Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ ރިހުން (19)

Krystal Level 510 Stories100 Login100 Comments
August 19, 2025 4 Mins Read
2 Comments

ސްޓްރެޗާއަށް ލައިގެން ފިރިހެނަކު އެ އެޕާރޓްމެންޓުން ނެރުނެވެ. އޭރު އޭނާގެ މެޔަށް ވަނީ މަސް ކޮށަން ގެންގުޅޭ ވަރުގެ ވަޅިއެއް ޖަހާފަ އެވެ. ބަލާބެލުމެއް އޭނާގެ އެއްވެސް ވިންދެއް ނެތެވެ. އިރުކޮޅެއް ތެރޭ ފުލުހުން އަންހެނަކު އަތުގައި ބިޑި އަޅުވައިން ނިކުތެވެ. ބައެއް މީހުން ބިރުން ހަޅޭއްލަވައިގަތީ އެ އަންހެން މީހާގެ މުޅި މޫނާއި ގައިގެ އެތަން މިތަނުގައި ލޭ ހުރުމުންނެވެ. އަދި އޭނާގެ މޫނުގައި ވަކި އަޅާފައި ހުރި ނިޝާންތައް ފެންނަމުން ދިޔައެވެ.

*****

ހުޝާމް އައިސް ނޫރާމެން ގޭގެ ބެލް އަޅާލިއެވެ. މިލާ މޯޅިވެފައިވާ މޫނު އަލިކޮށްލީ ނޫރާއަށް އެމަންޒަރު ނުދެއްކުމަށެވެ.

“ކޮބާ ޔާސިން” ނޫރާ ދޮރު ހުޅުވާލުމުން ހުޝާމް އަހާލިއެވެ. ނޫރާ ހުޝާމްގެ އަތުގައި ހިފައިން އެތެރެއަށް ވަނެވެ. އަދި ޔާސިން ސޯފާގައި ބޮލުގައި އަތް އަޅާލައިން އިންތަން ދައްކާލިއެވެ.

“ޔާސިން..” ހުޝާމް ގޮވާލުމުން ޔާސިން އިސްއުފުލާ ބަލާލިއެވެ. އޭރުވެސް ނޫރާ ހުރީ ހުޝާމްގެ އަތުގައި ހިފަހައްޓައިންނެވެ. ޔާސިން އެ އަތަށް ބަލާލުމުން ނޫރާ ތެޅިގަނެފައި ހުޝާމްގެ އަތުން ދޫކޮށްލިއެވެ.

“ޔޫ ގައިސް ޓޯކް.. އެބަ އަންނަން..” ހުޝާމްއައި ޔާސިން ވާހަކަ ދައްކަން ފުރުސަތު ދިނުމުގެ ގޮތުން ނޫރާ ގޮސް އައިޝާގެ ކޮޓަރިއަށް ވަނެވެ.

“ޔާސިން އަށް ނުގުޅިގެން ބައްޕަ ވަރަށް ކަންބޮޑުވެގެން އެބަ އުޅޭ.. އަނެއްކޮޅުން ބައްޕަ އާ މަންމަ މިއަދު ޑިވޯސް ވެއްޖެ.. އަހަރެން މިހިރީ ހަދާނެ ގޮތް ހުސްވެފަ” ހުޝާމް ޔާސިން ގާތު އިށީންނަމުން ވާހަކަ ދެއްކިއެވެ.

“އަހަރެންވެސް ހަދާނެ ގޮތް ހުސްވެއްޖެ… އަހަރެން މިއުޅުނީ ކިހާ ބޮޑު އޮޅުވާލުމެއްގެ ތެރޭ” ޔާސިން ހުރިހާ އެއްޗެއް ހުޝާމްއަށް ކިޔާދޭން ފެށިއެވެ.

*****

ނޫރާ ކޮޓަރިއަށް ވަތް އިރު އައިޝާ ނަމާދުން ފޭބީއެވެ. “މަންމާ މިގަޑީ ކޮން ނަމާދެއް..” މިހާ ލަސްވެފައި ވުމުން ނޫރާ އަހާލިއެވެ.

“ޔާސިން ދިޔައީތަ؟” ނޫރާ ނޫނެކޭ ބުނެލިއެވެ.

“މާތް ﷲ އަށް ޝުކުރު ހުރި.. މަންމަ އަށް އިނގޭ ދަރިފުޅު މިއޮއް ހުރިހާ ދުވަހު ބޭނުންވީ ޔާސިން ދަރިފުޅު ދޫކޮށްފަ ދިޔައީ ކީއްވެތޯ އިގެންކަން.. މިއަދު އަލްހަމްދުލިﷲ އެ ހުރިހާ އެއްޗެއް މިއޮތީ އިނގިފަ.. ދެން ބުނެބަލަ އަދިވެސް ޔާސިން ދެކެ އެހާ ލޯބިވޭތަ..” އައިޝާ އަހާލިއެވެ. އައިޝާ އެއްގޮތަކަށްވެސް ޔާސިންއާ ނޫރާ ގުޅެކަށް ބޭނުމެއް ނުވެއެވެ.

“މަންމާ ތެދަށް ބުނަންތަ.. އަހަރެންގެ ހިތަށް މި ލިބުނީ ވަރަށް ބޮޑު ފިނިކަމެއް.. މަންމަ ތިބުނީ ހަމަ ރަގަޅަށް އަހަރެން އިނގެން ބޭނުންވި ޔާސިން އަހަންނަށް އެހާ ހިތްދަތިކަން ދީފަ ދިޔައީ ކީއްވެކަން އިނގެން.. މިއަދު އެހުރިހާ އެއްޗެއް އިނގުނީމަ ނޭގެ މިވާ ގޮތެއްވެސް.. އަހަރެން ހީކުރީ ޔާސިން އެ ހުރިހާ އެއްޗެއް ކިޔާ ދިނީމަ އަހަރެންގެ ހިތް އަދިވެސް އެދި ގޮވާނީ ޔާސިން އަށް ކަމަށް..” ނޫރާ ހަގީގަތުގައިވެސް މިހާރު އޭނާ ހިތް އެދޭ ގޮތެއް ބުނާކަށް ނޭގެއެވެ. ޔާސިން އާ ދޭތެރޭ ހަމްދަރުދީ ވަނީ ކަމެއް ނުވަތަ އަދިވެސް ލޯބި ވަނީ ކަމެއް ނޭގެއެވެ.

“ދެން؟ މަންމަ ބުނާނެ ވާހަކަ އެއް ނެތް ދަރިފުޅަށް އިނގޭނީ ދަރިފުޅު ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތް.. ތީ މިހާރު ބޮޑުވެފަ ހުރި ކުއްޖެއް.. މަންމަ ބުނަން ޖެހޭ އެއްޗެއް މަންމަ ބުނާނަން.. މަންމަ އެހާ ހިތްހަމައެއް ނުޖެހޭ ދަރިފުޅު އަލުން ޔާސިން އާ ގުޅޭކަށް” އައިޝާ އޭނާގެ ޝުއޫރު ފާޅު ކުރިއެވެ.

” އެއީ؟” ނޫރާ އަހާލިއެވެ. މިވީހާ ދުވަހު އޭނާގެ އެއްވެސް ކަމަކަށް އައިޝާ ނޫނެކޭ ބުނެފައި ނެތެވެ.

“އެއީ.. ޔާސިން އެދުވަހު ބެލީ އޭނަގެ އަމިއްލަ ފައިދާ އަށް.. ދަރިފުޅު ދެކެ ހަޤީޤީ ލޯބިވިނަމަ އެދުވަހު ތި ހިތަށް އެހާ ރިހުންދީފަ ނުދިޔައީސް.. މަންމަ އަށް ޔަޤީން ދަރިފުޅި ގާތު ޔާސިންގެ ބަލިހާލަތު ހުރިގޮތް ކިޔާދިން ނަމަ ދަރިފުޅު ޔާސިން މިންހާ ބައްޕަގެ އެހީގަ ފަރުވާ އަށް ފުރައިންދާން އާނބަސް ބުނާނެކަން..” އައިޝާގެ ކޮންމެ ބަހެއްވެސް ނޫރާ ވަރަށް ކަނުލާ އަޑު އެހިއެވެ. އަދި އެޔަށް ވިސްނަމުން ދިޔައެވެ.

“ނޫންތަ ދަރިފުޅާ… އެކަމް ޔާސިން އެޅި އެ ކަތި ފިޔަވަޅުން މިއަދު ކިތައް މީހުންނަށް ހިތާމައާ ކުރިމަތިލާން ޖެހުނީ.. ” އައިޝާ ވާހަކަ ހުއްޓާލީ ހުޝާމް އައިސް ދޮރުގައި ޓަކި ޖަހާލުމުންނެވެ. ދޮރު ހުޅުވާލާ ހުޝާމް ހުރިތަން ފެނުމުން ހުޝާމްގެ ބުރަކަށީގައި އައިޝާ އުގުޅަން ފެށިއެވެ.

“އެކޮއެ ކޮން އިރަކު އައީ… ހިގާ އެއްޗެއް ކާލަން ދައްތަ ހުންނާނެ ވަރަށް މީރު ބަބުކެޔޮ ރިހައެއް ހަދާފަ..” ހުޝާމް އަތުގައި ހިފާ ދަމަމުން ބަދިއެއަށް ވަނެވެ. ނޫރާގެ މޫނު މައްޗަށް ހިނިތުންވުން ވެރިވިއެވެ. އެހުރިހާ މަންޒަރެއް ބަލަން ސޯފާގައި ޔާސިން އިނެވެ.

“ހިނގާ ކާން.. މިއަދު އެއްޗެއްވެސް ނުކައި ދޯ ތިއުޅެނީ” ނޫރާ ޔާސިން އަށް ގޮވާލާފައި ބުނެލިއެވެ.

“އަހަރެން ދަނީދެން..” ޔާސިން މިހެން ބުނި އަޑު އިވިގެން އައިޝާ ބަދިގެއިން ނިކުތެވެ.

“ކިހިނެއްވީ މިހާރު ދައްތަ ކައްކާ އެއްޗެހި ނުބައީތަ.. ޔާސިން އަށް އެންމެ މީރު އެއް ރިހަ ނުން ބަބުކެޔޮ ރިހަ އަކީ.. އާދޭ.. ކައިގެން މިރޭ ދާނީ” މެހެމާން ދާރީ އަދާ ކުރުމުގެ ގޮތުން އައިޝާ ބުނެލިއެވެ. ޔާސިން ކުޑަކޮށް ދެރަވެސްވިއެވެ. އެގެއެވެ. މިހާރު ނޫރާ އާ އޭނާގެ އެއްވެސް ގުޅުމެއް ނެތްކަން ނަމަވެސް އައިޝާ އަށް ފެށުނީއްސުރެ އޭނާ ކީ މަންމައެވެ. އަދި ހުދު އައިޝާވެސް މުހާތަބު ކޮށްހެދީ މަންމަ ކިޔައިންނެވެ. ނަމެވެސް މިއަދު ދައްތަ އޭ ބުނުމުން ކުޑަކޮށް ހިތުގައި ޖެހުނެވެ. ނޫރާގެ ފަހަތުން ގޮސް ބަދިގެއަށް ޔާސިން ވަނެވެ. އޭރު އައިޝާ ހުރީ ހުޝާމްއަށް ރޮށި ކޮށާ ދޭންށެވެ.

“އިށީދޭ… ރަގަޅަށް ކައްޗޭ… ” އައިޝާ ބުނެލިއެވެ. އަޝާ އައިސް ޔާސިން އާ ޖެހިގެން އިށީދެލީ ނޫރާ ހުޝާމް ގާތު ބައިންދާށެވެ. އައިޝާއަށް ހުޝާމް ވަރަށް ކަމުދެއެވެ. ހުޝާމްގެ ސަބަބުން ނޫރާއަށް އެތައް ހިއްވަރެއް ލިބުނެވެ. ޔާސިން ނޫރާ ދޫކޮށް ދިއުމުން ނޫރާ އަށް އަލުން ކަންކަން ކުރަން ހިތްވަރު ލިބުނީވެސް ހުޝާމްއާ ހެދިއެވެ.

“ނޫރާ ނުކަންތަ.. ނުކާތީއޭ ތިހާ ހިކިކޮށް ތިހިރީ..” ހުޝާމް މަލާމާތް ކޮށްލިއެވެ.

” ހޫ.. ފެށުނީ އަހަންނަށް މަލާމާތް ނުކޮށް ހުޝާމް ހިތެއް ނުފުރޭނެ.. ހުޝާމްއަށް ރީތީ ހިކި ކުދިންނެއްނުން..” ނޫރާ މަޖަލަކަށްވެސް މި ބުނެލި ބަހުން ޔާސިންގެ ހިތަށް އުދަގޫވިއެވެ. ހުޝާމްއާ ނޫރާގެ ގާތްކަން ފެނުމުން ކުޑަކޮށް އޭނާ ޖެލަސްވިއެވެ.

“ޔާސިން.. ކިހިނެއްވީ ނުބައީތަ..” ކާތައްޓަށް އަތްބާނައިން ނުކައި އިން ޔާސިންއަސް ގޮވާލަމުން އައިޝާ އަހާލިއެވެ. ނޫރާ އާ ހުޝާމް ހިމޭންވެލީ ޔާސިން އިންކަން ހަދާންވުމުންނެވެ. ޔާސިން ހީލުމަށްފަހު އަވަސް އަވަހަށް ކައި ނިންމާލިއެވެ.

“ހާދަ އަވަސް އަރުވާލައިން… މަޑުކުރޭ އަހަންނާ އެއްކޮށް ދާން.. ބައްޕަ ވަރަށް ކަންބޮޑުވެފަ ހުރީ..” އައިޝާ ނޫރާ އާ ދިމާލަށް ދެލޯ ބޮޑު ކޮށްލީ ކޮން ބައްޕައެއްހޭ އަހާފަދަ ގޮތަކަށެވެ. ނޫރާ އަތުގެ އިށާރާތުން މަޑުކޮށްލަން ބުނެލީ ހުޝާމްމެން ދާންދެނެވެ.

*****

“މަންސޫރޫ… މަންސޫރޫ… އަޅެ މަންސޫރޫ” މަނާލް ހަޅެއް ފަޅޭއް ލަވަމުން ސިޓިންގް ރޫމަށް ނިކުތެވެ.

“ކިހިނެއްވީ.. ތަނެއްގަ ރޯވީތަ ނޫނީ މީހެއްގަޔަށް ވަޅި ޖެހީތަ..” މަންސޫރު އަހާލިއެވެ.

“ކިހިނެއް މަންސޫރަށް އިގުނީ ވަޅި ޖަހައިން އުޅޭކަން.. ދެންވެސް ނީދެ ދޭބަލަ ފުލުސް އޮފީހަށް..” މަނާލް ބުނެލިއެވެ.

“އަޖައިބެއް މީހެއްގަޔަށް ވަޅި ޖެހީމަ އަހަރެން ކީއްކުރަންތަ ފުލުހަށް ދާންވީ.. އަހަންނެއް ނޫނެއްނުން މީހެއް ގަޔަށް ވަޅި ޖެހީ. ” މަންސޫރު ކަންނެއް ފާޑަކަށް ބުނެލިއެވެ.

“ކާކުތަ ބުނީ މަންސޫރޭ… ބަލަ މަންސޫރުގެ ހުރި އެ މޮޔަ ދަރި މީހެއްގަޔަށް ވަޅި ޖަހައިން އެބަހުރި ފުލުހަށް ގެންގޮސް.. އަހަރެން ލަދުން ބޯ ފަޅައިން ދަނީ.. އަހަންނަށް ހާދަ މީހުންނެއް މިންހާ ބިޑި އަޅުވައިންދާ ވީޑިއޯ އެބަ ޝެއާރ ކުރެޔޭ” މަނާލް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. މަންސޫރު ފޯނުނަގާ ފޭސްބުކް ހުޅުވާލިއެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަމުން ދިޔައީ މިންހާ ބިޑި އަޅުވައިން ގެންދާ މަންޒަރެވެ. އަދި ވަޅި ޖަހާފައި އޮތް އެޑަމް އެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ޝިރާތް 1

Next

މަޢާފް އެދެމުން 48

Next
August 19, 2025

މަޢާފް އެދެމުން 48

Previews
August 19, 2025

ޝިރާތް 1

2 Comments!

  1. Shaf_maan says:
    August 19, 2025 at 11:42 am

    Whattr????
    Minhaa valhi heryy Edam ge gayasheyy
    Im shocked
    So curious about what is gonna happen
    Impatiently waiting
    Whn nxt???
    Tc.. Lyyy💜💜

  2. Oreo gurll says:
    August 19, 2025 at 8:31 pm

    Omggg. Minha valhi jehee ey Edam gayah!!?? Ohh. Dhn kihineko vaanee? Really interesting ingey, it keeps me going.
    And by the way, rottakee koshaadhey ehcheh noon. Its either fis kuraanee, filuvaanee, or modedheynee ingey. And also, ai beynun is actually a kuh bas in dhivehi. Just, remember that for future. Like the story ingey
    Waiting for the next episode..

Comments are closed.

Next Episodeހިތުގެ ރިހުން (20)←


All Right Reserved!