Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ރިހުން (17)

Krystal Level 510 Stories100 Login100 Comments
August 12, 2025 4 Mins Read
1 Comment

ކަންފަތަށް މިއަޑުއިވުނީ ރަގަޅަށްތޯ ބެލުމަށް އަނެއްކާވެސް އެ އޯޑިއޯ ޖައްސާލިއެވެ. ނޫރާގެ ހިތް ތެޅެންފެށިއެވެ. ޔާސިންގެ ހަޔާތުގައި މިފަދަ ބައިވަރު ސިއްރުތައް ޔާސިންނަށް ހަމަ ނޭގެނީބާއެވެ. ނުވަތަ އިނގިގެންވެސް މިންހާ އާ އިނދެގެން އުޅެނީބާއެވެ. ނޫރާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް ގޭގެ ބެލް ހުއްޓުމެއް ނެތި އަޅަންފެށުމުންނެވެ. މިގަޑީ ގެއަށް އަންނާނެ މީހަކު ނުހުންނާއެވެ. ބެލް އަޅާވަރުން އުދަގޫވެގެން އައިޝާ ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ޔާސިން ނިކަމެއްޗެއް ފަދައިން ހުއްޓެވެ. އަދި ނޫރާއާ ބައްދަލް ވެވިދާނެތޯ ކުރަކި އަޑަކުން އައިޝާ ކުރެން އަހާލިއެވެ. ހަދާނެ ގޮތް ހުސްވެގެން އެންމެ ފަހުން ޔާސިން ނޫރާ ގާތަށް އައި ހިތަށް ތަސައްލީއެއް ލިބޭތޯއެވެ. އައިޝާ އަށް ޔާސިން ހުރި ގޮތް ފެނިފައި ދެރަވެސްވިއެވެ. އަދި އެތެރެއަށް ވައްދާ ސޯފާގައި ބައިންދާލިއެވެ. އޭރު ނޫރާވެސް ދޮރުގައި އެވަރަށް ބެލް އެޅީ ކާކުތޯ ބަލަން ކޮޓަރިން ނިކުތެވެ. ޔާސިން ސޯފާގައި އިންތަން ފެނުމުން ހަލުވި ހިނގުމެއްގައި އައިސް ޔާސިން ގާތު އިށީދެލިއެވެ.

“ޔާސިން މިގަޑީ.. ކޮންކަމަކު؟” ޔާސިން އިންގޮތް ފެނުމުން ނޫރާއަށް ކަންތައްގަޑެއް ހިނގައިފިކަން އިނގެއެވެ. ނަމެވެސް އެއީ އެޑަމް އާ މިންހާގެ ގުޅުން ފަޅާއެރީ ކަމެއް ނުވަތަ ނައިރާ އަކީ އޭނަގެ ދަރިއެއް ނުންކަން ފަޅާއެރީ ކަމެއް ނޭގެއެވެ. ޔާސިންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ވޭތުވެދިޔަ 5 އަހަރު އޭނާ ނައިރާ ގެންގުޅުނީ ކޮންފަދައަކުން ހެއްޔެވެ. މިންހާގެ އަނިޔާތަކުން އެތައްފަހަރަކު އެ މައުސޫމް ފުރާނަ ސަލާމަތް ކުރަން ޖެހުނެވެ.

“ނޫރާ… އަހަރެން ހަތަރު އުދަރެސް ފެނު ޖެހިއްޖެ.. އަހަރެން ދާނެ ތަނެއް ނެތް.. އެހީވާނެ މީހެއް ނެތް” ޔާސިން ވެގެން އުޅޭގޮތް ކިޔާދޭން ފެށިއެވެ.

“ޔާސިން ކީއްވެ އަހަންނަށް އޮޅުވާލީ؟ މިންހާ ދެކެ އޭނލޯބިވަނީ ކިޔާ މިންހާ އާ އިދެގެން ޔޫކޭއަށް ދިޔައީ؟ އަހަރެން ދުނިޔޭން މޮޔަ ނުވީ ކިރިއާ!” ނޫރާ އަށް ރޮވެން ފެށުނެވެ. ޔާސިން އޭނާއަށް އެވަތު ބޮޑު ދެރައެއް ސަބަބެއް ނެތި ނުދޭނެކަން އޭނާއަށް އެގެއެވެ. ޔާސިން އޭނާ މަންމަ މަރުވުމުގެ ކުރިން ދެއްކި ވާހަކަ ތަކާ އޭގެ ފަހުން 7 އަހަރު ޔޫކޭގައި ކަން ހިނގާދިޔަ ގޮތް ނޫރާ އަށް އަކުރުން އަކުރަށް ކިޔާދެން ފެށިއެވެ.

*****

(7 އަހަރު ކުރި)

“ދަރިފުޅާ ނޫރާ ދޫކޮށްލާ… ނޫރާއަށް ދެރަތަކެއް ދޭން މަންމަ ބޭނުމެއް ނުން.. މަންމަ މި ނެތިގެން ދަނީ  ލުކީމިއާ ބައްޔަށް ފަރުވާ ދިނުމުގަ.. މަންމަ ދަރިފުޅު ކައިރި ނުބުނީ ދަރިފުޅު ދެރަވާނެވަރު އިންގޭތީ…” ޔާސިން އިނީ މަރީގެ އަތުގައި ހިފައިން އައިޖީއެމްއެޗް އީއާރްގައެވެ.

“މަންމާ… މަންމަ ކީއްވެ ތިވަރު ކަމެއް ވެގެން ދިޔައިރު އަހަންނަށް ސިއްރު ކުރީ… އެކަމް އަހަރެން ކީއްވެ ނޫރާ ދޫކޮށްލަންވީ.. އަހަރެން ނޫރާ ދެކެ ވަރަށް ލޯބިވޭ..” ޔާސިން އެއްގޮތަކަށްވެސް ނޫރާ އާ ދުރުވާކަށް ބޭނުމެއް ނޫނެވެ.

“ދަރިފުޅު ދެއަހަރުގަ ދަރިފުޅުވެސް ލުކީމިއާ އަށް ޑައިގްނޯސް ކުރެވުނު.. އޭރު ޑޮކްޓަރުން ބުނީ ދަރިފުޅު ދުނިޔޭގަ ހުންނާނީ 5 ވަރަކަށް އަހަރޭ.. މަންމަގެ ނެތް ފަރުވާ ކުރަންދާން ތަނަވަސް ކަމެއް.. ﷲ އަށް ޝުކުރު ކޮށްލާފައި އެ 5 އަހަރު ދަރިފުޅު ރަގަޅަށް ބެލީ.. ނިކަން ދެކިބަލަ އެކަލާންގެ ކުޅަދުން ވަންތަ ކަން.. އެ ފަހުން 16 އަހަރު މި ހޭދަވީ.. އެކަމް ލުކީމިއާ އަކީ ފަރުވާ ނުލިބެންޔާ އެބަލީގަ މީހާ ފަނާވެގެން ދާ ބައްޔެއް..” މަރީ ކެއްސައިގަތެވެ. މާގިނައިން ވާހަކަ ދައްކާތީ ނޭވާއަށްވެސް އުދަގޫވާން ފެށިއެވެ. ނަރުސް ކުއްޖާ އައިސް ޔާސިން އީއާރުން ބޭރުކޮށްލިއެވެ.

ޔާސިން ދިޔަ ގޮތަށް ގޮސް ޑޮކްޓަރު ކޮޓަރިއަށް ވަނެވެ. ޑޮކްޓަރުވެސް ދިނީ އޭނާ މަންމަ އެ ދިން ހަބަރެވެ. ޔާސިން ބޭނުންވީ އޭނާގެ ލުކީމިއާ ކިހާ ވަރަކަށް އުފެދިފައި ހުރިތޯ ބެލުމަށެވެ. އެދުވަހު ޑޮކްޓަރަށް ދެއްކުމަށްފަހު ލޭޓެސްޓް ކުރިއެވެ. ނަތީޖާލިބޭނީ އެންމެ އަވަސް ވެގެންވެސް 4 ގަޑިއިރުން ކަމަށް ލެބޯޓްރީން ބުންޏެވެ.

އީއާރުގެ ކުރިމަތީ ގޮޑިތަކުގައި އިށީދެލައިން ޔާސިން އިނީ އޭނާ މަންމަ ދެއްކި ވާހަކަތަކަށް ފުންކޮށް ވިސްނާށެވެ. އިރު އިރު ކޮޅާ ގަޑިއަށް ބަލާލައެވެ. ބާކީ އިނީ ރިޕޯޓް ލިބެން 15 މިނިޓެވެ. ލެބަށް ގުޅާލުމަށްފަހު ތައްޔާރު ވެއްޖެއޭ ބުނި ގޮތަށް ޔާސިން ދުއްވައިގަތީ ރިޕޯޓް ނެގުމަށެވެ.

“އޭއެމްއެލް.. ސޯ ބޯން މެރޯ ނޫނީ ސްޓެމް ސެލް ޓްރާންސްޕްލާންޓް ހެދީމަ ގިނަ ކޭސްތަކުގަ ރަގަޅުވޭ.. ބަޓް ވިތައުޓް ޓްރީޓްމެން އެޓްލީސް 2 އިޔާސް…” ޑޮކްޓަރު ބުނެލިއެވެ.

ތަގުދީރުގައި ނޫރާ އަކީ އޭނާގެ މީހަކަށް ވުމަށް ލިޔެވިފައި ނެތްނަމަ އެކަމެއް ކާމިޔާބެއް ނުވާނެއެވެ. ޔާސިން ފޯނުނަގާ ނޫރާއަށް މެސެޖެއް ކޮށްލީ ދެން އިތުރަށް އެގުޅުން ކުރިއަށް ނުގެންދަންށެވެ.

*****

(ޔާސިން މަންމަ ވަޅުލުމަށް ފަހު މަންސޫރު މެންނާ އެކު ކާން ގޮސް ހުއްޓާ)

“ތި ކޮން އެންވެލޮޕްއެއް..” ކާ މޭޒުމަތީ ބާއްވާލާފައި އޮތް ޔާސިންގެ ލޭ ޓެސްޓް ރިޕޯޓަށް އަތް ދިއްކޮށްލަމުން މިންހާ އަހާލިއެވެ.

“އެއްވެސް އެއްޗެއް ނުން” ޔާސިންއަށް މިހެން ބުނެވުނު ތަނާ މިންހާ އެ ސިޓީ އުރަ ނަގާ ބަލާލިއެވެ. މިންހާގެ ބަޑި ފަޅައިން ދިޔައެވެ. އޭނާ އަކީވެސް ކިޔަވާ ކުއްޖެއް ކަމުން ގިނަ އެއްޗެހި އޭގައި ހުރި އެގެއެވެ. މަންސޫރު ކަންބޮޑުވެފައި އެ ނަގާ ބަލާލިއެވެ.

“ޔާސިން.. މިވަރު ކަމެއް ވެގެން އުޅޭ އިރު އެއްވެސް މީހެއް ކައިރި ނުބުނެ ތިހިރީ… ޔާސިންގެ ފަރުވާ އަށް ބޭބެ އެހީ ވެދީފާނަން..” ޔާސިން ބޯ ހޫރާލިއެވެ.

“އެއީ ހިލޭ ކޮށްދޭ ކަމެއް ނުން.. ޔާސިން ކިޔަވައިގެން ރަގަޅު ވަޒީފާއަށް ވަދެފަ ބޭބެ އަށް އަބުރާ އެ ފައިސާ ދައްކާ ދީ ނޫނީ ބޭބެގެ ކުންފުނީގަ ފަރުވާ ނިންމާފަ އައިސް މަސައްކަތް ކޮށްދީ” މަންސޫރު މިހެން ބުނުމުން ޔާސިން އަށް ކިރިޔާވެސް ހަމަ ޖެހުމެއް ލިބުނެވެ. ހިލޭ ސާބަހަށް އެއްވެސް މީހެއް ފަރާތުން އެއްވެސް ކަމެއް އޭނާ ބޭނުމެއް ނެތެވެ. މިންހާ އާ ޔާސިން ޔޫކޭ އަށް ފުރައިން ދިޔައީ ބޮޑަށް ޔާސިންގެ ބޯން މެރޯ ހެދުމަށެވެ. ޑޯނާރ ހޯދާ އެތައް ބައިވަރު ޓެސްޓަކާ އެއްޗެހި ހަދަން ޖެހުނެވެ.

“އިދެގެން ދިޔައީ؟” ނޫރާ މިހެން އަހާލީ އެފަދަ ނިންމުމެއް ޔާސިން އެހާ އަވަހަށް ނިންމަފާނެއޭ ގަބޫލު ނުކުރެވޭތީއެވެ.

“ނުން ނީންނަން..” ޔާސިން އަށް ނޫރާ އެހެން އެހި ސަބަބު އިނގެއެވެ.

“މިންހާ ފޮޓޯ އިންސްޓާރ ގްރާމަށްލީ.. އޭނަ އަކީ ސިކުޑީގެ މައްސަލަ ހުންނަ މީހެއް އެހެންވެ އަހަރެން އަޅާ ނުލީ…” ނޫރާ އިތުރު ސުވާލެއް ކުރުމުގެ ކުރިން ޔާސިން ބުނެލިއެވެ.

“ދެން ކޮން އިރަކު އިނީ؟ ނައިރާ އެއީ ކިހިނެއް ވީކަމެއް” ނޫރާގެ ކެއްތެރިކަން ކޮޅުން ލިއެވެ.

*****

މަންސޫރު ބޭރަށް ނުކުމެ ދެކޮޅު ބަލާލުމަށްފަހު އައިސް ގެޔަށް ވަނެވެ. އަދި ނައިރާ މަނާލް އަތަށް ދިނުމަށް ފަހު ކޮޓަރިއަށް ވަންނަން ބުނެލިއެވެ. މަންސޫރު ރުޅި އައިސްފައި ހުރި ވަރުން މީހާ ތުރުތުރު އަޅައެވެ. މަނާލް ގޮސް ކޮޓަރިއަސް ވަނުމުން މިންހާގެ ކޮޓަރިއަށް މަންސޫރު ވަނެވެ. ކޮޓަރީގެ ކަނެއްގައި މަންސޫރާ ދިމާލަށް ދެލޯ އަޅާލައިން މިންހާ އިނެވެ.

“އަހަންނަށް ހަމަ މިހާރު ކިޔާދީ މިންހާ ޔޫކޭގަ ހިގި ހުރިހާ ކަމެއް. ޔާސިންގެ ދަރިއެކޭ ކިޔައިން ކޮން ވާހަކަ ތަކެއް އަހަރެން ކައިރި ދެއްކީ..” މަންސޫރު މިންހާ ކައިރިއަށް އައިސް އަހާލިއެވެ.

“އާނ.. އަހަރެން ދޮގު ހެދީ… އަހަރެން ބޭނުން ނުވީ އެ ނޫރާއަށް ޔާސިން ލިބޭކަށް. އަހަރެން ހާދަ ފޫހިވާ އަންހެނެކޭ އެއީ… ހިތައް އަރާ ހަމަ ގޮސް އޭނަ ގަޔަށް ވަޅިއެއް ޖަހާ މަރާލަފާނަމޭ..” މަންސޫރުގެ ރުޅި ކޮންޓްރޯލް ކުރެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ.

“އަހަރެން އެޑަމް އާ ރައްޓެހިވެގެން އުޅޭތާ މިހާރު 10 އަހަރުވެއްޖެ އަހަންނަށް އިނގޭ ކަލޭ އެ ގުޅުމަށް ބުނާނީ ނޫނެކޭ ކަން.. އެހެން ނޫނަސް ކަލޭ އަކަށް ކަމަކު ނުދޭނުން ލަޓޯފަޓޯ މީހުންނެއް..” މަންސޫރު އައި ރުޅީގައި މިންހާ އަތުގައި ހިފާ ކޮޅަށް ނެގިއެވެ.

“ކަލޭ ކަލޭ ކިޔަން ކޮބާ މިންހާގެ ހަޔާތް.. މިންހާ ހީނުކުރައްޗޭ އަހަރެން މިންހާ އުޅޭ ހުރިހާ ގޮތަކަށް ރުހިގެން ހުންނާނެއޭ..” މަންސޫރު މިންހާގެ އަތަށް ބާރު ކޮށްލިއެވެ.

“ކިހިނެއްވީ.. އަހަރެން މީ ކަލޭގެ ދަރިއަކަށް ނުވީމަތަ” މަންސޫރަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ މިއޮއް ހުރިހާ ދުވަހު ސިއްރު ކޮށްގެން އުޅުނު ކަންތައް މިންހާއަށް އިނގުނީ ކިހިނެއް ހެއްޔެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

އިޝްޤް 3

Next

މަޢާފް އެދެމުން 45

Next
August 12, 2025

މަޢާފް އެދެމުން 45

Previews
August 11, 2025

އިޝްޤް 3

One Comment

  1. Sunghoon's wife says:
    August 12, 2025 at 9:46 pm

    I’m the first???
    Mi part ves varah reethi
    Noora n Yaasin gulhuvahchey
    Curiously waiting
    When next???
    Saranghae 🫰🫰🫰

Comments are closed.

Next Episodeހިތުގެ ރިހުން (18)←


All Right Reserved!