Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަބަދުވެސް މި ހިތުގާ ވެޔޭ (13)

Krystal Level 510 Stories100 Login100 Comments
May 10, 2020 4 Mins Read
13 Comments

ޝާންގެ ހާސްކަން އިތުރުވަމުން ދިޔައެވެ. މުޅި މީހާ ހުރީ ލެއިން ތަތްތެޅިފައެވެ. އޮޕްރޭޝާން ތިއޭޓަރުގެ ކުރިމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ.

” މަންމާ… މަންމާ…” ޒާން ރޮމުން ދުވެފައި ތިއޭޓަރު ކައިރިއަށް އައެވެ. ފަހަތުން އަވަސް ފިޔަވަޅުތަކެއް އަޅަމުން އަކްރަމްވެސް އައެވެ. ނުހާ ވީ އެމެޖެންސީގައި އޮޕްރޭޝަން ކުރަން ވައްދާފައެވެ. ބޮލުން ތިން އިންޗްހާތަން ފަޅައިގެން ގޮސްފައިވެއެވެ. ޝާންގެ ލޮލަށް ކަރުނަތައް ޖަމާވެފައި ހުއްޓެވެ. އޭނާ ގަސްދުގައި ކުރިކަމެއް ނޫނެވެ. ހިސާބަށް ވުރެ މީހާ ރުޅި އައުމުން ކޮންމެ ކަމެއްވެސް ގޯސްކޮށް ހިގައިދާނެއެވެ. ޒާން އައި ގޮތަށް އައިސް ދޮރު ކުރިމައްޗަށް ހުއްޓުނެވެ. މަންމައަށް ވީ ގޮތް އަހަން އިންތިހާއަށް ބޭނުންވެފައި ހުއްޓުން އަރާފައި ހުރެވުނެވެ. ޒާންއަށް ގަބޫލު ކުރެވުމުން ދިޔައި ޒާންއާ ހެދި މަންމަ އަށް ވީ ގޮތެއް ކަމަށެވެ. މަޑުމަޑުން ޒާން ގިސްލެވެން ފެށުނެވެ. އަދި އެބުރި އައިސް އަކްރަމްގައިގާ ބައްދާލައިގެން ހުރެ ޒާން ރޯން ފެށިއެވެ. ޝާން އަށް އިތުރ ހިތްދަތިކަމެއް ލިބުނެވެ. މިފަދަ ދަޑިވަޅެއްގައި އޭނާގެ ދަރިފުޅު އެހެން މީހެއް ކައިރީ ހުރެ ރޯތަން ފެނުމުންނެވެ.

” އޯ ޕޮސެޓިވް ލޭ ވަރަށް އަވަހަށް ބޭނުންވޭ… ޑޯނާއެއް ވީހާވެސް އަވަހަށް ހޯދަދީ.” ތިއޭޓަރުން ނުކުތް ނަރުސް ކުއްޖާ މިހެން ބުނުމަށްފަހު އަނެއްކާ ގޮސް އެތެރެއަށް ވަނެވެ.

” އޯ ޕޮސެޓިވް… އޯ ޕޮސެޓިވް…. އާން…” ޝާން ވިސްނަމުން ދިޔައީ އޯ ޕޮސެޓިވް ލޭ ދޭނެ ރައްޓެއްސަކުވެސް ހުރިތޯއެވެ. ނަންބަރަކަށް ޑައިލް ކޮށްލީ ބޭ އިހްތިޔާރުގައެވެ.

” ހަލޯ ކީކޭ ލޯބީ..” އެކޮޅުން ވާހަކަ ދެއްކީ އަރީކާއެވެ.

” އަހަރެން ވަރަށް … ވަރަށް އަވަހަށް… ލޭ ބޭނުންވެއްޖެ….. އޯ ޕޮސެޓިވް… އަރީކާ ގައިގާ ހުންނަނީ އޯ ދޯ… ” ޝާން އަޑު ތުރުތުރު އަޅަމުން ބުނެލިއެވެ.

” ކިހިނެއްވީ ޝާން… ކާކަށް ލޭ ބޭނުން ވަނީ… އާނ އަހަރެން ހުނަނީ އޯ…” އަރީކާ ކުޑަކޮށް ހާސްވިއެވެ. ޝާން އަށް އޯ ޕޮސެޓިވް ލޭ ބޭނުން ވަނީ ބާއޭ ހިތަށް އެރިއެވެ.

” އަހަރެންގެ އަންހެނުން… އިޓްސް އާރޖަންޓް..” ޝާން އަންހެނުންނޭ ބުނުމުން އަރީކާ ގާތަށް ރުޅިއައެވެ.

” ހުއް.. މަގޭ އަތަކު ނެތް އެ ނުހާއަށް ދޭކަށް ލެޔެއް… އެހެން ނޫނަސް އަހަރެން ގަޔަކުން ލެޔެއް ނުނަގާނެ.. އައި އޭމް ޕްރެގްނަންޓް..” އަރީކާ މިހެން ބުނުމުން ޝާން އަށް ހުރިތަނަށް ތިރިވެވުނެވެ. އަނެއްކާ އަނެއް ހަކަންތަކެވެ. ޝާން ފޯނު ކަޑާލިއެވެ. ދެފަރާތް ހޯދާލީ އަކްރަމް ފެނޭތޯއެވެ. އޭރު އަކްރަމްއެއްވެސް އަދި ޒާން އެއްވެސް ފެންނާކަށް ނެތެވެ.ބައި ގަޑިއެއްހާ އިރު ފަހުން ޒާން އައެވެ. ޝާން ލޭ ހޯދަން އެކި މީހުންނަށް ގުޅަމުންދިޔައެވެ. އެއްވެސް މީހަކު ލޭ ދޭނަމެކޭ ނުބުނެއެވެ.

” ކޮބާ އަކްރަމްބެ… ގުޅާބަ.. އަވަހަށް ލޭ ހޯދަން…” ޝާން ވަރަށް ހާސްކަމާއެކު ޒާންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

” އަކްރަމެބެ ވީ ލޭ ދޭން ގޮސް..” ޒާން އަތް ދޫކޮށްލަމުން ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

  • އާދެބަލަ ވަރަށް އަވަހަށް އަހަރެން ބަޑުގަ ރިއްސަނީ-

އަރީކާ މެސެޖެއް ފޮނުވާލިއެވެ. ޝާން މެސެޖް ކިޔާލުމަށްފަހު މެސެޖު ޑިލީޓް ކޮށްލިއެވެ. އޭނާ އަކަށް މިގަޑީ އެއްވެސް މީހެއް މުހިންމެއް ނޫނެވެ. ނުހާއަށް ވީގޮތެއްވެސް އަދި ނޭގެއެވެ. އަކްރަމް ލޭ ދިނުމަށްފަހު އަބުރާއިސް ތިއޭޓަރު ކައިރީ މަޑުކޮށްލިއެވެ. ތިންމީހުންވެސް ހާސްކަމާއެކު ޑަކްޓަރު ނިކުންނާނެ ވަގުތަކަށް އިންތިޒާރު ކުރަމުން ދިޔައެވެ. ގާތްގަޑަކަށް އެއްގަޑިއިރާ ބަޔަށް ފަހު އޮޕްރޭޝަން ކޮށް ނިންމާލުމަށްފަހު ޑަކްޓަރު ނިކުތެވެ. ތިންމީހުން އެއްފަހަރާ ޑަކްޓަރު ކައިރިއަށް ގޮސް މަޑުކޮށްލިއެވެ.

” މިހާރު ސީރިއަސް ހާލަތުން އަރައިގަނެވިފަ ވަނީ… އޮޕްރޭޝަންވެސް ކާމިޔާބު… ޝީ ނީޑްސް ރެސްޓް. އަދި ހޭލީމަ އަޅުގަޑުމެން އިތުރު ޓެސްޓްތަށް ހަދާނީ..” ޑަކްޓްރު މިހެން ބުނުމަށްފަހު ހިގައިގަތެވެ. އެވަގުތު ތިއޭޓަރުން ނުހާ ނެރެވުނެވެ. ޒާން އާއި ޝާން އެދުގެ އެއްފަރާތުގައި ހިފައިގެން ގޮސް ނުހާއަށް ހާއްސަ ކުރެވިފައި ހުރި ޕްރައިވެޓް ކޮޓަރިއަށް ވަނެވެ. އަކްރަމްވެސް އެމީހުންގެ ފަހަތުން ގޮސް ކޮޓަރީގެ ދޮރު ކައިރީގައި މަޑު ކޮށްލިއެވެ. އޭނާއަށް ވަންނަން ނުކެރުނީއެވެ. ޝާން އަދިވެސް އޭނާ ދެކެ ރުޅި އައިސް ހުންނަކަން އެގެއެވެ.

” ކީއްވެ ބޭރުގަ ތިހިރީ.. އާދޭ އެތެރެއަށް..” ޒާން ދޮރުން ބޭރަށް ބޯ ދިއްކޮލުމަށް ފަހު ބުނެލިއެވެ.

” ނޫނޭ.. ދެން އަކްރަމްބެ ދަނީ… މަންމަ ހޭލީމާ އަކްރަމްބެއަށް މެސެޖް އެއް ކޮއަލަށްޗޭ..” އަކްރަމް އެތެރެއަށް ވަންނަން ދެކޮޅު ހެދިއެވެ. އަދި އެހެން ބުނުމަށްފަހު ހިގައިގަތެވެ.

***

މުޅި ހޮސްފިޓަލް ތެރެ ހަލަބޮލިވާން ފެށިއެވެ. ބަލިވެ ޑަކްޓަރަށް ދައްކަން އައިސް ތިބި މީހުންނަށްވުރެ ނުހާގެ މައުލޫމާތު ހޯދަން އައިސް ތިބި ނޫސްވެރިންގެ އަދަދު ގިނައެވެ. ނުހާ ބާއްވާފައި އޮތް ކޮޓަރި ކައިރީގައި ނޫސްވެރިންތައް ހަރަކާތްތެރިވަމުން ދިޔައެވެ. ކާއެއްޗެއް ގަންނަން ނުކުތް ޒާން ދިޔައީ ސިއްސައިގެންނެވެ. އެނާ ކޮޓަރިން ނިކުތްތަނާ ކެމެރާ ތަކުގެ ފްލޭޝް އޭނާގެ މޫނަށް އަމާޒުވާން ފެށިއެވެ. ގަތްފައި ހުރި ބިރަކުން އެބުރި އަނެއްކާ ޒާން ކޮޓަރިއަށް ވަނެވެ.

” ކިހިނެއްވީ؟” ޝާން އަހާލިއެވެ.

” ނޫސްވެރިން އެބަތިބި… ކިހިނެއް އެގުނީ؟” ޒާން ހައިރާންވިއެވެ. ޝާންއަށްވެސް ކަންވީ ގޮތެއް ނެގުނެވެ.

  • ކިހިނެއްވަނީ އަހަރެންގެ ހަދިޔާ.. އަހަރެން ބުނީމެއްނުން އަހަރެން އިގްނޯ ނުކުރާށޭ-

އަރީކާ މެސެޖެއް ކޮށްލިއެވެ. ޝާންއަށް މިހާރު ވިސްނިއްޖެއެވެ. އަރީކާ ހަބަރު ދީގެން ނޫސްވެރިން އައިސްގެން އުޅެނީ އެވެ. މިފަދަ އަމަލެއް އަރީކާ ކޮށްފާނެއެކޭ ޝާންގެ ހިތަކަށް ނާރައެވެ. ވަރަށް ރުޅިއައިސްފައި ހުރެ ޝާން އަރީކާއަށް ގުޅިއެވެ.

” ކިހިނެއްވެގެންތަ ތިއުޅެނީ… ކުރާނެ އިތުރު ކަމެއް އަރީކާގެ ނެތީތަ….” ޝާން ރުޅިއައިސްގެން ބާރަށް ބުނެލިއެވެ.

” ޝްޝް.. މާ ބާރަށް ހަޅެއް ނުލަވާ… އަހަރެންވެސް މީނީ ކަލޭގެ ދަރިއަކަށް ބަލިވެ… އަހަންނަށްވެސް ކޮންމެވެސް ވަރަކަށް ކަލޭ ބަލަން ޖެހޭނެ މިހާރު.. އަންނާށޭ ބުނީމަ އަންނާނީ… ދާށޭ ބުނީމަ ދާނީ..” އަރީކާ މިހެން ބުނުމަށްފަހު ފޯނު ކަޑާލިއެވެ.  ޝާން އަށް ހަދާނެގޮތް ހުސްވިއެވެ. މިފަދަ ވަގުތެއްގައި ނުހާ ދޫކޮށްލާފައި ދާކަށް އޭނާގެ ހިތް އެއްގޮތަކަށްވެސް ނޭދެއެވެ.

ދެދުވަސް ފާއިތުވެގެން ދިޔައިރުވެސް ނުހާ ހޭނާރައެވެ. ޝާން އިންތިހާއަށް ކަންބޮޑުވިއެވެ. އޭނާގެ ސަބަބުން ނުހާއަށް މިފަދަ ބޮޑު އަނިޔާއެއް ދެވުމުން އަމިއްލަ ނަފްސް ދެކެ އިންތިހާއަށް ރުޅިއާދެވެމުން ދިޔައެވެ. މިދެދުވަހު ޝާން އުޅުނީ ފޯނު ނިއްވާލައިގެންނެވެ. އަރީކާއާ އެއްގޮތަކަށްވެސް ވާހަކަ ދައްކަން އޭނާ ބޭނުން ނުވަނީ އެވެ. ނޫސްވެރިންވެސް މިހާރު ބޭރުގައި ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ދެތިން ނޫސްވެރިޔަކު ނޫނީ ނުފެނެއެވެ.

ޒާން ނުހާގެ އަތުގައި ހިފަހައްޓާލައިގެން އިނީ ނުހާ ވީހާވެސް އަވަހަކަށް ހޭއަރާތޯދުއާކޮށްލަ ކޮށްލައެވެ. ނުހާގެ އިގިލިތައް މަޑުމަޑުން ތަޅުވާލިއެވެ. ޒާން އަށް ނުހާގެ ހަރަކާތް ފެނުމުން މަޑު މަޑުން ނުހާއަށް ގޮވާލިއެވެ. ނުހާގެ ލޯ ކުޑަކޮށް ހުޅުވާލިއެވެ. އަދި އަނެއްކާވެސް ލޯ މަރާލިއެވެ. ޝާން އަވަސްވެގަތީ ޑަކްޓަރަށް ގޮވުމަށެވެ.

” މިހާރު ނުހާ ހޭއަރައިފި. އަޅުގަޑުމެން ޓެސްޓްތަކެއް ހަދާނަން އަދި އެއްވެސް މައްސަލައެއް ހުރިތޯ ބެލުމަށް.” ނުހާގެ ވިންދު ޗެކްކޮށްލުމަށްފަހު ޑަކްޓަރު ބުނެލިއެވެ. އޭރު ނުހާ އޮތީ އޭނާ ކައިރީގައި ހުރި ޝާންއަށާއި ޒާންއަށް ބަލަހައްޓައިގެންނެވެ. ނުހާގެ މޫނުމަތިން އެއީ ކޮންބައެއްކަން ނޭގެއޭ ބުނާ ކަހަލައެވެ.

“މަންމާ…” ޒާން މަޑުމަޑުން ނުހާގެ މޫނުގައި ފިރުމާލިއެވެ.

“ކާ.. ކާކު…” ނުހާ ދެލޯ ބޮޑުކޮށްލާފައި އަހާލިއެވެ. ނުހާގެ މި ޖުމްލައިން އެންމެނަށް ލިބުނީ ސިހުމެކެވެ.

” މަންމާ މީ މަންމަގެ ޒާންއޭ… ނޭގޭތަ.. މަންމަގެ ފުރާނައޭ މީ…” ޒާންއަށް ރޮވޭގޮތްވިއެވެ. އޭނާގެ މަންމަ އަށް އޭނާއަކީ ކާކުކަން ނޭގުމުން ފުންއަސަރުތަކެއް އޭނާއަށް ކުރުވިއެވެ. ނުހާ މަޑުމަޑު ޝާންއާ ދިމާލަށް އަތް ދިއްކޮށްލިއެވެ. ޝާން އައިސް ނުހާގެ އަތުގައި ހިފާލުމަށްފަހު ބޮސްދޭން ފެށިއެވެ.

” ނުހާ އަހަންނަ މާފްކުރޭ… އަހަރެން ގަސްދުގަ ކުރިކަމެއް ނުން އެއީކީ…” ޝާން ދެލޯ ފޮހެލަމުން ވާހަކަ ދައްކަން ފެށިއެވެ.

” ކޮން ކަމެއް.. ކިހިނެއްވީ… މީކާކު.. ކޮބާތަ އަކްރަމް އަހަންނަށް އެކައުންޓް ނޯޓްސް ގެނެސްދޭނަމޭ ކިޔާފަ..” ނުހާ ދައްކާ ވާހަކައެއް ޝާންއަކަށް ނުވިސްނުނެވެ. ކޮން އެކައުންޓް ނޯޓްސް އެއް ހެއްޔެވެ؟ ޝާން ޑަކްޓަރާ ދިމާލަށް ބަލާލިއެވެ.

***

“ގަބޫލު ކުރެވޭގޮތުގަ ނުހާއަށް ވަނީ ޝޮކެއް ލިބިފަ… މިގޮތަށް ބޮލަށް އަނިޔާ ލިބޭ ބައެއް ޕޭޝަންޓްއިން ބައެއް ކަންތައްތައް ހަދާން ނައްތާލާ.. އެމީހުންނަށް ހަދާނުގަ ހުންނަން ބޭނުން ނުވާ ކަންތައްތަކުގެ ސަބަބުން އެކަންކަން ހަދާނުން ފޮހެލަނީ.. ނުހާވެސް އެވަނީ ހަދާނުން ބައެއްކަންކަން ފޮހެލާފަ.. އެއީ އެކަމަކު ވަގުތީ ކަމެއް.. ވަގުތުފާއިތު ވާވަރަކުން އެންމެންގެ އެހީ އާ އެކު ހުރިހާ ކަމެއް ހަމަޔަކަށް އެޅޭނެ..ބައެއް ބޭފުޅުން އަމިއްލައަށްވެސް ދިމާވާ ކަމަކުން ހަދާން އަބުރާ އާދޭ..” ޑަކްޓަރު މިބުނި އެއްޗަކުން ޝާންގެ ފައިދަށުން ބިންގަޑު ނުދިޔައީ ކިރިޔާއެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ހިތް ކަލާޔަށް އެދޭތީ..7

Next

ކައިލީން

Next
May 10, 2020

ކައިލީން

Previews
May 10, 2020

ހިތް ކަލާޔަށް އެދޭތީ..7

13 Comments!

  1. Izabell says:
    May 10, 2020 at 12:56 am

    Alheyy e Areeka preg ee hama Shaan ge dhari akah baa?? Alhe ehen nuhadhahchey.?? Btw, mi part vx varah reethi, Ma Sha Allah ❤❤ varah interesting vejje mihaaru. ????When is next part? Waiting for the next part

    1. sama says:
      May 10, 2020 at 12:54 pm

      Kurin areekaa bunyennu eynage aunt kaaree fake pregnancy report eh hadhaadheeshey
      ehen veema sama ah heevanee ey fake hen

  2. Krystal says:
    May 10, 2020 at 5:01 am

    Haha.. no spoilers… izabell curious kohffa bahattan beynumy ???…
    Insha allah maadhan up kohdheynan…

    1. Izabell says:
      May 10, 2020 at 4:39 pm

      Ebunaa hen dhw. Fake report eh ge vaahaka vx dhekki ey ??? handhaan nethuni aslu. Handhaan vx netheyne dhw Areekaa ge act gandu bodu kamun ???? waiting for next part

  3. blue bird says:
    May 10, 2020 at 5:09 am

    Sis this is amazing……????? I’m sure it will be a no. One story…… Kept it up…… Love you sisoo???????????????

  4. Krystal says:
    May 10, 2020 at 5:38 am

    Thank you dongsaeng.. lysm

  5. Liyaa says:
    May 10, 2020 at 10:44 am

    Nice

  6. Krystal says:
    May 10, 2020 at 3:56 pm

    Sama good thinking.. ???????

    1. Anonymous says:
      May 11, 2020 at 12:48 am

      Visnun ves rangalhu vaane ennu vaahaka kiyanyaa
      hehe
      kobaatha next part
      e part kiyaalaa hithun nunidhifa meenee
      mihaa bodah vaahaka akah or episode akah inthizaaru kurevunu handhaaneh nuvey
      Ehaaves mivaahaka reethi??????

    2. sama says:
      May 11, 2020 at 12:50 am

      By the way mee sama ingey anonymous ey inAs
      nan jahan hadhaan nethuneema ehen eynee

  7. Krystal says:
    May 10, 2020 at 5:55 pm

    Hahaha.. maa act bodu character eh dhw mi create kurevuny…

  8. Krystal says:
    May 11, 2020 at 11:55 am

    Asluves tha sama.. ❤❤❤ v ufaa vejje thihaa kiyaa hihvaa kujjaka dhimaa v ma… insha allah miadhu libeyne hen heevany… submit kohffa iny.. adhi pending ga..☺☺☺☺

  9. Krystal says:
    May 11, 2020 at 3:16 pm

    Thank you liyaa ?

Comments are closed.

Next Episodeއަބަދުވެސް މިހިތުގާ ވެޔޭ (14)←


All Right Reserved!