Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ރިހުން (23)

Krystal Level 510 Stories100 Login100 Comments
August 31, 2025 4 Mins Read
8 Comments

މަންސޫރުގެ ރުޅިގަނޑު ދިޔައީ އިރެއް އިރަކަށް ގަދަވަމުންނެވެ. އޭނާގެ މޮޔަކަން މިހާރު އިހުސާސް ކުރެވެން ފެށުނެވެ. ގައިމު އޭރު އޭނާގެ ދަރިފުޅު ގެއްލިގެން ހޯދުނު ނަމަ މިއަދު މިތަން އޭނާއަކަށް ނުފެނުނީހެވެ.

“ބައްޕާ.. އަޅުގަނޑަކަށް ނޭގެ އެއްވެސް އެއްޗެއް.. މަންމަ ދެއްކި ވާހަކަ އެކަނި އަޑު އިވުނީ.. އަޅުގަނޑަށް ވާ ޝައްކެއް މިއަހާލީ” މަންސޫރުގެ އަތް ތިރިކޮށްލަމުން ޔާސިން ބުނެލިއެވެ. ދަނޑިވަޅު ބަލާ މަނާލް އުޅުނީ އެތަނުން ފިލޭތޯއެވެ. ނަމަވެސް މަންސޫރު އެއްލިއަތް ގޮސް ހިފުނީ މަނާލްގެ އިސްތަށިގަނޑުގައެވެ.

ކާރަކަށް އަރައިން މަންސޫރު ދިޔައީ ސީދާ ޕޮލިސްޓޭޝަނަށެވެ. އޭނާގެ ރައްޓެހި ޕޮލިސް ލަމްހާ ފެނުމުން މަނާލް ކޮށްޕާލާ މީނާ ތަހުޤީޤް ކުރާށޭ ބުނެލިއެވެ. ލަމްހާވެސް ވާނުވާގައި މަނާލް ދެއަތް ފުރަގަހަށް ލައިގެން ގެންގޮސް މިންހާ އިން ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިއަށް ވަނެވެ.

*****

ނޫރާ ގުޅަމުން ދިޔައީ ހުޝާމަށެވެ. ހުޝާމް އޭނާއަށް ކޮށްފައި އިން މެސެޖު ފެނުމުން އިންތިހާއަށް ކަންބޮޑުވާން ފެށިއެވެ. ދެތިން ފަހަރަކު ގުޅި ތަނާ ހުޝާމް ފޯނުނެގިއެވެ.

“ވިލް ކޯލް ޔޫ.. މަންމަ ގޮވައިން މާމަ ގެޔަށް އައިސް މިހިރީ” ހުޝާމް މިހެން ބުނުމުން ނޫރާ އަށް މާމައޭ ކިޔާލެވުނެވެ. ނޫރާ އަށް ހުޝާމްގެ އާއިލާ އެންމެން އިނގެއެވެ. ދުވަހަކުވެސް މާމައެއްގެ ވާހަކަ އަޑެއް ނާހައެވެ. ހުޝާމް ހުރިހާ އެއްޗެއް ފަހުން ކިޔާ ދޭނަމޭ ބުނުމަށް ފަހު ފޯނު ބޭއްވިއެވެ.

ދަންވާން ފެށުމުން ނޫރާގެ ލޮލަށް ނިދި ޖެހެން ފެށުނެވެ. މާދަމާ އޮތް މީޓިންއަށް ތައްޔާރުވާންވެސް ޖެހުމާއެކު ނޫރާ ހުރިހާ ބޮތްކެއް ނިއްވާލާ ދޮރުގައި ތަޅު ލުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ. ނިދުމުގެ ކުރިން މިންނު ހޮޓެލްސް އިން އޭނާއާ ބައްދަލު ކުރަން ބުނި މީހާއަށް މެސެޖް ކޮށްލިއެވެ.

-ކޮން އިރަކުތޯ މާދަން މީޓިންއަށް ދާންވީ- (ނޫރާ)

މަންސޫރުގެ ފޯނަށް މެސެޖު އައި އެވަގުތުއެވެ.

-މައާފަށް އެދެން.. މީޓިންގް އަލުން ރީ ސްކެޑިއުލް ކޮންލަން ޖެހެނީ.. ޕާރސަނަލް ރީޒަންސް- (މަންސޫރު)

ނޫރާ އޯކޭ ޖަހާފައި މެސެޖް ކޮށްލުމަށްފަހު ނިދަން އޮށޯވެލިއެވެ.

*****

“މިކަންވެސް ޔާސިން އަށް ހަވާލު ކުރެވުނު މޮޔަ ހިތަށް އަރާ…” މަންސޫރު ޔާސިންއާ ދިމާލަށް ބުނެލިއެވެ.

“ކޮން ކަމެއްތޯ؟” ޔާސިންއަށް މިހާރު ވާނުވާވެސް ނޭގޭ ދަރަޖައަށް ކަންކަން ގޮއްސިއެވެ.

“އަހަރެން ރެކްރޫޓު ކުރަން ބުނި އެކްޒެކެޓިވް…” މަންސޫރު މިހެން ބުނުމުން ޔާސިންއަށް ކުޑަކޮށް ތެޅިގަނެވުނެވެ. މަނާލް ދެއްކި ހުރިހާ ވާހަކައަކީ ހަޤީޤަތެއް ނަމަ ނޫރާއަކީ މަންސޫރުގެ ގެއްލުނު ދަރިފުޅު މިންހާއެވެ. އަދި މިންހާ އަކީ މަނާލްގެ ނަހަލާލު ދަރިފުޅު ނޫރާއެވެ. ހުރިހާ އެއްޗެއް އޭނާއަށް ސާފު ނުވާހާ ހިދަކު މަންސޫރާ ނޫރާ ދިމާވާކަށް ޔާސިން ބޭނުމެއް ނޫނެވެ.

“އަޅުގަނޑު…. އަޅުގަނޑު އެއްމީޓިން ބާއްވައިފިން އެކަމް މިންހާ އާ ހެދި އެދުވަހުވެސް އެކަން ކާމިޔާބު ނުވީ..” ޔާސިން ހަގީގަތަށް ބުންޔެވެ.

“ތިއެއް އަހަންނަކަށް ނޭގެ އަހަރެން ސިކުޑި ސުމަކަށް ދަނީ… ” މަންސޫރު ގޮޑީގައި އިށީންނަމުން ބުނެލިއެވެ.

އަދުނާން ވާހަކަ ދެއްކީ މިންހާ އާ އެވެ. މިންހާ ހިލާ އޭނާ އެޑަމްއަށް ހަމަލާ ދިން ކަމަކަށް  އެއްބަހެއް ނުވިއެވެ.

“ދެން ހަމަ ހުރެ ބަހައްޓާފަތަ އެޑަމް ގަޔަށް ވަޅި ހެރުނީ.. މިންހާ ބުނަން އަހަރެން މީ ހަމަ އެކަނި މިންހާ މިކަމުން ސަލާމަތް ކުރެވޭނެ މީހަކީ… އަހަންނަށް ދޮގު ނުހަދާ…” އަދުނާން ވެސް ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ.

“ބަލާ އެއް ހުވާ… މީއްޗަކު އަދި އަހަރެން ދައްކާ ވާހަކަ ގަބޫލެއް ނުކުރެއޭ… މިބުނީނުން މަށެއް ނޫނޭ އެޑަމް ގަޔަށް ވަޅި ޖެހީ… މޫނު ނިވާ ކޮށްގެން ހުރި މީހެކޭ….” މިންހާ ކޮންޓްރޯލުން ނެއްޓެން ފެށިއެވެ. އަދުނާން އަވަހަށް އެތަނުން ނިކުތީ އިތުރަށް މިންހާ އާ ވާހަކަ ދައްކައިފިނަމަ ރަގަޅު ނަތީޖާއެއް ނުނިކުންނާނެ ކަން އެގޭތީއެވެ.

“ކީކޭ އޭނަ ބުނީ؟” މަންސޫރު އަދުނާން ފެނުމާ އެކު އަހާލިއެވެ.

“މިންހާ ކުރި ކަމެއް ކަމަކަށް އެއްބަހެއް ނުވި… ކޮންމެވެސް މޫނު އަޅާފަ ހުރި މީހެކޯ އައިސް ވަޅިޖެހީ ކިޔަނީ..” އަދުނާން މިހެން ބުނުމުން ޔާސިން ކުޑަކޮށް ޖެހިލުންވާ ގޮތްވިއެވެ.

“ބައްޕަ ގެޔަށް ދާންވީނުން. އަހަރެން މަޑުކުރާނަން މިތާ..” ޔާސިން ބޭނުންވީ މަންސޫރު ގެޔަށް ފޮނުވާލަންށެވެ. މަންސޫރުވެސް ވެފައި ހުރި ވަރުބައްޔާއި ބޮލުގައި ގަދަޔަށް ރިއްސަތީ ބޭނުން ވީ ގެޔަށް ގޮސް އަރާމް ކޮށްލަންށެވެ.

“މިންހާ ބުނީ ހަމަ އެހެންތަ… މޫނު ނިވާކޮށްފަ ހުރި މީހެކޭ…. އޭނައަށް ފެނުނު؟” ޔާސިން އަހާލިއެވެ.

“ނޭގެ އަޅުގަނޑަކަށް ތިއެއް. ހުސް އެހެން ކިޔަނީ ތިމަންނައެއް ނޫނޭ އާދަމް މަރާލީ…އެހެން މީހެކޭ..” އަދުނާންއަށް ޔާސިންގެ މޫނު މައްޗަށް ވެރިވަމުން އައި ކަންބޮޑުވުން ފާހަގަ ކުރެވުނެވެ. އޭނާއަށް މީހުންގެ މޫނުގެ ކުލަވަރުން އެތައް ކަމެއް އެގެއެވެ. ޤާނޫނީ ވަކީލެއްގެ ގޮތިގައި އުޅޭތާ 35 އަހަރު ވެއްޖެއެވެ.

ޔާސިން ގޮސް ގޮޑީގައި އިށީދެލިއެވެ. އަދި މަޑުމަޑުން އިގިލިތައް އަގަޔަށްލާ ނިފަތި ކާންފެށިއެވެ. ޔާސިންގެ ކޮންމެ ހަރަކާތެއްވެސް އަދުނާން ވަރަށް ގާތުން ބަލަމުން ދިޔައެވެ.

*****

ޖެހިގެން އައި ދުވަސް

އިރުގެ އަލި ނޫރާގެ ދޮންމޫނަށް އެޅެމުން ދިޔައެވެ. މިއަދު ތެދުވަންވެސް ބޭނުން ނުވާ ފަދަ ގޮތަކަށް މޯޅިއަށް ދެމިލިއެވެ. ދެލޯ ހުޅުވާލުމަށްފަހު ފޯނު ނަގާ އެންމެ ފުރަތަމަވެސް ބަލާލެވުނީ އައިއްސަ ހުރި މިސްޑް ކޯލަށެވެ.

“ހުޝާމޫ… ހުޝާމޫ… ހުޝާމޫ…. ހާދަ ވަރަކަސް ގުޅާފަ” ނޫރާ މަޑުމަޑުން ފޯނު ސްކްރޯލް ކުރަމުން ކިޔާލިއެވެ. 5 ފަހަރު ހުޝާމް ގުޅާފައި އިނެވެ. ނޫރާ ގަދަ ނިދީގައި އޮތުމުން މީހަކު ގުޅިކަމެއްވެސް ނޭގެއެވެ.

އައިޝާ ބޭރުގައި އުޅޭ އަޑު އިވުމުން އަވަސް އަވަހަށް ފާހަނަ ކޮށްލައިން ނަލަ ހެދިލައިން ނޫރާ ބޭރަށް ނިކުތެވެ. އޭރު އައިޝާ ބަދިގޭގައި ކެއްކުމުގައި އުޅުނެވެ. ނޫރާވެސް އައިސް އައިޝާއަށް އަތްގާތް ކޮށްލަދިނުމުގައި އުޅުނެވެ.

“ބަލާބަ މަސްކޮޅު ލޮނު ރަގަޅުތޯ… ” ނޫރާ ކައިރީ އައިޝާ ބުނެލިއެވެ.

“އައުޗް… މަންމާ…. ރަގަޅަށްތަ ތިހިރީ…” ނޫރާ ރަހަބަލަން އަގަޔަށްލި އެތިކޮޅު ބޭރުކޮށްލަމުން ބުނެލިއެވެ. އައިޝާވެސް ސަމްސަލެއް ނެގުމަށްފަހު އެތިކޮޅެއް ރަހަބަލަން އަގަޔަށް ލިއެވެ. އައިޝާއަށްވެސް ހަމަ ވީ ނޫރާއަށް ވީ ގޮތަށެވެ. ކުޅިމަހަށް ލޮނު ކަމަށް ހުރީ ހަކުރު އަޅާފައެވެ. ނޫރާ އަގައިގާ ހުރި ކުޅި ފޮނި ރަހަ ކެޑުވުމަށް އައިޝާ ގިރި ކޮފީ ތަށިން އެތިކޮޅެއް ބޯލިއެވެ. ނަމަވެސް އަގަޔަށް ދަމާލި ކޯވަރު ބޭއިޚްތިޔާރުގައި ބުރުވާލެވުނީ އައިޝާގެ ގަޔަށެވެ.

“މަންމާ… މިޔަށް މިހިރީ ހުސް ލޮނު އަޅާފަ..” ނޫރާއަށް އައިޝާ ކޮންމެސް ކަމަކާ ވިސްނަމުން ދާކަން އިނގުނެވެ. މީ އައިޝަ ފަދަ މީހަކު ފަރާތުން މީގެ ކުރިން ދުވަހަކުވެސް ނޫރާއަށް ފެނުނު ކަމެއް ނޫނެވެ.

” މަންމަ އޯކޭތަ… އަޅުގަނޑަށް ހާދަ ހީނުވެޔޭ މަންމަ އޯކޭހެން…” ނޫރާ ކުޑަކޮށް ކަންބޮޑުވާން ފެށިއެވެ. އައިޝާ އޯކޭ އޭ ބުނުމަށް ފަހު ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ.

ކޮޓަރިއަށް ވަތް ގޮތަށް އައިޝާ ބެލީ އޭނާގެ ކޮއްކޮއަށް ގުޅޭތޯއެވެ. އޭނާގެ ބޮލުގައި އެބުރެމުން ދާ އެތައް ސުވާލުތަކެއް އެބަހުއްޓެވެ. އެ ހުރިހާ ސުވާލެއްގެ ޖަވާބު ނުލިބޭހާ ހިދަކު އައިޝާގެ ހިތަކަށް ފިނިކަމެއް ނުލިބޭނެއެވެ.

*****

ހުޝާމް ގޭގެ ސޯފާގައި އޮވެ ނޫރާއަށް ގުޅާލިއެވެ. ނޫރާ ހުރީ ހުޝާމް ނުގުޅައިންނެވެ.

“ހާދަ ވަރަކަށް ރޭގަ ގުޅާފަ އިނީ ކަމެއް ދިމާވީތަ..” ނޫރާ އަހާލިއެވެ.

“ނުން ހިގާދިޔަ ހުރިހާ ކަމެއް ކިޔާދެންވެގެން…. ކޮން އިރަކު މީޓިން އޮތީ…” ހުޝާމް ބޭނުން ވަނީ ބައްދަލު ވެފައި ވާހަކަ ދައްކަންށެވެ.

“ކެންސަލް ވެއްޖެ… ހިނގާ ބްރަންޗަކަށް ދާން.. ރެޑީވެގެން ގުޅަން އެބަ..” ނޫރާ މިހެން ބުނެ ފޯނު ބޭއްވުމަށް ފަހު ކޮޓަރިއަށް ވަނެވެ.

އަލަމާރި ދޮރު ހުޅުވުމަށްފަހު ދެތިން ހެދުމެއް ނެގިއެވެ. އަދި ލޯގަނޑު ކުރިމައްޗަށް އަރާ ފަހަރަކު ހެދުމެއް ގައިގާ ޖައްސަން ފެށިއެވެ. ނޫރާގެ ހިތް މަޑުމަޑުން ތެޅެން ފެށިއެވެ.

“މައި ގުޑްނެސް.. އަހަރެން ކީއްވެތަ މިހާ ތިއްތިވާން މިއުޅެނީ…” ނޫރާގެ ހިތަށް އަރަން ފެށިއެވެ. އަލަމާރިން ނެގި ހެދުންތައް އަބުރާ އަލަމާރިއަށް ލުމަށްފަހު ބޯ ނަގާ ހުޅިއެއް ޖަހާލުމަށް ފަހު ހުޝާމް ގާތު އަންނަން ބުނެލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ޝިރާތް 12

Next

މަޢާފް އެދެމުން 53

Next
August 31, 2025

މަޢާފް އެދެމުން 53

Previews
August 31, 2025

ޝިރާތް 12

8 Comments!

  1. Oreo gurll says:
    August 31, 2025 at 12:22 pm

    Ooh I’m the firsttt!
    But now, hurihaa kameh olhun filan fashaifi. Thank you so much thihaa reethi koh saafu ibaaraathun bunedhineethee. Aslu Minha akee kaaku kamaa, aslu Nooraa akee kaaku kan. Thank you soo muchh. Varah bodu boluge rihumeh e filee.
    So, ekamu dhn Minha noon kaaku tha Adam gayah valhi jahaanee. Haadha hee nuveyey.
    So excited next part ahh!!!
    When next part?

    1. Anonymous says:
      August 31, 2025 at 2:15 pm

      I think valhi jehi Yaseen ge bappa hen. So that Minha bolu alhuvaafa Yaseen ge life in Minha beyru Kuran dhen neynge guess eh Hama 😭

    2. Krystal says:
      August 31, 2025 at 8:30 pm

      😊

    3. Krystal says:
      August 31, 2025 at 8:31 pm

      😅
      In sha allah tuesday

  2. 🌷 says:
    August 31, 2025 at 8:32 pm

    Vrh kiyaafin mi part ekm adhi vs confuse eba vey
    Police station ga in minha aky kaakuge dharieh?
    Noora eii kaakuge, yaasin eii yaasir r kaakuge?
    N hushaam eii aathika r kaakuge?
    Vrh ki ihje ekm hama vrh eba olhey
    Olhunas vhk hama habeys💯

    1. Krystal says:
      September 1, 2025 at 12:36 am

      Police station ga in minha aky manal ge dharifulhu.
      Noora aky mansoorge aslu dharifulhu
      Yaasin aky yasir aa mariyam ge dharifulhu (mariyamge vahaka innaane vahakaige kury kolhu?
      Hushaam aky aathika aa yasir ge dharifulhu.

      Hope this helps all readers

  3. Tsss says:
    September 1, 2025 at 7:03 pm

    Mi part vx vrh salhi
    Ekam anjal ah hama inthizaaru kureveny

  4. shynyx inax shynyx inax says:
    September 4, 2025 at 8:40 pm

    nice story!1can’t wait

Comments are closed.

Next Episodeހިތުގެ ރިހުން (24)←


All Right Reserved!