Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ރިހުން (9)

Krystal Level 510 Stories100 Login100 Comments
July 15, 2025 3 Mins Read
0 Comments

ނޫރާ އެޅި ފިޔަވަޅު މައްޗަށް ހުއްޓުން އެރިއެވެ. ފަސްއެބުރި ބަލާލީ ނައިރާ ރޯންފެށުމުންނެވެ. އޭރު ޔާސިން ނައިރާ ހުއްޓާތޯ އެތައް ވާހަކަ ތަކެއް ދައްކަމުން ދިޔައެވެ. ނޫރާ އައިސް ނައިރާ ގައިގާ ހިފާ އަތުލަފިކޮށްލިއެވެ.

“ދައްތި ސޮރީ.. ނައި ސޭޑް ވާކަށް ދައްތި ބޭނުމެއްނުން. އައިސް ކްރީމް ބޯނަންތަ؟” ނައިރާ ކުރެން އަހާލިއެވެ. ނައިރާ ދެލޯ ފޮހެލާފައި ބޯޖަހާލިއެވެ.

ނޫރާ ނައިރާގެ އަތުގައި ހިފާލައިން ޖެން ހޮޓެލް ތިރީ އިންނަ ކުޑަ ކެފޭ އަށް ވަނެވެ. ބަސް އަހާ ބުޅަލެއްހެން ޔާސިންވެސް ގޮސް އެ ދެމީހުން ފަހަތުން ވަނެވެ.

*****

“ހުޝާމް، ޔާސިން ނަންބަރު ދީބަލަ މަންމަ އަށް..” ބޭރަށް ނިކުންނަން ދިޔަ ހުޝާމް ހުއްޓުވާ އާތިކާ ބުނެލިއެވެ.

“މަންމަ ކީއްކުރަން އޭނަ ނަންބަރު ހޯދަނީ.. މިހާރުވެސް މަންމަ އޭނަ އަށް ދިން ހިތާމަ ކުޑައީތަ؟” ހުޝާމް ނުރުހުންވެފައި ބުނެލިއެވެ.

“ހުޝާމޫ.. އަހަރެން ކޮން ހިތާމައެއްތަ އޭނައަށް ދިނީ…” އާތިކާ ނޭގޭ ކަމަށް ހަދާލިއެވެ.

“އަހަރެން ނެތިން މަންމަ ގެ ފާފަ ތަކުގެ ވާހަކަ ދައްކާކަށް.. މަ ކައިރި ޔާސިން އޭ ނުކިޔާތި.؟ ހުޝާމް ހުރި ބާރަކަށް ގެއިން ނުކުމެގެން ހިގައްޖެއެވެ.

“ޔާސިރު ކީކޭ ހުޝާމް ކައިރި ކިޔައިންތަ އެ ސޮރު އަހަންނަ އެ ރުޅި ބާލަނީ..” ކޮޓަރިން ނިކުތް ޔާސިރު ފެނުމުން އާތިކާ ބުނެލިއެވެ.

“އަހަރެން މީ އާތިކާ ކަހަލަ ނުލަފާ އަންހެނެއް ނުން. ކަޑައެޅިގެން ހުރިހާ ކަމެއް އެގި ހުރެ އަހަންނަށް އެވަރު ބޮޑު އޮޅުވާލުމެއް އޮޅުވާލީ.. އަދި މަރީ ދިން ސިޓިއެކޭ ކިޔާފަ އަހަންނަ ގެނައި ސިޓީ އެވެސް އާތިކާ ލިޔެފަ ގެނައި އެއްޗެއް. އަހަންނަ ނޭގެނީ ނުން.. އަހަންނަ މަރީގެ އަތުލިޔުން އޮޅޭނެތަ… އަހަންނަކަށް ނޭގޭ އަހަރެން ކޯންޗެއް ބޮވިގެން ކަމެއް އޭރު އާތިކާ ދެއްކި ހުރިހާ ވާހަކަ އެއް ޤަބޫލް ކުރެވުނީ..” ޔާސިރު އަޑުގައި ވަނީ ރިހުމެވެ. އޭނާ މިހާރު އާތިކާ އާ އެއްކޮށް އުޅެންވެސް ފޫހިވެއެވެ. ވޭތުވެދިޔަ 25 އަހަރު އޭނާ މަރީ ހޯދަން ނުކުރާ ކަމެއް ނެތެވެ. ނަމަވެސް މަރީ އޭނާއާ އެހާ ގާތުގައި އުޅުނު ކަމެއް އޭނާއަކަށް ނޭގެއެވެ.

“ހަލޯ.. ކޮބާ މަރިޔަމް ފަރީޝާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެތަ؟” އައި ފޯނު ކޯލް ނަގަމުން ޔާސިރު ވާހަކަ ދެއްކިއެވެ. އާތިކާއަށް ތެޅިގަނެވުނީ ރޯ މަހެއް ހެނެވެ. އަދިވެސް ޔާސިރުގެ ހިތުގައި ވަނީ މަރީއެވެ. އޭނާއަށް ޔާސިރުގެ ހަޔާތުން އޮތީ ހަމަ އެކަނި އަންބެއްގެ ލަގަބުކަން މިއަދު އިހުސާސް ކުރެވުނެވެ.

*****

“އޭ މަޑު ކޮށްބަލަ…. އެޑަމް… މަޑުކޮށްބަލަ…” ޖެން ހޮޓެލް ކައިރިން ޖެޓީއަށް ސައިކަލުގައި ދިޔަ މިންހާ އަށް ނޫރާ އާ ޔާސިން ޖެން ހޮޓަލް ތެރޭ ތިއްބާ ފެނުނެވެ. ސައިކަލުން ފައިބާގެން ގޮސް ކެފޭ ތެރެއަށް ވަދެ ފުރަތަމަވެސް ފެށީ އަތްތިލަ ބަޑި ޖަހަންށެވެ.

“ނޫނޭވާ ކަލޭ މެން ދެމީހުން ރަގަޅު… އަދިވެސް ތި ލޯބި ނުނިމެނީތަ… މަގޭ ދަރި ގޮވައިން ކޮންމެހެން ކަލޭމެން މާ ފޮޅުވާނެ ކަމެއްނެތް.” މިންހާގެ އަޑަށް މަގުމަތިން ހިނގާފަދިޔަ މީހުންވެސް މަޑު ޖެހިލައިން ބަލަން ތިއްބެވެ.

ދިވެހިންނަކީ ދެމަފިރިން ދޭތެރޭ ކޯޅޭ ކޯޅުން ލައްކަ ބަލާ ހިތްވާ ބައެކެވެ. ބައެއް މީހުން ފޯނު ނަގައިން ވީޑިއޯވެސް ކުރިއެވެ. އެ ކަން ހުއްތުވޭތޯ ބޭރުގައި އެޑަމް މަސައްކަތް ކުރިއެވެ.

“މިންހާ އަހަރެން އައި އޮފީސް މީޓިންއަކަށް.. މިންހާ ރިސޯޓަށް ދާ…” ޔާސިންގެ މޫނު މައްޗަށް މިންހާ ފެންތަށި ޖެހިއެވެ.

“ކޮން ސޯޓެކޭ ކިޔާކަށް. ކަލޭ މާލެ އައިސުރެ މި ކޫތި ފަހަތުން ނެއްޓެން ނޭގިގެން ތިއުޅެނީ..” މިންހާގެ އަމަލް ތަކުން ނޫރާ ހުރީ ބުނާނެއެއްޗެސް ވެސް ނޭގިފައެވެ. އަދި މިންހާ ޔާސިންއާ ދެތޭރޭ ކަންތައް ކުރަމުން ދިޔަ ގޮތް ފެނުމުން ހިތުގައި އަޅަމުން ދިޔަ ވޭން ދިޔައީ އިތުރު ވަމުންނެވެ.

ޔާސިން ގަތް ލަދުން ނައިރާ އުރައިގެން އެތަނުން ނިކުންނަން ހިގައިގަތެވެ. ނަމަވެސް މިންހާގެ ހޫނު އެތިފަހަރެއް ޔާސިންގެ ބުރަކަށީގައި އިހުސާސްވިއެވެ.

“ކޮންތާކަށް ފިލަން ދާކަށް… ކަލޭ ގަންނަ ގަޑު މީހުންނަށް ފަޅާއަރާތީތަ؟ އެންމެނޭ މީ އަހަރެން އިދެގެން އުޅޭ ފިރިހެނާ… ދެން މިހިރީ އޭނާ ހިތާވެގެން އުޅޭ ކޫތި… މި ދެމީހުން ގުޅުން ނުހުއްޓިގެން އަހަރެން މިއުޅެނީ.. މިހާރު އަހަރެން ދަރިވެސް މި އަންހެނާއަށް ރުއްސަން ގޮވައިގެން އައިސް މީއްޗަކު މިހިރީ.” މިންހާ ބޭނުން ވީ ޔާސިންއާ ނޫރާ އެންމެން ތެރޭ ލަދު ގަންނަވާލާށެވެ. ޔާސިން ނިކުމެގެން ދިއުމުން ނުލަފާ ވައްތަރަކަށް ނޫރާއާ ދިމާލަށް ބަލާފައި ހިނިގަނޑެއް ޖަހާލިއެވެ. ނޫރާވެސް ލަދުން އެތާ ނުހުރެ އަވަހަށް ކާރަށް އަރައިން ހިގައްޖެއެވެ.

“މިންނޫ… ކޮންކަމެއްތި… ތިހެން ހެދީމަ އަހަރެމެންގެ ދަރިފުޅުވެސް ފަލީހަތްވާނެ ނުން.” އެޑަމް ބުނެލިއެވެ.

“އެ ޝްޝްޝްޝް.. އަހަރެން ބުނިންދޯ މީހުން ތިބޭ ތަންތާ ނައިރާއަކީ ކަލޭ ދަރިއެކޭ ކިޔާފަ ވާހަކަ ނުދައްކާށޭ… ” މިންހާ މަޑުމަޑުން ބުނެލިއެވެ.

އެޑަމްއާ މިންހާ ގާތުގައި ޖޯޑުވެގެން ހުއްޓާ ކުއްލިއަކަށް ނޫރާ އައިސް އަބުރާ ކެފޭއަށް ވަނެވެ. އޭނާގެ ފޯނު ބާއްވާފައި ދެވުމުން އެ ބަލާ އަބުރާ އައިއެވެ. މިންހާއާ އޭނާގެ ގާތުގައި ހުރި އެޑަމްގެ ގައިގޯޅިކަން ނޫރާއަށް ވަރަށް ރަގަޅަށް ފެނުނެވެ.

“ޗީ.. ކަލޭ ތިއުޅެނީ ވަރަށް ތާހިރުކޮށްދޯ… ހިލޭ ފިރިހެނުންނާ ގައިގޯޅިވެގެން.. ކަލޭ ޔާސިން ކަހަލަ މީހަކަށް ތިހަދާ ގޮތް.. ޕިސްޕިސް..” ނޫރާ އަށް ނުހުރެވުނިއްޔެވެ. މިއޮއްހުރިހާ އިރު މިންހާ ކިޔާނެ އެއްޗެއް ކި އިރުވެސް ނޫރާ އަގަޔަކުންވެސް ނުބުނެއެވެ. ނަމަވެސް މިންހާގެ މި ބޭވަފާތެރިކަން ފެނިފައި ޔާސިންއަށާއި ނައިރާއަށް އިތުރު ހިތްދަތިކަމެއް ދޭކަށް ނޫރާގެ ހިތް ނޭދެއެވެ. ޔާސިންގެ މައްޗަށް މަޑުމަޑުން ހަމްދަރުދީވާން ނޫރާއަށް ފެށުނެވެ.

“އެ މި ކަލޭއާ ބެހޭ ކަމެއް ނުން.. އަހަރެން ދިހަ ފިރިހެނުން ގޮވައިން ހުއްޓަސް ކަލޭއަށް ކޮން ކަމެއް.. ދެން މިތަނުން ފެއްސެން އުޅޭ..” މިންހާ އެޑަމްއާ އެއަށްވުރެވެސް ބޮޑަށް ގާތްވެލިއެވެ. ނޫރާ އޭނާގެ ފޯނު ނަގާ ޖީބަށް ލުމަށްފަހު ހިގައިގަތެވެ.

*****

“ޔާސިރު ހިއްވަރު ކުރާތި.. މަރީ މި ދުނިޔެއަކު ނެތް.. މީގެ ހަތް އަހަރު ކުރިން އެ ފަކީރުވަނީ މިދުނިޔެ ދޫކޮށްފައި… މިއޮތީ މަރީގެ ދަރިފުޅު ޔާސިން އާ ބެހޭ ހުރިހާ މައުލޫމާތު…” އާޓިފިޝަލް ބީޗުގެ ކެފޭތެރޭ އިން މޭޒެއް ދޮށުގައި އިދެ ޔާސިރުގެ ލޯޔަރު ކިއާން ވާހަކަ ދެއްކިއެވެ. ޔާސިރުގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު އެ ސިޓީއުރަ ނަގާ ބަލާލިއެވެ.

“މި ހަމަ އަހަރެން ޒުވާން އިރު ހުރި ގޮތް.. މީ އަހަންނާ މަރީގެ ދަރިއެއް..” ފަހަތުގައި އޮތް ޑީއެންއޭ ރިޕޯޓު ބަލާލަމުން ޔާސިރު ބުނެލިއެވެ. އޭގައި އިނީ 99.9% ބައްޕައާ ދަރި ކަމަށެވެ.

“އެކަމް ޔާސިރު އެބަ ޖެހޭ ޔާސިންގެ ދިރިއުޅުމުގެ ހަޤީޤަތް ބަލަން. އިނގޭނުން އެއްކަލަ ކަންޖޫ މަންސޫރު…. އޭނަގެ ދަރިއަކާ އިދެގެން ކަމަށް ވަނީ ޔާސިން އުޅެނީ.. އެކަމް ވަރަށް ކޮންޕްލިކޭޓެޑް.. އަދި އެދެމަފިރިންގެ އެއްވެސް މައުލޫމާތެއް ބޭރުތެރެއަކަށް ނޭގޭ.. އަހަރެން ވަރަށް މަސައްކަތް ކުރިން މައުލޫމާތު ހޯދޭތޯ… އަހަންނަށް ފެންނަނީ ޔާސިރު ޔާސިންއާ ބައްދަލު ކުރަން..” ލޯޔަރު ވާހަކަ ދައްކަމުން ދިޔައެވެ.

“މަންސޫރު…” ޔާސިރު ހަދާނަށް އައި މީގެ 25 އަހަރު ކިރީގެ ހަދާންތަކެވެ. އޭނާއާ މަރީ ރައްޓެހިވެގެން އުޅުނު އިރު މަރީއާ ހެދި ހޭބަލިވެގެން ދުވި އެކަކަކީ މަންސޫރެވެ. މަރީއަށް ލޯބީގެ ސިޓީތައް ފޮނުވާ އިންނަން އެތައް ފަހަރަކު އަހާ ޔާސިރުއާ މަންސޫރު ވަނީ އެތައް ފަހަރަކު ކޯޅި ޒުވާބުކޮށްފައެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-5

Next

ކަޅު ބުޅާ 6

Next
July 16, 2025

ކަޅު ބުޅާ 6

Previews
July 15, 2025

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-5



All Right Reserved!