Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ރިހުން (18)

Krystal Level 510 Stories100 Login100 Comments
August 15, 2025 4 Mins Read
1 Comment

“ތި މިންހާ ކޮންތާކުން އަޑު އެހި ވާހަކައެއް” މަންސޫރު އަހާލިއެވެ.

“އަހަރެން އަޑު އެހިތަނެއް ބަލާނެ ކަމެއް ނެތް.. ނައިރާ އަކީ އަހަރެންގެ ލޯބިވެރިޔާގެ ދަރިއެއް.. ޔާސިންގެ އެއް ނުން އިގިއްޖޭ!” މިންހާ ދަތްކުދިވިކާލިއެވެ. އަދި މަންސޫރު ކޮއްޕާލުމަށްފަހު ދުވެފައި ނިކުމެގެން ދިޔައެވެ. މަންސޫރު މިންހާ އަތު ޖެހޭތޯ ދުއްވައިގަތެވެ. ނަމަވެސް އަތުވާ ގޮތެއް ނުވިއެވެ.

*****

“އަހަރެން އެރޭ ކީމޯ ނަގައިން އައިސް ވަރަށް ބޮލުގަ ރިއްސާތީ އުޅުނީ.. އެގަޑީ މިންހާ އައިސް ތަދު ކަޑުވާ ބޭހަކާ ޖޫސް ތައްޓެއް ދިނީ.. އޭތި ބޮއެގެން އިރުކޮޅެއް ނުވެ އަހަންނަށް ނިދުނީ.. ހެދުނު ހޭލެވުނީ މިންހާ ރޯ އަޑަށް އޭރު އޭނަ އިނީ އެދު ކައިރީ ބެޑްޝީޓު އޮޅައިން.. އަހަރެން އޮތީ ހުސް ގަޔާ ބޮކްސާ އެކަނި ލައިގެން…ރަގަޅަށް ބަލާލި އިރު އަހަރެން އޮތީ މިންހާ ކޮޓަރީގަ” އައިޝާ ހުރުމުން ވަރަށް ޖެހިލުންވެފައި ޔާސިން ކިޔާދިނެވެ.

” މިންހާގެ ވާހަކަ ތަކުން އަހަރެން އެރޭ…” އިތުރަށް އަޑުއަހަން ނޫރާގެ ހިތައް ފަސޭހައެއް ނުވިއެވެ. އެކަން ޔާސިންއަށް ދެނެގަނެވުނެވެ.

“އޭގެ އެއްމަސްފަހުން މިންހާ ބަލިވެ އިންކަން އިނގުނީ އަހަރެން ހީކުރީ އަހަރެންގެ ދަރިއެއް ކަމަށް.. އެކަމް އެހެނެއް ނުވި.. އެއީ އަހަރެން މިންހާއާ އިން ސަބަބަކީ..” ޔާސިން ނޫރާގެ އަތުގައި ހިފާލިއެވެ.

“ﷲ ގަންދީ ހުވާކޮށްފަ ބުނަނީ އަހަރެން މި ވޭތުވެދިޔަ 5 އަހަރު މިންހާ އާ އިދެގެން ނޯންނާނެ އެފަދަ އެއްވެސް އަމަލެއް ހިންގާފަ.. އަހަރެން ލޯބިވަނީ ނޫރާ ދެކެ. އަދިވެސް ނޫރާ ދެކެ.. އަހަރެންގެ މަޖުބުރީ ކަމުގައި މި ދިރިއުޅުން މި އުޅެންޖެހުނީ.” ނޫރާ ޔާސިންގެ އަތުން ދޫކޮށްލިއެވެ.

“އެކަމް ތީ އަދިވެސް މީހެއްގެ ފިރިއެއް.. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިޔަޔަސް ޔާސިން ޖެހޭނެ ޔާސިންގެ އަނބިމީހާއަށް ވަފާތެރިވާން.” ނޫރާ މަޑުމަޑުން ބުނެލިއެވެ. ޔާސިން ފޯނު ނަގާ ދައްކާލީ އެގެޔަށް އައުމުގެ ކުރިން އޭނާ މިންހާއަށް ގުޅި ކޯލް ރިކޯޑިންގްއެވެ. އޭގައި ޔާސިން މިންހާ ވަރި ކުރިކަމަށް ބުނުމުން ނޫރާ ބޭ އިޙްތިޔާރުގައި އައިސް ޔާސިން ގައިގާ ބައްދާލިއެވެ. އަދި އޭނާ ފޮރުވައިން އުޅުނު އުދާސްތައް އެއްކޮށް ބަންޑުން ކޮށްލިއެވެ. އައިޝާވެސް ގޮސްވަނީ ކޮޓަރިއަށެވެ. މިންހާ ފަދަ މީހަކު އޭނާ ލޮލަކުންވެސް ނުދެކެއެވެ. އޭނާ އަކީ ވަކި ރަގަޅުމީހެއް ނޫނެވެ. އެހެނަސް މިންހާ ކުރިފަދަ އަމަލްތަކަކީ އަންހެނަކަށް ކުރަން ކެރޭވަރު އަމަލް ތަކެއް ނޫނެވެ.

*****

“ބައްޔެއް.. ހުރިހާ ކަމެއް ބަސްޓްވެއްޖެ މި ކަލެއާ ހެދި ވާގޮތް.. ކަލޭ ޖެހޭތަ ހޭބަލިވެގެން އަހަރެން ދަރި ގެންގޮސް އަހަންނަށް ގުޅާ ގެންދަން..” މިންހާ އެޑަމްގެ މޭ މަތީގާ ޖަހަމުން ބުނެލިއެވެ.

“އޭ އެއީ މިންނުގެ އެކަނި ދަރިއެއް ނުން.. އަހަރެންމީ ނައިރާ ބައްޕަ.. އަހަންނަށް އަހަރެންގެ ދަރި ނުގެންދެވޭނެ ސަބަބެއް ނެތް.” އެޑަމް މިންހާގެ އަތް ދުރުކޮށްލަމުން ބުނެލިއެވެ.

“އެހެން ނުނަސް ތިހުރިހާ ކަމެއް ނުވީސްދޯ މިންނު ޕެރެގްވި ގޮތަށް މަށާ އިންނަމަ.. މިންނު ވެއްޖެ ޔާސިންއަށް ޑްރަގް ކޮށްފަ އޭނަގެ ދަރިއަކަށް ނައިރާ ހަދާފަ އޭނަ އާ އިންނަން.. އަހަރެން އެއްޗެކޭ ނުބުނެ ހުއްޓަސް ހީނުކުރާތި އަހަރެންނަށް ކަންކަން ނުވަނިއްޔޭ..” އެޑަމް ގޮސް އެދުގައި އޮށޯންނަމުން ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ.

“މިހާރު ކަލެއަށް ރަގަޅެއްނުން. އެ ޔާސިން އެދިޔައީ އަހަރެން ވަރިކޮށްފަ.. އެގޮލާއަށް އޭނަގެ ދަރިއެއް ނުންކަން އިނގުނީމަ ވާނީ  އެހެން.” މިންހާވެސް އައިސް ހަމަޖެހޭކަމަށް ހަދާލަމުން އެޑަމް ގާތު ޖައްސާލިއެވެ.

*****

ޔާސިރު ގުޅަމުން ދިޔައީ ޔާސިން ގެއަށް ދިޔަފަހުން ހަބަރެއް ނުވާތީއެވެ. ޔާސިންގެ ފޯނަށް ނުގުޅެން ފެށުމުން އޭނާ ކަންބޮޑު ވާން ފެށިއެވެ. ހުޝާމް އާ ދެމީހުން ސައިކަލުގައި ގެއަށް ދިޔައެވެ. ހުޝާމް ގާތު ޔާސިން ގެޔަށް ދާން ބުނުމަށްފަހު ޔާސިރު ގޮސް ވަނީ ގެޔަށެވެ. އަދި ފޮއްޓައް އެއްޗެހި އަޅައިން ސޯފާގައި ރޯން އިން އާތިކާ ފެނުނީ އެވަޤުތުއެވެ.

“ނޫނޭވާ އާތިކާތީ ކުޅަދާނަ އަންހެނެއް.. އަހަރެން ހިޔެއް ނުކުރަން އާތިކާގެ އަމިއްލަ ދަރިއަށްވެސް ތިވަރު އޮޅުވާލުމެއް އޮޅުވާލާނެ ކަމެއް” ޔާސިރު އައި ގޮތައް އައިސް ބުނެލިއެވެ. އާތިކާއަށް އެ ދައްކަމުން ދަނީ ކޮން ވާހަކަތަކެއްކަން ވަރަށް ރަގަޅަށް އެގެއެވެ.

“އަހަންނަށް މާފްކުރޭ ޔާސިރޫ… އޭރު އަހަންނަށް މަޖުބޫރުވީ” އާތިކާއަށް އިތުރަށް ރޮވުނެވެ.

“ކޮން މަޖުބޫރެއް އާތިކާއަށް ވީ… އާތިކާތީ މާލޭގަ ނަން ހިނގާ މަހުޖަނެއްގެ ދަރިއެއް.. އެކަމް އެކަމެއް އަހަރެންގެ ދަރިފުޅު ހުޝާމަކަށް ނޭގޭ.. އާތިކާ ހުޝާމު ގޮވައިން އެ ހަ އަހަރު ހަމަ ދިޔައީ މަންމަމެން ގެޔަށްތަ؟” އާތިކާ ދެއަތަށް ބޯ ހޫރާލިއެވެ. ޔާސިރުގެ ޝައްކުތައް ޔަގީނަށް ބަދަލުވި ފަދައެވެ.

“އަހަރެން އޭރު… އަހަރެން އޭރު ދިޔައީ އެހެން މީހެއް ކައިރިއަށް.. ޔާސިރު އަހަންނާ އިދެގެން އުޅުނަސް ޔާސިރުގެ ހިތް އޮތީ މަރީއަށް ދެވިފަ.. އެދުވަސްކޮޅު އަހަރެން މޮޔަ ނުވީ ކިރިޔާ.. އަހަންނަށް ލޯބި އަލުން ދަސްކޮށްދިނީ އަހުމަދު.. އަހަރެން ދިޔައީ އަހުމަދު ކައިރިއަށް.. ހުޝާމް ކުޑަވީމަ ހުޝާމަށް ކަންކަން ނޭގޭނެކަން އަހަންނަށް އިނގޭ” އާތިކާ ވާހަކަ ދައްކަމުން ދިޔައިރު ޔާސިރުގެ މޫނު މަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. އޭނާ ދުވަހަކުވެސް އާތިކާ އޭނާއަށް ބޭވަފާތެރި ވެދާނެކަމަކަށް ހިތަކަށްވެސް ނާރައެވެ. ނަމަވެސް އެހެން އެކަން ވެގެން ދިޔައީ އޭނާގެ އިހުމާލުން ކަން އިހުސާސް ކުރެވެން ފެށުނެވެ.

“ކީކޭ… އަނެއަކާ ހުޝާމް އެއީ އަހަރެންގެ ދަރިއެއްތަ” މިދުވަސް މިހެން އަންނާނެކަން އާތިކާއަށް އިނގެއެވެ. ޔާސިރު މިހެން ބުނުމުން އާތިކާ ދިއްކޮށްލީ ހުޝާމް ހަ އަހަރުގައި ހަދާފައިވަ ޑީއެންއޭ ރިޕޯޓެވެ. އަދިވެސް އެތައް ސުވާލުތަކެއް ޔާސިރު ކުރަން ބޭނުންވެފައި ހުއްޓެވެ.

*****

“ކޮބާ ޔާސިން” މިންހާމެން ގެޔަށް ވަނުމަށްފަހު މަނާލް ފެންނަން އިނުމުން ހުޝާމް އަހާލިއެވެ.

“އޭނަ ގޮއްސި މިންހާ ވަރިކޮށްފަ މިގެއިން ނިކުމެގެން” ހުޝާމް ހިތްތެޅެން ފެށިއެވެ. ބައްޕަ ވެސް ޔާސިންވެސް މިނެގީ ކޮންފަދަ ނިންންމުމެއް ބާއެވެ. ބައްޕަގެ ވާހަކަ ބާއްވާށެވެ. ޔާސިން މިންހާ ވަރިކުރަން ޖެހުނީ ކީއްވެ ހެއްޔެވެ. ގައިމު މީގެ 2 ގަޑިއިރު ކުރިންވެސް އެދެމީހުން އުޅުނީ ނުލާހިކު ލޯބިންނެވެ.

“ކޮބާ މިންހާ.. ކޮބާ ނައި” ހުޝާމް ކަންބޮޑުވިއެވެ.

“މިންހާ ގޮއްސި ނިކުމެގެން.. ނައިރާ ނިދިފަ އޮތީ.. ” ހުޝާމް ފޯނު ނަގާ ޔާސިން އަށް ގުޅަން ފެށިއެވެ. ނަމަވެސް ޔާސިން ފޯނަކަށް އެއްގޮތަކަށްވެސް ނުގުޅެއެވެ. ގުޅާލާ އިރަށް ބިޒީ ވާން ފަށައެވެ. ހަދާނެ ގޮތް ހުސްވެގެން ހުޝާމް ގުޅާލީ ނޫރާ އަށެވެ. ނޫރާ އަކީ ހުޝާމް އަބަދުވެސް ހާސްވެ ކަންކަމުގައި ގޮތް ނިންމަން ނޭގިއްޖެ ނަމަ އެކަމަށް ހައްލު ދޭ އެކަކެވެ.

“ހަލޯ.. ނޫރާ އަހަރެން ހަދާނެ ގޮތް ހުސްވެފަ މިހިރީ.. މަންމަ އާ ބައްޕަ އާ ޑިވޯސްވެއްޖެ… އަނެއްކާ ޔާސިން… އަޅެ ޔާސިންވެސް ދިޔަތަނެއް ނޭގޭ.. ބޮޑު ކަންތައް ގަޑެއް ހިގައިފި..” ނޫރާ ފޯނު ނެގުމާއެކު ހުޝާމް ވާހަކަ ދައްކަން ފެށިއެވެ. ހުޝާމްގެ އަޑުގައި ނުތަނަވަސް ކަމާ ކަންބޮޑުވުން އެކުލެވިގެން ވިއެވެ.

“ހުޝާމް ޔާސިން އިޒް ވިތް މީ.. މިގޭގަ.. އާދެބަ” ނޫރާ މިހެން ބުނުމުން ހުޝާމް ކުޑަކޮށް ދެރަވާ ގޮތް ވިއެވެ. އޭނާގެ ހިތުގައި ނޫރާ އަށް ދެވިފައިވަނީ ހާއްސަ މަގާމެކެވެ. ނޫރާގެ ހިތް އަދިވެސް ގޮވަމުން ދަނީ އޭނާގެ ކޮއްކޮ އަށް ކަން އިގެއެވެ. ނަމަވެސް ހިތަކީ އެކަކަށްވެސް މަތަ ކުރެވޭ އެއްޗެއް ނޫނެވެ. އެބަ ދަމޭ ބުނެ ހުޝާމް ނޫރާ މެން ގެޔަށް ދިޔައެވެ.

*****

ސައިރެންގެ އަޑު މެދު ނުކެޑި އިވެމުން ދިޔައެވެ. މީހުންތައް އެޕާރޓްމެންޓް ކައިރީ އެއްވަމުން ދިޔައީ ކަން ހިގައި ދިޔަ ގޮތް ހޯދަންށެވެ. އެއްބަޔަކު ވަޅި ޖަހައިން އުޅެނިއްޔޭ ކިޔަމުން ދިޔަ އިރު އަނެއް ބަޔަކު ކިޔަމުން ދިޔައީ ގެވެށި އަނިޔާ ކުރީއެވެ. ޕޮލިހުން ހަރަކާތް ތެރިވަމުން ދިޔަ އިރު ތިރީގައި އެމްބިއުލާންސް ވެސް އައިސް އޮތެވެ.

-ނުނިމޭ-

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ބާކީ ނުކުރަމާ

Next

އެދިގެން ކަލާ ލިބޭތޯ 6

Next
August 16, 2025

އެދިގެން ކަލާ ލިބޭތޯ 6

Previews
August 15, 2025

ބާކީ ނުކުރަމާ

One Comment

  1. Nayerr says:
    August 15, 2025 at 3:26 pm

    Masha Allah Mi part ves vrh reethi yasin and nooraa gulhuvahchey plss curiously waiting for the next part

Comments are closed.

Next Episodeހިތުގެ ރިހުން (19)←


All Right Reserved!