ޝާން ހެވިލާފައި އައިސް އަކްރަމްގެ ކޮޑޫގައި ޖަހާލުމަށްފަހު ކިހިނެއްހޭ އަހާލިއެވެ. ޝާންގެ މިހަރަކާތުން އަކްރަމްވެސް އަދި ނުހާވެސް ހައިރާންވިއެވެ. އަރީކާގެ މޫނު މައްޗަށް ވެރިވި ހިނިތުންވުންވެސް އެއްކޮށް ފިލައިގެން ދިޔައެވެ. ޝާންއަށް މިވީ ކިހިނެއްބާއެވެ. އަރީކާ ހީކުރީ ޝާން އައިގޮތަށް އައިސް ނުހާ އާއި އަކްރަމް ބޭރު ކޮށްލާނެ ކަމަށެވެ. ނަމަވެސް ޝާންގެ މޫނުމަތިން އެއްވެސް ރުޅިވެރިކަމެއް ފެންނާކަށް ނެތެވެ. ” ދޭބަލަ އަރީކާއަށް ގޮވަން..” ޝާން އައިސް ސައިބޯން އިށީނަން އުޅެނިކޮށް ނުހާ ބުނެލިއެވެ. ޝާން […]
މުޅި ޖައްވުގައިވަނީ ހަމަހިމޭން ކަމެވެ. ފަތިހުގެ މި ހިތްގައިމު ވަގުތު މުޅި އުދަރެހުގައި ރަސްކަން ކުރަމުން ދިޔައީ ތެތް ފިނިކަމެވެ. ރޭގައި ވެހުނު ވާރޭގެ އަސަރު މަގުތަކާއި އުޅަދުތަކުގައި ފެންނަން ހުއްޓެވެ. ދެތިން މީހަކު ނޫނީ މަގުމަތިން ނުފެނެއެވެ. ޒާން ފެން ބޮވައިގަނެގެން ބޭރަށް ނުކުތީ ފިނިއެއްޗެއް ފްރިޖުން ނަގާ ބޯލުމުގެ ނިޔަތުގައެވެ. ޒާންއަށް ކުއްލި ސިހުމެއް ލިބުނީ ބެލްކަނީގައި ނިވާކަން ކުޑަ ގޮތަކަށް ހުރި އަންހެން ކުއްޖާ ފެނުމުންނެވެ. ހަމަގައިމުވެސް އެއީ އޭނާގެ މަންމަ ނުންކަން […]
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނުހާ އަދިވެސް އޭނާއަށް ހުރިހާ ކަމެއް ހަދާން ވެއްޖެކަން ޝާން ގާތުވެސް އަދި ޒާން ގާތުވެސް ނުބުނެއެވެ. ޝާން މުޅިންހެން އެއްކޮށް ބަދަލުވެއްޖެއެވެ. އޮފީހަށް ގޮސްފައިވެސް ނުހާ އަށް ގުޅައިން ވާހަކަ ދައްކައެވެ. ރޭގަޑުގަޑީ ނުހާ ގޮވައިން ބުރު ޖަހާލަންވެސް ދެއެވެ. އަރީކާ ޝާންއަށް ގުޅާލެއްވެސް މަދެވެ. ” ހަލޯ.. ކީކޭ ޒީ..” ނުހާގެ ފޯނު ރިންގް ވުމުން ފޯނު ކަންފަތުގައި ޖަހާލަމުން ވާހަކަ ދައްކަން ފެށިއެވެ. ” ނުހާ.. ކިހިނެއް މިހާރު؟ […]
އާއެކެވެ. ނުހާވަނީ ފާއިތުވެދިޔަ 16 އަހަރުގެ ހަދާންތައް އޭނާގެ ސިކުޑިން ފޮހެލާފައެވެ. ހިތްދަތިކަމާ ވޭން ތަހަންމަލު ކުރަން ޖެހުމުން ކޮންމެ މީހަކުވެސް އެހަދާންތަކާ ދުރައްދާން ބޭނުން ވާނެއެވެ. ޒާން އަށް ބުނާނެއެއްޗެއްވެސް ނޭގުނެވެ. އޭނާގެ މަންމަ މިއަދު އެވަނީ އޭނާ މަތިންވެސް ހަދާން ނައްތާލާފައެވެ. ނުހާ އަލުން ކުރީގެ ނުހާއަށް އަންނާނެކަމުގެ ފޮނި އުންމީދު ޒާންގެ އޮތެވެ. ނުހާ ގެއަށް ދޫކޮށްލީ 3 ދުވަސް ފަހުންނެވެ. އަދިވެސް ނުހާ އުޅެނީ ޒާންއާ ވަރަށް ދުރުންނެވެ. ހީވަނީ ނުދަންނަ […]
މުޅި ސުކޫލުގެ މާހައުލަށް ހީވަނީ އީދެއް އައިސްގެން އުޅޭ ހެންނެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. މިއަދަކީ ޖީސީއީ އޯލެވެލް އިމްތިޙާން ނިމުނު ދުވަހެވެ. ހުރިހާ ކުދިން އެއްފަހަރާ ސުކޫލް ހޯލުން ނިކުމެގެން އައިއިރު ހީވަނީ ގިނަ ދުވަސް ވަންދެން ކޮށްޓެއްގައި ބަންދުކޮށްފައި ތިބި ޖަނަވާރު ތަކެއް ދޫކޮށްލިހެންނެވެ. ކައިލީން ކުއްލިއަކަށް ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް އޭނާގެ އަތުގައި ހިފައި ދަމައިގަތުމުންނެވެ. ކައިލީން ފަހަތަށް އެބުރި ބަލާލީ އެއީ ކާކުކަން އެނގިހުރެއެވެ. “ކިހިނެއްވީ ބޭފުޅާ ތިހެން އުޅެނިކޮށް […]
ޝާންގެ ހާސްކަން އިތުރުވަމުން ދިޔައެވެ. މުޅި މީހާ ހުރީ ލެއިން ތަތްތެޅިފައެވެ. އޮޕްރޭޝާން ތިއޭޓަރުގެ ކުރިމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ” މަންމާ… މަންމާ…” ޒާން ރޮމުން ދުވެފައި ތިއޭޓަރު ކައިރިއަށް އައެވެ. ފަހަތުން އަވަސް ފިޔަވަޅުތަކެއް އަޅަމުން އަކްރަމްވެސް އައެވެ. ނުހާ ވީ އެމެޖެންސީގައި އޮޕްރޭޝަން ކުރަން ވައްދާފައެވެ. ބޮލުން ތިން އިންޗްހާތަން ފަޅައިގެން ގޮސްފައިވެއެވެ. ޝާންގެ ލޮލަށް ކަރުނަތައް ޖަމާވެފައި ހުއްޓެވެ. އޭނާ ގަސްދުގައި ކުރިކަމެއް ނޫނެވެ. ހިސާބަށް ވުރެ މީހާ ރުޅި […]
ޒާން ބޭރަށް ނިކުތުމަށްފަހު ޓެކްސީއަކަށް އަރައިގެން ގޮސް މަޑުކޮށްލީ އަކްރަމް މެންގޭ ދޮރުމައްޗަށެވެ. އޭނާއަށް އަދިވެސް އޭނާ ދެންމެ އަޑުއެހި ވާހަކަތައް ގަބޫލެއް ނުކުރެވެއެވެ. އަކްރަމް އަކީ އޭނާގެ މަންމަގެ އެންމެ ގާތް އެކުވެރިޔާއެވެ. ނަމަވެސް ބައްޕަ އަކްރަމް އާ މަންމައާ އަޅުވާ ކިޔަންވީ ކީޢްވެ ހެއްޔެވެ. ބައްޕަ އެހެން އަންހެން ކުއްޖަކާ ރައްޓެހި ވާން ޖެހުނީ ކީއްވެބާއެވެ. މަންމަ ފުރަތަމަ އަކްރަމްއާ ގުޅުމެއް އޮތަތީ ބާއޭ ޒާންގެ ހިތަށް އަރަމުން ދިޔައެވެ. ޓެކްސީއަށް ރުފިޔާ ދިނުމަށްފަހު […]
” އެއީ ކާކު؟ ބައްޕަ ކޮބާ؟” ޒާން އަހާލިއެވެ. ” އެ… އެއީ… ބައްޕަގެ ސެކެޓްރީ….. ބައްޕަ އޮފީހުގަ ވީ..” ނުހާ ހާސްކަމާ އެކު ޒާންއަތުން ފޯނު ނަގަމުން ބުނެލިއެވެ. ޒާން އެހެންހެއްޔޭ ކިޔާފައި ހީލުމަށްފަހު އަނެއްކާ ގޮސް ކޮޓަރިއަށްވަނެވެ. ނުހާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ޒާން އެއްޗެއް ހިތަކަށް ނާރާކަމަށް ހީކުރިއެވެ. **** ” ނޭގެ… މަންމަ ދޮގުހެދިކަން އެގެނީ.. އެހެން ނުނަސް ޑޭޑްގެ ސެކެޓްރީ އެހެނެއް ވާހަކަ ނުދައްކާނެ ނުން މަންމަ ކަން އެގެންޔާ […]
ހިތްހަމަ ޖައްސާލަން އައި ދަތުރުވެސް އެއްކޮށް މަޑުޖެހުނެވެ. އަކްރަމްގެ އަތުގައި ބޭސް އަޅައިގެން ވެކޭޝަންގެއަށް ތިންމީހުން ދިޔައެވެ. އަކްރަމްގެ އަތް ޒަހަމްވެފައި ވުމުން ކާރު ދުއްވަން ކުޑަކޮށް އުދަގޫވިއެވެ. ނުހާ އާއި ޒާންގެ އެދުމުގެ މަތިން އަކްރަމް މަޑުކޮށްލީ ރޭވުމުން އެމީހުންނާ އެއްކޮށް މާލެ ދިޔުމަށެވެ. *** އަދިވެސް ނުހުއްޓޭ މިކަމެއް – ޝާންގެ ވައިބާއަށް ފޮޓޯތަކެއް ފޮނުވާފައި އަރީކާ މެސެޖްކޮށްލިއެވެ. އޭރު ޝާން އިނީ މީޓިންގްއެއްގައި ކަމުން މެސެޖު ބަލައެއް ނުލެވުނެވެ. އޮފީސް ނިންމާލުމަށްފަހު ގެއަށް […]