މިންހާ ކުޑަކޮށް ދޮރު ހުޅުވާ އެތެރެއަށް ނަޒަރު ހިންގާލިއެވެ. އޭރު މަންސޫރެއް ފެންނާކަށް ނެތެވެ. ދޮރު ލައްޕާލާފައި ފަހަތަށް އެބުރިލި އިރު މަންސޫރު ހުރީ މިންހާ ފަހަތުގައެވެ. ކުއްލިއަކަށް މަންސޫރު ފެނުމުން މިންހާއަށް ހަޅޭއްލަވައިގަނެވުނެވެ. މިންހާގެ ހަޅޭކުގެ އަޑު މުޅި ގޭތެރެއަށް ގުގުމާލިއެވެ. “ސާބަސް ދަރިފުޅާ… ކީއްވެތަ ވަގު ބުޅަލެއްހެން އައިސް ބައްޕަ ކޮޓަރި ތިބަލަނީ…” މަންސޫރު ގާތަށް ހިނިވެސް އައެވެ. “ބައްޕަ ނުން ވަގު ބުޅަލެއްހެން އައިސް އަހަރެން ބިރު ގަންނަވަން ތިހިރީ..” ކައިރީގައި އިން […]
ކުއްލިއަކަށް ތިއޭޓާރ ކައިރި ހުރި ލިފްޓް ދޮރު ހުޅުވާފައި ނިކުތީ ނޫރާ އާ މަންސޫރެވެ. ޔާސިރު އަށް އެދެމީހުން އައި ލޭދީފައިކަން ދެނެގަނެވުމާއެކު އުފަލުން ގޮސް މަންސޫރު ގައިގާ ބައްދާލިއެވެ. ނަމަވެސް ޔާސިރު ޖޯޑުކޮށްލާފައިވާ ދެއަތް މަންސޫރު ދުރުކޮށްލީ މޫނަށް ގޮތްތަކެއް ހަދާލާފައެވެ. “އަހަރެން މިތަނަށް މިއައީ ނޫރާގެ އެދުމުގެ މަތިން… އަދި އެއް އިރެއްގަ އަހަރެން ވަރަށް ގާތްކޮށް ގެންގުޅުނު ކުއްޖެއް ޔާސިން އަކީ… ޔާސިން އަހަންނަށް ކޮށްދިން ކަންތައްތައް އަދި މިހެން ދޭ ލޭކޮޅަކުން […]
އަރީޝް ބޮލުގައި އަތް އަޅާލުމަށްފަހު ފަހަތަށް އެބުރި ބަލާލިއެވެ. އޭރު އޭނާގެ މަންމަ ސާދުނާ ދަޑިބުރިއެއް ހިފައިން ދެލޯ ބޮޑުކޮށްލައިން ހުއްޓެވެ. އެދެލޮލުން ކަރުނަ ފައިބަމުން ދިޔައީ ހުއްޓުމެއް ނެތިއެވެ. “މަން… މަންމާ…” އަރީޝްއަށް ބުނެވުނީ މި ވަރަށެވެ. އޭނާވެސް ހޭނެތިގެން ވެއްޓުނެވެ. އަރީޝްގެ އެކުވެރިޔާ ސާދުނާ ފެނުމާ އެކު ދުވެ ފިލައިފިއެވެ. “ދަރިފުޅާ ޔަޝްފާ…” ސާދުނާ ދުވެފައި އައިސް ބިންމަތީ އިން ޔަޝްފާ ގައިގާ ބައްދާލިއެވެ. ނަމަވެސް ޔަޝްފާ އިޝާރާތް ކުރަމުން ދިޔައީ ބިންމަތީ ލެއިން […]
“އައްދޯތް އަރީޝް.. ތަދުވެޔޭ” ޔަޝްފާގެ ބޮލުގެ އިސްތަށިގަޑުގައި ހިފާ ބާރުކޮށްލާފައިވުމުން އެ ނެއްޓޭތޯ މަސައްކަތް ކުރަމުން ޔަޝްފާ ބުނެލިއެވެ. “ތަދުވެޔޭ… ކަލޭ ބަލާބަލަ ގަޑި.. ފިރިހެނުންނަށް ގުޅައިން.. ކޮބާ ލަދު..” ޔަޝްފާގެ އަގަމަތީގައި އަރީޝް ޖެހިއެވެ. ޖެހުނު ގޮތުން ޔަޝްފާގެ ތުފަތުގެ ކަނުން ފަޅައިން ގޮސް ދަތްދޮޅިއަށް ލޭތައް ފައިބަން ފެށިއެވެ. ” އޭއި.. ކަލޭ ތިއުޅެނީ މޮޔަވެގެންތަ.. ތީތަ އަހަރެން ކަލެޔަށް ދިން ތަރުބިއްޔަތަކީ.. ކަލޭ އެކޭ ކަލޭ ބަފައެކޭ ކޮބާ ތަފާތެއް.. އަނބިމީހާ އަށް […]
ނޫރާ ދުވެފައި ސިޓިންގް ރޫމަށް ނިކުތެވެ. އޭރު ސޯފާކައިރީ ކޮޅަށް މަންސޫރު ހުއްޓެވެ. ހިދުކޮޅަކުވެސް މަޑުކުރުމެއްނެތި ހަލުވި ހިނގުމެއްގައި އައިސް އައިޝާ ކޮޑުގައި ހިފާ ތެދުކޮއްލިއެވެ. އަދި ވީ ގޮތެއްވެސް ނޫރާ އަކަށް ނޭގެއެވެ. ނަމަވެސް ހިތުތެރޭ މަންސޫރަށް ނަފްރަތު އުފެދެން ފެށުނެވެ. “އައިޝާ އަހަރެން މިއައިކީ ނޫރާ ގެންދާކަށް ނުން.. އަހަރެން މިއައީ އައިޝާއަށް ޝުކުރު އަދާ ކުރަން…” މަންސޫރު މަޑުމައިތިރި ކަމާ އެކު ބުނެލިއެވެ. “މަންމަ މީހެއް ފައިބުޑަށް ވެއްޓޭކަށް ނުޖެހޭނެ.. އަހަރެން މީ […]
“ބުނަން ވާހަކަ އެއް.. މިންހާ އެއް ކަމަކު އަހަންނޭ ކިޔައިން ވާހަކަ ދެއްކޭނެ ޖާގައެއް ނޯންނާނެ… ބައްޕަ މިންހާ ދެކެ ދަރިއެއް ފަދައިން ދެކޭތީ އަހަރެން އަޅާނުލާ މިހުންނަނީ..” ނޫރާ ޝަހާދަތް އިގިލި ކިރިޔާ މިންހާ މޫނުގައި ޖެހޭ ނުޖެހޭ ހިސާބު ދިއްކޮށްލައިން ހުރެ ބުނެލިއެވެ. “ދަރިފުޅާ ނޫރާ.. ދެން އިހަށް ދޭ ގެޔަށް.. ބައްޕަ ގުޅާނަން ކަންކަން ހަމަޔަކަށް އެޅުނީމަ..” މިންހާ އާއި ނޫރާ އިތުރަށް ކޯޅިދާނެތީ މަންސޫރު ބުނެލިއެވެ. ނޫރާ ބާރު ހިގުމެއްގައި ނިކުމެގެން […]
ޔާސިން ޔަޝްފާގެ އަތުގައި ހިފާ އެއްކައިރި ކޮއްލިއެވެ. ހުޝާމް އާ ނޫރާ އައިސް ކައިރިވެލާފައި ޔަޝްފާއާ ސަލާމް ކުރުމަށްފަހު ޔާސިން އަށް އެހީ ވެދިނީތީ ޝުކުރު އަދާ ކުރިއެވެ. “ނުވަންނަންތަ އެތެރެއަށް… މިންހާ އެބައޮތް ގެނެއްސަ ވަޅި އަޅައިން..” ހުޝާމް ބުނެލިއެވެ. “މިންހާ ދަންނަންތަ… އެއީ ވާ މީހެއް ހުރިހާ ނަރުހުންނާ ޑޮކްޓަރުން ދައްކަނީ އޭނަގެ ވާހަކަ.. ސައިކޯއެކޭ ކިޔާފަ” ޔަޝްފާ ސަކަ ގޮތަކަށް ބުނެލިއެވެ. ނޫރާއާ ހުޝާމް އެކު އެކީހެން ޔާސިން އަށް ބަލާލިއެވެ. “ޝީ […]
ޔާސިން ގެންގޮސް ތަހުގީގު ކޮޓަރިއަށް އަހުމަދު ވެއްދިއެވެ. “އަޅުގަޑުގެ ކްލައިންޓާ ބޭނުން ވަކިން ވާހަކަ ދައްކާލަން..” ރާއިދު ބުނެލިއެވެ. އަހުމަދު މިހެން ބުނުމުން އެދެމީހުން އެތާ ބަހައްޓާފައި އެކޮޓަރިން ނިކުތެވެ. “ސާރ ހާދަ ހާސްވެފަ..” ޖައިޝް އައިސް އަހާލިއެވެ. “މިކޭސް މިދިޔައީ އަހަރުން އަތުން… ނޭގެ މިކޭސްގެ ސަބަބުން އަހަރުން ޔުނިފޯމް ބާލަން ނުޖެހޭނެ ކަމެއްވެސް..” އަހުމަދު މިބުނި އެއްޗަކުން ޖައިޝްވެސް ހާސްވާން ފެށިއެވެ. “އެއީ އޯ ކީއްވެ އަޅުގަނޑު… އަޅުގަޑު ކަންތައްކުރީ ސާރ ބުނި ގޮތަށް… […]
“އަހަރެން މަރުވިއްޔާ އެންމެނަށްވެސް ރަގަޅުވާނީ” މިންހާ އޭނާގެ އަތުގައި ވަޅި ޖައްސާ ބާރު ކޮށްލިއެވެ. ނުވިސްނާ ހުރި މިންހާއަށް އޭރު އޭނާގެ އަތުން ލޭ ފައިބަމުން ދާކަން އިހުސާސްއެއް ނުކުރެވެއެވެ. “މިންހާ.. ދަރިފުޅާ” މަންސޫރު ދުވެފައި ގޮސް މިންހާ އަތުގައި އޮތް ވަޅި ނަގާ އެއްފަރާތަކަށް އެއްލާލިއެވެ. ހަމަ އެވަގުތު ލޭ އެވަރަށް ފޭބުމުން މިންހާ އަބުރައިގަނެގެން ވެއްޓުނެވެ. ***** ހުޝާމްއާ ނޫރާ އެއްޗެއް ކާލުމަށް ބޭރަށް ނިކުތް ވަގުތަކީ އެންބިއުލާންސް އައިސް ދޮރު މައްޗަށް މަޑުކޮށްލި […]