަށް ދިއުމަށް ޔާސިން ފަސް ޖެހުނެވެ. މިދަޑިވަޅުގައި އެކަނި ގެއަށް ގޮއްސިނަމަ އޭނާ މޮޔަވެދާނެއެވެ. އޭނާ އެންމެ ލޯބިވި ދެ އިންސާނުން އޭނާއަށް މިއަދު ގެއްލިއްޖެއެވެ. ސަހަރާ ދޮރުމަތީ ހަދާނެ ގޮތް ހުސްވެފައި ޔާސިންއަށް ހުރެވުނެވެ. އޭރު އެންމެން ހެން މަރިޔަމް ވަޅުލާފައި ހިގައްޖެއެވެ. ހުޝަމްއާއި މިންހާ ޔާސިންގެ ދެކޮޅުގައި މަޑު ކޮށްލައިން ހުއްޓެވެ. ދެމީހުންނަށްވެސް ޔާސިން ގެއައް ދާން ބޭނުން ނުވާކަން އެގެއެވެ.
“ޔާސިން.. އަހަރުން ގެއަށް ދާން ވީނު.. އަހަރެން ކޮޓަރިގަ ހުރެވޭނެ.. ހަމަޔަކަށް އެޅެންދެން…” ހުޝާމް ބުނެލިއެވެ. ހުޝާމް ބައްޕަ ގޮތް ޔާސިން އަށް ވަރަށް ރަގަޅަށް އެގެއެވެ. ބޭރުން އެއްވެސް މީހެއް ގެއަށް އައިސް ވަދެ ހެދުމަކީ ހުޝާމް ބައްޕަ ޔާސިރު އެހާ ގަޔާވާ ކަމެއް ނޫނެވެ.
“ނުން.. އަހަންނަށް ލާހިކެއް ނުން ހުޝާމް ބައްޕަ ހުއްޓާ ތިގެޔަށް ދާކަށް…” ޔާސިން ޖެހިލުން ވެފައި ބުނެލިއެވެ.
“އެހެންވިއްޔާ ހިނގާބަ އަހަރެން ގެޔަށް ދާން. ގެސްޓް ރޫމްގަ ހުރެވޭނެ… އަހަރެން ބައްޕަ ވަރަށް ކޫލް ވާނެ… އަނެއްކާ މިދުވަސް ކޮޅު ބައްޕަ އާ މަންމަ ވީ ފްރާންސަށް ގޮއްސަ… ދޭ ވިލްބީ ބެކް އިންއަ ވީކް… އަހަރެން ބަައްޕައާ ވާހަކަ ދައްކަންތަ…” އަތް ހިއްލާލަމުން މިންހާ އަހާލިއެވެ.
“ނުން ދެމީހުން އެކަނި ނުވާނެ އެއްތާކު އުޅެން އެއީ އެހާ ރަގަޅު ކަމެއް ނުން… މިންހާ މައިންބަފައިން ތިބި ނަމަ އަހަންނަށް އާއެކޭ ބުނެވުނީސް.. ބަޓް ނޯ އައި ކާންޓް… ތޭންކްސް ފޯދަ އޮފާ” ޔާސިން އަށް އެގޮތް ކަމަކު ނުދިޔައެވެ.
އެވަޤުތަކީ މިންހާގެ ބައްޕަގެ ކާރުއައިސް އެތަނަށް މަޑުކޮށްލި ވަގުތެވެ. ކާރުން މިންހާ ބައްޕަ މަންސޫރު އަދި މިންހާ މަންމަ މަނާލް ފޭބިއެވެ.
“ބައްޕާ..” މިންހާ ދުވެފައި ގޮސް މަންސޫރު ގައިގާ ބައްދާލިއެވެ.
“ޔާސިން.. ބޭބެ ބެލިން މަންމަ ވަޅުލުމުގެ ކުރިން އާދެވޭތޯ އެކަމް ފްލައިޓު ޑިލޭވީ… މިންނު ބޭބެ އަށް ޔާސިން މަންމަ ނިޔާވިވާހަކަ ބުނި އިރުއްސުރެ ބެލީ ޓިކެޓް ނަގައިން އާދެވޭތޯ.” މިންހާ އަތުލަފި ކޮއްލައިން ޔާސިން ކައިރިއަށް އައިސް މަންސޫރު ބުނެލިއެވެ. މަންސޫރާ ޔާސިން ބައްދަލުވީ ފުރަތަމަ ފަހަރަށް ވިޔަސް މަންސޫރު ޔާސިންއާ ބެހެއްޓީ ވަރަށް ގާތް ކަމެކެވެ. މިންހާ ޔާސިން އަށް ހުންނަ ފޯރި މަންސޫރަށްވެސް އަދި މަނާލް އަށް ވެސް ވަރަށް ރަގަޅަށް އެގެއެވެ. ހުރި ހަމަ އެކަނި ދަރިފުޅު އުފަލުގައި ބަހައްޓަން ހަދު ބާލާފަ ދޭން ޖެހުނަސް މަންސޫރު ދޭނެއެވެ.
“އިހަށް ހިގާ އެއްޗެއް ކާލަންދާން..” މަންސޫރު މިހެން ބުނުމުން ޔާސިން ކުޑަކޮށް ފަސްޖެހިލިއެވެ. ނަމަވެސް ހުޝާމް އޭނާ ފަހަތުން ކުޑަކޮށް ކޮއްޕާލުމުން ގޮސް ކާރަށް އެރިއެވެ.
*****
ގެއަށް އައިސް ވަތް ގޮތައް ނޫރާ ގޮސް ވެއްޓި ގަތީ ސޯފާ މައްޗަށެވެ. ބަޑި ފަޅައިން ދިޔައީ ދެނެވެ. އައިޝާ އަށް ވެސް ރޮވުނެވެ. އޭނާގެ ދެލޮލުގެ ނޫރު ފަދަ ދަރިފުޅު މިއަދު އެކުރަމުން ދާ ހިތާމަ ދެކެން އޭނާ އަކަށް ކެތެއް ނުވެއެވެ.
“ނޫރާ.. ދަރިފުޅާ ތެދުވެބަލަ… މަންމަ އަށް އިނގޭ ދަރިފުޅު ޔާސިން ދެކެ ވާ ލޯބި… އެކަމު އެލޯބީގަ ކޮޅުފައިން ޖަހާފަ އެދިޔައީ ޔާސިން.. މީހަކަށް ދެރައެއް ދީފަ އަނެކާ އަކަށް އުފަލުގަ ނޫޅެވޭނެ…. މީ ދަރިފުޅު ހިތްވަރު ކުރަންވީ ވަގުތު… ދުނިޔެއިން ފިރިހެނުން ހުހެއް ނުވާނެ…” އައިޝާ އެންމެ ފަހުން ބުނަން ބޭނުން ނުވާ ބަސްވެސް ބުނެވުނީ އެވެ. އެނާ ބަލިކަށިވެގެން އޭނާގެ ދަރިފުޅަށް ހިތް ވަރު ދޭނޭ މީހަކު ނުހުންނާނެ އެވެ.
“އެކަމަކު މަންމާ…. ހައު ކޭން އައި ފޮގެޓް ހިމް… ހީ އިސް މައި ފަސްޓް ލަވް… ” އައިޝާ ގައިގާ ބާރަކަށް ބައްދާލަމުން ނޫރާ ރޯން ފެށިއެވެ. އެތަކެއް ނަސޭހަތަކާ ހިތްވަރެއް ނޫރާ އަށް ދެމުން އައިޝާ ދިޔައެވެ.
* ހަފްތާ ދުވަސް ފަސް*
ޔުނިވާސިޓީގެ ތެރެއަށް ވަދެގެން އައި ނޫރާއަށް ކުދިން ބަލަމުން އެކަކު އަނެކަކަށް އެއްޗެކޭ ކިޔަމުން ދިޔައެވެ. ބަލަހައްޓައިން ތިބި ކުދިންވެސް ވަކި މަދެއް ނޫނޭވެ.
“އާދެބަލަ..” ނޫރާ އަތުގައި ހިފާ ފާހަނަ ތެރެއަށް ވެއްދީ…..
-ނުނިމޭ-
ހިތުގެ ރިހުން ކިޔުންތެރިންގެ ސަމާލު ކަމަށް މި ވާހަކަ ދެން ނެރޭނީ ކޮންމެ އަންގާރަ އަދި ހުކުރު ދުވަހުއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



