ހިތުގެ ރިހުން (21)
“ދަރިފުޅާ ހުޝާމް” އާތިކާ ހުޝާމާ ގާތްވެލަމުން ގޮވާލިއެވެ. ހުޝާމް އަތް އުފުލާލީ އާތިކާ ދައްކާ އެއްވެސް ވާހަކަ އެއް އަޑުއަހަން ބޭނުން ނުވުމުންނެވެ. ހުޝާމް އެދިޔަ ގޮތަށް އޭނާގެ ކޮޓަރިއަށް ވަނެވެ. ޔާސިން ހުރީ ވާނުވާ ނޭގިފައެވެ. ހުޝާމްގެ ފަހަތުން ޔާސިރު ގޮސް އެ ކޮޓަރިއަށްވަނެވެ.
“ބައްޕާ އަހަންނަށް މާފްކުރޭ…. ބައްޕަ ތީ ވަރަށް ހިތް ހެޔޮ އޯގާތެރި މީހެއް.. މިއޮއް ހުރިހާ ދުވަހު ބައްޕަގެ ދަރިއެއްވެސް ނުން ތި ބަލާ ބޮޑު ކުރީ.. މަންމަ އެކުރި ކުށްތަކަށް އަހަރެން މާފަށް އެދެން..” ހުޝާމް ދަބަހަކަށް ހެދުންތައް އަޅަމުން ވާހަކަ ދެއްކިއެވެ. ހުޝާމަށް ޔާސިރުމެން ދެއްކި ވާހަކަ މިސްއަންޑާސްޓޭންޑް ވީކަން ޔާސިރުއަށް ނަގައިގަނެވުނެވެ.
“ދަރިފުޅު ކޮންތާކަށް ދާން ތިއުޅެނީ..” ހެދުންތައް ދަބަހަށް އަޅާތަން ފެނުމުން ޔާސިރު އަހާލިއެވެ.
“މިގެ މީ ޔާސިންގެ ގެއެއް.. ޔާސިންގެ އެތައް ހައްގެއް އަޅުގަނޑާ މަންމަ ވަނީ ނިގުޅައިގަނެފަ.. ބައްޕަ ބުނީ މަންމަގެ ގެ ހުންނަ ވާހަކަ.. އަޅުގަނޑު ދާނީ މަންމަ ގޮވައިން މަންމަ އައިލާ މީހުން ކައިރިއަށް..” ދަބަހުގެ ޒިބު އަޅުވާ ކޮޑުގައި އަޅުވާލަމުން ހުޝާމް ބުނެލިއެވެ.
“ކާކު ބުނީ ހުޝާމް ތީ ބައްޕަ ދަރިއެއް ނޫނޭ؟” ޔާސިރު އަހާލިއެވެ.
“މީހަކު ނުބުންޔަސް ބައްޕަ އާ މަންމަ ތި ދެއްކި ވާހަކަ އިން އަޅުގަނޑަށް ހުރިހާ އެއްޗެއް އެގިއްޖެ” ހުޝާމް ހުރީ ހަޤީޤަތުގައިވެސް ވަރަށް ދެރަވެފައެވެ. ޔާސިރު އައިސް ހުޝާމް ކޮޑުގައި އޮތް ދަބަސް ނަގާ އެދުމަތީ ބޭއްވުމަށްފަހު ކަންވީ ގޮތް ވަރަށް ރަގަޅަށް ހުޝާމަށް ކިޔާދިނެވެ. ހުރިހާ ވާހަކަ އެއް ދައްކާ ނިމުމުން ހުޝާމް ޔާސިރު ގައިގާ ބާރަކަށް ބައްދާލިއެވެ. އަދި އޭނާގެ މަންމަގެ އެ ބޭވަފާތެރިކަން އޭނާ އަކަށް ބަލައެއް ނުގަނެވުނެވެ.
*****
“ކޮބާތަ ޔާސިން.. މިހާރު އަންނަން ބުނިތާ ކޮން އިރެއް..” މަންސޫރު ވާހަކަ ދެއްކީ ލޯޔަރު އަދުނާނާއެވެ.
“އަޅުގަނޑު ވަންނަން ވީތޯ މިންހާ ކައިރިއަށް؟ ޕޮލިހުން ނުލާ ކުޑަ ވަގުތު ކޮޅެއް ވާހަކަ ދައްކާލަން!” އަދުނާން އަހާލިއެވެ. މަންސޫރު އާނއެކޭ ބުނުމުން އަދުނާން ގޮސް މިންހާ ބައިންދާފައި އިން ކޮޓަރިއަށް ވަނެވެ.
“ކޮބާ ބައްޕަ… އަދުނާންބޭ އަހަރެން ސަލާމަތް ކޮށްދީ.. އަހަރެން ނުޖަހަން އެޑަމް ގަޔަށް ވަޅިއެއް” މިންހާ އަށް ހަމަ ހޭވެރިކަން އައީ އަދުނާން އައިސް އޭނާ ކައިރި އިށީނީމައެވެ.
*****
ޔާސިން ދިޔައީ މަންސޫރު ގުޅާވަރުން ޕޮލިސް ސްޓޭޝަނަށެވެ. އޭރު ޕޮލިސް ސްޓޭޝަން ބޭރުގައި ފުދޭ ވަރަކަށް ގިނަ ރިޕޯޓަރުން ތިއްބެވެ. ޔާސިން އެތެރެއަށް ވަންނަން ކުޑަކޮށް ޖެހިލުން ވިއެވެ. އޭނާއާ އެއްވެސް މީހަކު އިންޓަވިއު ކުރާކަށް ބޭނުމެއް ނޫނެވެ.
“އާނ މިއަދު އެ ވަގު ހޯދާފަ ދޫކޮށްލާނީ” ފޯނު ކަންފަތުގައި ޖަހައިން އިސްދަށަށް ޖަހާލައިން ގޮސް ޔާސިން ޕޮލިސް ސްޓޭޝަނަށް ވަނެވެ. ބައެއް ރިޕޯޓަރުން އެއީ މިންހާ ފިރިމީހާއާ ވައްތަރު ކަމުން ތިރިވެލާފައި މޫނު ފެނޭތޯވެސް އުޅުނެވެ.
“އަދި ކިރިޔާ އާދެވޭވަރު ތިވީ…” މަންސޫރު ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
“މިންހާ ކޮބާ.. ކިހިނެއްވީ ކަމެއް..” ޔާސިން އަހާލިއެވެ.
“ވީ ގޮތެއް އިނގޭނީ މިންހާ ވަހަކަ ދައްކައިންނެއްނުން… ” މަންސޫރު ބުނެލިއެވެ. ޔާސިންގެ ސިކުޑީގައި މަނާލް ދެއްކި ވާހަކަ ތައް އެބުރެމުން ދިޔައެވެ. މަންސޫރު ކައިރި އެތައްފަހަރަކު އަހާފާނަމޭވެސް ހިތައް އަރަމުން ދިޔައެވެ.
“ބައްޕާ.. އެއްޗެއް އަހާލަންތަ..” ޔާސިން ނުހުރެވިގެން ބުނެލިއެވެ. އޭރު މަނާލް ޕޮލިސް ސްޓޭޝަނަށް އައިސް ވަންނަނީއެވެ. މަނާލްގެ ހިތް ތެޅެމުން ދިޔައެވެ. އޭނަ ދެއްކި ވާހަކަތައް ޔާސިންއަށް އިވުނު ކަމެއް ނީވޭ ކަމެއް ނޭގެއެވެ.
“ހޫމްމް. އަހާބަލަ” މަނާލް އައިސް މަންސޫރު ކައިރި މަޑުކޮށްލުމުން މަންސޫރު ބުނެލިއެވެ.
“ފަހުން..” ޔާސިން މަނާލްއަށް ބަލާލަމުން ބުނެލިއެވެ. ޔަސިންއަށް އޭނާ ދެއްކި ވާހަކަ އަޑު އިވުނުކަން މަނާލް އަށް ޔަގީންވީ ދެނެވެ.
“ޔާސިން ހިނގާބަލަ މަންމަ އަށް އެއްޗެއް ގަނެދޭން.. އެއްޗެއް ނުކައި ހުރީމަ ވަރަށް ބޮލުގަ ރިއްސާއެބަ..” މަނާލް ބޮލުގައި އަތް އަޅާލަމުން ބުނެލިއެވެ. އޭނާ ބޭނުން ވީ ޔާސިން އެތަނުން އަވަހަށް ގެންދަންށެވެ.
“ދޭ ދެމީހުން ގޮސް އެއްޗެއް ކައިގެން އާދޭ…” މަންސޫރު ބުނެލިއެވެ. ޔާސިންއަށް ކޮންމެސް ވަރަކަށް މަނާލްގެ ހަރަކާތްތައް ހުރި ގޮތުން އޭނާގެ އަގަ ބަންދު ކުރަން އުޅޭކަހަލަ އިހުސާސެއް ކުރެވުނެވެ. މަންސޫރުގެ ބަހަކާ ދެކޮޅު ނުހެދުމަށް މަނާލް ގޮވައިން ޔާސިން ރެސްޓޯރެންޓަކަށް ދާން ބޭރަށް ނިކުތެވެ.
ސީގަލް ރެސްޓޯރެންޓްގެ އެތެރެއަށް ވަދެ ވަދެ ހުރި ޔާސިންގެ އަތުގައި ހިފާ ދަމައިގަންނަމުން މަނާލް ފަހަތަށް ޖެހުނެވެ.
“މަންމާ… ކިހިނެއްވީ” އޭނާއަށް އެއްވެސް ކަމެއް ނޭގޭ ކަމަށް ހަދަމުން ޔާސިން ބުނެލިއެވެ.
“ބުނަން ޔާސިން ވާހަކަ އެއް. ތީ މިހާރު މި އާއިލާއާ ގުޅުމެއް ހުރި މީހެއް ނުން.. ތީ މިންހާގެ ފިރިއެއްވެސް ނުން އަދި ނައިރާގެ ބައްޕައެއްވެސް ނުން.. އެހެންވީމަ ޔާސިން އަށް އަޑު އިވުނު ވާހަކަ އެއީ އަޑު ނީވޭ އެއްޗަކަށް ހަދާލާ.. އަހަރެމެން ދެމަފިރިން ދޭތެރެއަށް ވަންނަން މަސައްކަތް ނުކުރާތި..” މަނާލް މިހެން ބުނުމުން ޔާސިން އަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. އޭނަގެ ހިޔާލަށްވެސް މަންސޫރާ މަނާލް ދެމަފިރިން ދޭތެރެއަށް ވަންނާކަށް ނާދެއެވެ.
“އަހަންނަކަށް ނުވިސްނުނު” ޔަސިން ބުނެލިއެވެ.
“ކޮންމެހެން ނޭގޭކަމަށް ހަދާނެ ކަމެއް ނެތް.. އަހަރެން ގޭތެރޭ ދެއްކި ހުރިހާ ވާހަކަ އެއް ކަލޭ އަޑު އެހިކަން އަހަންނަށް އިނގޭ… މިންހާ މިގެޔަށް އައި ގޮތަކާ މަންސޫރުގެ އުފަން ދަރި ހުރީ ކޮންތާކުތޯ އެ ކަލޭ ބަލަން ޖެހޭ އެއްޗެއް ނުން..” މަނާލް އަށް ވެސް އޭނާ އަށް ކިޔޭ ނުކިޔޭ ނޭގެެއެވެ. އެވަރަށް މީހާ ހުރީ ހާސްވެ ބިރު ގަނެފައެވެ.
“ކީކޭ… އުފަންދަރި ހުރި ތަނެކޭ… މަންމަ ތިބުނަނީ ބައްޕަގެ އުފަންދަރި ދުނިޔޭގަ އެބަހުއްޓޭތަ؟” ޔާސިން އަށް މިހާރު މަންސޫރުގެ ދަރި މަނާލް ފޮރުވައިން އުޅޭ ކަހަލަ އިހުސާސެއް ކުރެވެން ފެށުނެވެ. މަނާލް ތެޅިގަނެވުނެވެ. މި ކިޔުނީ ކިޔަން ނުޖެހޭ އެއްޗެއްކަން ވިސްނުނީ ދެނެވެ.
*****
ހުޝާމް ޔާސިރުގެ ގައިގާ ބައްދާލިއެވެ. ކޮންމެ ގޮތެއްވިޔަސް ޔާސިރުގެ ދިރި އުޅުން ދިޔައީ ވަރަށްވެސް ނާ އިންސާފުންނެވެ. އާތިކާގެ ސަބަބުން ހިތާމަ ލިބުނީ ޔާސިރު އަށް އެކަންޔެއް ނޫނެވެ. މީހުން ބުނެ އުޅެއެވެ. އަންހެނަކަށޭ އެންމެ ރަގަޅަށް އަންހެނެއްގެ އިހުސާސް އިނގޭނީ. ނަމަވެސް އޭނާގެ މަންމަ އަކަށް އެއެއް ނޭގުނެވެ. ދެމީހެއްގެ ދިރިއުޅުން ހަލާކު ކޮށްލީ އަމިއްލަ ފައިދާއަށެވެ. އެކަމުގެ ސަބަބުން ހުޝާމްއަށް ވެސް އަދި ޔާސިން އަށްވެސް އެތައް އަސަރު ތަކެއް ކުރިއެވެ.
“ޔަސިން އައީ ދެންމެ ހިގާބަލަ ވާހަކަ ދައްކަން” ޔާސިރު ހުޝާމް ގޮވައިން ކޮޓަރިން ނިކުތެވެ. އޭރު އާތިކާ އިނީ ސޯފާގައި އިށީދެލައިން އެވެ. ރޮއެ ރޮއެ އެ ދެލޯ ހުރީ އެއްކޮށް ދުޅަވެފައެވެ.
“ޔާސިރު އަހަރެން މިދަނީ ދެން އަހަރެންގެ މައިންބަފައިން ކައިރިއަށް.. އަހަންނަށް މާފްކޮށްދޭތި..” ޔާސިރު އާ ހުޝާމް ފެނުމުން ކޮޅަށް ތެދުވެލަމުން އާތިކާ ބުނެލިއެވެ. ހުޝާމް ޔާސިރު ގާތު ޓީވީ ހުޅުވަން ބުނުމަށްފަހު އާތިކާ ގޮވައިން އޭނާގެ މަންމަ މެންގެއަށް ލާދޭން ނިކުތެވެ.
ޔާސިރު ޓީވީ ހުޅުވާލުމުން އިވިގެން ދިޔައީ މިންހާގެ ހަބަރެވެ. އަދި މަންސޫރުގެ ފޮޓޯއާ އެކު ޓީވީއިން ދައްކަމުން ދިޔައެވެ. އަވަހަށް ފޯނުނަގާ ޔާސިން އަށް ގުޅާލިއެވެ.
*****
“ކާކު.. ކާކުބުނީ.. ދުނިޔެގަ އެބަހުއްޓޭ… އަހަރެން ނުބުނަން އެހެންނެއް” މަނާލް ބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ. ނަމަވެސް އޭނާ ހުއްޓުވީ އެމީހުންނަށް ނޭގި ފަހަތުން އައި މަންސޫރެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.




💚💚💚💚💚💚💚💚
Saabas bestie..
Hus heart ekanitha laan ingeny gurly..
Ahi eves green…💚🤦
Saabas
😀😀
Oopsies.. Manaal foruvaigen ulhey bodu sirru Mansooru ah engen gaai vejje… I bet he overheard something. Yaasiru ah kihaa dhera dhw? adhi Yaasin ah kihaa naa insaafun kan e vee?
either way, v salhi ingey mi episode vx. Next part kon irakun?
Maasha Allah mi prt vx vrh reethi
So vrh ehen kahala gothakah mi stry mi dhany..
Enme fahun nura n yasin gulheyny kahneynge anekka.. I guess
Manaal forugaven e ulhy secret mansur ah inguny tha..
So curious
When nxt???
Tc.. Lyy💜💜
This part is very nice! I like it 🙂
When is next part!
Waiting…..