
މުޅި ޖައްވުގައިވަނީ ހަމަހިމޭން ކަމެވެ. ފަތިހުގެ މި ހިތްގައިމު ވަގުތު މުޅި އުދަރެހުގައި ރަސްކަން ކުރަމުން ދިޔައީ ތެތް ފިނިކަމެވެ. ރޭގައި ވެހުނު ވާރޭގެ އަސަރު މަގުތަކާއި އުޅަދުތަކުގައި ފެންނަން ހުއްޓެވެ. ދެތިން މީހަކު ނޫނީ މަގުމަތިން ނުފެނެއެވެ. ޒާން ފެން ބޮވައިގަނެގެން ބޭރަށް ނުކުތީ ފިނިއެއްޗެއް ފްރިޖުން ނަގާ ބޯލުމުގެ ނިޔަތުގައެވެ. ޒާންއަށް ކުއްލި ސިހުމެއް ލިބުނީ ބެލްކަނީގައި ނިވާކަން ކުޑަ ގޮތަކަށް ހުރި އަންހެން ކުއްޖާ ފެނުމުންނެވެ. ހަމަގައިމުވެސް އެއީ އޭނާގެ މަންމަ ނުންކަން އޭނާއަށް އެގެއެވެ. ދެލޯ ރަގަޅަށް އުގުޅާލުމަށްފަހު އަނެއްކާވެސް އެދިމާލަށް ބަލާލިއެވެ. ރީތި ބުޅި އިސްތަށިގަޑު ވަނީ ބޮލުގަ މެދަށް ނަގާ ބޮޑު ހުޅިއެއް ޖަހާފައެވެ. ނައިޓީ ލައިގެން އެއް އަތުގައި ކޮފީއެއް ހިފައިން ތުމުން މަޑު މަޑު ރާގެއް ކުޅެމުން ދިޔައެވެ. ޒާން ބެލްކަންޔާ އަދިމާލަށް މަޑުމަޑު ހިގައިގަތެވެ. އަދި ބެލްކަނީ ދޮރުމައްޗަށް އަރާ ދޮރުގެ ދެފަރާތުގައި އަތް ވިއްދާލިއެވެ.
“ކާކު؟” ކުއަލިއަކަށް ޒާން ފަހަތުން ވާހަކަ ދެއްކުމުން އަރީކާ ދިޔައީ ސިއްސައިގެންނެވެ. އަރީކާ ފަހަތަށް އެބުރި އޭނާ އަމިއްލަ ނަފްސަށް އަތް ދިއްކޮށްލިއެވެ. އަހަރެންހެއްޔޭ ބުނާފަދަ ގޮތަކަށެވެ. ޒާންގެ ދެލޯ ބޮޑުވިއެވެ. އެދުވަހެއްގެ ފަހުން ޒާންގެ ސިކުޑިން އެ އަންހެން ކުއްޖެއްގެ ހިޔާލުތައް ނުފިލާ ކުއްޖާ އެހެރީ މިއަދު އޭނާގެ ކުރިމަތީގައެވެ. ސުކޫލް ކެންޓީނުން އަރީކާ އޭނާއަށް ފެނުނީ އެންމެ ދުވަހަކުއެވެ. އޭގެ ފަހުން އޭނާއަށް އަބަދުވެސް އަރީކާގެ ރީތިކަމާ ހިނިތުންވުން މަތިން ހަދާންވެއެވެ.
” އަހަންނަށް ކިޔަނީ އަރީކާ.. އަހަރެން މެލޭއިން އައިސް ހުންނާނެތަނެއް ނެތިގެން މިގޭގެ ހުރެވިދާނެއޭ ނުހާ ބުނީމަ މިގޭގަ މަޑުކުރީ.. ތީ ކާކު؟” އަރީކާ އެއީ ޒާންކަން އެގި ހުރެ އަހާލިއެވެ. ޝާންއާއި ޒާން އެއްވެސް ތަފާތެއް ނެތެވެ. ހީވަނީ ޒާން އަކީ ޝާންގެ ކާބަން ކޮޕީއެއް ހެންނެވެ.
” އަރީކާ.. މީހާއާ އެއްވަރަށް ނަންވެސް ވަރަށް ރީތި.. އަހަރެން މީ ޒާން ނުހާ… އޫޕްސް.. މަންމަގެ ދަރިފުޅު..” ރަކި ގޮތަކަށް ޒާން ބުނެލިއެވެ. އޭރު ކޮންމެވެސް ވަރަކަށް އަލިވަމުން ދިޔައެވެ. ނުހާވެސް ޝާން އޮފީހަށް ދާން ވާއިރަން ސައިބޯއެއްޗެއް ތައްޔާރު ކޮށްލަން ބޭރަށް ނުކުތެވެ. ނުހާ ހުރިތަނަށް ހުއްޓުނީ ޒާން އަރީކާގެ އަތުގައި ހިފަހައްޓާލައިގެން ހުރި ތަން ފެނުމުންނެވެ. އަރީކާ ލައިގެން ހުރި ހެދުން ފެނުމުން ނުހާ ގާތަށް ރުޅިއައެވެ. ނަމަވެސް ފުންނޭވާއެއް ލުމަށްފަހު މޫނު މައްޗަށް ހިނިތުންވުން ވެރިކުރުވަމުން ނުހާގޮސް ބެލްކަނީ ދޮރު ކައިރީ މަޑުކޮށްލިއެވެ. އަރީކާ އަވަސް އަވަހަށް އޭނާގެ އަތް ޒާން އަތުތެރެއިން ދަމައިގަތެވެ.
” ހާދަ ހެދުނަކާ ދެކުދިން ހޭލައިގެން… އަރީކާ އާދެބަލަ ކާގެއަށް އަހަރެން ވާހަކައެއް ބުނަން ބޭނުން..” ނުހާ މިހެން ބުނުމަށްފަހު ކާގެއަށް ދިޔައެވެ. ޒާންގެ ހިތް ކުޑަކޮށް ނުތަނަވަސް ވިއެވެ. އޭނާގެ މަންމަ ހިތްހަމަ ނުޖެހޭނެކަން ރަގަޅަށް އޭނާއަށް އެގެއެވެ. އަރީކާ ކާގެއަށް ދިއުމުން ޒާންވެސް ގޮސް ކޮޓަރިއަށް ވަނެވެ. މީހާގެ ކަރުހިއްކުންވެސް އަރީކާ ފެނުމުން އެއްކޮށް ފިލައިގެން ދިޔަކަހަލައެވެ.
***
” އަރީކާ… އަހަރެން މިކަހަލަ އެއްޗެއް ބުނަން ބޭނުމެއްނުން.. އެކަމް އަހަރެންގެ ދަރިފުޅަށް އަހަރެން ވަރަށް ބަލަން… ތިހާ ކުރު އެއްޗެހި ލައިގެން ބޭރަށް ނުނިކުތިއްޔާ ވަރަށް ރަގަޅު.. އެއީ މިގޭގަ ފިރިހެނުންވެސް އުޅޭދޯ.. ޝާންއަށް ފެނިއްޖެއްޔާ ވަރަށް ހިތްހަމަ ނުޖެހޭނެ..” ނުހާ ނުބުނަން ހުރެފައިވެސް ބުނެލީ އެކަން ހުއްޓުވަން ބޭނުންވެގެންނެވެ. އަނެއްކާ އަރީކާ މިހެން ހުރެ ފެނިއްޖެނަމަ ޝާން މޮޔަނުވާނެކަމެއްވެސް ނޭގޭތާއެވެ. އަރީކާ އިސްޖަހާލުމަށްފަހު އާއެކޭ ބުނެލިއެވެ. ނުހާ ސައިބޯއެއްޗެހި ހެދުމަށްފަހު ޝާންއަށް ގޮވަން ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ޒާންވެސް ސްކޫލަށް ދާން ތައްޔާރުވަމުން ދިޔައެވެ.
7:30 ވިތަނާހެން އެންމެން ތައްޔާރުވެގެން ސައިބޯން ނުކުތެވެ. އަރީކާގެ ހަބަރެއް ނުވެގެން ނުހާ އަރީކާއަށް ގޮވަންދާން ތެދުވިއެވެ. ” އަހަރެން އަންނާނަން ގޮވައިގެން.” ޝާން ބުނެލިއެވެ. ނުހާ ހީލާފައި އާއެކޭ ބުނެލީ ހިތާ ދެކޮޅަށެވެ. އެއްގޮތަކަށްވެސް ޝާން އަރީކާއާ ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް މި ހުރިހާ ކަމެއް ހުއްޓުމަކަށް ގެންނަން އޭނާ އިންތިހާއަށް ބޭނުމެވެ.
ހެދުނުގެ ނާސްތާ ކުރުމަށްފަހު ޝާން ދިޔައީ އޮފީހަށެވެ. ޒާންވެސް ޔޫނުސް އާއި އެއްކޮށް ދިޔައީ ސްކޫލަށެވެ. އަރީކާ އެޕާރޓްމެންޓެއް ހޯދުމުށޭ ކިޔާފައި ދިޔައެވެ. ނުހާ އައިސް ސޯފާގައި އިށިނުމަށްފަހު ފޯނުނަގާ ނަންބަރަކަށް ގުޅާލިއެވެ.
” ހަލޯ އަކްރަމް… އަހަރެންނާ ބައްދަލު ކުރެވިދާނެތަ؟ މިއަދު ހަވީރު 4 ޖަހާއިރު އާދެބަ މިގެއަށް.. އުހުން 3 ޖަހާއިރު ރަނގަޅުވާނެ..” ނުހާ ފޯނު ކަންފަތުގައި ޖަހާލުމަށްފަހު ބުނެލިއެވެ.
” އޯކޭ… އެކަމް އަހަރެން ހަދާން އެބަހުރިތަ؟” އަކްރަމް އަހާލިއެވެ.
” އާން.. ކީއްވެ ނުހުންނަން ވީ.. ތީ އަހަރެން ބެސްޓް ބެސްޓް ބަޑީއެއްނުން.. ވިލް ވެއިޓް.. އަންނައްޗޭ އިނގޭ..” ނުހާ މިހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ. އަދި ޓީވީ ހުޅުވުމަށްފަހު ފިލްމަކަށް ޖައްސާލިއެވެ.
***
ނުހާއަށް ހޭލެވުނީ ޝާން އައިސް ގޮވުމުންނެވެ. އަވަސް އަވަހަށް ތެދުވެ ގަޑި ބަލާލިއެވެ. އޭރު 12 ޖަހާ ބޮޑުވެއްޖެއެވެ. މިއަދު ޝާން ބްރޭކަށް އަންނަންވާއިރަށް އެއްވެސް އެއްޗެއް ތައްޔާރެއް ނުކުރެވުނެވެ. ޝާން އޭނާގެ އަތުގައި އޮތް ކޮތަޅު ދިއްކޮށްލިއެވެ.
” ވަރަށް ގުޅައިފިން.. ނުކައްކާށޭ ބުނަން ގުޅީ.. އަން.. މިހިރީ ނުހާގެ ފޭވްރިޓް މޮންގޯލިއަން ރައިސް…” ޝާން ހީލުމަށްފަހު ނުހާ ބޮލުގައި ފިރުމާލިއެވެ.
“އަހަންނަށް ނިދުނީ.. ހިންގާ ކާން..” ނުހާ ކޮތަޅުގައި ހިފާލުމަށްފަހު ދެތުވިއެވެ.
” އަހަރެން މިއައީ އޮފީސް ކުދިންނާއެކު ކައިގެން… ނުހާ މަތިން ހަދާންވެގެން މިގަނެގެން ނުހާއަށް ދޭން މިއައީ ގެޔަށް..” ޝާން މިހެން ބުނުމަށްފަހު ދަނިއްޔޭ ކިޔާފައި އަނެއްކާ އޮފީހަށް ދާން ނުކުތެވެ. ނުހާވެސް ވަރަށް ބަޑުހައިވެފައި ހުރުމުން ކާގެއަށްގޮސް ތައްޓަކަށް ބަތް އަޅައިގެން އިށީނެވެ. އަރީކާ ގެއަށް އައިސްވަނީ އެވަގުތުއެވެ.
” އާދޭ ކާން… ކިހިނެއް ގޭގެ ޕިން ކޯޑު އެގުނީ..” ނުހާ އޭނާ އަރީކާއަށް ކޯޑު ނުކިޔާ ދޭކަން އެގެއެވެ.
” އަހަރެން މިއައީ ކައިގެން އޭޝިއާނާއަށް ގޮސް މޮންގޯލިއަން ރައިސް…. ނުހާއެއްނުން އިއްޔެ ބުނީ.. ހަނދާނެތްތަ؟” އަރިކާ ނުހާ ކާން އިން އެތި ބަލާލުމަށްފަހު ގަސްދުގައި ދޮގުހަދާލިއެވެ. އަދި މީގެ ކުރިން ޝާން އޭނާ ގާތު ގޭގެ ޕިން ކޯޑަކީ ޒާންގެ އުފަންދުވަސް ކަމުގައި ބުނެފައިވާކަން ސިއްރު ކުރިއެވެ. ނުހާ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ. ޝާން އެބުނާ އޮފީސް ކުދިންނަކީ އަރީކާ ހެއްޔެވެ؟ އޭނާ ނުބުނާ ޕިންކޯޑު ކިޔާ ދިނީ ޝާން ބާއެވެ. މާ ބޮޑު ކަމަކަށް ނުހާ އެކަން ނަހަދައެވެ. އޭނާ އިތުރު އެއްޗެއް އަހައިފިނަމަ އަރީކާއަށް އޭނާ ހަދާން ހުރިކަން ފަޅާއަރާފާނެއެވެ.
ކައި ނިންމާލުމަށްފަހު ނަމާދުކޮށްލައިގެން ނުހާ ބޭރަށް ނުކުތީ ހަވީރު ސައިބޯއެއްޗެއް ހެދުމަށެވެ. އަކްރަމްވެސް އަންނާތީޔާ އެއްކޮށް ތިން ވައްތަރެއްގެ ހެދިކާ ހެދަން ފެށިއެވެ. 3 ޖަހަން ކައިރިވެފައި ވަނިކޮށް ގޭގެ ދޮރުގައި މީހަކު ބެލް ރިންގް ކޮށްލިއެވެ. އޭރު އަރީކާ ހުރީ ގުޅަ ތެލުލަދެންށެވެ. ނުހާގެ އެދުމުގެ މަތިން އަރީކާ ގޮސް ދޮރު ހުޅުވާލިއެވެ.
” ކަލޭ..” އަކްރަމްއާ އަރީކާއާ ދެމީހުންނަށް އެއްފަހަރާ ބުނެލެވުނެވެ. ނުހާ ކާގެއިން ނުކުމެގެން އައީ އަކްރަމް އައިކަން އެގުމުންނެވެ.
” ދެމީހުން ދަންނަންތަ؟” ނުހާ އަހާލީ އަރީކާ ގާތުއެވެ.
” ނުން ނުދަންނަން..” އަރީކާއާއި އަކްރަމްއަށް އެއްފަހަރާ ބުނެވުނެވެ. ނުހާ ކޮޑު ހިއްލާލިއެވެ. އަދި ހިނިގަޑެއް ޖަހާލިއެވެ. އަރީކާ އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ.
“އެދިޔައީ ޝާންއަށް ގުޅަން..” ނުހާ މިބުނިއެއްޗަކުން އިށިންނަން ތިރިވި އަކްރަމް އަނެއްކާ ކޮޅަށް ތެދުވިއެވެ. އަދި ސުވާލުން ފުރިގެންވާ ނަޒަރަކުން ނުހާއަށް ބަލާލިއެވެ. ނުހާ އަގަމަތީގައި ޝަހާދަތް އިގިލި ޖައްސާލީ މީ ސިއްރެކޭ ބުނފަދަ ގޮތަކަށެވެ.
” އަހަރެންނަށް ހުރިހާ އެއްޗެއް ހަދާވެއްޖެ…” ނުހާ ވައި އަޑުން ބުނެލިއެވެ.
” ކީއްކުރަން އޭނަ މިގޭގަ އެހެރީ؟ ޝާންއަށް އެގޭތަ ނުހާ އޯކޭކަން މިހާރު؟” އަކްރަމް ހައިރާން ކަމާއެކު އަހާލިއެވެ.
” އެވާހަކަ ދައްކާނީ ފަހުން.. މިއަދު މިގެނައި ކަމަކު… ހިންގާބަލަ ސައިބޯން…” ނުހާ އަކްރަމްގެ އަތުގައި ހިފައިގެން ކާގެއާ ދިމާލަށް ދަނިކޮށް ޝާން އައިސް ގެއަށް ވަނެވެ. ނުހާ ފަހަތަށް އެބުރުނީ ގޭގެ ދޮރު ހުޅުވި އަޑަށެވެ. ޝާން ފެނުމުން ނުހާ އަކްރަމްގެ އަތުން ދޫކޮށްލިއެވެ. އޭރު އަރީކާ ކޮޓަރިން ބޭރުގައި ވަރަށް ހެވިފައި މަންޒަރު ބަލަން ހުއްޓެވެ.
=ނުނިމޭ=
6 Comments!
Comments are closed.
Maashaa Allah….. V furihama……. Mi kahala lockdown life ehge foohi filuvaalan salhi vaahakaeh…….. Very nice….. Keep it up
By the what is meant by dongsaeng…. I think it mean sister or some thing????
My favourite kpop bands are bts txt blackpink apink and cravity which debuted 2019or2020
If you r really into kpop then u must watch KBS world channel at13:00friday……..Prograrame name is MUSIC BANK
SARANGHAEYO sisooo????????
Wow very nice ingey… Keep it up sisoo……love you….my favorite kpop bands r bts txt blackpink apink cravity
If you r really into kpop then u should watch KBS world at 13:00on Friday
Thanks dongsaeng….
I dont watch music bank…
Komme komme group eh salhi eh nun… as for boy groups I like BTS, Got7, SuJu, and Shinee….
Vvvv reethi mi part vx… Whn is next part.. Curiously waiting for next part.. N krystal you are so talented… Maashaallah.. Shalangae… Love U from BTS??????
❤❤ Thank you jeon jungkook.. next part maadhama libeyvaru kohdheveytho mi try kurany….
Saranghae ???
Masha Allah Vvvvv Vvvvv reethi mi partvx…. Keep it up…. Sissy Lysm and tc be safe. ????
Saranghae..