ހުޝާމް ފަސް އެބުރި ބަލާލިއެވެ. އޭނާގެ ހިތް އުފަލުން ރޮމުން ދިޔައެވެ. މިއޮއްހާ ދުވަހު ނޫރާއަށް ހިތް ކިޔެއްކަމަކު އެވާހަކަ ނުބުނަން ނިންމައިން ހުރީވެސް ޔާސިން އާ ނޫރާގެ ލޯބީގެ ގުޅުން އެންމެ ގާތުން ފެނުނު އެކަކީ އޭނާ ކަމުންނެވެ. އަދި ޔާސިން ނޫރާ ދޫކޮށްލާފައި ދިއުމުން އެކަމާ ނޫރާ ވީ ދެރަޔާ އުޅުނު ގޮތްވެސް އެންމެ ގާތުން ދުށީ ހުދު އޭނާއެވެ. ނަމަވެސް ދެން އެ ލޯބި ނޫރާ އަށް ހުށައެޅީ ހުށަނާޅައިފިނަމަ ފަހުން އެކަމާ […]
ޔާސިންގެ އަތުން ވީއްލި ގަތުމަށްފަހު ނޫރާ ހުޝާމް ފަހަތުން ދުއްވައިގަތެވެ. ދޮރު ހުޅުވާ ބަލާލި އިރު ހުޝާމް ލޮލު ކޮޅަށްވެސް ފެންނާކަށް ނެތެވެ. ދުރުން ހިގާފައި އައި ޔާސިރުއާ މަންސޫރު ފެނުމުން ނޫރާ ހަލުވި ހިނގުމެއްގައި އެދިމާލަށް ދިޔައެވެ. “ބޭބޭ ހުޝާމް ދެކުނިންތަ؟” ނޫރާ އެހީ ޔާސިރު ކުރެންނެވެ. ނަމަވެސް ޖަވާބު ދިނީ މަންސޫރެވެ. މަންސޫރު ހީކުރީ ނޫރާ ބޭބެ އޭ ބުނުމުން މުހާތަބު ކުރީ އޭނާ އާ ކަމުގައެވެ. ޔާސިރުގެ ދަރިއަކު ޔާސިރު އަށް ބޭބެ […]
އަޙުމަދު ކޮޓަރިން ނިކުންނަން ދޮރުގައި ހިފާލަން ބަލާލި ވަގުތު ދޮރު ނުލެއްޕި ހުރިތަން ފެނުމުން ތެޅިލެވުނެވެ. ޔާސިންއަށް ދެއްކި ހުރިހާ ވާހަކަ އެއް އަޑުއިވޭނެ ކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ގަނެފައިވާ ބިރު ޔާސިންއަށް ނުދެއްކުމަށް ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ގޮސް ގޮޑީގައި އިށީދެލިއެވެ. “ޔާސިން އެޕާރޓްމަންޓަށް ވަތް އިރު އިތުރު މީހެއް ހުރިތަ؟” އަހުމަދު އަހާލިއެވެ. “ދެން ތިކުރާ އެއްވެސް ސުވާލަކަށް އަހަރެން ޖަވާބުދޭނީ ލޯޔަރަކާއެކު” ޔާސިން ގަދަކޮށްލިއެވެ. އަޙުމަދު ހަދާނެ ގޮތް […]
ނޫރާ އޮޅުވާލަންވެގެން މަންސޫރު އަތުން ދޫކޮށްލާފައި އައިސް ޔާސިރު އަތުގައި ހިފާލިއެވެ. ” ޔާސިން ހުރި ހާލެއް ބަލަންވީ.. ބޭކާރު މީހުންނާ ވާހަކަ ދައްކަން ހުއްޓަކަސް ނުވާނެ. ހުޝާމް އާދޭ..” ނޫރާ ގެ އަމަލްތައް ހުރި ގޮތުން ހުޝާމަށް ކަންތައް ގަޑެއް ހިގައިގެން އުޅޭ އިހުސާސެއް ކުރެވުނެވެ. އަދި ޔާސިރުވެސް ވާނުވާގައި ނޫރާ އާ އެއްކޮށް ޔާސިންގެ ހަބަރެއް ބެލުމަށް ހިގައިގަތެވެ. މަންސޫރު ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ޔާސިރުގެ ދަރިން ޔާސިރުއަށް އަޅާލާ މަންޒަރު ފެނުމުން […]
ހުޝާމްވެސް ނޫރާގެ އަތުގައި ހިފާލީ ނޫރާ ހަމަ ޖެއްސޭތޯއެވެ. ޔާސިރު މިބުނި އެއްޗަކުން ހުޝާމްއަށްވެސް އެކަން ގަބޫލް ކުރަން ދަތިވިއެވެ. ހުޝާމް ފޯނު ނަގާ ޔާސިން އަށް ގުޅާލިއެވެ. “ނުނަގަޔޭ ފޯނެއް.. ހިނގާބަލަ އެސޮރު ހުރިތަނެއް ބަލަން ދަރިފުޅާ…” ޔާސިރު އާދޭހުގެ ރާގުގައި ބުނެލިއެވެ. ސައިކަލުގައި މިވަގުތު ޔާސިރު އެކަނި ފޮނުވުން އެހާ ބުއްދިވެރިއެއް ނުވާނެކަން ހުޝާމްއަށް ވިސްނުނެވެ. އަދި ހަމަ އެހެންމެ ނޫރާވެސް އެކަނި ބަހައްޓާފައި ދާން އޭނާގެ ހިތެއް ނޭދެއެވެ. ހުޝާމް، ނޫރާ އަދި […]
ކޮޓަރިން 2 ޕޮލިހުން ދުވެފައި ނިކުތީ ޔާސިން ބޭރުގައި އެބަ އިނޭ މަންސޫރު ބުނުމުންނެވެ. ނަމަވެސް އެއްވެސްތާކުން ޔާސިން ފެންނަ ގޮތެއް ނުވިއެވެ. މަންސޫރު ހުރީ މިންހާ އާ ބައްދަލު ކުރަން ކެއްމަދުވެފައެވެ. އަދިވެސް އޭނާގެ ހިތެއް އެކަން ކުރީ ޔާސިން އެކޭ ނުބުނެއެވެ. “މިންހާއާ ބައްދަލު ވެވޭނެތޯ؟” އަދުނާން އަހާލިއެވެ. ޕޮލިސްމީހާ އާނ އެކޭ ބުނުމުން އަދުނާން ގޮސް މިންހާ ބައިންދާފައި އިން ކޮޓަރިއަށް ވަނެވެ. ނިދި ޖެހިފައި އޮތް މިންހާގެ ގައިގާ އަދުނާން ކޮއްޓާލިއެވެ. […]
ގޭތެރޭގައި އެންމެން އުޅުނީ އަސްމާ ހޮސްޕިޓަލަށް ގެންދިއުމުގައެވެ. އޭރު އަންޖަލް އަކަށް އަދި ކަން ހިގައިދިޔަ ގޮތެއް ނޭގެއެވެ. ޖުނާންގެ މަރުން އަރައިނުގަނެވިގެން އުޅެނިކޮށް އަސްމާ ނިޔާވި ހަބަރު ލިބިއްޖެ ނަމަ އެ ފަކީރަށް ވާނެ ގޮތެއްވެސް ނޭގެއެވެ. އެކަމާ ޖައިޝް ހުރީ ކަންބޮޑުވެފައެވެ. އާތިކާ ގާތު އަންޖަލް އަށް އޭގެ ހަބަރެއް ނުދޭން ޖައިޝް އެދުނެވެ. އަންޖަލްގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓޭތަން ބަލާކަށް އޭނާ އަކަށް ކެތެއް ނުވާނެއެވެ. އަސްމާގެ ވަޅުލުމުގެ ހުރިހާ […]
މަންސޫރު ގަޑުކޮޅު މުށުތެރެއަށް ލުމަށްފަހު އެތަނުން ނިކުންނަން ތެދުވެލިއެވެ. “މަންސޫރު.. އަހަންނަށް މާފްކުރޭ.. އަހަންނަށް މަންސޫރު ދެކެ މާ ބޮޑަށް ލޯބިވެވުނީ…” މަނާލް މަންސޫރުގެ އަތުގައި ހިފާލިއެވެ. މަންސޫރުގެ މޫނުމަތިން ރުޅިވެރިކަން ފެންނަން ހުރުމުން މަނާލް ޖެހިލުންވެ ދެރަވިއެވެ. “ލޯތްބޭ….މާފޭ…. ކަލޭއަށް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން.. ކަލެއާ ހެދި އަހަރެން މުޅި ދިރިއުޅުން ހަލާކުވީ.. އަހަރެން ލޯބިވާ އަބިމީހާ ނިޔާވެގެން ދިޔައީ ކަލެއާ ހެދި ހަމަ…އަހަރެންގެ ހުރި ނޫރެއް ފަދަ ދަރިފުޅު ކަލޭ ގެންދިޔައީ ތި […]
ހުޝާމް ސައިކަލު އައިސް ނޫރާ މެންގޭ ކައިރިއަށް މަޑުކޮށްލިއިރު ނޫރާ ހުރީ ނަލަހެދިލައިން ނިކުމެއެވެ. ހުޝާމް ބަލާވަރުން ނޫރާ ލަދުގަންނަ ގޮތްވިއެވެ. އަވަސް އަވަހަށް އައިސް ހުޝާމްގެ ކޮޑުގައި ޖަހާލަމުން ސައިކަލަށް އެރިއެވެ. ހުޝާމްގެ މިސްރާބު ހުރީ ޖެން ހޮޓެލް އާ ދިމާލަށެވެ. ސައިކަލު ޕާރކް ކޮށްލުމަށްފަހު ދެމީހުން ގޮސް ރެސްޓޯރެންޓްއަށް ވަނެވެ. ” ވަން ލަވާޒާ.. އެންޑް އަ ފްރެޝް އޮރެންޖް…” ވެއިޓަރަށް އޯޑަރު ދެމުން ހުޝާމް ނޫރާއަށް ހީލިއެވެ. “ހޫމް.. ދެން ބުނެބަލަ ކޮން […]